އެމްއެމްޕީއާރްސީ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާ ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ކުރީގެ ޕީޖީ އައިޝަތު ބިޝާމް އާއި އޭސީޕީ މުހައްމަދު ރިޔާޒް އަދީބު އާއި މެދު ޤާނޫނާއި ޚިލާފު އަމަލުތަކެއް ހިންގާފައިވާކަމަށް ޤަބޫލު ނުކުރައްވާކަމަށް ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ ކުރީގެ ޕީޖީ ބީޝާމް ކުރައްވާފައިވާ ކަންކަމުގެ ތެރޭގައި އާދަޔާ ޚިލާފު ބޭ އިންސާފެއް ލިބިގެން މީހަކު ޝަކުވާއެއް ކޮށްފައިވާ ކަމެއް ނެތް ކަމަ އެކަންކަން އަލުން ނުބައްލަވާނެ ކަމަށާ، އެކަމަނާ ނިންމެވި ނިންމުންތައް ރަނގަޅުކަމަށް ޤަބޫލުކުރައްވާނެ ކަމަށެވެ.

އަދި އާދައިގެ މިންވަރަކަށް ކަމެއް ގޯސްކަމަށް ތުހުމަތު ކުރެވުނު ކަމުގައި ވިޔަސް ކުރިން ޕީޖީގެ މަޤާމުގައި ހުރި ބޭފުޅަކު ނިންމެވި ނިންމެވުމެއް ރޫޅާނުލައްވާނެ ކަމަށާއި، ދައުލަތުން ދޮގު ހަދާނެ ކަމަށް ޤަބޫލު ނުކުރައްވާކަމަށް ޝަމީމް ވިދާޅުވިއެވެ.

" އާދަޔާ ޚިލާފު ގޯހެއް ހަދާފައި ވިއްޔާ އެކަމެއް އަޅުގަނޑުމެން ބަދަލު ކުރާނަމޭ. އެހެން ނޫނީ އަޅުގަނޑަށް ހިއެއް ނުވޭ އަނެއްހެން އިންސްޓިޓިއުޝަނެއްގެ ގޮތުަަގައި ކުރިއަށް ދާނެ ހެނެއް. ކޮންމެ ފަހަރަކު އަލަށް އަންނަ މީހަކު ކުރިން ނިންމި ނިންމުމެއް ނިއުޅަން ވެއްޖެއްޔަކާއެއް މިކަމެއް ކުރިއަކަށް ނުދާނެ. ދައުލަތެއް އޮޅުވައެއް ނުލާނެ. ދައުލަތެއް ދޮގެއް ނަހަދާނެ. " އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އޭސީޕީ ރިޔާޒް އަކީ ޤާނޫނާއި ޚިލާފަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށެވެ.

" އޭސީޕީ ރިޔާޒަކީ ވަރަސް ތަޖުރިބާކާރު އިންވެސްޓިގޭޓަރެއް. ވަރަށް އަނެއްހެން ޤާބިލް ބޭފުޅެއް މޮޅު ބޭފުޅެއް. މިކަހަލަ މިސްޓޭކެއް ހަދާ މީހަކަށް އެއްޗެއް ބުނުމުގެ ފުރުސަތު އޮތްގޮތަކަށް ކަންތައް ކުރުމުގެ ފުރުސަތު ދޭނެ ބޭފުޅެކޭ އަޅުގަނޑު ނުދަންނަވާނަން. މި މައްސަލައިގައި ވެސް ހުރީ ގާޒީއަށް ފެނިވަޑައިގެންނެވި ކަންތައްތަކެއްގެ ވާހަކަ. އަނެއްހެން ބެކް ކުރާނެ އެއްވެސް، ސަބްސްޓެންސެއް އޮތް ވާހަކައެއް ދައްކަވާފައެއް ނެތް. " އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭސީޕީ ރިޔާޒް އަދި ބިޝާމްގެ ފަރާތުން އަދީބުއަށް އަނިޔާ ލިބުނުކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނި ނަމަވެސް، އެފަދަ ކަމެއް ހިނގާނަމަ އަދީބު އެވާހަކަ ނުދައްކަވަނީ ކީއްވެގެންތޯ އާއި ކަމާއި ގުޅޭ އިދާރާތަކަށް އެ މައްސަލަތައް ހުށަހަޅުއްވާފައި ނުވަނީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

ގާޒީގެ ޒިންމާ އަކީ ގާޒީގެ ކުރިމައްޗަށް ހުށަހަޅާ ކަންތައްތަކުގެ މައްޗަށް މައްސަލަ ނިންމުން ކަމަށާ، ގާޒީ އަށް އެނގިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް ހުކުމް ކުރުމަކީ އެއީ ރާއްޖޭގެ ނިޒާމް ގަބޫލުކުރާ ކަމެއް ނޫން ކަމަށް ޕީޖީ ވިދާޅުވިއެވެ.

"އެހެންވެއްޖެއްޔާ ފުލުހުންނެއް ބޭނުމެއް ނޫން. ތަހުގީގު ކުރާނެ ކަމެއް ނެތް. ޕީޖީ ދައުވާ ކުރާނެ ކަމެއް ނެތް. ގާޒީ ހަމަ ދަމުން ދަމުން އާ މިހާރު ޓޯޗަރގެ އަމަލެކޭ އެހެންވީމަ މިހެން ހަދާށޭ. އެއީ އެއް ނޫން މި ނިޒާމް ހިނގާ ގޮތަކީ. އެކަން އޮޅިވަޑައިގެން އުޅުއްވަންޏާ އަޅުގަނޑުމެންގެ ކަމަކީ އެކަން ސާފުކޮށްދިނުން." ޕީޖީ ވިދާޅުވިއެވެ.

