ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ޖިންސީ ކުށުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލްތަކަށް މަޖިލިހުގެ ބަހުސް ކުރައްވަމުން މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށް ފާޑުކީ މައްސަލައިގެ ތެރެއަށް ދީނީ އިލްމުވެރިޔާ ޝެއިޚް އާދަމް ނިޝާން ވަދެއްޖެއެެވެ.

އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އަންހެން މީހާ އައުރަ ނިވާ ކުރީމަ، ޖިންސީ އަނިޔާއެއް ނުހިނގާނެ ކަމަށެވެ. އަދި ފާހިޝް އަމަލުތައް ހިންގާ ދޮރުތައް ބަންދު ކުރަން ޖެހޭ ކަމަށް އިޔާޒް ވިދާޅުވިއެވެ.

އިޔާޒް ކުރެއްވި އެ ޓްވީޓާއި ގުޅުވައިގެން މިއަދު މަޖިލީހުގައި އީވާ ވިދާޅުވީ، އިޔާޒް ދެއްކީ މުޑުދާރު ވާހަކަތަކެއް ކަމަށެވެ. އަދި އިސްލާމް ދީނުގެ ނަމުގައި ޖިންސީ ފުރައްސާރަ އަށާއި ގޯނާއަށް ހިތްވަރު ލިބޭ ގޮތަށް ބައެއް ދީނީ އިލްމުވެރިން ވާހަކަ ދައްކަވާ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ޖިންސީ ކުށްތަކުގެ ޝިކާރައަށް އަންހެން ކުއްޖަކު ދަނީ އެއް ގޮތަކަށް ވެސް އޭނާ ލައިގެން ހުންނަ ހެދުމެއްގެ ސަބަބަކުން ނޫން ކަމަށެވެ. ޖިންސީ ކުށުގެ ޝިކާރައަށް އަންހެން ކުއްޖަކު ދަނީ އޭނާ ލައިގެން ހުންނަ ހެދުމެއްގެ ސަބަބުން ކަމަށް ދެކޭ ދެކުމަކީ ލާއިންސާނީ އަމަލެއް ކަމަށާއި އެއީ ކަނޑައެޅިގެން ޖިންސީ ކުށްތަކަށް ހިތްވަރު ދިނުން ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ މަޖިލީހުގައި ދެއްކި މި ވާހަކަތަކާއި ގުޅިގެން ޝެއިޚް އާދަމް ނިޝާން ވިދާޅުވީ، "ޚަބަރުދާރު! ހަމަމިހާރު ހުއްޓާލާ! ތިޔަ އިންކާރުކޮށް ފުރައްސާރަކުރަނީ ﷲ ގެ ވަޙީ ބަސްފުޅަށް". ކަމަށެވެ.

"އީވާޔަކަސް ޝަހިންދާޔަކަސް ޝާދިޔާއަކަސް އަދި އެނޫން ލާދީނީ ކޮންމެ މީހަކަށް ވިޔަސް، މިއިސްލާމީ ދީނުގައި؛ ބަރަހަނާވެ އޮރިޔާންވެ، ބަނގުރާބޮއެ މަސްތުވެ، ޒިނޭކޮށް އެއްޖިންސުން ގުޅުން ހިންގުން ހުއްދަކޮށް، ތިމާމެން ބޭނުންހާ ގޮތަކަށް ބިރަކާނުލާ މަޖާކުރަން ވަކާލާތުކޮށް، ﷲ ގެ ވަޙީ ބަސްފުޅު ދޮގުކޮށް އިންކާރުކޮށް އެއީ "މުޑުދާރު" އެއްޗެކޭ ބުނުމުގެ ޙައްޤެއް ނޯންނާނެ". ޝެއިޚް އާދަމް ނިޝާން ވިދާޅުވިއެވެ.

އީވާ މިއަދު މަޖިލީހުގައި އިތުރަށް ވިދާޅުވީ، އިޔާޒް އެ ހުތުރު އަރުވަނީ މާތް ވެގެންވާ އިސްލާމް ދީނަށް ކަމަށެވެ. އަދި އިސްލާމް ދީނަކީ އަންހެނުންނަށް އިހްތިރާމް ގޮވާލައި ބާރުވެރިކޮށް މުދާވެރި ކުރުމަށާއި އޯގާތެރިވުމަށް ގޮވާލާ ދީން ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

އިސްލާމް ދީނަކީ އަންހެނުންގެ ހިމާޔަތުގައި އޮތް ދީނެއް ކަމަށް ވެސް އީވާ ވިދާޅުވިއެވެ. އެކަމަކު ބައެއް އިލްމުވެރިން ދީން ބޭނުން ކުރަނީ ދިވެހި އަންހެނުންނާއި އުންމަތުގެ ހުރިހާ އަންހެނުންނަށް ފުރައްސާރަ ކުރަން ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

"އަޅުގަނޑު ތިޔަ ޑރ. މުހައްމަދު އިޔާޒަށް ދަންނަވާލަން ބޭނުން ވަނީ ހަބަރުދާރޭ، ހުއްޓާލާށޭ، ފަހަތަށް ޖެހޭށޭ އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ. ދީނުގެ ނަމުގައި ދިވެހި އަންހެނުންނަށް ފުރައްސާރަ ކުރާކަށް ތިޔަ ޓުވިޓާ ހެންޑްލް ބޭނުން ކުރިއްޔާ މި މައިކް، އަޅުގަނޑުގެ އަތުގައި އޮތްހާ ހިނދަކު ދިވެހި އަންހެނުންގެ ހިމާޔަތުގައި އެ ކުރާ ފަޟީހަތް ކުރަން، ގޯނާ ކުރިޔަ ނުދޭނަން،" އީވާ ވިދާޅުވިއެވެ.

ޝެއިޚް އާދަމް ނިޝާން ވިދާޅުވީ، އަންހެނުން ޖިލްބާބު ލައި، ޙިޖާބްވެ، ޢައުރަ ނިވާކުރުމަށް އަންގައި އަދި އެއީ ޖިންސީ ގޯނާތަކުން ރައްކާތެރިވާނެ ކަމެއްކަމަށް ބުނުމަކީ އެއީ ޑރ.ޢިޔާޟް ނުވަތަ އެއްވެސް ޝެއިޚެއްގެ ބަހެެއް ނޫން ކަމަށެެވެ. އަދި އެއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެއް ކަމަށާއި، އެއިލާހުގެ ޙުކުމްފުޅެއް ކަމަށް ޝެއިޚް އާދަމް ނިޝާން ވިދާޅުވިއެވެ.

ﷲ ތަޢާލާ ވަޙީކުރައްވަަފައިވަނީ:

"އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނު އަންހެންކަނބަލުންނަށް، އެކަނބަލުންގެ ޖިލްބާބުތަކުން (ފޭރާންތަކުން) ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެއީ އެކަނބަލުންނަކީ މިނިވަން މުއުމިނު އަންހެން ކަނބަލުންކަން އެނގިގެން ވުމަށާއި، އަދި އެކަނބަލުންނަށް (ފާސިގުންގެ ފަރާތުން) ގޯނާއާއި އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑުވެގެންވާތީއެވެ."

ޝެއިޚް އާދަމް ނިޝާން އިތުރަށް ވިދާޅުވީ، އީވާ ފާޅުގައި ﷲ ތަޢާލާގެ މިވަޙީ ބަސްފުޅު ދޮގުކޮށް އިންކާރުކޮށް ފައިވާ ކަމަށެވެ.

"މިއާޔަތުގައި މިވާ ﷲ ތަޢާލާގެ ވަޙީ ބަސްފުޅަކީ މުޑުދާރު ބަސްފުޅެކޭ ބުނެ، ﷲ ގެ ޙުކުމްފުޅުކަމުގައިވާ ޢައުރަ ނިވާކޮށް ޙިޖާބުވުމުގެ އާޔަތަށާއި ޙުކުމްފުޅަށް ފާޅުގައި ކާފަރުވެ އިންކާރުކޮށް ފުރައްސާރަކޮށްފައި". ޝެއިޚް އާދަމް ނިޝާން ވިދާޅުވިއެވެ.

އަދި މިއީ ދީނީގޮތުން އެންމެ ބޮޑު އެއްފާފައަށްވުމުގެ އިތުރަށް، މިރާއްޖޭގައި ހެދިފައި އޮތް ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރާ ޤާނޫނުގެ ދަށުންވެސް ބޮޑު ކުށެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިފަދަ ފަރާތްތަކާއިމެދު ވަގުތުން ފިޔަވަޅު އެޅުމަކީ ޤާނޫނު ނެގެހެއްޓުމުގެ ޒިންމާ ބޮލުގައި އެޅިފައިވާ ކޮންމެ ފަރާތެއްގެވެސް ޒިންމާއެއް ކަމަށްވެސް ޝެއިޚް އާދަމް ނިޝާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

67 ކޮމެންޓް

  1. Anonymous

    އިވާ ނިކަން އަޑު އައްސަވާ. މި ޤައުމުގައި ﷲ ދީނަށް ލޯބިކުރާ އެތަކެއް ޒުވާނުންނެއް އެބަތިބި ދީން ހިމާޔަތް ކުރުމަށް އަދި އަހަރުންގެ ލެޔައި މުދާ ހޭދަކުރަން ތިބީ ތައްޔާރަށް.

