ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުއް ލަތީފްގެ ވާހަކަތަކަކީ އިސްލާމްދީނަށް "ހުތުރު އެރުވުން" ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން ވަރަށް ބޮޑަށް އޭނާ އަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އެންމެ ގިނަ ބަޔަކު އީވާ އަށް ފާޑުކިޔަމުން ގެންދަނީ އިޔާޒަށް ރައްދުކޮށް އީވާ ފާޑުވިދާޅުވެ ވާހަކަދެއްކެވި ފޯރީގައި "ރޯޔަލް ރޭޕް" ގެ މައްސަލައިގައި ވާހަކަ ނުދެއްކުމުންނެވެ. ރޭޕްގެ މައްސަލަ ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމަށް ނުދެއްވި އިސްކަން، އީވާ ޑރ.އިޔާޒަށް ފާޑުވިދާޅުވުމަށް ދެއްވުމުން ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި އެކަން ފާހަގަ ކުރަމުންނެވެ.

އީވާގެ ވާހަކަތައް ކުށްވެރިކޮށް ޓްވީޓް ކުރި މީހަކު ބުނީ ދީނުގެ ޙުކުމަކާއި ދެކޮޅަށް އީވާ މަޖިލީހުގައި ވާހަކަދައްކާ އިޔާޒަށް އިންޒާރު ދިނުމަކީ ހުތުރުކަން ބޮޑު އަމަލެއް ކަމަށާއި އީވާ އަކީ ޖާހިލެއް ކަމަށެވެ.

"ޢައުރަ ނިވާ ކުރަން އެންގީ އިޔާޒެއް، ޢަލީއެއް، ކާސިމެއް، ޖާސިމެއް ނޫނެވެ. އެއީ الله سبحانه وتعالىގެ އަމުރުފުޅެވެ.⁦ އެއާއި ޖަދަލުކޮށް ބަސްބުނުމުގެ ބާރެއް އެއްވެސް އިންސިއަކަށް ޖިންނިއަކަށް ލިބިގެން ނުވެއެވެ.⁦" އިތުރު މީހަކު ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ.

"ރޯޔަލް ރޭޕް" ގެ އިތުރުން އެމްޑީއެން އާއި އުތެމާ އާއި ދެކޮޅަށް އީވާ އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާތީ ބައެއް މީހުން ވަނީ އެކަން ފާހަގަ ކޮށްފައެވެ. އަދި އީވާ ބިކިނީގައި އުޅެނިކޮށް ނަގާފައިވާ ކަމަށް ބުނާ ބައެއް ފޮޓޯތައް މީސް މީޑިއާގައި ދައުރުކޮށް، އީވާ ބޭނުންވާ މިނިވަންކަމަކީ މިއީތޯ ބައެއްމީހުން ވަނީ ސުވާލު ކޮށްފައެވެ.

ޖިންސީ ކުށްތައް މަދުކުރަން އިސްލާމީ އުސޫލުން ހެދުން އެޅުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ ޑރ.އިޔާޒް ކުރެއްވި ޓްވީޓަކާ މެދު ނުރުހުން ފާޅުކުރައްވަމުން އީވާ އިއްޔެ ވިދާޅުވީ އެއީ "ވަރަށް މުޑުދާރު ވާހަކައެއް" ކަމަށެވެ.

އީވާ އަށް ރައްދު ދެއްވައި އިޔާޒް ފުލުފުލުގައި ކުރެއްވި ޓްވީޓްތަކުގެ ތެރެއިން ފުރަތަމަ ޓްވީޓްގައި ވިދާޅުވީ ކިތަންމެ ވަރުގަދަ އިންޒާރެއް ނުވަތަ އަނިޔާއެއް ދިނަސް ކަން އޮތް ގޮތް ރައްޔިތުންނަށް ބަޔާންކޮށް ދެއްވާނެ ކަމަށެވެ. އީވާ ޓެގް ކުރައްވައި ދެ ވަނަ އަށް ކުރެއްވި ޓްވީޓްގައި އިޔާޒް ވިދާޅުވީ މަޖިލީހުގެ ގޮނޑިއެއް ލިބުމަކީ "ސައިޒް އޮޅެންޖެހޭ ވަރުގެ ކަމެއް ނޫން" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

