ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް 150 ދައުވާ ކުރެވެން އޮއްވާ ހަތް ދައުވާއެއް ކުރީ ކީއްވެގެންތޯ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އާއި ސުވާލު ކުރައްވައިފިއެވެ.

ހައިލަމް ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި 7 ދައުވާއެއް އުފުލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު އިސްތިއުނާފްކުރާކަން އިއުލާންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ، އަދީބުގެ މައްޗަށް 150 އަށްވުރެ ގިނަ ދައުވާ ކުރެވޭނެ ލިޔުކިޔުންތަކެއް ހުރި ކަމަށާއި އެ ދައުވާގެ ހުކުމްތަކަށް ގާތްގަނޑަކަށް 806 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ. ޝަމީމް ވިދާޅުވީ، ތަހުގީގަށް ބަލާފައި މި ދައުވާގެ އަދަދު ގިނަވެސް ވެދާނެ ކަމަށެވެ.

ހައިލަމްގެ ޓްވިޓުގައިި ވަނީ އެއްބަސްވުމަކާއި ނުލައި 150 ދައުވާކޮށް 800 އަށްވުރެ ގިނަ އަހަރު ދުވަހަށް ޖަލަށް ލެވެން އޮއްވައި އެއްބަސްވުމެއް ހަދައިފައި ވަނީ ދައުލަތަށް ކޮން މަސްލަހަތެއް އޮވެގެންތޯ ސުވާލު އުފައްދަވާފައެވެ.

އަދި ދައުލަތަށް ބޮޑު ހިޔާނާތެއް ވެފައިވާކަމުގެ ކިތާބީ ހެކި ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިފައިވާއިރު، 150 ދައުވާ 7 ދައުވާއަށް ބަދަލުކުރީ ކީއްވެގެންތޯ ހައިލަމް ވަނީ ސުވާލު އުފައްދަވާފައެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބާތިލް ކުރުމާއި އެކު މިއަދު އަދީބު ވަނީ މިނިވަން ވެފައެވެ. އެއާއި އެކު ގިނަ ބަޔަކު ގެންދަނީ ޕީޖީ ޝަމީމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޙަސަނާ

    ބަލަގަ އެންމެންތިތިބީ އަދީބުގެދަށުވެފަ މީދެންކިހާ ހެއްވާކަމެއް 150 ދައުވާ ކުރެވެން އޮތްމީހަކައް 7 ދައުވާކޮއްގެން މިތިބެނީ ބަލަގަ ބިސާމު ވަކިކުރީ ގޯސްވެގެންދޯ ދެން އޭނަ މިގޮތައް7 ދައުވާކުރީމަ ރަގަޅުވެފަ ގާޒީ މައްސަލަބާތިލްކުރީމަ ގޯސް ފައްކާޑުރާމާ އެއް ..

    26
  2. ހުސެން

    ބަރާބަރު ސުވާލެއް،ތެދޭ ޕީޖީ އެއީ ކީއްވެ އެންމެ ހަތް ދައުވާ ތިކުރީ ؟

    32
    1
  3. އަސްލު

    ސާބަހޭ ހައިލަމް ތިހެންތިބޭނީ ހިތްވަރުގަދަ ކެރޭދަރީން މާﷲ ކުރިޔަށް އޮތްދުވަސްތަ ކަކ ކީ ހައިލަމްއަށް އިތުރު ކާމިޔާބާއި ކުރިއެރުންތަ ކެއް ލިބިގެންދާނެ ދުވަސްތަ ކެއް ކަމުގައި ލައްވާށި އާމީން:

    35
    2
  4. ފަނި

    އަދީބުއަށް 150 ދަޢުވާ 800 އަހަރުގެ ހު ކުމް ސުބުޚާނަﷲ'؛

    17
  5. ހައްޤުބަސް

    އަދީބަށް 150 ދައުވާ ކުރެވެން އޮއްވާ ހަތް ދައުވާ ކުރީ ކީއްވެ؟އަންދާ ޤާނޫނޫވީމަ

    28
    1
  6. ވާލުސޮރު

    ތިމައްސަލާގަ ވެސް ޔާމީނަށް 10 އަހަރުގެ ހުކުމެއް ކުރަން ފެންނަނީ އެއީ ޖަލުގަ އޮވެގެން ސަމީމަށް ގުޅާފަ ބުނީނު 150 ދައުވާ ނުކޮށް 7 ދައުވާ ކުރަން ހެކި ދޭން ގެންދާނީ ބޮއްޅަބޭ ނޫނީ ކިރިތި ކުރެވޭ ބުޅާ