    361
    11
    • ލޯބި

      ދިނަށް ލޯބިކުރުމަކީ އަންހެނުންނަށްވުރެ ފިރިހެނުން މަތިވެރި ކަމަށްދެކި، އަންހެނުންގެ ދައުރަކީ، ފިރިހެނުން ދައްކާ މަގުން ހިނގުން ކަމަށް ދެކި، ފިރިހެނުން ވަހުށީ ވުމަކީ ޤުދުރަީކަމެއް ކަމަށް ދައްކާ، ކަނބަލުންނަށް ފުރައްސާރަ ކުރުމުން އެކަންވެސް އެއީ ކަނބަލުންގެ އިހުމާލުކަމަށް ދެކޭ ވިސްނުންކަމަށް ވަންޏާ އަހަރެން ދީންދެކެ ލޯބިވާކަށް ބޭނުމެއްނޫން. ތި ދައްކަނީ އިސްލާމް ދީނުގެ ވާހަކައެއް ނޫން. އެދީނުގައި ކަނބަލުންގެ މަޤާމު މަތިވެރި.

      25
      99
      • ޕިސްޕިސް

        ބަލަ އެކަމެއް ނޭންގޭތަ...ދެން އަމައްޔާއި ކާކުތަ އާއިލާ ލީޑްކުރަނީ.

        56
        7
        • ލޯބި

          ލީޑު ކުރުމެއް ނޯވޭ. އޮންނަނީ ސިނަރޖީއެއް. އެއް އަމާޒަކަށް ވާސިލުވުމަށް ގުޅިގެން ކުރާ މަސައްކަތެއް. ތިކަހަލަ ވިސްނުމުގެ މީހުން ގިނަވީމަ މައްސަލައަކީ.

          8
          32
      • ކަލޭ

        ކަލޭމެންގެ ވަަހުޝީ އެދުން ފުއްދުމަށް އަންހެނުންގެ ހައްޤުތަކޭ ކިޔާފައި އެ ނަމުގައި އެކަނބަލުން މަގުތަކަށްނެރެ ހައްގުތަކުގެ ނަމުގައި އެކަނބަލުން އޮފީސްތަކަށް ނެރެ ހިލޭ ފިރިހެނުންނާއި އެކު އެކަނބަލުން މަސްހުނި ކޮށް އެކަނބަލުންނަށް ޖިންސީ ގޯނާ ކޮށް އެކަނބަލުންގެ އިއްފަތްތެރިކަމަށް އަރައި އެކަނބަލުން މަގުމައްޗަށް ނެރެ ދުލަށް އާއިހާ އެއްޗެއް ގޮވުމަށް ހިންވަރުދީ އެކަބަލުންގެ ލަދުހަޔާއި ކަޑާއިލާ ފިރިހެނުންނާއި މައްސުނިވެ ބިރަކާއި ނުލާ މަޖާކުރަން ދަސްކޮށް ދީހެދީކޮން ބަޔެއްތޯ؟ އިސްލާމް ދީނުގާއި އެކަބަލުން ރައްކާތެރިކޮށް ހިމާޔަތް ކޮއްދީފަވާރިވެތި އުސޫލް ތައްބައްލަވާ
        ﴿33﴾ وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ ۚ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا

        އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު قائم ކުރާށެވެ! އަދި ތިޔަކަނބަލުން زكاة ދޭށެވެ! އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ!

        98
        5
      • Anonymous

        ކަލޭމެންގެ ވަަހުޝީ އެދުން ފުއްދުމަށް އަންހެނުންގެ ހައްޤުތަކޭ ކިޔާފައި އެ ނަމުގައި އެކަނބަލުން މަގުތަކަށްނެރެ ހައްގުތަކުގެ ނަމުގައި އެކަނބަލުން އޮފީސްތަކަށް ނެރެ ހިލޭ ފިރިހެނުންނާއި އެކު އެކަނބަލުން މަސްހުނި ކޮށް އެކަނބަލުންނަށް ޖިންސީ ގޯނާ ކޮށް އެކަނބަލުންގެ އިއްފަތްތެރިކަމަށް އަރައި އެކަނބަލުން މަގުމައްޗަށް ނެރެ ދުލަށް އާއިހާ އެއްޗެއް ގޮވުމަށް ހިންވަރުދީ އެކަބަލުންގެ ލަދުހަޔާއި ކަޑާއިލާ ފިރިހެނުންނާއި މައްސުނިވެ ބިރަކާއި ނުލާ މަޖާކުރަން ދަސްކޮށް ދީހެދީކޮން ބަޔެއްތޯ؟ އިސްލާމް ދީނުގާއި އެކަބަލުން ރައްކާތެރިކޮށް ހިމާޔަތް ކޮއްދީފަވާރިވެތި އުސޫލް ތައްބައްލަވާ
        ﴿33﴾ وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ ۚ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا

        އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު قائم ކުރާށެވެ! އަދި ތިޔަކަނބަލުން زكاة ދޭށެވެ! އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ!

        44
        4
      • މާނަ

        އެއްވެސް ހާލެއްގައި މިކިޔަނީ ތިމާނައެއްނޫން...ރޭޕްގެ މައްސަލައިގައި ކަންބޮޑުވާތީ މިބުނަނީ ރޭޕްކުރާމީހުން ތިބޭ ހިސާބަށް ނުދާށޭ...އެމީހުންގެ އެ މުޑުދާރު ލޯތަކަށް ފިލާށޭ...އެގޮތުންވެސް ތިކަނބަލުން ރައްކާތެރިވެވޭތޯ...އިސްލާމް ދީނުގައި އެވަނީ އެކަމުގެ ބޮދުކަމުން އެކަމަށް ހުށައެޅިދާނެހާ ކަމެއްވެސް މާދުރުންފެށިގެން މަނާކޮށްފަ...އެ ގައިޑްލައިންތަކަށް ބޯލަނބާށޭ މިކިޔަނީ...އެވެސް ރައްކާތެރިކަމަށްޓަކައި...މިކިޔަނީ ފިރިހެނުން ވަހުޝީވެގެންގޮސް އަންހެނުން ރޭޕްކުރީމަ އޯކޭއެކޭނޫން..މިދައްކަނީ ރޭޕްގެ މައްސަލަ އިސްލާމްދީނުގައި ހައްލުކުރެއްވުމަށް އޮތް ގޮތުގެ ވާހަކަ...

        17
      • ??

        އިސްލާމް ދީން އިންސާފުވެރި އަލްހަމްދު ލިﷲ. ވިސްނާ ފިކުރު ކުރާ ބަޔަކަށް ހެކިތަކެއް ވޭ. ތެދު މަގު ދެއްކެވުމަށް އެދި ގިނައިން ދުޢާ ކުރަންވީ އަދި އެމަގުގަ ހިނގަންވީ އިންޝާﷲ

        12
        1
  2. Anonymous

    އީވާ ހައްޔަރުކުރޭ. މުރުތަދުވެފައިހުރި މީހެއް އީވާއަކީ.

    234
    13
    • Anonymous

      އީވާ މުރުތައްދުވީ މިއަދަކު ނޫން. ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލީ ހިސާބުން އޭނާ ވަނީ މުރުތައްދުވެފައި. މަތްﷲ ބާވައިލެއްވި ޝަރީއަތުގައިވާ ހުކުމްތައް ބަދަލުކޮށް ވަޞަޢީ ޤާނޫން ހަދާ ބަޔަކީ އެއީ ﷲ ގެ އިލަހުވަންތަކަމަށް އަރައިގަންނަ ބައެއް އެހެންވެ އެމީހުން ތޯޢޫތުނަށް ވަނީ.
      ދަލީލަކީ:
      ﷲ ވަޙީކުރައްވާފައިވެއެވެ.
      މާނައީ: "ނުވަތަ الله އިޛްނަ ދެއްވާފައިނުވާ ދީނެއް، އެއުރެންނަށް، ޝަރުޢުކޮށް ކަނޑައަޅައިދިން ޝަރީކުންތަކެއް އެއުރެންނަށް ވޭހެއްޔެވެ؟
      ﷲ ވަޙީ ކުރައްވާފައިވަނީ:
      މާނައީ: "އަދި الله ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާމީހާ ދަންނާށެވެ!  ފަހެ، އެއުރެން އެއީ
      ހަމަ ކާފަރުންނެވެ."
      އަދިވެސް  ވަޙީކުރައްވާފައިވެއެވެ. މާނައީ: "އަދި ތިޔަބައިމީހުން އެކަމަކާމެދުގައި ޚިލާފުވާ ކޮންމެ ކަމެއްގެ ޙުކުމް ކުރެއްވުންވަނީ، الله އަށެވެ. އެއީ الله އެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެއަށް ތިމަންކަލޭގެފާނު ވަކީލުކުރައްވައިފީމެވެ. އަދި ތައުބާވަނީ ހަމައެކަލާނގެ ޙަޟްރަތަށެވެ."

      މާނައީ: "...الله ޙުކުމްކުރައްވަތެވެ. އެކަލާނގެ ޙުކުމަށް ބަދަލެއްގެންނާނޭ އެއްވެސް ފަރާތެއް ނުވެތެވެ. އަދި އެކަލާނގެއީ، ޙިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ."

