ކ. ދިއްފުށީގައި ޒުވާނަކު ދަންޖެހިގެން މަރުވާން އުޅުނީ އަނބިމީހާ އޭނާއަށް ބޭވަފާތެރިވިކަން ފަޅާ އެރުމުން ކަން "ވަގުތު"އަށް އެނގިއްޖެއެވެ.

އޭނާ ދަންޖެހެން މަސައްކަތްކޮށްފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގެ ތެރޭގައެވެ. ރޭގެ ވަގުތެއްގައި މި ހާދިސާ ހިނގިއިރު، އޭނާ ސަލާމަތްކޮށްފައި ވަނީ، ބަޔަކު ދޮރު ވައްޓާލުމަށްފަހު ކޮޓަރިއަށް ވަދެ އެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އެ ފިރިހެން މީހާ އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައި ވަނީ އޭނާގެ އަނބިމީހާ އެހެން ފިރިހެނަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ފަޅާ އެރުމާއި ގުޅިގެންނެވެ. އެ އަންހެން މީހާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އެރަށު މަސް ދޯންޏެއްގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝް މީހަކާއެވެ.

އެ ބަންގްލަދޭޝް މީހާއަކީ ކުރިން އެރަށުގައި ގޭސް ޑެލިވަރީ ކުރުމުގައި އުޅެމުންދިޔަ މީހެކެވެ. އެހެން ނަމަވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ވަޒީފާއިން ވަކި ކުރުމުން މަސް ދޯންޏަކަށް އޭނާ ވަނީ ބަދަލު ވެފައެވެ.

އެނގިފައިވާގޮތުން އެ އަންހެން މީހާ ފޯނުން ހިންގާ މުއާމަލާތްތައް ފިރިމީހާ އެނގޭގޮތް ހަދާފައި ހުރުމުން، އެ އަންހެން މީހާ އެހެން ފިރިހެނުންނަށް ގުޅާ ހަދާކަން ފިރިހެން މީހާއަށް ވަނީ އެނގިފައެވެ.

އެކަންކަމާއި ގުޅިގެން ފިރިހެން މީހާ ހާޓް އެޓޭކެއްވެސް ޖެހުނެވެ. އަދި އެ ފިރިހެން މީހާ ދަން ޖެހެން މަސައްކަތްކޮށްފައި ވަނީ އޭނާގެ އަނބިމީހާ މާލެ އަށް ލާފައި އެނބުރި ރަށަށް އައިސް ގޭގައި އަމިއްލައަށް ކަރަންޓީންގައި ހުއްޓާއެވެ.

މި ދެމަފިރިންގެ ދެ ކުދިންވެސް ތިބެއެވެ.

މައުލޫމާތު ލިބޭގޮތުން، އެ އަންހެން މީހާ އާއި ބަންގްލަދޭޝް މީހާގެ ގުޅުން ފަޅާ އެރުމުން، މިހާރު ބަންގްލަދޭޝް މީހާވެސް ވަނީ މާލެ ގޮސްފައެވެ.


އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ، ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ.

އަމިއްލަ ނަފްސަށް ގެއްލުމެއްދީ މަރުވުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ދިމާވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދުމަކީ މުޙިންމު ކަމެކެވެ.

ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި:

1. ދަމަނަވެށި: 3318901
2. ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ): 3318804 / 7976325
3. ޔޫތް އެންޑް ސްޕޯޓްސް ސެންޓަރ: 3313755 / 3323860
4. ޖުވެނައިލް ޖަސްޓިސް ޔުނިޓް: 3306691

