މީހަކު ކިތަންމެ ރުޅި އައިސް، އިންޒާރު ދިނަސް، އިސްލާމް ދީނުގައި އޮންނަ ގޮތް އޮޅުން ފިލުވައިދޭން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަށް މިއަދު ރައްދު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ޖިންސީ ކުށުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލްތަކަށް މަޖިލިހުގެ ބަހުސް ކުރައްވަމުން އީވާ ވަނީ އިޔާޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އީވާގެ ނަފްރަތާއި ރުޅިވެރިކަން އަމާޒުވީ އިޔާޒް ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.

އިޔާޒް މީގެކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އަންހެން މީހާ އައުރަ ނިވާ ކުރީމަ، ޖިންސީ އަނިޔާއެއް ނުހިނގާނެ ކަމަށެވެ. އަދި ފާހިޝް އަމަލުތައް ހިންގާ ދޮރުތައް ބަންދު ކުރަން ޖެހޭ ކަމަށް އިޔާޒް ވިދާޅުވިއެވެ. އިޔާޒް ދެއްކެވީ މުޑުދާރު ވާހަކަތަކެއް ކަން ފާހަގަ ކުރައްވައި އީވާ ވިދާޅުވީ ދީނުގެ ނަމުގައި ޖިންސީ ފުރައްސާރަ އަށާއި ގޯނާއަށް ހިތްވަރު ލިބޭ ގޮތަށް ބައެއް ދީނީ އިލްމުވެރިން ވާހަކަ ދައްކަވާ ކަމަށެވެ.

ޖިންސީ ކުށްތަކުގެ ޝިކާރައަށް އަންހެން ކުއްޖަކު ދަނީ އެއް ގޮތަކަށް ވެސް އޭނާ ލައިގެން ހުންނަ ހެދުމެއްގެ ސަބަބަކުން ނޫން ކަމަށާއި އެފަދަ ގޮތަކަށް ދެކުމަކީ ލާއިންސާނީ އަމަލެއް ކަމަށް ވެސް އީވާ ވިދާޅުވިއެވެ. އީވާ ވިދާޅުވި ގޮތުގައި އެގޮތަށް ދެކުމަކީ ޖިންސީ ކުށްތަކަށް ހިތްވަރު ދިނުމެވެ.

އީވާގެ އެ ވާހަކަތަކާ ގުޅިގެން އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީހަކު ކިތަންމެ ރުޅި އައި ނަމަވެސް، ކިތަންމެ ވަރުގަދަ އިންޒާރެއް ދިން ނަމަވެސް އަދި ކިތަންމެ ބޮޑު އަނިޔާއެއް ދިން ނަމަވެސް ދީނުގައި ކަން އޮންނަ ގޮތް ރައްޔިތުންނަށް ބަޔާންކޮށް ދިނުމުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ. އިޔާޒް އެ ޓުވީޓު ކުރެއްވީ އީވާގެ ރަސްމީ ޓުވިޓާ އެކައުންޓް ޓެގް ކުރައްވައެވެ.

އިޔާޒް ވިދާޅުވި ގޮތުގައި އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވާ ހިމާޔަތަށް ވުރެ ބޮޑު ހިމާޔަތެއް އެހެން އެއްވެސް ދީނަކަށް އަދި އެއްވެސް ބަޔަކަށް ނުދެވޭނެ ކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ. އަދި މަޖިލިހުގެ ގޮނޑިއެއް ލިބުމަކީ މީހާގެ ސައިޒް އޮޅެން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިމަންކަލޭގެފާނުގެ ފަރާތުން އެންމެ އާޔަތެއްގެ މިންވަރު ވެސް އަނެކުންނަށް ފޯރުކޮށްދޭށޭ، ހަދީސް ކުރައްވާފައިވާ ހިނދު އެ މަސައްކަތް ހުއްޓުވަން ހެދޭނެ އެއްވެސް ގާނޫނެއް އަދި ގަވައިދެއް ވެސް ނޯންނާނެ،" އިޔާޒް ވިދާޅުވިއެވެ.

