އައްޑޫ ސިޓީ އަށް ހިތަދޫގައި އިމާރާތްކޮށްފައިވާ ފްލެޓެއްގެ ތިންވަނަ ފަންގި ފިލާއިން ދެ އަހަރުގެ ކުއްޖަކު ވެއްޓިއްޖެއެވެ.
ވެއްޓުނު ކުއްޖާ އަށް ބޭރުފުޅުން ބޮޑު އަނިޔާއެއް ނުލިބޭ ކަމަށް މައުލޫމާތު ލިބެއެވެ.
ވެއްޓުނު ކުއްޖާ އަށް ހިތަދޫ އިކްއެޓޯރިއަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އެކުއްޖާގެ އެތެރެހައްޓަށް ލިބިފައިވާ ގެއްލުން ބެލުމަށް ސީޓީ ސްކޭނެއް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ކުއްޖާ ވެއްޓުނު ސަބަބެއް އަދި ސާފެއް ނުވެއެވެ.
ސަރުކާރުގެ އިހުމާލު. ސަރުކާރުން ބަލަހައްޓަންވާ ވަރަށް ނުބެލެހެއްޓީ
މާތްﷲ ޝިފާ ދެއްވަވާށި އާމީން
މިފަހަރު ތިކަމުގައި ގޯސްވާނީ ތި މީހުންނަށް ފްލެޓް ދިން މީހުންނާއި ތިތަނުގައި ފްލެޓް އެޅި މީހުން. ފްލެޓް ނޭޅިނަމަ އެމީހުންނަށް ފްލެޓް ނުލިބޭނެ، ފްލެޓް ނުދިންނަމަ އެ ފްލެޓުން ކުއްޖާ ނުވެއްޓޭނެ. މިއީ އަހަރެމެންގެ ވިސްނުން ހުރިގޮތް މިހާރު. ވަރަށް ސަލާން.
ދަރިން ބެލުމަކީ ވެސް ސަރުކާރުގެ ޒިންމާއެއްބާ؟؟ ވާނުވާނޭންގުނަސް އަނގަ ލތި