      149
      8
  3. ބުރޯ

    ދީންމުގުރާތީ ނަމުގައި އެކަނބަލުން މަގުތަކަށްނެރެ ހައްގުތަކުގެ ނަމުގައި އެކަނބަލުން އޮފީސްތަކަށް ނެރެ ހިލޭ ފިރިހެނުންނާއި އެކު އެކަނބަލުން މަސްހުނި ކޮށް އެކަނބަލުންނަށް ޖިންސީ ގޯނާ ކޮށް އިއްފަތަށްއރައި އެކަނބަލުން މަގުމައްޗަށް ނެރެ ދުލަށް އާއިހާ އެއްޗެއް ގޮވުމަށް ހިންވަރުދީ އެކަބަލުންގެ ލަދުހަޔާއި ކަޑާއިލާ ފިރިހެނުންނާއި މައްސުނިވެ ބިރަކާއި ނުލާ މަޖާކުރަން ދަސްކޮށް ދީހެދީކޮން ބަޔެއްތޯ؟ އިސްލާމް ދީނުގާއި އެކަބަލުން ރައްކާތެރިކޮށް ހިމާޔަތް ކޮއްދީފަވާރިވެތި އުސޫލް ތައްބައްލަވާ
    ﴿33﴾ وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ ۚ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا

    އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު قائم ކުރާށެވެ! އަދި ތިޔަކަނބަލުން زكاة ދޭށެވެ! އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ! އޭ أهل بيت ންނޭވެ! اللَّه އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ طاهر ކުރެއްވުމަކުން ތިޔަބައިމީހުން طاهر ކުރެއްވުމަށެވެ.

    [ އަލް އަޙްޒާބް ސޫރަތުގެ 33ވަނަ އާޔަތް]

    127
    5
  4. ރައްޔިތުމީހާ

    ތިދަތްޖާލު މަޖުލީހުން ވަގުތުންވަގުތައް ބޭރުކުރޭ...

    155
    5
    • ޝަމީން

      އެ ދައްޖާލަ ވޯޓުލީމީހުންނޯ..؟

      18
      3
  5. ކަމަނަ

    މި ކަމަނާއަށް މަޖިލީހުގެ މައިކު ދާއިރާމީހުން ދިނީ ދީނާ ޚިލާފުވާހަކަ ދައްކަންތަ، ނުވަތަ ޢިލްމުވެރިންނަށް ހަޖޫޖަހަންތަ ނޫނީ މެންބަރުންގައިތަޅަންތަ ވެރިކަންލިބުނަސް ތީބޮޑުވަރެއް

    176
    6
  6. ހަނީފް

    އީވާ ކަހަލަ އަންހެނުން ހުސް މޑޕ ގަ އުޅޭނީ. ޝިފާޒް ކަހަލަ ފިރިހިނުން ހުސް މޑޕ ގަ އުޅޭނީ. އެހެންނޫނީ މޑޕ އަކު ނޫޅޭނެ

    141
    8
  7. އަހުމަދު

    ފުރައްސާރަ ކުރާނެ ކޮންމެ އެއްޗެއްލައިގެން ހުއްޓަސް. މިއީ މިހާރު ވަރަށް ގިނައިން މީހުން ނަގާ ވާހަކައެއް. އެދުންވެރި ކަމުގެ ގޮތުން ހައްދުފަހަނަ އަޅާފައި ހުންނަ މީހަކު ލައިގެން ހުންނަ އެއްޗަކަށް ވެސް އުމުރަކަށް ވެސް ނުބަލާނެ. އެކަމަކު ނިސްބަތުން ނިވާކޮއްގެން ތިބޭ މީހުންނާއި ބެހުން މަދުވާނެ. ސޯޝަލް މީޑިއާގައި ހުޅަނގު އަންހެނަކު ކުރި ސޯޝަލް އެކްސްޕެރިމެންޓް އެއްގައި ނިވާ ބޮޑު ކޮށާއި ނިވާ ކުޑަކޮށް ހެދުން އަޅައިގެން ބޭރަށް ނިކުތް. ނިވާކޮށްގެން އޭނަޔާ ނުވެސް ބެހޭ. ނިވާ ނުކޮށް ވަރަށް ބެހުނު.
    ހުޅަނގެ އުތުރު އެމެރިކާގައި 2018 ވަނަ އަހަރު އެކަނިވެސް 127258 ރޭޕް ކޭސް އެކަނި ހިމެނޭ. ރިޕޯޓް ނުކޮށް އެތައް ގުނައެއް. ދުނިޔޭގެ އެއްވެސް ގައުމަކުން މިކަން ހުއްޓުވަން މަސައްކަތް ކުރިއަސް މިކަން ދަނީ ދިމާވަމުން. މިއީ ހަގީގަތުގައި ވަރަށް ދެރަ ކަމެއް. ޙުޓަން އެޅޭ ފިޔަވަޅެއްގެ ގޮތުގައި ނިވާކުރުން ކީއްތޯވާނީ

    109
    7
  8. ޢަލީ

    ދީނީ އިލްމުވެރިންނަށް އިހުތިރާމް ކުރާ މީހަކުވެސް މިފަހަރު އިޔާޒް އަށް ޓްވީޓު ކުރެއްވުނީ އެންމެ ރަނގަޅަށް ނޫންކަމަށް ޤަބޫލުކުރެވޭނެއެ. ޓްވީޓުގަ ބުނެފަ ހުރީ ދޮގު ނުވަތަ ގޯސް ވާހަކަޔަކަށް ވެގެނެއް ނޫނެ. ދީނުގައި އަންހެނުން ނިވައިވާން އަންގާފައި އެބައޮތެ. އަދި އެގޮތަށް އަމަލުކުރުމުން ފާހިޝް އަމަލުތަކާ ގޯނާތައްވެސް މަދުވެގެން ދާނެ ކަމާމެދު ޝައްކެއްވެސް ނުކުރަމެ. ހިތާމަޔަކީ، ބައެއް ދީނީ އިލްމުވެރިން ބަސް ބުނާއިރު އެއްކޮޅަކަށް ބުރަވެ ބަސްބުނެވޭހެން ދޭހަވާގޮތަށް ބަސްބުނެވޭތީއެ. އަންހެނުން ނިވާކުރަން އަންގަވާފައިވާ ކަމާ އެކަމުން ޖިންސީ ގޯނާކުރުންތައް މަދުވާނެކަމަށް ބުނާއިރު ދީނުގައި ފިރިހެނުންގެ ޢަމަލުތައް ބަހައްޓަންވީގޮތްތަކެއްވެސް އަންގަވާފައިވާ ކަމާ އެގޮތަށް އަމަލުތައް ބެހެއްޓުމުން ޖިންސީ ގޯނާތައް ލިބޭވަރު މަދުވާނެޔޭ ނުބުނެވެނީ ކީއްވެބާޔެ؟ ހިލޭ އަންހެނަކު ދައުވަތު ދޭހިދު ﷲ އަށް ބިރުވެތިވަމޭ ބުނެ އެކަމުން ދުރުވާ ފިރިހެނާޔަށް ހުރި ހެޔޮކަން ބަޔާކޮށްދެއްވާފައިވުމާއި، ހިލޭ އަންހެނެއްގެ ގައިގައި އަތްލުމަށްވުރެ ތިމާގެ އަމިއްލަ ބޮލައް މޮހޮރުހެރުންވެސް މާ ރަނގަޅުވާނެކަމަށް ހަދީސްކުރައްވާފައިވާ ހަދީސްފުޅުތައް ނުބެނެދެވެނީ ކީއްވެހެއްޔެ؟؟؟ އަންހެނުން ނިވާއިވާން ނަސޭހަތްދޭހާ ގިނައިން އަންހެނުންނެކޭ އެއްފަދައިން ފިރިހެންނުންވެސް ބެލުންތައް ތިރިކުރަން ހަދާން ނުކޮށްދެވެނީ ކީއްވެހެއްޔެ. ކާފައިން، ބައްޕައިން، ބޮޑުބޭބެއިން، ބޭބެއިންގެ ޒިއްމާތައް ހަނދާން ނުކޮށްދީ ދީނުގައި އަންހެނުންގެ އަމަލުތައް ބަހައްޓަންވީ ގޮތް އެކަނި ބުނެދެވި ޓްވީޓްކުރުމުން ނަފްރަތު އުފެދެނީ މި ޓްވީޓްކުރާމީހާ ދެކެ އެކަންޏެއް ނޫނެ. ދީނުގެ ކަންކަން ނޭންގޭ މީހުން ދީނަށްވެސް ނަފްރަތު ކުރަން ފެށެނީއެވެ. ލާދީނީ މީހުން އިސްލާމް ދީނާ މެދު މީހުން ނަފްރަތުކުރުމަށް ބޭނުންކުރަާނެ އިތުރު ހަތިޔާރަކަށް އެ ޓްވީޓުތައް ވަނިއްޔެ. ތިޔަހެން ނަހައްދަވާށެ.

    79
    15
    • އަދި ވެސް ބަލާލަަ އިތުރަށް

      ޝެއިޚް ގެ ހުރިހާ ޓުވީޓެއް ބަލާލީމަ ތިބުނި ކަންކަމަށް ޝެއިޚް ވާހަކަ ދައްކާފައިވާތީ ތިބާ އަށް ފެންނާނެވެ.

      • އަޅުގަނޑު

        ވަގުތް އިން މި ނިއުސް ގެނެސްދޭންވާނެނު ޕްލީޒް

  9. ގިޓާ

    އީވާ ދީނުގެ ފިގުވެރިއަކަށްވީ ކޮން އިރަކު މޮޅުކަމަނާއެއް މީހަކު ހޭބަލިވެދާނެ.