45 ކޮމެންޓް

 1. މުއްތު

  އިއާޒުއަކީ ދެންކާކު މާބޮޑަށް އަގަފުޅާވެން އެކަމަކު ތި އިއާޒަކީ ދީނީގޮތުން އެއްވެސް އެއްޗެއް
  ދައްނަމީހެއްވެސްނޫން

  10
  206
  • ރޯނުއެދުރު

   ދެން ކަލޭ ދަންނަ މީހާ ދަރުސް ނުދެނީ ކީއްވެ! އަހަރެމެންނަށް ކިޔަވާ ދޭންވީއެއްނު!

   134
   8
  • ޛައީ

   ދެން ކަލޭ ދަންނަލެއް ބޮޑުކަމުން ދޯ، ކަލެޔަށް ޑރ. މުއްތު ކިޔަނީ..
   ތިހިރީ ރީނދޫ ލޮލަށް އެޅިފައި ދޭބަލަ ރަނގަޅަށް ލޯ ސާފުކޮށްލަން..

   76
   6
  • ޒަކް

   ހޫން ކަލޭމެން ބޭނުންހާ ގޮތަކަށް، އާނ ހޫން ކިޔާ މީހުންނަށް އެކަނި އެއްޗެއް އެނގޭނީ.. ދެން ތިބޭނީ ގަމާރުން ކިތަންމެ މޮޅަށް ކިޔަވާ ފާސް ނެގިޔަސް.. ކުރީގަ އިޔާޒު ވަރަށް މޮޅު ކަލޭމެންނަށް މިހާރު ލާދީނީކަމަށް ކެތް ނުވެގެން ބަސް ބުނަން ފެށީމަ އެއްޗެއް އެނގޭކަމަކަށް ނުވި. ކުރީގަ ޑރ އިޔާސް މިހާރު ނަމުގެ ކުރިޔަށް ޑރ ޖަހައިގެން އުޅޭ ކަޅުބޭގެ އިޔާޒު.. ތި ދަންނަ ވައްތަރެކޭ

   37
   4
 2. ކަނަމަނަ

  ކަބުލޯކޮބާތާހިރުވެއްޖެއެއްނު މާރަގަޅެއްނުންއަގަނުހުޅުވިނަމަ މިހާރު ކިހާރީތި ފޮޓޯތައް މިފެއްނަނީ

  76
  2
  • Anonymous

   ޑޮކްޓަރ އިޔާޒަކަށް ނޫން އޭނާ ފާޑުކީ. މާތްވެގެންވާ ކީރިތި ގުރުއާނުގައިވާ ﷲ ތަޢާލާބަސްފުޅަކަށް އޭނާގެ ނުބައި ދުލުން ފާޑުކީ. ނުބައިނުލަފާ އަންހެނެއް. ﷲ އަާް ބިރެއްނެތި އުޅޭނިކޮށް ރީތި ގޮތެއްވެދާނެ.

   17
 3. ސައިބޯނި

  ތި މޑޕ ލާދީނީ މީހުން ހޮވިބަޔެއް މަށައް ގޯހީ! މޑޕ އަކު ނޫޅެވޭނެ ހަޔާތެއް ލަދެއް ކުޑަކޮއް ހުރި އެކަކައްވެސް!

  87
  3
 4. އީވާލަށް

  އިސްލާމްދީނުގެ ހުކުމްތަކަށް ފާޑުކިޔައި އިލްމުވެރިންނާ ޖެހިގަނެގެން އުޅެންޏާ ހޫނު ގަރުދިޔަ ތެއްޔަކަށް ދެން ވައްޓާލާނީ.

  70
  5
 5. ނެންގެ

  އީވާ ފާޑުކީ އިޔާޒަކަށް ނޫން އިސްލާމް ދީނަށް ....