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދަރުސް ހަސަން

    ދޮންކަލޯ ތިޔަ ހުންނަނި އެއްވެސް ވަރަކަށް ހާސްވާންޖެހޭ ކަންކަމެއް ނޫންދޯ.....ތިވަރު ކަމަކަށް އަމިއްލަ ނަފްސު ޤަތުލްކުރީމާ އެ ގެއްލިގެން ދިޔައީ ދެދުނިޔޭގެ ބާއްޖަވެރިކަން......އިނގޭ، ދަރިން ތިބީމަ ތިޔަ ކަމުގަ ކުރާނެ އަސަރު ބޮޑުވާނެކަންވެސް.....އެކަމުވެސް ތީ ހަމަ އިމްތިހާނެއް.....ބޭވަފާތެރިވީ މީހަކު އޭނަ އުޅޭނެ މީހަކާ އެކީ އުޅެން ދޫކޮށްލާ....މާނައަކީ އޭނަ ބޭނުންވަނީ ވަރިވާން ކަމަށްވަންޏާ ވަރިކޮށްދީ....ދޮންކަލޯ އަށް އެއަށްވުރެ މާ އަޚްލާޤު ރަނގަޅު ދީންވެރި އަންބެއްވެސް މާތްﷲ މިންވަރުކޮށްދެެއްވަފާނެ....ހުރިހާވެސް ކަމަކީ އެކަލާނގެ ކުޅަދުންވަންތަކަމާއި އިލާހީ ޤާނޫނު.....އެހެންވީމަ، ހަމަ ﷲއަށް ވަކީލްކޮށްލާފަ ދިރިއުޅުމައިގެން ކުރިޔަށްދޭ....އެއްވެސް ޙާލެއްގަ އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ ކޮށްގެންވާނެ ކަމެއްނޫން އަދި ބޯހަމަޖެހޭ ކަމެއްވެސް ނޫން.....އެކަމު މީ ވެސް ހަމަ ތިކަހަލަ ކަމެއް ތަޖުރިބާ ކޮށްފަ ހުރި ފިރިހެނެއް ވީމަ މި ނަސޭހަތް ދޮންކަލޯއަށް މިދިނީ....ތަފާތަކީ އަހަރެންގެ ދަރިޔަކު އެކައިވެނީގަ ނެތްކަން....މިހާރު މިއުޅެނީ އެހެން ކައިވެންޏެއް ކޮށްގެން ވަރަށް އުފަލުގަ އިންޝާﷲ...އަނބި ގޮއްޔެވެސް ހަމަ ޖަވާހިރެއް އަލްޙަމްދުﷲ...މިހާރު ދަރިިއެއްވެސް އެބައޮތް.

    36
  2. ބަކުރުބެ

    ތިމަންޖެ ބޮންދު ސޮރައްދީ، ވަރިކޮއްލާ، އަލުން ރީތިކުއްޖަކާ މެރީކޮއްލާ، އިންޑިޔާއިން ހިލޭލިބޭ އަންހެންކުދިން، ބޮންދު މަންޖެ ވަރިކޮއްލާ

    15
    1
    • އައިފާނު

      ބޮންދުންނާ މިކަނބަލުން އެހާދޯޅައީ ކީއްވެ؟

    • އައިފާނު

      ބޮންދުންނާ މިކަނބަލުން އެހާދޯޅައީ ކީއްވެ؟މިހާރު ކަންމަތީ އިސްޓޯރު ތަކުންވެސް ބޮންދުން ލިބެންހުރޭ.

  3. އެމްޑީޕީ ބުރޯ

    ތިކަހަލަ ކަންކަމަކީ މިހާރު މިރާއްޖޭގަ އާންމު ކަންކަން! ބަނގާޅިން މީހުންގެ އަބިންކާރިޔަށް ވަނަސް ކޮބާތޯބމައްސަލައަކީ؟ ބަންގާޅިންނަށް މި ގައުމުގަ މަނާކަމެއް އެބަ އޮތްބާ؟ ދިވެއްސަކު ކުރީމަ ކަޑަ! އެކަމް ބަންގާޅިޔަކު ކުރީމަ އޯކޭ! ސަޅިދޯ! އެކަމް މިއީ ދިވެހިންގެ ދިވެހި ރާއްޖެޔޯ!

    21
    2
  4. Anonymous

    ގިނަ ފަހަރަށް ލޯބި ވަފާ މިދެބަސް ބުނަނީ އިންސާނާ ހައްދާލަން އަހަރެން ނަށްގަބޫލެއް ނުކުރެވޭ ލޯބި އެހާވަރުގަދަ އެއްޗަކަށް އަހަރެން ހަމަ އަސްލުގަވެސް އިންސާނުންދެކެ ލޯތްބެއްނުވޭ އަހަރެން ލޯބިވަނީﷲ ދެކެ އެކަނި ކަންކަމާ ކުރިމަތި ލުމުގެ ހިތްވަރާ ކޮންމެ ނާކާމިޔާބީއެއްގެ ކުރިމަތީ ކުޑަކަކޫ ނުޖަހާ ކުރިއަށްދިއުގެ ގާބިލްކަން ދެއްވަނީﷲ އެކަމަށްޓަކައި ޝުކުރުވެރިވެ ތަސްބީހަ ދަންނަވަން ﷲ ފިޔަވާނަސްރުދޭނެ ފަޜާތެއް އިންސާނުންނަކަށް ނުލިބޭނެ

    21
  5. ކޮއްކޮ ބޭ

    މަންޖެ ދެކެ ހާދަހާ ބޮޑު ލޯއްބެކޭ ދޯ މީނަވަނީ@ ކަލޯ ހިތްވަރުކޮށްލާއިގެން އޭނަ ހުރި ގޮތަށް ބަހަށްޓާފައި އެހެން ބިޓެއް ނެގޭތޯ ބަލާ އިނގޭ

    19
    1