    87
    3
  10. ފަރީދާ

    The Messenger of Allah (sal Allahu alaihi wa sallam) said: “It is better that a steel nail is driven into your head than for you to touch a woman who is not permissible for you.” [Tabrani]

    އިޔާޒްމެން އާދަމް ނީޝާންމެން މީހުނަށް މިފަދަ ކަންކަން ބުނެދޭން ޓްވީޓް ނުކޮށް އަންހެނުން ނިވާވާން ބުނީމަ ތީތި ކަޑަ.

    13
    79
    • މަރީނާ

      ކަޑަވާނެއްނު ފަރީދާއަށް. ފަރީދާ ބަލަނީ ހަމަ އެކަނި ޓުވީޓު ކުރާ އެއްޗެހި ވިއްޔަ. ޝޭޚުމެން ދޭ ދަރުސެއް އަޑު އަހާލަބަލަ ތިހެން ނުކިޔާތޯ.

      55
      4
      • ލޯބި

        އިންސާނުނަށް އަޅުދާސްވުމެއް ދީނަކު ނުވޭ. އެކަމަކު މި އިޔާޒުމެން ބައެއް ދިވެހިންގެ ސިކުނޑީގައި ވަކިހިއްޕާލާފަ ވާވަރުނަ ފިޔަވަޅު އެޅެނީވެސް އޭނަ ބުނާ ގޮތަކަށް، އެހެން ނޫނީ އޭނަ ބުނާގޮތުން "ޖަމާޢަތުން ބޭރުވޭ". އަހަރެމެންނަށް މާތްﷲ ސިކުނޑި ދެއްވާފަ ވޭ. ފުރަތަމަ ވަޙީ ބަސްފުޅަކީވެސް އުނގެނޭށޭ. އުޅެންވާ ރަނގަޅު ގޮތް ކަނޑައަޅާންވާނީ އަމިއްލައަށް ވިސްނާ ފިކުރުކޮށް، ބަލާ ހޯދާ ދަސްކޮށްގެން. އިޔާޒު ބޭނުންވާގޮތަށް އުޅުން މަޖުބޫރެއް ނޫން.ދީނުގައި މަޖުބޫރު ކުރުމެއް ނޯވޭ.

        3
        14
      • ފަރީދާ

        ތިބުނީ ރާއްޖޭގެ ހުރިހާ ފިރިހެނުން ދީނީ ދަރުސްތަކެއް ދެޔޭ އެހެންވީމަ ފިރިހެނުން ކަންކަންކުރަންވީގޮތާ ފިރިހެނުން އަމަލުކުރާގޮތުން ޖިންސީގޯނާތައް ލިބޭވާހަކަ ޓްވީޓްކުރަން ނުޖެހެނިއްޔޭތޯ؟؟؟ ތި ވިސްނުންވެސް ކަޑަ. ކޮންމެ މީޑިޔާ ވަޞީލަތެއް ބޭނުންކޮށްގެންވެސް ދީނީ ނަޞޭހަތް ދޭންވާނީ ހަމަހަމަކާ އިންސާފުވެރިކޮށް ދޯ؟ އަންހެނުން އަމަލުތައް ގެންގުޅެންވީގޮތާ ބުނެދޭންވީމަ ޓްވީޓަރ، ނޫނީ ޓީވީ ޕްރޮގްރާމެއް، ނޫނީ ފޭސްބުކް. ފިރިހެނުން އަމަލުކުރަންވީ ގޮތް ބުނެދޭންވީމާ މަހަކު އެއްފަހަރު ބާއްވާ ދަރުހެއްކަމަށްވަންޏާ އިންސާފުވެރިތޯ؟؟؟؟

        2
        6
    • ޏަމްޏަމް

      ހަމައެކަނި މިއަދުގެ ޓްވީޓް ކީމަ ފަރީދާއަށް ތިހެން ތި ހީވީ

      34
      2
  11. ރިޔާ

    އީވާ ހަމައެކަނި ބުނާ ވާހަކައަކީ ގައިދިރުކޮށްގެން ނަމާދުކުރެވޭނެ ވާހަކަ .. ކަމެއް ވެގެން ދޯ ސައުދީއަރަބިއްޔާގަވެސް މިފަދައިން ނަމާދުކުރަނީ ދުރުދުރުގަ ރާއްޖޭގަ އެކަނި ނުކުރެވެނީ އަޖައިބެއް ދޯ

    24
    41
    • Anonymous

      ދުނިޔޭގެ އެންމެން ކުރިއަސް ގޯސްކަމެއްވާނީ ހަމަ ގޯސްކަމަކަށް. ނަމާދު ކުރަންޖެހޭނީ ނަބިއްޔާ ޞޢވ ދެއްކެވި ގޮތަށް. އެނޫން ކޮންމެ ގޮތަކީ ބާތިލް ބިދުޢކަމަށް ދުނިޔޭގެ އެންެމެ މޮޅު އިލްމުވެރިން ވިދާޅުވަނީ. ކައުޘަރުގެ އާރުންފެންނުލިބޭނެ ބިދުއަ އަޅުކަމުގެ ތެރެއަށް ވައްދާ މީހުން.

      23
      1
  12. Anonymous

    އީވާ މަންޒަރު ވަރަށް ސާފު އުދަރެހުގައި ނަގާފައިވާ ކޮލިގަނޑުގެ ވިލަތައް ކިތަންމެ ބޮޑަކަސް އަދި ކިތަންމެ ކަޅަކަށް އެ ކޮޅިގަނޑުގައި ގަދަވަޔެއް ނެތް. އެއީ ކަލޭމެންގެ މިސާލު. ﷲގެ ފަޟުލަވަންތަކަމުން މުސްލިމުން އުފާ ކުރާ އުދަސް އެބަ އާދޭ

    32
    2
  13. ދިޔާނާ

    މީ އަސްލު ދިވެހިންގެ ކުށެއް. މުސްލިމް މުޖްތަމައަކު އެބައިމީހުންގެ މަޖްލިސް އައް ބިކިނީ ތަކާ ރާބޯމީހުން ކަނަޑަ އެޅިގެން އެގެތިބެ ހޮވީމަ ވާނެ ގޮތް މިފެންނަނީ.

    50
    3
  14. އަޙްމަދް

    ޝޭޙުންތަށް ތިއުޅެނީ ކޮއްމެހެން ދީނީގޮތުން ކަމެއް އޮތްގޮތް މީސްތަކުން ނަށް އޮޅުން ފިލުވާދޭކަށް ނޫނެވެ..... ތިއުޅެނީ މަގާމުދަހިވެތިކަމުގައެވެ.
    މަގާމެއް ލިބެނިކޮން އަންގަތަށް ބަނދުވެ ފަތުވާތަށް ނުކުއްނާނެ ދިމާއިދިކޮޅަށް.
    މިއީ ދިވެހިތާރީޙުން ފެއްނާންހުރި ޙަޤީޤަތެވެ
    .އިޔާޒު ސޭޙަށްށާއި ޒައިދު ސޭޙަށްށާއި އަދި ނިޝާނު ޝޭޙަށްވެސް މަގާމެއް ހަމޖައްސަވާ ދެއްވާ އޭރުން އިސާހިތަކު ޒުވާބު ނިމިދާނެތެވެ.

    9
    35
  15. ސަރުކާނު

    ޚެނެރީގެއަށް ނިސްބަތްވާ ކޮންމެ މީހަކަށް ދީނަށް ފުރައްސާރަކުރުމަށް ހުއްދަ އޮންނަނީތަ؟އަޖާބެެއްނު؟

    29
    2
  16. ވިސްނާތި

    ރާއްޖޭގެ ރައްޔިތުންގެ މަޖްލީހަކީ އެއީ އެންމެހާ ދިވެހިންގެ ތަނެކޭ އެތަނުގައި ތިބެ މަޖްލީހުގެ މެމްބަރުން ވާހަކަ ދައްކަން ޖެހޭނީ ރައްޔިތުންގެ ކަރާމަތާއި ގަދަރާއި އިއްޒަތަށް ބުރޫ ނާރާ އަދި ދިވެހިން އެންމެ ލޯބިވާ އިސްލާމް ދީން ދެކެ ދިވެހިންގެ ހިތް ތަކުގައި އިތުރަށް ލޯބި ޖެހޭނެ އުސޫލުންނޭ ވާހަކަ ތައް ބައްޓަން ކުރަން ޖެހޭނީ މަޖްލީހުގެ މެމްބަރުން ދީން ސިޔާސީ ހަތިޔާރަކަށް ހަދަނީއޭ ކިޔާ ވާހަކަ ދައްކަނީ އެއީ ދީނާއި ދުރުގައި އުޅޭ މީހުންނޭ ދީން ހަތިޔާރަކަށް ނަހަދައޭ ދީނީ އިލްމް ވެރިން ތަމެން ދައްކަނީ ރޯ ބުހުތާނު ދޮގުވާހަކަ ތަކޭ...