އީވާ ވިދާޅުވި ގޮތުގައި އިޔާޒް އެ ހުތުރު އަރުވަނީ މާތް ވެގެންވާ އިސްލާމް ދީނަށެވެ. އިސްލާމް ދީނަކީ އަންހެނުންނަށް އިހްތިރާމް ގޮވާލައި ބާރުވެރިކޮށް މުދާވެރި ކުރުމަށާއި އޯގާތެރިވުމަށް ގޮވާލާ ދީން ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޢަހަންމާ

    މީ ކޮންބައެއްކަން ކުރިން އިޔާޒް އަށް ނުވިސްނުނީމަ ވާގޮތް ގޮތް މިހާރު މިފެންނަނީ. ޤައުމު ބަދަލުކުރރުން އޮތީ އިޔާޒް މެން އަތްމަތީގަ. މި ޤައު ސަދޫމަށް ނުވަނީސް މިކަން ކުރަން އެބަޖެހޭ.

    106
    4
  2. ޙަސަނާ

    ހުރިހާދީނީ އިލްމުވެރިން އަތުގުޅާލައިގެން މި ކުޑަކުޑަ މުޖުތަމައު ފަސާދަކުރުމައް ސިޔާސީ ބާރުވެރިކަން ބޭނުން ނަހަމަގޮތުގައި ހިފަމުންދާ މީހުނާދެކޮޅައްތެދުވެ ރައްޔިތުންނައް އިސްލާމްދީނުގަ އޮންނަގޮތް ސިޔާސީނުވެ އޮޅުންފިލުވާދެއްވާށެވެ...ނަމަ ނަމަ ދީނާދުރު އާއިލާއަކައް ސިޔާސީ ބާރުވެރިކަމެއްލިބޭގޮތައް ވާގިވެރި ނުވާށެވެ..

    45
    2
  3. Anonymous

    ސާބަސް. ﷲ ތަޢާލާ ތަ އުފީޤް ދެ އްވާނެ އިންޝާﷲ

    94
    3
  4. ابنة الحكمة

    މަޖިލީހުގައި ތިބީ ދީނުގެ ކަންކަމުގައި އިޖްތިހާދުކުރަން ނުދަންނަ ބައެއް ، އެއްބަޔަކު މަޖިލީހުގައި ދީނީ ވާހަކަ ނުދަންކަން ގޮވާ މިއީ ސެކިއުލަރވުން އަނެއް ބަޔަކު މަޖިލީހުގައި ދީނާއި ޚީލާފު ވާހަކަދައްކާ މިއީ ހައްދުފަހަނައެޅުން އެސްޓުރީމިސަމް

    34
    2
  5. ފެކްޓް

    މީހާއަށްވުރެ ބޮޑު ގޮނޑިއަކަށް އެރުނީމަ ސައިޒްވެސ އޮޅޭގޮތްވާނެ.! ހިންޏަށްވެސް ރަނުގެ މުތަކަށް އެރުނީމަ ވިއެއްނު ގޮތެއް!! އެގޮތް އީވާ އަށްވެސް އެވަނީ!

    45
    2
  6. ރެހި

    ތީގެ ތެރޭން އެކަކުވެސް އުޅޭތަ ދީނުގައި އޮންނަ ގޮތަށް ކަންތައް ކުރަން ފަސް ޖެހޭނެ؟ އެހެޔޮ އަތެއް ފަޔެއް ބޮލެއް ކަނޑައި ވައްޓާލަން ޖެހުނަސް.