    17
    2
  7. ކަނަމަނަ

    ޕީޖީ ޝަމީމަކީ ތިވަރުގެމަގާމަކައް ކުފޫހަމަވާވަރުގެވެސްމީހެއްނުންކަން މިއަދުސާބިތުވެއްޖެ

    34
    2
  8. ޢިޔާބު

    ޕީޖީ އަކީ2 އުޅި އެއްނުވާ ޅޮހެއްކަމަށް ޕީޖީ އެއްބަސްވެއްޖެ.

    26
    1
  9. ނަައީމް

    ސަމީމް މަގާމުގެ މައްސޫލިއްޔަތު އަދާނުކުރެވޭކަން ހާމަނުވޭތޯ މަގާމުން ދުރުކުރޭ ހުސްއަނގަ

    26
    1
  10. މާސްޓަރ

    ސަބަބު އެގޭނެ ކާޅަކަށްވެސް. ތިޔަ ހަތްދަޢުވާއާއި ކޯޓުތަކުގެ ގާޒީން އޮޅުލާތާ ކޮންދުވަހެއް. ތިޔަބުނާ ޢަދަދަށް ދައުވާ ކުރާކަށް އެމައްސަލަތައް ބެލޭނެ ފެންވަރުގެ ގާޒީންނެއް ނެތް. ތިބީ ކުއްވެރިން އަތުން ލޯންނަގައިގެން ތިބި ގާޒީން. އެހެންވީމާ ތިޔަކަހަލަ ޖަދަލުތަކުން ހައިރާނެއް ނުވޭ.

  11. ދެރަ

    ހައިލަމު ކަލޭ އަނގަނުހވާ ފަނޑިޔާރުކަމުގާ ހުރިއިރު ޔާމީނާ އަދީބު ދައުލަތް ދަވާލިއިރު ހުކުމެތް ކުރަން ނުކެރި ރައީސް ސޯލިހު ކަރުގަ ހުކުންޖެހީ ވާގަނޑަކުން ވައްކަން ކުރިމިކަހަލަ ވަގުންނަށް މިކަންވާނީ ވުޖޫދުގަކީކުރަން އުފަންވެސްނުވާކަންކަމަށް ހޭބަލިވާ

  12. ދެރަ

    ވަކިކަހަލަ ސަރުކާރެތް އުޅޭތަ ؟ އަދީބު މިނިވަންވެތްޖެ މިއޮތީ މަބުނިތަންއައިސްފަ މީ ހޮޅުއަށި ތަކުގަ އިއްޔެ ދެކެވުނުނު ވާހަކަ ކަންހިގާ ދިޔަގޮތް ރަނގަޅަށް ސާފުކުރުމަށް ބޭނުންވެ 8 ގެ
    ހަބަރު އަޑްއަހަން އިށިއިނިން ހަބަރުން އެގުނީ އެތްކަލަ ފަނޑިޔާރު މަނިކުފާނު އަހުމަދު އަދީބު
    މިނިވަންކޮށް ދޫކޮއްލީ ގޯސްވީ ސޯލިހުގެ ސަރުކާރު ކަންކުރީ ޖަނގިޔާ ފަނޑިޔާރު

  13. ރައްޔިތުން

    މަރުހަބާ އަދީބް

    1
    2
  14. ރޭޕް

    ރޯޔަލް ރޭޕް ކޭސް ބަލަން އަމުރު ކޮށްލަން ވެސް ޕީޖީ އަކަށް ނުކެރުނު އެކަމު އިއްޔެ ބުނުއްވި ގައުމުގެ ރައްޔިތުން ކަންބޮޑުވާ ބޮޑެތި މައްސަލަ ތައް ބަލަން އަންގަމޭ
    އެތައް ބަޔަކު ގޮވަމުން ދިޔަ އަދި މުޒާހާރާ ވެސް ކުރި ޝަމީމަށް އެއީ ބޮޑު މައްސަލަ އަކަށް ނުވީތޯ ކިހާ ހެއްވާ

  15. ދޮންސޮޮރު

    ތިޔަ ޕީޖީ އަކީ ތިކަމަށް ކުފޫހަމަވާ ސޮރެއް ނޫނޭ