ކޮވިޑް-19 އަށް ފައްސިވި މީހަކު ވިލިމާލޭގައި ކޯޑަންކޮށްފައި އެތައް އިރެއްވަންދެން ބޭންދުން އެއީ ހެދިފައިވާ ގޯހެއް ކަމަށާއި އެމައްސަލަ ބަލަން ފަށާފައިވާކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ވިދާޅިވެއްޖެއެވެ.

ކޮވީޑް-19 އަށް ފައްސިވި ބިދޭސީއެއް ވިލިމާލޭގައި ކޯޑަންކޮށްފައިވާ ތަނެއްގައި ގިނަ އިރުތަކެއް ވަންދެން ގޮނޑިއެއްގައި ބައިންދާފައިން މަންޒަރު ފެންނަ ފޮޓޯތައް މީސް މީޑިއާގައި ރޭ ވަނީ ދައުރު ވެފައެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އޭނާ ގޮނޑިއެއްގައި ބައިންދާފައި ފަސްވަރަކަށް ގަޑިއިރު ވަންދެން އިނެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، ވިލިމާލެއިން ފެނުނު ބިދޭސީ މީހާއަކީ ކޮވިޑް-19 އަށްފައްސިވުމުން ހޯދަމުން އައިސްފައިވާ މީހެއްކަމަށެވެ. އޭނާގެ މަޢުލޫމާތު އެޗްޕީއޭއަށް ލިބުމުން އޭނާ ހުރިތަނަށް ކަމާބެހޭ ޞިއްޙީ ފަރާތްތަކުގެ ޓީމެއް ދިއުމުގައި ލަސްތަކެއް ވެފައިވާކަމަށް ޤަބޫލުކުރައްވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންވެސް ޤަބޫލުކުރަން އެއީ އެއްވެސް ގޮތެއްގައި އެއްވެސް މީހަކު ދިވެއްސެއް ވިޔަސް ބޭރު މީހެއް ވިޔަސް ބަލި މީހެއްވިޔަސް ބަލި ނޫން މީހެއްވިޔަސް އެގޮތަށް ޢާންމުކޮށް އެހެން ކޯޑަންކޮށްފައި ބެހެއްޓުމަކީ ވެގެންވާނެ ކަމެއްނޫން. އަޅުގަނޑުމެން މިހާރު މިކަން ވީގޮތް ބަލާފައި ކުރިއަށް އޮތްތަނުގައި މިހެން ނުވާނެގޮތަށް ޑިލޭއެއް މީހަކު ގެންދިއުމުގައި އަޔަސް މީހަކު ވަގުތީ ގޮތުންވެސް އައިސޮލޭޓްކޮށްފައި ބެހެއްޓޭނެ ތަންތަންވެސް ހުރިހާތާކު ބެހެއްޓުމަށާއި، މިކަމާގުޅޭ ހުރިހާ އިދާރާތަކުންވެސް އަޅުގަނޑުމެންނައެކު އެއްގޮތަކަށް މަސައްކަތްކުރެވޭގޮތަށް އަޅުގަނޑުމެން މިހާރު އަންޑަސްޓޭންޑިންއަކަށް އައިސް މިގޮތަށް ކަންތައްތަށް ވަނީ ނިންމިފައި." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި ހަވާލުވާން އެޗްޕީއޭގެ ޓީމްތައް ދިއުން ލަސްވެގެން މީގެ ކުރިން ވެސް އެތައް ފަހަރަކު ބައެއް މީހުން މީސް މީޑިއާގައި ޝަކުވާ ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދަލޭކަ

    ނަޒްލާއަށްވެސް މައްސަލައަކަށް ވަނީ "ބަންގާޅި" ކީމަ. އެކަމު މިމީހުން ހިތަށްއެރި ގޮތެއް ހަދަންވީ ބޮންދުންނަށް!! ނަފްސާނީ ގޮތުންވެސް ބަލިކަށިވާނެ ދޯ އެގޮތަށް އެހެން އެކަހެރި ކުރީމަ. މީ ރެޑީ ވެފަ އޮތްވަރު! ފައްސިވީމަ ބަލިމީހާ އެކަހެރި ކުރާނެ ތަނެއްވެސް ނެތް ކަނޑައަޅާފަ!! ހުސް ބޭކާރު އަނގަ!!

    17
    1
  2. ދިވެހި

    ޑރ ނަޒްލާ މިކްސް ނުކޮށް، ދިވެހި ބަހުން ވާހަކަ ދައްކަން އާދަ ކޮއްބަލަ!