    18
    2
  7. ކޮއިމަލާ

    "އިޔާޒް ވިދާޅުވި ގޮތުގައި އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވާ ހިމާޔަތަށް ވުރެ ބޮޑު ހިމާޔަތެއް އެހެން އެއްވެސް ދީނަކަށް އަދި އެއްވެސް ބަޔަކަށް ނުދެވޭނެ ކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ" މިހެން ބުނެފަ އަންހެނުންނަށް އިހުތިރާމް ކުޑަވާގޮތަށް، މައްސަލައޮތީ އެކަނބަލުންގެ ކަމަށް ދައްކަން މަސައްކަތްކުރަނީ. ދީނުގަ އޮތީ އެގޮތެއްނޫން. މިރާއްޖޭގަ މިފަހުން ހިނގާފަ ހުރި އެފަދަ ގިނަ މައްސަލަތަކުގައި ކުށްވެރިވަނީ ޢާއިލީ ގުޅުން އޮތް ފަރާތްތައް. ހަމަލާ ދީފައިވަނީ ކުޑަކުޑަ ކުދިންނަށް. ދެންވެސް ބުނަންވީ އެކުދިން އައުރަ ނިވާނުކޮށްގެނޭ؟. ފިރިހެނުންގެ އައިއްލަ ޒިންމާ އެއްފަރާތްކޮށްފަ އަންހެނުން ކުރަންޖެހޭ ކަންކަން މި ކިޔާދެނީ ކީއްވެތަ. ރޭޕް ފަދަ ނޭއްގާނި ޢަމަލު ހިންގާ މީހުން އެ ޢަމަލު ނުހިންގީމަ ނިމުނީ. އެކަން ހުއްދަކުރަން ނުވަތަ އެކަމުން ބަރީއަވާން ދެއްކޭނެ ހުއްޖަތެއް ނެތް. ކޮންމެ މީހެއްވެސް އެމީހެއްގެ ޢަމަލުތަކަށް ޒިންމާވާންޖެހޭނެ. އާޚިރަތްދުވަހުން ރޭޕިސްނުންނަށް އެހެންމީހުން މިވެނިގޮތަކަށް ކަންތައްކުރީއޭ ބުނެ ސަލާމަތެއް ނުވެވޭނެ. ކުށްވެރިވާނީ އެ ޢަމަލު ހިންގި ފަރާތް. ރާއްޖޭގެ ގިނަ ބަޔަކު އަޑުއަހާ ފަރާތެއް ތިގޮތަށް ވާހަކަ ދެއްކީމަ ކަމަކު ނުދޭ. އަހަރެމެން މުޖުތަމަޢެއްގެ ގޮތަށް "އެކަމަކު" އޭ ބުނެ މިކިޔާ ފަތިވަރު ހުއްޓާލާފަ، ކުށްކުރިފަރާތް ކުށްވެރިކޮށް އަދަބުދޭންޖެހޭ.

    6
    25
  8. Anonymous

    ﷲ ބާވައިލެއްވި ޝަރީއަތުގައިވާ ހުކުމްތައް ބަދަލުކޮށް ވަޞަޢީ ޤާނޫން ހަދާ ބަޔަކީ އެއީ ﷲ ގެ އިލަހުވަންތަކަމަށް އަރައިގަންނަ ބައެއް ކަމަށާއި އެއީ ތޯޢޫތުން ކަމަށާއި އެމީހުންގެ ކިބައިން ބަރީޔަވެގެންނޫނީ އިސްލާމްކަން ފުރިހަމަ ނުވާނެ ކީއްވެތޯ ރައްޔިތުންނަށް ކިޔާނުދެނީ. ޢިލްމުވެރިން ވާން ޖެހޭނީ ޙައްޤު ބަޔާންކުރާ ބަޔަކަށް ކިތަންމެ އިމްތިހާނެއް އަޔަސް.

    25
    2
  9. Anonymous

    ﷲ ބާވައިލެއްވި ޝަރީއަތުގައިވާ ހުކުމްތައް ބަދަލުކޮށް ވަޞަޢީ ޤާނޫން ހަދާ ބަޔަކީ އެއީ ﷲ ގެ އިލަހުވަންތަކަމަށް އަރައިގަންނަ ބައެއް ކަމަށާއި އެހެންވެ އެމީހުން ތޯޢޫތުނަށް ބަދަލުވާ ކަމަށާއި އެމީހުންގެ ކިބައިން ބަރީޔަވެގެންނޫނީ އިސްލާމްކަން ފުރިހަމަ ނުވާނެކަން ކޮން ދުވަހަކު ތޯ ރައްޔިތުންނަށް ކިޔައިދެއްވާނީ. ޢިލްމުވެރިން ވާން ޖެހޭނީ ޙައްޤު ބަޔާންކުރާ ބަޔަކަށް ކިތަންމެ އިމްތިހާނެއް އަޔަސް.