    11
    3
  17. ކިނބޫ

    އެއީ ސޯލިހު ކަމަނާއެއް ނޫންތަ؟ ކޮން ޚަބަރުދާރެއް ކިޔާކަށްތަ ހަމަ ރަނގަޅަށް މިދަނީ. ދެލޯ ކަނު ބީތާއިންނަށް ވެގެން ތިބެ މިބައިގަނޑު ވެރިކަމަށް ގެންނަން ތެޅުނު އެއްޗިހިންނަށް ރާކަނިމަސް ކެވޭތަ އެބަ؟

    24
    3
  18. ޙހހހ

    އަންހެނުން އައުރައަކީ އިއްފަތް ، އިއްފަތްތެރިކަމަކީ ކޮބާކަން އީވާއަށް އެނގޭތަ ، ލަދު ހަޔާތެއްނެތި ހިމާރުގެ އަޑުން ހަޅޭލަވާ ލަދުހަޔާތް ކެނޑުންވެސް އެއީ އަންހެނުން އިއްފަތްތެރިކަމުން ބޭރުވުން ، އީވާގެ މި އެއްވެސް ކަމެއްނެތް

    38
    1
  19. ލަކީ

    ޙެހެ މި ދީނީ އިލްމު ވެރިންނޭ މުކިޔަނީ މީ ކޮންބައެއް އަމިއްލަ ނަން އަރަބި ބަހުން އަޅަން ނޭގޭ މީހުން ގިނައީ
    އެ ކަމަކު މި ކިޔަނީ ދީނީ އިލްމު ވެރިންނޭ

    3
    27
  20. ތައުބާވޭ

    ރާއްޖޭގެ ރައްޔިތުންގެ މަޖްލީހަކީ އެއީ ވަރަށް ކަރާމާތް ތެރި ތަނެކޭ މަމެން އެންމެ ލޯބި ވަނީ އެތަނަކީ އެއީ ސީދާ މުސްލިމް ގައުމަކުން ހަދިޔާ އެެއްގެ ގޮތުގައި ދީފައިވާ ތަނަކަށްވާތީއޭ މަޖްލީހުގެ މެމްބަރުން މަޖްލީހުގެ ތަޅުމުގައި ވާހަކަ ދައްކަން ޖެހޭނީ އަބަދުވެސް ރާއްޖޭގެ ރައްޔިތުން އެމެންގެ ދެލޮލުގެ ނޫރު ދެކެ ލޯބިވާ ފަދައިން އެމެން ލޯބިވާ މާތްވެގެންވާ އިސްލާމް ދީނަށް ދެރަ ގޮތެއް ނުވާނެ ގޮތުގެ މަތިންނޭ އެގޮތަށް މަޖްލީހުގައި ތިބި އަންހެން މެމްބަރުން ވެސް ތިބެން ޖެހޭނީ...

    10
    1
  21. މައިކް

    މުސްލިމް ގަވްމެއްގެ މަޖިލިސްއަށް ކުފޫހަމަވާ ފަރާތެއް ނޫން އަދި މުސްލިމް އަންހެނުންނަށް ހުތުރު އަރުވާފަރާތެއް.

    "އަޅުގަނޑު ތިޔަ ޑރ. މުހައްމަދު އިޔާޒަށް ދަންނަވާލަން ބޭނުން ވަނީ ހަބަރުދާރޭ، ހުއްޓާލާށޭ، ފަހަތަށް ޖެހޭށޭ އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ." މިތަންކޮޅުންވެސް އެނގޭ ކަމުދާ މީހެއް ނޫންކަން އަދި މަޖްލިސްއިން ބޭރުކުރުމަށް ގޮވާލަން.
    ތިމައިކް އިން ސަލާމަތް ކުރައްވާށި.

    21
    1
  22. Anonymous

    އިސްލާމް ދީނުގައި އަންހެނުންގެ އައުރަ ނިވާ ކުރުން އެއީ ހަމަ އޮންނަ ކަމެއް ވަރަށް ބޮޑަށް ބާރު އަޅާ އަންހެން މީޙާ އައުރަ ނިވާ ކުރުމާއި ގުޅޭ ގޮތުން އެގޮތުން އަންހެން މީހާގެ އައުރަ ދީނުގައި އޮންނަ ގޮތަށް ނިވާ ކުރާނަމަ މިރާއްޖޭގައި މިހާރު ހިނގަމުން މިދާ ރޭޕް ކޭސް ތަކަށް މަޑުޖެހުން އައުމަކީ އެއީ އެކަށީގެންވާ ކަމެކޭ މީ ރައްޔިތުންގެ މަޖްލީހުގެ މެމްބަރުން ވެސް ދަންނަން ޖެހޭނެ ކަމެކޭ...

    19
    3
  23. ދައްޖާލު

    ކަށިފުއްޕައި މިނިކާވަގުތަކެއްހެން ފުންމައިގެން އަންނާނީ ފުރޭތައިން.

    20
  24. ޚަބަރުދާރު

    އެކަލޭގެ ކިބައިން އެފެންނަނީ ހަރުކަށި ޖާހިލު އައިސިސް މީހެއްގެ ސިފަ. އެހެރީ ކަނޑި މަޅައިގެން.

    14
    8
  25. Amin

    އީވާއުޅޭގޮތް
    އަންހެނުންނަށްވެސްހުތުރު

    31
    3
  26. މޫސަ

    އީވާ ހަމަ މިހާރު ކަލޭގެ ތިޔަލާދީނީ ހުތުރު އަގަ ލައްޕާ ކަލޭމެންގެ ކައްތައް ތިޔަދަނީ މާމައްޗަށް...

    33
    2
  27. ރަރީ

    ރޭޕްކުރަނީ އަޅާ ހެދުމަކުން ނޫންކަމަށް ބުނެ، ޒުވާން އަންހެން ކުދިން އައުރަ ނިވާ ނުކުރުމަށް ހިތްވަރުދޭ މީހުންގެ ވާހަކަ އަޑު ނޭހުން ބުއްދުވެރި. އެމީހުންގެ ބޭނުމަކީ ހުރިހާ އަންހެންކަނބަލުން އެމީހުން ގޮތަށް ބަރަހަނާވުމާއި ފެރާމަކީ ބެކާރު އެއްޗެއް ކަމަށް ދެއްކުން. ފޭރާމުގެ ބޭނުމަކީ އައުރަ ނިވާކުރުން. އައުރަނިވާ ކުރުމުގެ ބޭނުމަކީ ނުބައި ލޯތަކުން ސަލާމަށްވުން. މިހެންކަން އޮންނައިރު އައުރަ ނިވާ ނުކޮށް އުޅެން ހެޔޮނުވާނެ.

    31
    1
  28. މުނާފިގު

    މިކަނބުލޭގެމީ މުސްލިމްގައުމެއްގެ ޤާނޫނުހަދާމަޖްލިހެއްގަ ބަހައްޓަންވާވަރުގެ އަންހެނެއްނޫން މިކަނބުލޭގެ އަވަހައް ގާނޫނުހަދާމަޖްލިހުންބޭރުކުރޭ

    10
    1
  29. ބޮޑު ލޯ

    ލޯ ކިތަންމެ ބޮޑަސް ބޭނުމެއް ނެތް ތާ!

  30. ސޯދިގު

    މިވަރުގެ ލަދު ހަޔާތްކުޑަ އަންހެނަކު މި ގައުމަށް މި ބިމަށް އުފަންވެފަކަ ނެތް. ހީލާއިރެއްގެ އެ ހުންނަ ލާދީނީ މަކަރުވެރިކަމާ ހުޅަގާ އެމެރިކާއަށް އެ ކޮށްދޭ އެޖެންޓަކަށް ވެގެން.
    ހެޔޮ ނުވާނެ ޖާހިލުންނަށް ވާހަމަ ނުދްކާ

    9
    1
  31. ޙަސަނާ

    އެކަމަނާ އެންމެފަހަރަކުވެސް ވިދާޅުވިތޯ އިސްލާމްދީނުގެ ވާހަކަ.....ގޮވަމުން ހަޅެލަމުން ބުނީ އިސްލާން އިސްލާން ދީނޭ މިގައުމުގަ މިއޮތީ އިސްލާމީ ދައުލަތެއް...އިސްލާމް...އަލްއިސްލާމްދީން

    3
    2
  32. މުހައްމަދު ޝާހް، ރ.ވާދޫ

    ތިޔަ ބާގައިގަ ނޫޅޭނެ އިސްލާމްދީނަށް އިހްތިރާމްކުރާ އެކަތިވެސް. އިންސާނުން އުފެއްދެވި ފަރާތުން އެއިންސާނުން އުޅެންވީގޮތް ވަނީ އަންގަވާދެއްވާ ނިންމަވާފަ. ތިކަހަލަ ހަޔާތްކުޑަ އަންހެނުން ހޭބަލިވިޔަސް ހައްގުތެދު ވާނީ ހައްގު ބަހަށް. އެއީ ދީނީ އިލްމުވެރިން ހަދައިގެން ދައްކާ ވާހަކަތަކެއްނޫން. ތިކަލަހަ ބުރާންތި، ދުނިޔެއެދުމުން ފުރިގެންވާ ވަކި މަގުސަދެއް ހާސިލްކުރަން ބޭނުންވާ އެއްޗެހިން ފާޅުގަ އިސްލާމް ދީނަށް ގޮންޖަހާ ބޭނުންހާ ވާހަކައެއް ދައްކާއިރު، ތިޔަ އިއްޒަތްތެރި މަޖިލީހާ، ތިޔަކަހަލަ ހަޔާތްކުޑަ އަންހެނުން ތިޔަމަޖިލީހަށް ހޮވިމީހުން ހަނު މިތިބެނީ އެއެންމެންނަށް ތިޔަ އެތި ދައްކާ ކޮންމެ ވާހަކައެްް ހަމަރަންގަޅު ވާހަކައަކަށް ވީމަބާ؟؟؟؟؟

