ނޫސްވެރިން ފަހަތަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ކުރަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މިއަދު ހަވީރުއްސުރެ އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މުޒާހަރާގައި ހާލަތާ ނުބައްދަލުވާ ވަރަށް ފުލުހުން ބާރުގެ ބޭނުން ކުރަމުން އަންނަ ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބުނެފިއެވެ.

މުޒާހަރާގައި މިރޭ ހިނގަމުންދާ ކަންކަމާ ގުޅިގެން އެޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނީ ފުލުހުން ބާރުގެ ބޭނުންކުރުމުގެ ޤަވާއިދާ ކަނޑައެޅިގެން ޚިލާފަށް ޕެޕަސްޕްރޭޖަހައި ބޫޓުން ތެޅުމާއި ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ނޫސްވެރިންނަށް އަމާޒުކޮށްގެން އަނިޔާކުރަމުންދާ ކަމަށެވެ. އަދި އެކަން އެންމެ ހަރު އަޑުން ކުށްވެރި ކުރާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

"ހުކުރު ދުވަހު ހަވީރު މުޅި ދިވެހިރާއްޖޭގައި ކުރިއަށްދާ މި އިހްތިޖާޖު ނުވެސް ފެށެނީސް މީހުން ހައްޔަރުކޮށް، ވަކިން ޚާއްސަކޮށް ނޫސްވެރިންނަށް އަމާޒުކޮށްގެން ޙަމަލާތައް ފުލުހުން ދެމުން އަންނަކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ." އެ ޕާޓީގެ ބަޔާނުގައިވެއެވެ.

އެ ޕާޓީން ބުނި ގޮތުގައި މުޒާހަރާގެ ތެރެއިން ފުލުހުންގެ ފަރާތުން އަނިޔާ ލިބި، މިހާރުވެސް ދެ ނޫސްވެރިޔަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މީގެ އިތުރުން، މަގުމަތިން ނޫސްވެރިން ފަހާ ދުވެ، ނޫސްވެރިން ފަހަތަށް ޖައްސައި ނޫސްވެރިންގެ ޒިންމާތަކަށް ހުރަސްއަޅަމުން ގެންދިއުމަކީ ޑިމޮކްރަސީގެ ރޫޙާ ޚިލާފް ޚުދުމުހުތާރު ޤައުމުތަކުގައި ހިނގާފަދަ ކަންކަން ކަމުގައިވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

"މިއަދު ހަވީރު ފެށުނު ޞުލްޙަވެރި އިހްތިޖާޖު އަނިޔާވެރިކޮށް ރޫޅާލުމުން އެކި އުމުރުގެ އެކި މީހުންނަށް އަނިޔާ ލިބިފައިވާކަންވެސް ފާހަގަ ކުރަމެވެ. އެގޮތުން މީހުންގެ ލޮލަށާއި، އަނގައިގެ ތެރެއަށް ޕެޕަސްޕްރޭ ޖަހުމުން ނޭވާލުމަށް އުނދަގޫވެ އެތައް ބަޔަކަށް ފަރުވާ ދެވުނެވެ. އަދި ފުލުހަކު މުޒާހަރާގެ ބައިވެރިއެއްގެ އަތް ބާރަށް އަނބުރާލުމުގެ ސަބަބުން އޭނާގެ އަތް ބިންދައިގެންގޮސް މީހާރު އޭނާއަށް އޭޑީކޭގައި ފަރުވާދެވެމުން އެބަ ދެއެވެ." އެ ބަޔާނުގައި ވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބަރާބަރު..
    ގޭގަ ތިއްބާތަ އަނިޔާވީ ؟

  2. އެމްޑީޕީ އަމިއްލަ ގައުމެއްނޫން މީކީއެއް. ޢަހަރެމްން މީ އެއްވެސް ސިޔާސީ ކަމަކަށް ތާއީދުކުރާ މީހުނެއްނޫން ކަލޭމެންގެ ބަލާޔާހުރެ ގޭގަ އޮންނަ ބަލި ކޮއްކޮއަށް ނިދާވެސްނުލެވޭ!

  3. ބަޔަކު މުޒާހަރާއެއް ކުރާނަމަ އެ މުޒާހަރާއެއް ހުއްޓުވަން ބާރުގެ ބޭނުން ކުރުމާ ނުކުރުން އަދި ބާރުގެ ބޭނުން ކުރާނީ ކިހާ މިންވަރަކައް ކަން އެނގޭނީ އެ މުޒާހަރާއެއް ހުއޓުވަން އުޅޭ ބަޔަކައް މުޒާހަރާ ކުރާބަޔަކު ބުނާގޮތަކައްނޫން ހުއޓުވަން ހަދާނީކީ އަދި އަމުދުން އެމްޑީޕީ މީހުން ތެދެއް ނަހަދާނެ މަރުވާއިރުވެސް

  4. ރާއްޖެޓީވީއަކީ ފިތުފަސާދައުފެއްދުމަށް މުސާރަދީފަ މީހުންބައިތިއްބާފަތިބޭ ޓީވީއެއް ތިޓީވީއަށް ޚަރަދުކުރަނީ ކޮންބަޔެއްތޯބަލާފަ ރާއްޖެއަށްލިބޭގެއްލުންތަށް އަތުލުމަށްފަހު އުމުރަށް ޖަލަށްލާން ގޮވާލަން

  5. ދެން ކަލޭމެން ފޫކޮޅުގަ ފިރުމަ ފިރުމާ ތިބެންވީ؟ހަމަ ރަނގަޅަށްހެދީ، އަދިވެސް ކުރިވަރު ކުޑަ

  6. ކުއްލިހާލަތު އެއޮތީ އިއުލާނުކޮށްފައި. މުޒާހިރާކުރުން މަނާ. އަމުރަށްނުކިއަމަން ތެރިކަން ދެއްކީމަ ފުލުގޮސް ފިރުމާކަށްނުޖެހޭ. ބޭނުމަކީ މުޒާހަރާ ހުއްޓުވުން. ބާރުބޭނުކުރިއަސް ބަޑިޖެހިޔަސް ކޮބާމައްސަލައަކީ؟

  7. ގޮތް ހުސްވީމަ ހުރިހާ ބާރެއް ވެސް ދައްކާނެ..
    ރޭގަ ވެސް 8 ނުޖަހަނީސް ފުލުހުން ނިދި އައިސްގެން ކޮންޓްރޯލް ގެއްލިއްޖެ.. މީ ސަލާމަތީ ބާރުތަކުގެ ވެސް ހާލަކީ..

  8. އެއްވެސް ގާނޫނެްގާ މުޒާހަރާ ރޫޅާލުމަށް ބޭނުންކުރަންޖެހޭ މިންވަރެއް ބަޔާން ކޮށްފައެއް ނޯވޭ . ހާލަތު ވަޒަންކުރަންވެސް ބޭނުންކުރަންވެސް އެގޭނީ އެކަމާ ހަވާލުވެ އެވަގުތަކު ތިބޭ ބަޔަކަށް

  9. ސަރުކާރު ވައްޓާލަން ނިކުމެ އެކަން ނުވީމަ ގޯސްވީ ސަރުކާރު ދިފާއުކުރަން ތިއްބެވި ފަހުލަވާނުންތަ ؟