ރޭޕް ކުރުމާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ އަމަލުތަކާއި ދެކޮޅު ހެދުމުގެ ގޮތުންނާއި އެފަދަ މައްސަލަތަކަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ މާލޭގައި ސިލްސިލާކޮށް އެއްވުންތައް ބާއްވަމުން ގެންދާތީ، އެފަދަ އެއްވުންތަކާއި ދެކޮޅަށް ހޯމް މިނިސްޓްރީން މިއަދު އިންޒާރު ދީފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނުގެ ދަށުން، 31 އޮގަސްޓު 2016 ވަނަ ދުވަހު ހޯމް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި، ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައި ކަމަށް ކަނޑައަޅާފައި އޮންނާނެ ކަމަށެވެ.

އެހެންކަމުން މިކަން އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވާ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.

"ވޮއިސް އޮފް ޗިލްޑްރަން" ނަމަކަށް ކިޔާ ޖަމިއްޔާ އަކުން ގެންދަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އަންހެނުންނަށް އަނިޔާކުރުމުގެ ސީރިއަސް މައްސަލަތަކާއި ގުޅިގެން ކޮންމެ ހަފްތާ ބަންދެއްގައި މާލޭގައި އެއްވުންތައް ބާއްވަމުންނެވެ.

އަދި އަންހެނުންނަށް ކުރާ ޖިންސީ ފުރައިގެ އަމަލުތަކާއި ދެކޮޅަށް "ޖާގައެއް ނެތް" ނަމުގައި މިދިޔަ އާދީއްތަ ދުވަހު ވެލާނާގެ ކުރިމަތީގައި ވެސް ވަނީ މުޒާހަރާއެއް ބާއްވާފައެވެ. އެމުޒާހަރަ އިންތިޒާމް ކުރި ފަރާތްތަކުން ވަނީ ކުރިއަށް އޮތްތަނުގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދާނެކަމަށް ބުނެފައެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް އިތުރު ވެފައި ވާއިރު ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކާއި، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަތައް ތަޙްޤީޤުކޮށް ފިޔަވަޅު ނާޅާ ކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    އެއްވެ އުޅުމުގެ ހައްޤު ލިބިގެންވޭ. މިހައްޤު ހަނިކުރެވޭނީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާގެ ދަށުން. އެއީ މަޖްލިހުން ފާސްކުރާ ގާނޫނަކުން. މިގާނޫނުގައި މިހައްޤު ހަނިކުރެވޭނީ މިނިވަން ދީމިގްރާތީ މުޖުތަމައުގައި އެހައްގު އުނިކުރެވޭ މިންވަރަށް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވޭ.

    8
    2
  2. Anonymous

    ގާނޫނު އަސާސީން ދީފައިވާ ހައްޤެއް އުނިކުރެވޭނީ ގާނޫނަކުން. އެނޫން ގޮތަށް ހަނިކުރެވޭނީ ކުއްލި ނުރައްކަލުގެ ހާލަތުގައި. ޑިމޮކްރަސީގެ ހަމައަކީ އަދި ރޫލް އޮފް ލޯގެ ހަމައަކީ އެއީ. އެނޫންގޮތެއް ޕްރެކްޓިސް ކުރަންޏާ ރައްޔިތުންގެ މައްޗަށް ވެރިން އަނިޔާ ވެރިވުމަށް ދެވޭ ފުރުސަތަކަށްވެގެންދާނީ.

    9
    2
  3. އަލީ

    މާނައަކީ ރޭޕްކުރުމަކީ މިސަރުކާރަށް އެންމެ ރަގަޅު ކަމެކޭ.

    12
    3
  4. ސުމެއް

    އިމްރާނައް ކުރެވޭ ތުހުމަތަށް ތިކަމުން ލިބެނީ އިތުރު ބާރެއް.
    ޢިސްތިއުފާ ދެއްވާފަ ގެއަށް ވަޑައިގަނަވަންޖެހެ