  98
  3
 6. ހުސެން

  ޤުރުއާނުގައި މުޑުދާރު ވާހަކައެއް ނޯންނާނެ .ދެން ކަލޭ ތިޔަ ގޮންޖައްސަވަނީ ޤުރުއާނަށްތޯ؟

  90
  2
 7. ހަވާސާ އިބޫ

  އީވާ އާއީ ކެނެރީގެއަށް ނިސްބަތްވާ ގިނަމީހުންނަކީ އިސްލާމްދީނާއި ބީރައްޓެހިބައެއް

  83
  3
 8. ލައިޓް

  އައުރަ ނިވާކުރުމާއި، ، ހިލޭ ފިރިހެނުންނާއި އެކު އެކަހެރި ނުވުމާއި، ލަދުވެތިކަމަކީ އަންހެނުން ގެ ގަހަނާ. ޑރ. ޢިޔާޒް ވިދާުޅުވީ އެ ވާހަކަ.

  76
  2
 9. No one

  ކޮބާ ކަޑަ ވެ ބަޔަ އީވާ.. ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ދުވަހަކު ވެސް ހެވެއް ނުލިބޭނެ

  71
  2
 10. Anonymous

  އެއްގަމާއި ކަނޑުގައި ޝައިތޯނުން ފާޅުގައި ދީނާ ހަނގުރާމަކުރަން މިނުކުތީ ހައްގޭ، އިސްލާން ދީނޭ ކިޔާއިރު. އިސްލާން ދީން ކިޔާ ދީނެއް އޮވޭ ބާއޭ މަހިތަށް އަރާ. އަމާ، ބަފާ މުސްލިމަކަށް ވިޔަސް ތިމާގެ ކާފަރުކަމާ ޖާހިލުކަމުން އިސްލާން ދީނެއް އިސްލާމް ދީނެއް ނޭގޭ މީހުންގެ މިއްލަތެއް އޮވޭބާ ލަދުގަންނަން ޖެހެނީ ދެންތިބި މީހުން. މަގާމު ތަކުގަ ބަގުޑި ބައްދާ ގާނޫނު ހަދާއިރު އެންމެހާ ވެރިކަމެއް ދެއްވި ފަރާތުގެ ގާނޫނު ނޭގޭތީ ލަދުގަންނަންވީ ވޯޓުލީ މީހުންތާދޯ

  55
  1
 11. އަހުމަދު

  وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا

  އަދި ކަލޭގެފާނު ވިދާޅުވާށެވެ! حق ތެދުގޮތް އަތުވެއްޖެއެވެ. އަދި باطل ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، باطل އަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ.

  ސޫރަތުލް އިސްރާ ގެ 81 ވަނަ އާޔަތް

  58
  2
 12. ސޮމެޮނެ

  ޢިއްޒަތްތެރި ގޮޑިކޮޅު މުޑުދާރު ކުރެވޭނީ ގަޑި ޖެހެންދެން.

  52
  1
 13. ނަޖީބު އައްބާސް

  އީވާގެ ވާހަޔައް ތާއީތު، ޔޫސުފުގެފާނަކީ ސިކާރަކައްވީ ނަބީކަލެއް! ރަސްގެފާނުއަންހެނުއް އެކަން ހިނގިގޮތް ސާފުކޮއްދިނީ އަންހެނުންތަކެއް އަތައް ތޫނު ވަޅިތަކަކާ މޭވާތަކެއްދީ ކޮށައް ޖައްސާ ޖޫސުފުގެ އެނައްނެގެއް ޔޫފުގެފާނު ފެނުމާއެކު އަންހެނުންގެ އަތްތައް ކޮމުންދިޔައީ ޔޫސުފުގެ ފާނުގެ ރީތިކަންފެގެން! ބުނައް މިއުޅެނީ ފިރިހެނުން ޖިމުތަކައް ގޮސް ސިކުސްފެގު ޖަހައިގެން ބާރު ޓީސާލައިން މަގުމަތީގަ ހިގީމަ އަންހެނުންގެ ހިތްތަކައް އަސަރުކޮއް ފާހިކަމެއްނުހިގާނެ ތޯއޭ! ޒިނޭޔަކީ ލޮލުން ކުރެވޭ ކަމެއްކަމައް އަޑު އެހީމު

  6
  46
  • ީހީހީ

   ތިކަން ގަބޫލު ކުރާނެ މީހަކުނެތް މި ރާއްޖެއަކު. ކޮންމެ ކަމެއްވެސް އަންހެނުން ބޮލަށް ޖަހާފަ ފިރިހެނުން ހިތުހުރި ގޮތަކަށް އުޅެނީ.

