ހަ މަސް ދުވަހުގެ ތެރޭގައި ކޭބަލް ކާރު އަޅާ ވާހަކަ ވިދާޅުވެފައި ނުވާނޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު ރޭ ވިދާޅުވެއްޖެއެވެ.

ޖާބިރު، ކާށިދޫ ދާއިރާގައި ކޭބަލް ކާރު އަޅުއްވާނެ ކަމަށް ބުނެ، ދޮގު ވާހަކަ ދައްކަމުން އަންނަ ކަމަށް ރައްޔިތުން ބުނަމުންދާތީ ސީއެންއެމްގެ "އިތުރު ކާފް" ޕްރޮގްރާމްގައި ޕްރެޒެންޓަރު ކުރި ސުވާލުގެ ޖަވާބުގައި ޖާބިރު ވިދާޅުވީ ގާފަރާއި ކާށިދޫގައި ކޭބަލް ކާރުން ގުޅާލައި އިގްތިސާދީ ޕްރޮގްރާމެއް އެ ސަރަހައްދުގައި ހިންގާނެ ވާހަކަ ކަމަށެވެ.

އަދި އިގްތިސާދީ ޕްރޮގްރާމްގެ ތެރޭގައި އާބާދީ އިތުރުވުމަކީ ވެސް މުހިންމު ކަމެއް ކަމުގައި ޖާބިރު ފާހަގަކުރެއްވިއެވެ.

އަދި އެ ސަރަހައްދުގައި ކޭބަލް ކާރު އަޅައިގެން ބޭނުންވަނީ ސިޓީ ޑިވެލޮޕްމަންޓެއް ގެންނަން ކަމަށާއި އެކަމަށްޓަކައި ބައިވަރު ހުއްދަތައް ހޯދައި އަދި ސާވޭތައް ހިންގަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަންކަން ކުރެވެން އޮތީ ސަރުކާރުން ހުއްދަ ލިބިގެން ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ މިހާރު ވާނީ އެ ހުއްދަތަކަށް އެދި ހުށަހަޅާފައި ކަމަށެވެ.

"ފުރަތަމަ ކަމަކީ އެތަނުގައި އެއާޕޯޓެއް އަޅަން އެބަ ޖެހޭ. އިންފްރާސްޓްރަކްޗަ ޑިވެލޮޕްކުރަން އެބަ ޖެހޭ، ކޮންމެ އަހަރަކު ކޮންމެވެސް އެއް ކަމެއް ކުރަމުން އަޅުގަނޑު މި ގެންދަނީ، ކޮބާތޯ ވައުދު ނުފުއްދިފައި" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ ކާށިދޫ އަދި ގާފަރުގައި ކަންކަން ކުރަން ބޭނުން ވިޔަސް ކައުންސިލުން އެކަމަށް އެއްބާރުލުން ނުދެއްވާކަން ފާހަގަކޮށްފައެވެ. އެގޮތުން މަސްވެރިންނަށް ހާއްސަކޮށް ގާފަރުގައި ސްލިޕްވޭއެއް ގާއިމްކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ވެސް އެރަށަށް ގެންގޮސްފައި ވާނޭ ކަމަށާއި، އެހެން ނަމަވެސް ދޮޅު އަހަރު ވެގެން ދިޔައިރު ވެސް ކައުންސިލުން އެކަމަށް އެއްބާރުލުން ދީފައި ނުވާކަމަށް ޖާބިރު ވިދާޅުވިއެވެ.

އަދި ކޭބަލް ކާރު އެޅުމަކީ "ސިމްޕަލް" ކަމެއްގެ ގޮތުގައި އެ ރަށްރަށުގެ ރައްޔިތުން ވިސްނުމަކީ ވެސް ގޯހެއް ކަމަށާއި، ކޭބަލް ކާރު އެޅުމާއި އެއާޕޯޓު އެޅުންފަދަ ކަންކަމަކީ ދިގު މުއްދަތުން ކުރެވޭނެ ކަންކަން ކަމުގައި ޖާބިރު ވަނީ ވިދާޅުވެފައެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާތައްވެސް މިހާރު ވަނީ ހުއްޓިފައި ކަމަށް ޖާބިރު ވިދާޅުވިއެެވެ.