    5
    1
  33. ޙުއްތު

    އަންހެނާގެ އައުރަ އަކީކޮބައި ކަން ނޫރު ސޫރަތުގައޮ ﷲ އަނގަވާފައިވޭ ، އެކަން ޤަބޫލުނުކުރަނީ ޖާހިލުކަމުން

    10
    2
  34. ސުންކު

    الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ ۚ فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِّلْغَيْبِ بِمَا حَفِظَ اللَّهُ ۚ وَاللَّاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ ۖ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا عَلَيْهِنَّ سَبِيلًا ۗ إِنَّ اللَّهَ كَانَ عَلِيًّا كَبِيرً

    2
    1
  35. ނަބީހް

    ހައްޤު ބަސްފުޅުން ރައްދު އޭޭގެ އެންމެ ބަލާޢާތްތެރި ކަމާއި ފުރިހަމަ ކަމާއި އެކު އިއްވީތީ ޝެއިޚް އާދަމް ނަސީމް އަށް ޝުރުރުވެރި ވަން. މާޝާ ﷲ.
    ތިޔަފަދަ ޢިލްމުގެ އަހުލުވެރިންނާއި ޢިލްމުގެ ދަރިވަރުން މިފަދަ ޒަމާނެއްގައި މި ދިވެހި ރާއްޖެއަށް ﷲ ތަޢާލާ މިންވަރު ކުރެއްވުމަކީ އެ ފަރާތަށް ޝުކުރުވެރިވާން ޖެހޭ ކަމެއް. އަލްޙަމްދު ﷲ....

    10
    1
  36. އޭނާ

    ކޮބާ އީވާ. ފެނޭތަ ފެނޭތަ ދިވެހި ރައްޔިތުންގެ ބަސް. ކަލޭމެން ކިތަންމެ ބޭނުންވިޔަސް އިސްލާމްދީނުގެ ނޫރު ފަނޑުކޮށް އަދި މި ޤައުމަށް ކަލޭމެން ބޭނުންވާ ލާދިނީ ވެރިކަމެއް ނުހިންގޭނެ..... އަހަރުމެން ކަލޭމެންނާ ދެކޮޅަށް ތެދުވާނަން އިންޝާﷲ