   1
   2
 14. ހެޔޮ ވިސްނުން

  ދީނީ ގޮތުން އެ އޮންނަ ގޮތް އިލްމުވެރިން ކިޔާ ދިނީމާ ނިމުނީ@ މިމީހުން ނުޖެހޭ ދޯ މީހަކު ބުނާ އެއްޗަކަށް ޖަދަލު ކުރަން!

  31
  2
 15. އެކުދިން

  މި އަންހެނާއަކީ އަންހެނުންނަށާއި އިސްލާމްދީނައްވެސްހުރި ހުތުރެއް. ފެންވަރު އޮޅުނަސް މީދެންބޮޑުވަރު.

  61
  5
 16. ހުވަދޫ ކިންގް

  މީދެންކާކު މާފުއްޕާފަ ދީނީއިލްމްވެރިންނަށް އިންޒާރުދީ ބިރުދައްކަމުން ދުވާކަށް. މަޖްލީހުގެ ގޮޑިއެއްލިބުނީމަ ތިހުރީ މީހާގެ ސައިޒް އޮޅިފަ. ހިމާރެއްހެން އަދުގަދަކޮއްފަ ފެލުނަކަސް މީހުން ބަލައިގަންން މީހެއްނުންތީކީ. މަޖްލީހުގެ ވެސްފަހު ދައުރުމީ، ދެނަ ހުވަފެނަކުންވެސް ކަމަނާއަށް މަޖްލީހުގަ ގޮޑިއެއްގަ ނީދެވޭނެ. ގަލޮޅުދެކުނުގެ ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނާނެ މިހާރު ވޯޓެއްނެގިޔަސް. ދެން ހިމާރުގެ އަޑުން މަޖްލީހުގަފެލިފެލި އޮވޭ މި ދައުރު ނިމެންދެން.

  44
  5
  • ޢަލިބެ

   ގަޅޮޅު އުތުރަށް އޑޕ ޓިކެޓްގަ ކުރެޕެއް ވާދަކުރިއަސް ހޮވޭނެ

   32
   3
 17. Anonymous

  ކުނިވެފައިވާ ކުއްތާ ވަޅުގައި ބާއްވައިގެން ކިތަންމެ ވަރަކަށް ފެން ނެގިޔަސް ވަޅު ސާފެއް ނުވާނެ.
  ފިލްމުތަކާއި ލަވަތަކާއި ޑުރާމާތަކުން ހުތުރުވާހަކަތަކާއި ފާހިޝްކަންތައްތައް ފަތުރަނީ. 8-9 އަހަރުގައި ދެޖިންސުގެ ކުދިން ކުދިންނާ "ރައްޓެހި"ވަނީ.
  15-16 އަހަރު ވީމާ ބިޓުގެއަށް ގެނެސް ކޮޓަރިއަށް ވައްދަން ހުއްދަދެނީ.
  17-18 އަހަރުވުމުން ހިލޭ ފިރިހެނުންނާއެކު ރިސޯޓުތަކަށާއި ރާއްޖޭން ބޭރަށް ގޮސް ޕާޓީކުރަނީ.
  އެކަހެރިން ފިލާތިބެވޭ ގޮތަށް އަނދިރި ޕާކުތަކާއި ކަންމަތިތައް ތައްޔާރުކޮށްދެނީ.
  އިންޓަރނެޓުން ބޭނުން ވަރަކަށް ބޭނުންއިރަކު ޕޯން ބެލޭގޮތަށް ހުޅުވާލާފައިވަނީ.
  މަގުމަތީގައި އައުރަ ނިވާ ނުވާހެދުން އަލައިގެން އުޅެނީ.
  "ރަސްމަތިފުށު" މީހުން ކުރާ ރޭޕު ރޭޕަކަށް ނުވަނީ.
  މިހުރިހާ ކަމެއް މިހެން ބަހައްޓއިގެން ބަދުއަޚުލާޤީ މައްސަލަތައް ހައްލުކުރަން މިއުޅެނީ. ސަރުކާރުން މި ހުރިހާ މުންކަރާތެއް ފަތުރާނީ.

