ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ދޭން ޖެހޭ އެލަވަންސްތައް އަދިވެސް ދީފައި ނުވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ފޮނުވައިފިއެވެ.

މި މައްސަލަ މަޖިލިހަށް ފޮނުއްވާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމެވެ. އެ މައްސަލަ ހުށަހެޅުމަށް މި ދެ ދުވަހު ބޭއްވި ޖަލްސާ އަށް އެޖެންޑާ ވެސް ކުރިއެވެ. އެކަމަކު، އެ މައްސަލަ ގުރުއަތުން ހޮވިފައެއް ނުވެއެވެ.

ޝިޔާމްގެ ކުއްލި މައްސަލައިގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ހާއްސަ އެލަވަންސް ދޭން ނިންމި ކަމުގައިވިޔަސް، މި އެލަވަންސް މިހާތަނަށް އެއްވެސް ފަރާތަކަށް ލިބިފައި ނުވާ ކަމަށެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ ގޮތުންނަމަ މި އެލަވަންސް ދިނުމަށް ހަމަޖެހިފައި ވަނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ.

އެގޮތުން ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ހައި ރިސްކު ފަރާތްތަކަށް ދުވާލަކު 500ރ. އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް 250ރ. ލޯ ރިސްކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދުވާލަކަށް 200ރ. އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ކޮވިޑް-19 ފެތުރޭ މި ބިރުވެރި ހާލަތުގައިވެސް ޑޮކްޓަރުންނާއި، ނަރުހުން އަދި އެހެނިހެން ސިއްހީ ހިދުމަތްތެރިންނާއި ސިފައިންނާއި، ފުލުހުން އަދި އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން ފުރާނަ އަތް މައްޗަށް ލައިގެން ނުހަނު ބޮޑު ގުރުބާނީ އެއް ވަމުން އަންނަ ކަމަށާއި، އެމީހުންނަށް ލިބެންޖެހޭ އެލަވަންސް ވީހާވެސް އަވަހަކަށް ދިނުމަށް ގޮވާލާ ކަމަށް އެ ކުއްލި މައްސަލައިގައި ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖާބެ

    ތިޔައީ ފޫގޮސްސަހުންނަ ވަޢުދު ދޭނަމޭ ކިޔާފަ އެފައިސާކޮޅުވެސް ކާލެވެނެތާދޯ. ހާޒިރީ ނަގާފަ ސޮއިކޮށްފަ އެކަން އޮއްބާލައޮފި މިހާރު އަނެއްކާ އާބަޔަކުނަގައިގެން އުޅެނީ

  2. މިތުރު

    ވަރަށް ރަަގަޅުވާހަކައެއް މިހާރުވެސް 3މަސްވަނީ އަދިނުލިބޭ ކިހާދެރަކަމެއް؟

  3. ހިޔާލް

    ޑޮކްޓަރުންނާއި، ނަރުހުން އަދި އެހެނިހެން ސިއްހީ ހިދުމަތްތެރިންނާއި ސިފައިންނާއި، ފުލުހުން އަދި އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން ފުރާނަ އަތް މައްޗަށް ލައިގެން ނުހަނު ބޮޑު ގުރުބާނީ އެއް ވީ އެމީހުންނަށް ލިބެންޖެހޭ އެލަވަންސް ވީހާވެސް އަވަހަކަށް ދިނުމަށް ގޮވާލާން. ހަރާމުން ހަރާން ހީވޭ ލިބިދާނެހެން

  4. ކީލި

    ކުރީ ސަފުގަ ތިބި ހަމަ އެ ކަނި އެމް ޑީޕީ މީހުނަނަށް އެ ކަނި އެބުނާ އެލަވަންސް ލިބޭނީ... !!! ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

  5. ސަޓޯ

    ކުރީ ސަފުގަ ތިބީ އެއްލޯ ޖައުފަރު އެކަނި..