    13
    1
  37. ޙަނދާންކޮއްދިނުން

    ޙަދާންކޮއް ދިނުމަކީ އިސްލާމީ ރިވެތި ހާއްސަވެގެންވާ އަސާސެއް..
    ނޭގޭ މީހުންވެސް ތިބޭނެ.. ނޭގޭމީހުންނައް އަންގާދީ ހަނދާން ކޮއްދިނުމީ އިސްލާމީ ރިވެތި ތަރުބިއްޔަތެއް...
    ..
    ޢަދި ނޭގޭ މީހުންވެސް އެކަން އޮތްގޮތް އޮޅުން ފިލުވާ އިސްލާމީ ރިވެތި އުސޫލުތައް އުނގެނުމީ ކޮންމެ މުސްލިމަކައްމެއް ވާޖިބެއް...
    ..
    ދެޝެއިހުންގެ ތިޔަމަސައްކަތައް ވެސް ސުކުރުވެރިވަން..
    ﷲ ތިޔަ ދެޝޭހުންނައްވެސް ފާފަފުއްސަވާ ހެޔޮރަހުމަތް ލައްވާށި .. އާމީން
    އަދި ހެޔޮވެގެންވާ އިސްލާމީ އިލްމު އިތުރުކޮއްދެއްވާ .. ރައްކާތެރިކަމާއި ތެެދުވެރިކަމާއި .. އަމާނާތެރިކަމާއި އެކު ހެޔޮގޮތުގާ އިސްލާމީ އިލްމު އުމަތައް ފޯރުކޮއްދިނުމުގާ ކެތްތެރިކަމާއި ގާބިލްކަމާއި ހިތްހެޔޮކަމާއި އިސްވެ ކެރުމާއި ހެޔޮވެގެންވާ ތައުފީގު ﷲ ހަޒްރަތުން ދެއްވަވާ އެކަންކަން ހެޔޮގޮތުގާ ފަހިކޮއްދެއްވާށި..އާމީން..
    ..
    ޢަދި ތިކަމައް ރައްދު ދެއްވި އުހުތާއައް ހެޔޮވިސްނުން މިންވަރު ކުރައްވާ ތައުބާވުމުގެ އަހަމިއްޔަތުކަން އެނގުމުގެ ހެޔޮތައުފީގާއި އަދި ތައުބާވުމުގެ ހެޔޮތައުފީގު ދެއްވާށި ..އާމީން އަދި އިސްލާމްދީނިގެ ރިވެތިވެގެންވާ އިލްމު ލިބުމުގެ ހެޔޮތައުފީގު މިންވަރު ކޮއްދެއްވާށި.. އާމީން
    ( އެނގިހުރެވިޔަސް އަދި ނޭގިހުރެވިޔަސް އިސްލާމް ދީނުގެ
    ޢަހަމިއްޔަތަކައް ދެކޮޅު ހަދާފިނަމަ ނުވަތަ ދެކޮޅު ހެދިއްޖެނަމަވެސް ތައުބާވުން އިސްކަމެއް ކަމުގާދެކި އެކަންކުރުން އައުލާކަން ބޮޑު..
    .. އަހަރެމެން ތައުބާވުމަތް ލަދުވެތިވާކަތް ނުޖެހޭ...
    ޢަހަރެމެން ލަދުވެތިވާންވީ ތައުބާ ނުވުމުގެ މައްޗައް..
    ޢަދި ނުބާކަންކަމާއި ނުބާއަމަލްތައް ކުރުމުގެ މައްޗައް..
    ނިކަން ވިސްނާލަބަލަ .. އަހަރެމެން ފުރިހަމަވެގެންވާ ނަމޫނާއެއް ކަމުގާ ﷲ ސުބުހާނަހޫ ވަތައާލާ އަދި އަހަރެމްންނައް ރަހުމަތެއްކަމުގާ ފޮނުއްވެވި އަހަރެމެންގެ ރަސޫލާ ޞައްލައްﷲ އަލައިހި ވަސަލްމް ދުވާލަކު އެތައްފަހަރަކު އަސްތަގުފާރުކުރައްވާ (ފާފަފުސެވުން އެދި ދަނަވާ) ޢަދި ތައުބާވުމަތް ދުވާކުރަައްވަވާ .. ކިހާރީތި ނަމޫނާއެއް އަހަރެމެން މުސްލިމުންނައް..
    ޢެކަމަކު އެކަލޭގެފާނީ ﷲ ސުބުހާނަހޫ ވަތައާލާ އެކަލޭގެފާނުންގެ އިސްވެދިޔަހާފާފަތަކާއި ފަސްވެވީހާފާފަތައްވެސް އެކަލޭގެފާނައްޓަކާ ފުއްސަވާދެއްވާފާވާ އިންސާނެއް ... އެކަމަކު ވެސް އެކަލޭގެފާނުން ވަނީ ފާފަފުސެވުމާއި ތައުބާވުމުގެ އަހަމިއްޔަތުގެ ބޮޑުކަން އުއްމަތައް ފުރިހަމަ ނަމޫނާއެއް ދައްކަވާފަ...
    ( އައިސަތުގެފާނުން އެކަލޭގެފާނުންގެ ޜޭއަޅުކަމާއި އަޅުކަމުގެ ގިނަގުނަކަމާއި އަދި އަސްތަގުފާރު ކުރެއްވުން ގިނަކަން ފެނި ސުވާލުދަނަވަނީ އެކަމުގެ ސަބަބުވެސް ހޯދުމަށާއި އެކު.. ﷲސުބުހާނަހޫ ވަތައާލާ ކަލޭގެފާނައްޓަކާ އިސްވެދިޔަހާ ފާފަތަކާއި ފަސްވެވީހާ ފާފަތައް ފުއްސަވާފާވާއިރު ތިހާބޮޑައް އަޅުކަންކުރެއްވުމުގާ ވަގުތު ހޭދަކުރައްވަނީ ކީއްވެތޯ...
    ރަސޫލާ ޞައްލައްﷲ އަލައިހި ވަސަލްމްގެ ޖަވާބު ވަރައް ފުރިހަމަ އަދި އެއީ އަަހަރެމެން މުސްލިނުންނައްޓަކާވާ ނަމޫނާ ޖަވާބެއްމެ.. އެއީ އެފަދަ ބޮޑު (އެބުނިފަދަ ބޮޑު) ނިއުމަތެއް ﷲ ސުބުހާނަހޫ ވަތައާލަަ އެކަލޭގެފާނައް ދެއްވާފާވުމުން ތިމަން ކަލޭގެފާނުން އެކަލާނގެއައް ޝުކުރު ވެރިވާ އަޅަކުކަމުގާ ނުވާންވީތޯ... އެހެނީ ﷲ އެދެއްވާފާވާ ނިއުމަތްތަކައް އަބަދާއަބަދު އެކަލާނގެ ހަނދުމަކޮއް އެކަލާނގެއައް ޝުކުރުވެރި ވުމުގާ ސާބިތުވެ ހުންނެވި..)
    ..
    އަދި ތިބާއައް އެނގޭނަމަ...
    ތައުބާ ވުމުގާ ވަނީ ﷲ ފާފަފުސެވުމަައި އެކަލާނގެ ރަހުމަތް
    ޢަދި ނަރަކައިން މިންޖުވުމާއި ސުވަރުގެ ލިބިގެންދިއުން.
    (އަދި ދެދުނިޔޭގެވެސް ބާއްޖަވެރިކަން).. އަދި ރަސޫލާ ޞައްލައްﷲ އަލައިހި ވަސަލަމްވެސް އުއްމަތައް ވަނީ ނަމޫނާ ދަކަވާފަ އަސްތަގުފާރުކުރުމާއި ތައުބާވުމަތް
    ..
    ޢަދި ތައުބާ ނުވުމުގާ ވަނީ ﷲ ނުރުއްސެވުމާއި ފާފަނުފުއްސެވުން އަދި ސުވަރުގޭގެ ދޮރުތައް ބަންދުވެ އަދި ނަރަކާގެ ދޮރުތައް ތިބާއައްޓަކާ ހުޅުވިފާވުން (އެއީ ތައުބާ ނުވާމީހުންނައް).. މީ ކުޑަކަމެއްނޫން .. އަދި ދެދުނިޔޭގެވެސް އަބާޖަވެރިކަން..
    ..
    ޢަހަރެމެން އެންމެންވެސް އިސްކުރޭ ތައުބާވުމުގެ މަގު އަދި އެމަގައް ރުޖޫއަޥޭ. ޢަމާންކަމާއި ބާޖަވެރިކަމާއި ރައްކާތެރިކަމާއި ހިތްހަމަޖެހުމާ އަދި އަމުދުން ﷲ ގެ ރަހުމަތާއި ފާފަފުސެވުން ވަނީ އެމަގުގަ.. އަދި ދެދުނިޔޭގެ ބާޖަވެރިކަންވަނީ އެމަގުގާ އަދި އަމުދުން ދާއިމީ އިހުރަވީ ހަޔާތުގެ ދާއިމީ އުފަލާއި އަރާމާއި ބާއްޖަވެރިކަން ހަމަ ވަނީ އެމަގުގާ... ތައުބާވުމުގެ މަގުގާ...
    އީމާނުގެ އަހުލުވެރިންގެ ތެރޭން އަޅަމެން ލައްވާށި އާމީން .. އަދި އިސްލާމްދީނުގެ ރިވެތި އިލްމުން އަޅަމެންގެ ހިތްތައް އަލިކުރައްވާށި.. އާމީން
    އަދި އަޅަމެންގެ އަމަލްތައް އިސްލާހުގެ މަގުން އިބަސުވާމީގެ ރުއްސަވާ މަގައް ސީދާ ކުރައްވާށި އާމީން..
    ...
    މުއުމިނު އަންހެންތަކުންނާއި މުއުމިން ފިރިހެންތަކުންނައް ﷲ ސުބުހާނަހޫ ވަތައާލާ އަމުރު ކުރައްވާފާވަނީ ބެލުންތައް ތިރިކުރުމައް އަދި އައުރަތަކައް ރައްކާތެރި ވުމާއި އައުރަ ނިވާކުރުމަށް ނުވަތަ ފޮރުވުމައް...
    ..
    މިއަދު ކޮންމެސް ވަަރަކަތް މުސްލިމުންތެރޭގާވެސް ޒިނޭ ކޮންމެސް ވަރަކަތް އޮޅިފަވޭ .. އަދި ނުރުހުމުގާނަމަ އެއީ ގޯސްކަމެއްކަމުގާ ނިމޭފަހަރާއި އަދި ރުހުމުގާނަމަ އެއީ ގޯސްކަމެއް ނޫންކަމައް ނިންމޭފަހަރު ފަހަރު އެބައާދޭ... އެކަމަކު ހަގީގަތަކީ އެއްނޫން..
    ޙަގީގަތަކީ ރުހުމުގާވެސް ނުރުހުމުގާވިޔަސް ކާވެނިން ބޭރުން ހިންގޭ ކާވެނީގެ ގުޅުންތައްފަދަ ގުޅުންތަކަކީ ޒިނޭކަން...
    އަދި އިސްލާން ދީން ޒިނޭކުރުންވަނީ ހަރާމް ކުރައްޥާފަ އަދި ޒިނޭއާ ކާރިވުންވެސް ވަނީ މަނާކުރައްވާފަ..
    ( އެހެންކަމުން ރުހުމުގާވިޔަސް އެފަދަ އަމްލްތައްކުރުމާއި އެފަދަ އަމަލްތަކައް ފަހުރުވެރިވުމަކީ ހަގީގަތުގާ މުސްލިމެއްގެ ހައިސިއްޔަތުން ލަދުވެތިވާންވީކަމެއް.. އަދި އެއީ ﷲ ކޯފާއައް ތިމާ ހުށަހެޅިގެން ހިނގާދާނޭކަމެއް.. އަދި އެއީ ދީނުގާ އެކަމުގެ ތައުޒީރީ އަދަބު ކަނޑައެޅިފާވާ ބޮޑުފާފައެއް.)
    ދެންވެސް ހަނދާންކޮއް ވިސްނާ ފިކުރުކޮއްލާ .. އިސްލާހުވުމުގެ މަގު އިސްކުރޭ...
    ..
    މި ދެމަދަހަ އެއްކޮއް ރަގަޅައް ވިސްނަމުން އަޑު އަހާލާ ރިވެތި އިބުރަތްތަކެއް ލިބޭނެކަމައް އުއްމީދުކުރަން..
    1 ހަވާނަފުސައް ތަބާވާކައް ނުވެސްވާނޭ މިއިންސާނާ... އަވާގާ
    2 ނީލަމެއްގާ އޮންނަފިނިފެން މަލުގެ އިއްޒަތަކީކޮބާ...
    ދީނުގާ ލޮބުވެތިވި އުހުތާ އޭގެ އިބުރަތަކީކޮބާ...
    ...
    އެއްބާ އަޑުއަހާލީމާ އޮޅުމެއް އަރާފާނެ އެއްކޮން އަޑުއަހާލާ
    ޢިސްލާމް ދީނުގާ އުހުތުންނަކީ ހަމަ ގަދަރުވެރި ބައެއް.. އެއީ ކޮއްކޮއެއް އެއީ ދައްތައެއް އެއީ މަންމައެއް. އެއީ އެދުރެއް އަދި އެއީ މުދަރިސެއް އަހަރެމެންގެ އުގެނުން ފެށެނީވެސް މަންމަގެ އުނގުން... އަދި އުހުރަވީ ހަޔާތުގެ ނަސީބުވެސް ފެށެނީ މަންމަގެ ފާތިލަ ދަށުން...
    ( ކިހާބޮޑު ގަދަރެއް އިސްލާމްދީނުގާ އުހުތުނައް ލިބިދީފާވޭ... އުހުތެއްގެ ނުވަތަ މަންމަގެ ފާތިލަ ދަސުގާ ސުވަރުގެ ވާކަން ﷲ ސުބުހާނަހޫ ވަތައާލާ ބަޔާން ކޮއްދެއްޥަފާވޭ.. އެ މަތިވެރިވި ގަދަރު ތިޔަ އުހުތުން(އަންހެނުން) އަބަދުވެސް ހަނދާންކުރޭ އަދި އިއްފަތްތެރިވެ ލައްވާ އެގަދަރު ހިފަހައްޓަވާ.. އަދި ﷲ ތިޔަ އުހުތުންނައް ދެއްވާފާވާ އެގަދަރު ހިފަހައްޓަވާ އެގަދަރަ އުނިކަމެއް އަޔަ ނުދެއްވާ.. އަދި އަހުން (ފިރިހެނުން) އަހަރެމެން މުސްލިމުންނީ އެއްބަނޑު އެއްބަފާ އަހުވަންތަ އުހުވަންތަ ބައެއް. ޢެއްބަޔަކު އެނެއްބަޔަކުގެ ގަދަރު ކިނލަބު ނުކޮއްލައްވާ... އަހަރެމެން މަނަްމައަތް ކުރާގަދަރު އަދި އަހަރެމެންގެ އަންހެން ކޮއްކޮއްއައް ކުރާގަދަރު އަދި އަހަރެމެން ދައްދަތައް ކުރާ ގަދަރު އަދި އަހަރެމެން އަންހެން ދަރިފުޅައް ކުރާގަދަަރު ދެންތިބި އަހަރެމެން ގެ އުހުތުންނައްވެސް ކުރައްވާ....
    ..
    ޒިނޭގެ އަމަލްތައް
    ތިބާ ތިބާގެ މަންމައާ އެފަދަ އަމަލެއް ވުމަައް ނޭދޭއިރު
    ތިބާ ތިބާގެ އަނބިމީހާއަތް އެހެންވުން ނޭދޭއިރު
    ތިބާ ތިބާގެ ދަރިފުޅައް އެފަދަ އަމަލެއް ވާންނޭދޭއިރު
    ތިބާ ތިބާގެ އަންހެންކޮއްކޮއައް ނުވަތަ ދައްތައައް އެފަދައިން ވުން ނޭދެންޔާ..
    ޢަދި ތިބާ ތިބާގެ އަނބިމީޙާއައް އެގޮތްވުން ނޭދޭއިރު.. ފުރަތަމަ ތިބާ އެފަދަ އަމަލްތައް މިވަގުތުންފެށިގެން އަވަހައް ހުއްޓާ.. އަދި އަހަރެމެން ހުރިހާ މުސްލިމުންނަކީވެސް އަހުން އުހުތުންކަން ހަނދާންކުރޭ... އަދި ތިބާ އަބަދުވެސް ހަނދާންކުރޭ އެފަދަކަމެއް ހިތައް އަރުވާއިރު އެއީވެސް އެހެންމީހެއްގެ ލޯބިވާ ކޮއްކޮއެއްކަން ދައްތައެއްކަން މަަންމައެއްކަން އަދި އެހެން މީހެއްގެ ލޯބިވާ ދަރިއެއްކަން އަދި އެހެންމީހެއްގެ އަނބަކަތްވެސް ވެދާނެކަން ހަނދާންކުރޭ... ތިބާ ތިބާގެ އެފަދަމީހުންނައް އެކަން އެގޮތައްވާން ނޭދޭއިރު އެހެންމީހުންވެސް އެމީހުންގެ އުހުތުންނައް އެހެންވާންނޭދޭން ހަނދާންކުރޭ..
    ..
    ވިސްނާ ފިކުރުކުރޭ... އާހިރަތް އަދި ވާކަން ދެނެގެންތިބޭ.. އަދި އިސްލާހުވާން މިައދުން ފެށިގެން މަސައްކަތް ކުރޭ..
    ލަދުވެތިކަމުގެ ރިވެތި އިސްލާމީ އަދިނއަހުލާގީ ސިފައިން ސިފަލިބިގަނޭ..
    ޢައުރަ ނިވާކުރައްވާ... ބެލުންތައް ތިރި ކުރައްވާ..