  41
  1
 18. ހުސެން

  މުޑުދާރު އަނގައިގެ ވެރިން ޢައުރަ އާ ބެހޭ ގޮތުން ޤުރުއާނުގައި އެވާ އާޔަތަށް ގޮންޖައްސަވައި މީހުން އިސްލާމީ ގައުމެއްގެ އިސްލާމީ ޟަރިއަތުގެ މަޖުލިހުގެ ނާއިބު ރައީސާ އެއްގެ މަޤާމަށް ކުފޫ ހަމަވޭތޯ

  38
  1
  • ހަސަނު

   ކަލެއަށް ބުނެދޭން އެނގޭތަ ގުރުއާނުގައި އޮތް އެއްޗެއް؟ މާނައަކީ ކޮންމެ މީހަކަށް ވެސް އެމީހަކަށް ފެންނަ ގޮތަކަށް ލިޔެވިދާނެ އެއްޗެއް. ތަރުޖަމާއަކީ ހުއްޖަތެއް ނުންކަމަށް ތަންދޮރު އެނގޭ މީހެއް ނަމަ ބުނާނެ.

   2
   12
 19. ޑީޑީ

  ކުނިވެފައިވާ ކުއްތާ ވަޅުގައި ބާއްވައިގެން ކިތަންމެ ވަރަކަށް ފެން ނެގިޔަސް ވަޅު ސާފެއް ނުވާނެ.
  ފިލްމުތަކާއި ލަވަތަކާއި ޑުރާމާތަކުން ހުތުރުވާހަކަތަކާއި ފާހިޝްކަންތައްތައް ފަތުރަނީ. 8-9 އަހަރުގައި ދެޖިންސުގެ ކުދިން ކުދިންނާ "ރައްޓެހި"ވަނީ.
  15-16 އަހަރު ވީމާ ބިޓުގެއަށް ގެނެސް ކޮޓަރިއަށް ވައްދަން ހުއްދަދެނީ.
  17-18 އަހަރުވުމުން ހިލޭ ފިރިހެނުންނާއެކު ރިސޯޓުތަކަށާއި ރާއްޖޭން ބޭރަށް ގޮސް ޕާޓީކުރަނީ.
  އެކަހެރިން ފިލާތިބެވޭ ގޮތަށް އަނދިރި ޕާކުތަކާއި ކަންމަތިތައް ތައްޔާރުކޮށްދެނީ.
  އިންޓަރނެޓުން ބޭނުން ވަރަކަށް ބޭނުންއިރަކު ޕޯން ބެލޭގޮތަށް ހުޅުވާލާފައިވަނީ.
  މަގުމަތީގައި އައުރަ ނިވާ ނުވާހެދުން އަލައިގެން އުޅެނީ.
  "ރަސްމަތިފުށު" މީހުން ކުރާ ރޭޕު ރޭޕަކަށް ނުވަނީ.
  މިހުރިހާ ކަމެއް މިހެން ބަހައްޓއިގެން ބަދުއަޚުލާޤީ މައްސަލަތައް ހައްލުކުރަން މިއުޅެނީ. ހުރިހާ މުންކަރާތެއް ފަތުރާނީ ސަރުކާރުން.

  29
  1
 20. އެމަންޖެ

  އީވާ އާ ކެނެރީގޭ ނަސީދަކީ ތީހަމައެކައްޗެއް އިސްލާމްދީނާ ދެކޮޅައް މަސައްކަތްކުރާ ބައިގަނޑެއްމީ މޑޕ އަކީ.