    13
    1
  3. ރޯނުއެދުރުން ގިނައީ

    މިކަމުގަވެސް ބައެއްމީހުން ރޯނުއެދުރު ހެދިގެން ި ވިލިމާލެ ހޮސްޕިޓަލަށް ގުޅާހެދިކަމަށް ވަނީ. ހޮސްޕިޓަލާ ބެހޭ ކަމެއްނޫން. އެޗް.ޕީ.އޭ އިންނާއި ފުލުހުން ބަލަހައްޓަމުން އައި ކޭސްއެއް.ނުވިތާކަށް ޕޮސިޓިވް މީހަކި ގެންގޮސް ހޮސްޕިޓަލު ތެރެއަށް ވެއްދުމަށްވުރެ މޮޔަކަމެއް އޮންނާނެތަ މީހުން ތިއްބަ އެތަނުގަ. ހަލަތު ސީރިއަސްނަމަ އޯކޭ.
    ވިލިމާލޭގަވެސް އައިސޮލޭޓް ކުރާނެ ތަނެއް ހެދުން މުހިއްމު. މިފަދަ ކޭސްތަކަށް ވިލިމާލެއަށް އަންނަން އެޗް.ޕީ.އޭއަށްވެސް ވަގުތު ނަގާ.

    6
    1
    • އަލީ ލު

      ނުނަގާނެ. ކާރާއި، ސުޕީޑު ލޯންޗު ހުރޭ ދީފަ. އެންމެ ގިނަވެގެންވެސް ނަގަން ވާނީ 1ގަޑި އިރު

  4. ކޮތަރު

    ތިޔައޮތީ އަންޑަރސްޓޭންޑިންގ އަކަށް އާދެވިފަ. މިދިއަ ރަމަޟާން މަހު މިސްކިތެއްގެ އިމާމަކު ޕޮޒިޓިވް ވެގެން އޭނާއަށް އެކަން އެންގީ ޢަޞުރަށް ބަންގި ގޮވަން މިސްކިތަށް ގޮސް ހުއްޓާ. އަދިބުނީ އެހެންތަނަކަށް ނުގޮސް މިސްކިތުގަ މަޑުކޮށްލާށޭ އެބަދަމޭބަލާ. އެރޭގެ ޢިޝާ ވަގުތު ވީއިރުވެސް އެފަކީރު ހުރީ އެހުރިގޮތަށް މިސްކިތުގަ ބަންދުވެފަ. ރޯދަވީއްލިތޯވެސް ތިޔަތަަނުން ބަލާނުލާ. އެހެންވީމާ އަންޑަރސްޓޭންޑިންގ އަކަށް އާދެވިއްޖެތާ.

    12
  5. ބޭނޭ

    ކޯޑަންކޮށްފަ އީވާ ބައިންދަބަލަ ބުރުގަލެއް އަަޅުވާފަ

    14
    1
  6. ނަޖީބު އައްބާސް

    އަގަނޑަކައް ނޭގެ ކޮވިޑް ޖެހިގެން މަރޫވާމީހުނަން ސަހީދެއްގެ ދަރަޖަ ލީބޭނެ ކަމައް ދީނީ އިލުމުވެރިން ބުނާއިރުވެސް މިކަމާ ބިރުން އުޅޭ ސަބަބެއް

  7. ބުރުގާ

    އީވާ ބައިން ދަބަލަ ބުރުގަލެއް އަޅުވާފަ ކޯޑަންކޮއްފަ

    6
    1
  8. ކިޔުންތެރިއެއް

    ބަންގާޅީއޭ ބުނީމަ ނުރުހުންވާނީ. އެކަމަކު ބިދޭސީން ބޭނުން ގޮތަކަށް ގެންގުޅެވޭ. އިންސާނީ ހައްގުތަށް އޮއްނަނީ ނިގުޅާގަނެވިފަ. ބިދޭސީންނަށްވެސް އާންމުންނަށްވެސް ކޮވިޑާ ގުޅިގެން ދައުލަތުގެ އެކި މުއައްސަސާތަކުން ލިބުނު ގެއްލުންތަކާ އުނދަގޫތައް އަބަދު އިވެމުންދަނީ. އެކަންތަށް ބަލާނެމީހަކުނެއް. ބޮޑު ވަރަކަށް ވިއްޔާ ބުނެލާނީ ވަރަށް ބޮޑަށް ކުށްވެރި ކުރަމޭ، ނޫނީ އޮޅިގެނޭ އެހެންވީ. އެނިމުނީ. މިހެންބުނާ މީހާ ނަފްރަތު އުފެދޭ ގޮތަށް ވާހަކަދައްކަނީއޭ ދެންބުނާނީ.

  9. ހަވާސާ އިބޫ

    ކޯރޑަން ކޮށްފައި މިހެންބޭންދުމަކީ ގޯހެއް ނަމަވެސް މިހާލަތުގައި މިކަހަލަކަމެއްވެދާނެކަމަށް ގަބޫލުކުރަންވެސްޖެހޭ ސަބަބަކީ ކޮވިޑަށް ޕޮޒިޓިވް މީހާ އެކަހެރިކޮށް ބަހައްޓާނެ ތަނެއް ވިލިމާލޭގައި ހެދިފައިނެތުން ވީމާ، މިކަމުގައި ޕޮލިހުންކަންކުރީގޮތޭކިޔާފައި އެއްޗެތިކިޔުމުގެ ބަދަލުގައި މިކަން ރަގަޅުކުރަން އެއްބާރުލުންދޭންވީނޫންތޯ؟