    12
    1
  10. ކޮއިމަލާ

    ކޮބާ މަ ކުރިން ޖެހި ކޮމެންޓު

  11. Anonymous

    ކޮބާތޯ އިލްޔާސް. ބައްލަވާ މީ ދުޢާ ދެއްވާފައި ހުރި ސޯލިޙެއްގެ ވެރިކަން. އެއްޗެއް އެނގިވަޑައިގެންފިތޯ.

    20
  12. ދިވެއްސެއް ވީމަ ބުނަމޭ

    އީވާވެސް ކަޑަ އިޔާޒް ވެސް ކަޑަ ތި ބޭފުޅުން ތި ތިއްބެވީ ހައްދުފަހަނައެޅި ވިސްނުމެއްގައި ތައައްސަބުން ފުރިފައި ބުނާނީ ވެސް ކީކޭ އަޅުގަނޑު ކުރީގައި ދީނާ ބެހޭ ގޮތަކުން ހޯދާ ބަލާ ނޫޅެން އަޅުގަނޑު ވަރަށް ވެސްޓަން ވާ ހިތުން އުޅުނީ އެއީ ސްވީޓް 16 ގައި ކުޑަކޮން ބޯގަޅިވީމަ އެކަަމަކު އަޅުގަނޑުގެ ރަށްޓެހި 3 ޝޭހަކު ވަރަށް ވާހަކަ ކިޔާދޭނެ އެތަނުން އެކަކު އެކި ކަހަލަ ދީނީ ފޮތްތައް ގެނެސް މޭޒުމަތީ ބަހަށްޓަާފައި ވިދާޅުވާނެ މޭޒުގައި އޮންނާނޭ ފޮތެއް ހުސްގަޑިއެއްގައި ކިޔާލައްޗޭ އެބޭފުޅާ ބިންބާޒް އާއި ދީ ދާތް ފަދަ އިލްމު ވެރިންގެ ފޮތްތައް އަޅުގަނޑަށް ސަޕްލައި ކޮށްދިން މިއަދު އަޅު ގަނޑު އަޅުގަނޑަށް ވެފައި މިހިރީ އެފޮތްތައް ކިޔައިގެން ދަންނަވަން މިއުޅޭ ވާހަކައަކީ ތައައްސަބުން އެއްކިބާވެ ހެޔޮނިޔަތުގައި މީހުންނަށް ދައުވަތު ދެއްވާށެވެ ފޮލޯ ކުރާނެ މީހުން ބައިވަރެވެ

  13. ޢަބްދުﷲ ސަޢީދު

    މިނިވަން އަންހެނަކު އޮރިޔާން ޙާލުގައި ހުރުމޭ ބުނެވޭ ބަހުގެ މުރާދަކީ، މޫނާއި ދެއަތްތިލައާއި، ދެފައިތިލަ ފިޔަވައި ދެންހުރި ތަންތަނުގެ ތެރެއިން އެއްވެސް ތަނެއްގެ އެއްވެސް މިންވަރެއް ފާޅުވެ، ފެންނަން ހުރުމެވެ. މިއީ އެއްވެސް ސުވާލެއް ބަޙުޘްއެއް އޮތް ކަމެއްނޫނެވެ.

  14. Anonymous

    މުޑުދާރީ ކޮންބައެއްބާ؟

  15. އަސީލާ

    ސާބަސް ޑރ. އިޔާޒް. ކުރިއަށް ވަޑައިގަންނަވާ. އެކަމަކު ދީނުގައި ކޮންމެ ކަމަކަށް އޮތް ހުރިހާގޮތެއް ބުނެދެއްވަވާ. އަންހެނުންގެ އަމަލުތައް ބަހައްޓަން ދީނުގައި އޮންނަގޮތް ބުނެދޭގޮތަށް އަދި އެބުނެދޭ ވަރަށް ފިރިހެނުންގެ އަމަލުތައް ބަހައްޓަން ދީނުގައި އަންގަވާފައިވާގޮތްވެސް ބުނެދިނުން އިންސާފުވެރިވާނީ. އިސްލާމްދީނަކީ އެންމެ އިންސާފުވެރި ދީން.