  39
  1
 21. މާލެ

  މަޖިުލިހަކީ ކަންކަން ހައްލު ކުރަން އޮނަތަނެއް. މިހާތަނަށް ވެފަހުރި ޖިންސީ އަނިޔާތަކަށް ވާހަކަ ދެއްކުނު ނަމަ އެއީ މަޖިލިހުގަ ރައްޔަތުން އެދޭކަމެއް ކުރެވުނީ. އެކަމަކު ތިމާމެން ނާ ސީދާގޮތުން ނުބެހޭ ކަމަކާ ވާހަކަ ދައްކާ ވަގުތު ދުއްވާލީމަ އެކުރެވުނި ހަމަ ޖެހެކަމެއްނުން. ގިނަމީހުން ކުރަނީ މިކަހަލ ކަންކަން. އިޔާޒުގެ ޓު ވީޓެއް ބަދަލެއް ނުވާނެ. އެއީ ކަމެއްއޮތް ގޮތް.އެހް ވީމަ ވަހަކ ދައްކަން ޖެހޭނީ އެއީ އޮތް ކަމެ ކަން ދަނެ ގެން އެއާގުޅުވައިގެން. އެއީ ނެތް ކަނެ ކަން ބަލައިގެން ނުވާނެ. ޖިންސީ ކިތައް މައްސަލަ އެބައޮތް އެއިން ކަމަކާވާހަކަ ނުދެއް ކުނީމަ އެކުރެވުނި ތާކުން ތާކު ޖެހޭކަމެއް ނުން. އެއީ ރައްޔަތުން ބޭނުން ވާކަމަކީ . ވިސް ނާލަން ރަނގަޅު.

  19
 22. ހުސެން

  އިޔާޒަކަށް ނޫނޭ ތި ފާޑުކިޔުނީ ،ތި ފާޑު ކިޔުނީ ޤުރުއާނަށޭ

  29
  2
 23. ގިޔާމަތު ވަަހަކަ

  އީވާ މި އީ އިސްލާމިކް ނަމެއްވެސް ނޫން ،ދަރިންނޭ ހޭއަރާ! އިކަހަލަ ކިތަން މެ އުރަތްޕެއް ދުނިޔެ ދެކަފާއިވޭ.މަރުވެގެން ދާނީ 24 ބޓ އެޔާކަންޑިޝަން ހިފައިގެން ނުން ކަން ހަދާން ކުރާށެވެ.

  17
  4
  • އީވާ

   އަކީ ހައްވަ. ވަކި އަރަބި މަޚުރަޖައަކުން އެނަން ކީމަތަ އިސްލާމް ނަމަކަށްވަނީ؟

   3
   7
 24. ޏން

  މާބޮޑަށް ލާދީނީވެ ﷲ ގެ އާޔަތަކަށް ގޮންޖަހައި ވެރިން ކާފަރުވާނަމަ ބަދު ދުއާއިން ވެރިކަން ވައްޓާލާނަން

  26
  3
 25. އަޙްމަދު

  ޑރ. ޢިޔާޒް އޭ ކިޔާތީ އިވާ ވަރަށް ޖޭވޭދޯ؟

  16
  4
 26. ބޭނޭ

  އޭއްޗަކު ސަންދޯކަކައް ވެސް ލާންވީ

  8
  2
 27. ކިހާދެރަ

  ކޮބާސައިޒު އެގިއްޖެތަ؟އަދިވެސް ފުށްޕާ ލަދުކުޑަވެގެން

  12
  3
 28. ޢާދަނުބެ

  މުއްތު އަކީވެސް އީވާ ފިކުރުގެ މީހެތްހެންހާދަ ހީވެޔޭ މައްސަލަޔަކީ އިސްލާމްދީނުގަ އެކަން އޮނަގޮތްބުނެދިނުން ޖާހިލުންނަކަށް ހަޖަމެތްނުވާނެ އެމްޑީޕީގެ އިސްސަފުގަތިބި ގިނަ މީހުންނަކީ ސައްކެތްނެތްގޮތުގަ ލާދީނީ ފިކުރުގެ މީހުން އެކަން އެމީހުންގެ ބަސްމަގާ އަމަލުތަށް ހުންނަގޮތުން ސައްކެތްނެތްމިންވަރަށްސާބުތުވޭ

  8
  1
 29. ހީހީ

  ދެން ކީކޭ ބުނާނީ އަހަރެން މިދަނީ ދާން މިއޮއްކުރާ ޒުވާބެއްދޯ! އީވާ ދެން އަނގަ ގަދަނުކޮށް މަޑުން އިނދެބަލަ ޕިސްޕިސް

 30. އައްތު

  މުއްތު ކަލޭތީކާކު ކަލެއަށް އެއްޗެއް އެގޭނަމަ ތިގޮތަށް ނުމޮށޭނެ.