    6
    1
  38. ވަދޫދު..

    އީވާ ކަލޭ ބިކިނީ ލައިގެން ހުރެ އަހަރެމެންނައއ ހުކުރު ޚުތުބާ ކީޔާދޭންތަ ތިއުޅެނީ. ބޮލުގަ އިން ފީވެފައޮތް ނާށިގަނޑުގައި ފެންހިކި މަގުފުރެދިފަ ތިޔާހިރީ..

    8
    1
  39. ބުރުޒު މޫސާ

    ޝައިޚުންގެ ތާޖު ތުރުކުރަށްވައި ލާދީނީ ބައިގަނޑެއް ވެރިކަމަށް ގެނެސް ގައުމުން ވައްކަން ކޮށް ހުލިވެއްޖެ. މުނާފިގު ޝޭޚުންނަށްވެސް އިނާޔަތް ތަކާއި އަދި މުސާރަގެ ގޮތުގަވެސް ދަނީ ބައި އެޅެމުން .
    ބައެއް ފަހަރު ދެކޮޅު ވެރިކަމުގެ ބަހެއް ބުނެލާނީ އެެއްކެލަ މިދެންނެވި ޝޭޚުންގެ ތާޖު އަޅައިގެން ހުރީމަ ދުނިޔެއަށް ލަދުން

  40. ވައްޑޭ

    މާތް ރަސްކަލާނެ ހަތް އުޑުމަތީން ބާއްވާލެއްވު ދީނާއި އަދި ގުރްއާނުގައި އަންހެނާއަށް ވަކި ޚާއްސަ އައުރައެއް ކަނޑައަޅުއްވާފައިވާނީ ސަބަބަކީ އަދި މަތިވެރި ހިކުމަތެއް އޮވެގެން ނޫންތޯ.؟ ކީރިތި ގުރްއާނަކީ އިންސާނަކުގެ ޚިޔާލަކުގެ މައްޗައް ބިނާކޮއް ލިޔެފައިވާ ފޮތެއް ނޫނެވެ. އެފޮތުގައި ކަމެއް ބަޔާންކޮއްފައިވާނަމަ އެއީ މާތް ﷲ އިންސާނާއަށްޓަކައި ލެއްވި ރަހުމަތެއް ނޫންތޯއެވެ.؟ ވީމާ އެފޮތުގައި ކަނޑައެޅިގެން ބަޔާން ކުރެވިފައިވާ ސަރީހަކަމެއް އިންކާރުކުރާނީ މަގުފުރެދިފައިވާ އަދި ގެއްލެނިވެފައިވާ ބަޔަކުނޫންތޯއެވެ. އެފޮތާއި ޗެލެންޖުކޮއްގެން ލިބޭނީ ކޮންމޮޅެއްތޯއެވެ.. އަދި ދެވޭނީ ނަރަކަ ނޫން ކޮންމަންޒިލަކައްތޯއެވެ.

    8
    1
  41. ާކިޔާމީހާ

    ތިޔަމައްސަލަ އަމިއްލަ އަށް ޝަރިއަތަށް ހުށައެއް ނާޅުއްވަނީ ކީއްވެތޯ.

    2
    1
  42. Anonymous

    ކިތަންމެވަރަކަށް އިނގިލިދިއްކޮށްފަ އިންޒާރުދީ ހަޅޭއްލެވިޔަސް އިސްލާމްދީނުގެ ޙުކުމްފުޅުތަކަކައް އެއްވެސް އިންސާނަކަށް އަދި ޖިންނިޔަކަށްވެސް ބަދަލެއް ނުގެނެވޭނެ.

    7
    1
  43. ހުސެން

    އިވައްޓޭ ބިކިނީ ލައިގެން ބަރަހަނާވެގެން މަގުމަތީގައި ހިގުން ހުއްދަތޯ ތިކިޔާ "އިސްލާން" ދީނުގައި؟

    3
    1
  44. ރިހި ރާންބާގަސް

    ޑރ.އިޔާޒް ދެއްކި ވާހަކަ ހަޑިމުޑުދާރެއްނޫން! އިޔާޒް ގޮވާލީ އައުރަ ނިވާކުރަން އެވާހަކަ ރަނގަޅު! މައްސަލަ އުފެދުނީ ރޭޕިސްޓްންނަށް އެއްޗެއްނުބުނެ ނިންމާލީމަ! އުމުރުން 2އަހަރުގެ ކުއްޖާ ރޭޕްގެ ޝިކާރައަކަށް ވެގެންދިޔައީ ހެދުމުގެ ކުށުންތޯ ؟ ދަންނަބޭކަލުން ބަސްބުނާއިރު ދެކޮޅަށްވެސް އަލިއަޅުވާލުން ރަނގަޅު! ރޭޕިސްޓުންނަށް ދީނުގައިއޮތް އިންޒާރުގެ ފަތުވާއެއް ދެއްވިނަމަ! ހަބަރުދާރު ޝޭހަށް ގޮވާލަން ދީނީގޮތުންނޭ ބުނެ ތިމާ ސަޕޯރޓްކުރާ ސިޔާސީލީޑަރު ކުރާ ނުބައިކަންތަކަށް ބަސްނުބުނެވޭ ޝޭހުންނަށް ކޮންމެސް ހަބަރުދާރެއް ބުނެލުން ވ ރަނގަޅު! އައުރަ ނިވާކުރުމާމެދު އެއްވެސްވަރަކަށް ދެކޮޅެއް ނުހަދަން!

  45. Anonymous

    އިސްލާމް ދީނުގެ ނަމުގަ ވާހަކަ ދައްކާ އިރު ހަމަ މި މާތް ދީނުގަ ނޫންތޯ އަންހެނުންގެ ގަހަނާ އަކީ ލަދު ކަމަށް އަންގާފަ ވަނީ، ކޮބައިތޯ އިސްލާމްދީން އުނގެނިގެން ތިބި ދީނީ އިލްމުވެރިންނަށް ހަޑި ހުތުރު ބަހުން ރައްދޫދޭއިރު ތި މާތް ކަމަނާމެންގެ ލަދު ހަޔާތް، ހުރުމަތްތެރިވެގެންވާ މަޖިލީސްތެރޭ މުޅި ދުނިޔެއަށް ތިޔަ ދައްކަވަނީ ތިޔަ ކަމަނާގެ އިސްލާމީ ރިވެތި އަޙްލާޤް ތޯ؟

    3
    1
  46. ޑރ.ނަޒީރު

    އީވާ އެދައްކަވަނީ ތެދުވާހަކަ،

    2
    11
    • ޔަގީން

      އަނެއްކާ ކަލޭ ވެސް!!! ?

  47. ދަވާލި19

    އިސްލާމްދީނުގަ އަންހެނާގެ އައުރައަކީ ކޮބައިކަން ނޭނގޭ އަންހެނަކު އައުރަނިވާނުވެ ނޫންނަމަ ނިވާނުކޮށް ހުރުން އެއީ އެމީހާގެ މައްސަލައެއްނޫން އެއީ އެމީހާގެ އާއިލީމީނުންގެ މައިންބަފައިންގެ އިހުމާލަކަށް ވެދާނެތޯ

  48. ދެރަކަމެއް

    އިސްލާ މް ދީން ޙި މާޔަތް ކުރު މަށްޓަކައި ޖާނާއި މމާލުގުރުބާން ކުރަންތައްޔާރު. އިންޝާﷲ.

  49. Kookie

    އީވާ ހީކުރަނީ އީވާ މީ މާ މޮޅު މީހެކޭ..އެއްވެސް އެއްޗެއް އެނގިގެން އުޅޭ އެއްޗެއް ނޫން މީ..މަޖިލީހުން ވެސް ބޭރުކުރަންވީ..ޝެއިޚް އިޔާޒްއާ ދިމާލަށް އެއްޗިހި ބުނެވޭ ވަރުގެ މީހެއްނޫން އީވާއަކީ..ހަމައިގަ ހުރެބަލަ ފުރަތަމަ

  50. Shareef

    *************