    17
    1
  5. ހުސެން

    ކޮބާ އޭރު ކީހާ ޅެން ފަރިއްސަށް ބަދަލުވީތަ؟

  6. އެމްޑީޕީ = ރޭޕިސްޓް ސަޕޯޓާސް

    އޯތް، މާ މޮޅުވެގެން ނޫޅެބަ. އިންސާނުން އުފަންވަނީ ފިތުރަތުގެ ސާފްކަންމަތީ. އިންސާނުންގެ އުޅުމަކީ އޭނާ ހެދިބޮޑުވާ މާހައުލާއި ގުޅިފައިވާކަމެއް. ކުދީން ބޮޑުވާ މާހައުލުގައި މައިންބަފައިންނަކީ އަނިޔާ ކުރާ ބަޔަކަށް ވެއްޖެއްޔާ އެކުދީން ބޮޑުވެގެން ވާނީ އަނިޔާވެރިންނަށް. ބައްޕައަކީ ކުދިންނަށް އެނގޭ ހިސާބުގައި މަންމައަށް ޖިންސީ އަނިޔާ ކުރާ މީހަކަށް ވަންޏާ ކުދިން ބޮޑުވެގެން އެފަދަ އަނިޔާ ކުރާ ފަރާތްތަކަށް ވުން ވަރަށް ގާތް.

    ކުދިންނަށް ބަރަހަނާ މަންޒަރާއި އޮރިޔާން ފެންނަންޏާ އެކުދީން ފުރާވަރަށް އަރައި ކިޔެވުމާއި މަސައްކަތްކުރުމަށް ވުރެ ބޮޑަށް އިސްކަންދޭނީ އެދުންފުއްދުމަށް. އަންހެނުންގެ މޫނާއި އަތްނޫން އެހެން ހުރިހާ ތަންތަނަކީ ނިވާ ކުރަންޖެހޭ ތަންތަން. އަދި ނިމުނީއެއް ނޫން.

    ސްކޫލް އުމުރަށް ދިޔައީމާ ސްކޫލް މާހައުލުން ކިޔެވުމުގެ ބަދަލުގައި ގާލްފްރެންޑް ބޯއީފްރެންޑް، އިންޓަނެޓުން ޕޯން. ރަހުމަތްތެރިންނާއި އެކު ވާހަކަދައްކަނީ އަންހެންކުދިންނާ ބެހޭގޮތުން. މަގު މަތިން އަންހެން ކުއްޖެއް ފެނުނަސް އެދިމާލަށް ބެލެނީ. ކުދިން ހަރާމް ރިލޭޝަންޝިޕަށް ގޮސް ކުޑަ ކަންތައްތަކާ ހެދި ބްރޭކްއަޕް މިވަނީ. ރިލޭޝަންޝިޕުގައި ކައިވެނި ކުރުމުގެ ބަދަލުގައި ގައިގޯޅިވެ ޒިނޭކުރުން. އެކަކު ނިންމާފައި އަނެކަކު. މައްސަލައެއް ޖެހިއްޖެއްޔާ ރުޅިވެގެން ކިޔާ ނުކިޔާއެއް ނެތް. މިގޮތަށް އަންހެނުންނަށް އަނިޔާ ކުރާ މީހުން މަދެއް ނޫން.

    މިގޮތަށް އަންހެނުންނަށް އަނިޔާ ކުރާ މީހުން އިސްލާހު ނުކުރެވިޖެއްޔާ އެމީހުންނަކީ 40، 50 އަހަރަށް ދާއިރު ބޯގޯސް ވެފައިވާ ބައެއް. އިސްލާހުވުމުގެ ބަދަލުގައި ކުޑަ ކުދިންނާއި ބެހުންއޮތީ.

    މިއީ އޭ އޮރިޔާމުގެ ސަބަބުން ވާކަންތައްތައް. އިސްލާމްދީނުގައި ހިކްމަތަކަށްޓަކައޭ އައުރަ ނިވާ ކުރަން އޮތީ. މިކަންތައްތަކަކީ މިޒަމާނުގެ ޑިމޮކްރަސީ ފްރީޑަމް ފެމެނިސްޓު ބައިގަނޑަށް ގަބޫލުކުރަން ދަތި ކަންކަން. މިބައިގަނޑަށް ކުށްވެރިވަނީ އަބަދުވެސް އިސްލާމްދީން. ދުވަހަކުވެސް ޒިނާއާއި އެކަންތަކާއި ގާތްކުރާ ކަންކަން ކުށްވެރިއެއް ނުވޭ. މިބައިގަނޑަށް ޒިނޭ ކުރުން އޯކޭ. ރޭޕްވެސް ތިމާގެ މީހަކުކޮށްފިއްޔާމުން ނޫނީ އަންހެނަކު ކޮށްފިއްޔާމުން ނޫނީ ލާރިދޭ ސިޔާސީފަރާތެއް ކޮށްފިއްޔާމުން އޯކޭ. ކުށްވެރިވަނީ އަބަދުވެސް ޝޭހުންނާއި ދީނުގެ މަގުގައި އުޅޭ މީހުން.