  7
  1
 31. ހަމަ ހަމަ

  އީވާ މަޖްލިހުގައި ތި އިނީ ކޯއްޗެއް އެނގިގެންތަ

  11
  1
 32. ކަކުނި

  ދެމީހުންނަށް ކަން އޮތްގޮތް އެބަފެނޭ. އެކަމަކު ދެމީހުންގެ ޚިޔާލު ތަފާތު.
  ދެބަސްވީ މީހުންގެ ތެރޭން އެކަކު ބޭނުންވަނީ ސުލްހަ.
  އެކަކު ދެކޭ ގޮތުގައި އަނެކާއީ ޖާހިލެއް.
  އެހެންވެ އޭނާ ބޭނުންވަނީ ޖާހިލު މީހާ ނައްތާލަން.
  ޖާހިލު މީހާ ނައްތާލަން ބުނާ މީހާ ބުނަނީ ދެމީހުންގެ ތެރޭން ސުލްހަވެރި އޯގާވެރިޔަކީ ތިމަންނައޭ.
  މިވާގޮތެއް އަޅެ ތިބޭފުޅުން ވިދާޅުވެ ބައްލަވަ!

  1
  4
 33. އެމްޑީޕީ ބުރޯ

  ތިޔަބުނާ އިޔާޒުއަކާ ތިޔަބުނާ އިމުރާނުއަކާ ތިއީ ދީން ވިއްކައިގެން ކައިއުޅޭބައެއް! މިއީ އަހަރެން ބުނާވާހަކައެއްނޫން! މިއީ ރ.ޔާމީން އާއި ޕީޕީއެއް ގެ ލީޑާޝިޕުންވެސް ބުނާ ވާހަކައެއް! އަދި ރ.ނަޝީދު އާއީ އެމް.ޑީޕީ ގެ ލީޑާޝިޕުންވެސް ބުނާވާހަކައެއް! އަދި ކިއެއްތަ މިއީ މި ކުޑަކުޑަ ދިވެހިރާއްޖޭގެ ތިބި ބައެއް ދީނީ އިލްމުވެރިން ވެސް ބުނާ ވާހަކައެއް! ކީއްކުރާނީ މިގައުމުގެ ރައްޔަތުންވެސް ހަމަ ގަމާރީވިއްޔަ!

  1
  8
 34. Anonymous

  .ހެދުން ލާން ގުރުއާނުގައި އަންގަވާފައުވުމަކީ އީވާ ދެކޭގޮތުގައި "މިޑުފާރު" ކަމެއް. އެކަމަކު ފިރިހެނަކށްނުވަ އަންހެނަކަށް ނުވާ ޖިނާއީ ކުށުގެ ތުހުމަތު އެތައްފަހަރަކު ކުރެވިފައިވާ މޑޕ ގެ ގޮތްކުޑަ ސުމިތު އީވާގެ އަތުގައި މައިކް އޮއްވައި ދިވެހި އަންހެނުން ފުރައްސާރަ ކުރަން އޯކޭދޯ. އީވާ! ކަލޭ އަމަލުން ތިދައްކަނީ ވަރަށް މުޑުދާރު ގޮތްކުޑަ ދެފުއްކެހެރި ވައްތަރެއް.

 35. ވަޠަނުގެ ދަރި

  އީވާއެއްކަމަކުު އަދި އެހެން މީހެއްކަމުގައިވިޔަސް ރާއްޖޭގެ އަގުހުރި ޝައިޚުންގެ އަގު ވައްޓައިލުމަށް އާންމު ތަންތާނގައި ވާހަކަދައްކައިގެން ނުވާނެ. ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމީ ރީތި މަގު. ޑރ. އިޔާޒަކާ ނުކުޅެވޭނެ. .

 36. ނަން

  އީވާ ދެން ވެއްޓޭނީ ދުނިޔޭގެ އަލިފާނަށް ވުރެ ހަތްދިހަ ގުނަ ހޫނު ކަން ގަދަ ނަރަކައަށް!!! ޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮ?

 37. Neee

  ޢީވާ ހަމައިގަ ހުރެބަލަ ފުރަތަމަ..