އަދ އަދީބު އާއި މެދު ޓޯޗަރގެ އަމަލެއް ހިންގަވާފައިވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު ހުކުމްގައި ބުނާއިރު، އަދީބު އެފަދަ ވާހަކައެއް ވިދާޅުވެފައި ނުވާކަން ޕީޖީ ފާހަގަކުރެއްވިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނިންމީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް އަމަލު ކުރަން ފަށާތާ 45 ދުވަސް ތެރޭގައި ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތަކުގައި ދައުވާ ކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް އެއުސޫލުން އަދީބުގެ މައްސަލަތަކާއި މެދު އަމަލު ކޮށްފައި ނުވާ ކަމަށެވެ. އަދި މީހަކަށް ޖިނާއީ ދައުވާއެއް ދެވަނަ ފަހަރަށް ނުއުފުލޭނެ ކަމަށް ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ކަމަށާއި ނަމަވެސް އަދީބުގެ މައްޗަށް މިހާރު އުފުލާފައިވާ ދައުވާތަކަކީ ކުރިން ވެސް ދައުވާ އުފުލި، އަދި ކޯޓުން ޙުކުމްތައް ވެސް ކޮށްފައިވާ މައްސަލަތަކާއި ގުޅުން ހުރި ދައުވާތަކެއް ކަމަށް ވާތީ މިހާރު އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަނަމަނަ

    ވަރައްރީއްޗެއްނުން އޮއްނާނެ އަފިހުންކެވިފަ އަދިވެސް އަގަފުޅާކުރާތި

    23
  2. ހުސެން

    ގާޒީގެ ހުކުމް އަކީ ކިތަށް މިލިޔަނުގެ ހުކުމެއްބާ؟؟؟

    11
  3. ދޮގަކާއި ވައްތަރީ

    'ކޮންމެ ފަހަރަކު އަލަށް އަންނަ މީހަކު ކުރިން ނިންމި ނިންމުމެއް ނިއުޅަން ވެއްޖެއްޔަކާއެއް މިކަމެއް ކުރިއަކަށް ނުދާނެ. ދައުލަތެއް އޮޅުވައެއް ނުލާނެ. ދައުލަތެއް ދޮގެއް ނަހަދާނެ"

    ކުރީގެ ސަރުކާރުން ނިންމާފައިވާ ކަންތަށް އައު ސަރުކާރު އަދި ހުވާވެސް ނުކުރަނީސް ބަދަލުކުރުމުން ކޮންމެވެސް ސަރުކާރެއް ދޮގު ހަދާފައި އެބަވޭ؟ މިއަދު އެއްކޮށް މިނިވަންވި ވުން ކޮންބަޔަކަށް ވަންނަނީ؟

  4. Anonymous

    މީނާގެ ކަމަކީ ކުރާ ދަޢުވާއެއް ބާޠިލް ވެއްޖެނަމަ ނުވަތަ ސާބިތުނުވެއްޖެނަމަ އެ ފަނޑިޔާރެއްގެ މައްސަލަ ބިރު ދައްކަން ޖޭއެސް.ސީއަށް ހުށަހެޅުން. ކިތަންމެ ވަރަކަށް ތާކުން ތާކު ނުޖެހެއޭ ބުންޏަސް އިޖްރާއާތާއި ޚިލާފަށް އަދި ވަކިގޮތަކަށް ކަންކުރަން ބުނެފައި އޮއްވާ އެއާ ޚިލާފަށް އަދި ވަކި ބަަޔަކަށް ޤާނޫނީ އިމުގެ ތެރެއިން މަތިކޮށްފައވާ ކަމެއް ކުރުމުން ދަޢުވާ ބާޠިލްވީމާ ފަނޑިޔާރުގޯސްމިވީ. ފުންނާބު އުސްވުމަކީ ބިރު ދައްކައިގެން ހުރިހާ ދަޢުވާތަކެއް ސާބިތުވުމެއް ނޫން. ފުރިހަމަ ހެއްކާ ޤަރީނާއާއެކު އިޖްރާއާތާއި އެއްގޮތަށް ދަޢުވާކޮށް ދައުވާ ސާބިތުވުން.

    8
    1
  5. ހުސެން

    މިކަމުގައި ކުއްވެރިވަނީ ދިވެހި ނޫސްވެރިންނާއި ދިވެހި ރައްޔިތުން.

  6. އަހްމަދު

    ޝަމީމް ރައީސް ޔާމީނައްހުކުމްކޮށްފައެއޮތީ ފެންނައްހުރިހެކިތަކުގެމައްޗަށް ބަލައގެންކަމަށްވާނަމަ ހައިލަމް ލިއެފައޮތްހުކުމް ރައީސް ޔާމީންގެމައްޗަށް ނުކުރީކީއްވެބާ ޢަލީ ރަޝީދު ބެލިއިރު ކުރަިގެލިއުންތައް ފެންނައްނެތީތޯ