"ގާފަރާއި ކާށިދޫގައި ކޭބަލް ކާރު އަޅައިގެން ކާކު އަތުގައިތޯ ލާރި ހުރީ އެތަނަށް ދަތުރުކުރަން؟ އެތަނަށް ބިޒްނަސް އެބަ އަންނަން ޖެހޭ. އަޅުގަނޑުމެންނަށް 30،000 މީހުންގެ އާބާދީއަކާއި އެކު އޮޕަރޭޓްވާނީ. މިހާރު އެ ދެ ރަށު ދޭތެރޭގަ އެތިބަ މީހުން ދުއްވާކަށެއް ނޫނޭ އަޅުގަނޑު ކޭބަލްކާރު އަޅަން އުޅުނީކީ" ޖާބިރު ވިދާޅުވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބޯކިބާ

    ސްލިޕްވޭއަޅަން ހައްދަވާނެގޮތަކީ އެންމެ ފުރަތަމަ ސްލިޕްވޭ އަޅާނެ ސާމާނާއި މަސައްކަތްކުރާމީހުން ގެންނާނީ، ދެން ހުއްދައަށް އެދޭނީ، ހުއްދަލިބުނީމަ ބަލާނީ އެއީ ދެކޮޅުޖެހޭކަމެއްތޯ.

    16
    1
  2. ސޯބިރު

    ކަލޯގެ ދޮގުހެދުމާއި އޮޅުވާލުމާއި މަކަރުވެރިކަން ހާދަބޮޑެވެ..

    27
  3. އެމްޑީޕީ ބުރޯ

    ހަހަހަ، ކާށިދޫ އަކީ ބޯގަމާރުން އުޅޭ ރަށެއްކަން ޖާބެއަށް އެނގޭ! ޖާބެ ކޮންމެ ވާހަކައެއް ދެއްކިޔަސް ކާށިދޫ މޮޔައިންނަކަށް ވަހުމެއްނުވާނެ! ތިރަށަށް ކިޔަންވީކީ ކާށިދޫއެއްނޫން ގަމާރުދޫ!

    38
    1
  4. ރަބަރޭ

    މަނިކުފާނު ދުނިޔޭގާ ހުންނެވިހާ ދުވަހަކު އަޅުގަޑުމެން ކޭބަލްކާރުގެ އިންތިޒާރުގާ ތިބެންވީތޯ
    ބޮޑުވަރު

    30
    1
  5. ޅޮލް

    ކަލޭ ގާފަރުގަ ހަފަން ފެށި ކެފޭތަކާ ގެސްޓްހަ އުސް އެހެރަ ވީރާނާވަނީ ދޯނި އެހިލާ ތަންވެސް ވަޅުވަދެފަ ބޯގޯސް

    19
  6. ޖާބައްޑަ

    ކަލެޔައް ތިކަމެއް ނުވާނެ. އަހަރެމެންނައް މާކުރިންވެސް އެނގޭ....25 އަކަށް ކިލޯމީޓަރު ދުރުގަ މާކަނޑުގަ ...ކުރިޔައް އޮތް 50 އަހަރުވެސް ތިފަަދަ ކޭބަލްއެއް ނޭޅޭނެ....ދިވެހިންހައް ހެޔޮވިސްނުން ދެއްވާށި.

    21
  7. ޒާ

    ޖާބިރަށް ނުކުރެވޭނެ ކަންކަމުގެ ވާހަކަ ދައްކާ ބަޔަކު ގުނބޯ ހައްދާފަ މިހާރު މުޅިވާހަކަ ބަދަލުވީ

  8. އަލްޖިބްރާ

    ކަލޭ ހުރިހާފޮންޏެއް ކެޑީ ތިޔަ ގޮޑިހޯދަންވެގެންކަން މިހާރު އެރަށުގެ މީހުނަށް އެގޭނެ ! ދެން ކަލޭ ތިގޮޑިއަށް ހިތުލިއަސް އެމީހުން ކަލޭގެ ގައިގާ ކޮޅުފައިން ޖަހާނެ !

  9. ކަޅުބެ

    ޖާބިރު ކަލޭ ދޮގުނުހަދަބަލަ ކާށިދުއާ ގާފަރާދޭތެރޭގައި ކޭބަލްކާރު އެޅުމަކީ ކަލެއަށްވާނެކަމެއް ނޫން ފުރަތަމަ ތަސައްވުރުކޮށްލަބަލަ އެ ދޭތެރޭގެ ދުރުމިން ކިލޯމީޓަރުން ބެލިކަމުގައި ވީނަމަވެސް 28 ކިލޯމީޓަރުގެ ދުރުމިނެއް އެތާގައި ހުންނާނެ.