ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފުރުން މަނާ ކުރަން އަމުރަކަށް އެދޭނެ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ، އަދީބަކީ މީގެ ކުރިން ފިލާފައިވާ މީހެއް ކަމަށާއި އެކަމުގެ ކުށުގެ ރިކޯޑުތައް އޭނާގެއެބަ ހުރި ކަމަށެވެ. އެހެން ކަމުން މިހާރު އަދީބު ފުރުން މަނާ ކުރުމުގެ އަމުރަކަށް ދަންނަވާފައިވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، މާ ގިނަ އިރުތަކެއް ނުވެ އެ އަމުރު ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ފުލުހުންނަށް ދަންނަވާފައިވާނެ ފުރުން މަނާ ކުރުމުގެ އަމުރެއް. އަޅުގަނޑުމެން މިއަދު އެޕީލް އެބަ ކުރަން. އެޕްރޮސެސް އެބަ ހިނގާ" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ، ހައިކޯޓުން ދާދިފަހުން ނިންމި ގަޟިއްޔާއެއްގައި ފިލާފާނެ ކަމަށް ޝައްކުކުރެވޭ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރެވޭނެ ކަމަށް ނިންމަވާފައިވާ ކަމަށެވެ. އެހެން ކަމުން އަދީބަށް ރާއްޖެއިން ބޭރަށް ދެވޭނެ ގޮތެއް ހަމަ ޖެހިގެން ނުދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އަދީބު ފުރުން މަނާ ކުރުމަށް އަމުރަކަށް ޕީޖީން އެދިފައިވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ 7 ދައުވާއެއް މިއަދު ކްރިމިނަލް ކޯޓުން ބާތިލުކޮށް މިނިވަން ކުރުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތުމީހާ

    އަޅުގަނޑުމެން މިތިބީ ޕީޖީގެ ގަޓް ހުރިވަރެއްބަލާލަން. ޢަދުލު އިންޞާފަކީ މިއަދު މިޤައުމާ ވަރަށް ބީރަށްޓެހި އެއްޗަކަށް ވެއްޖެ.
    ޒީރޯ ޓޮލަރެެންސް އަކީ މިިއީބާއޭހަމަހިތަށް އަރަނީ.

    11
  2. ހުސެން

    އޭނާ ފުރީމާ އެދެން މަޑުކޮށްލާ