މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން މިނިވަން ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަނެ މިއަދު ބޭރުކޮށްލައިފިއެވެ.

މި މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

އާދަމް ޝަރީފްގެ ކުއްލި މައްސަލައިގައި ވަނީ ޔާމީނަށް ހުކުމް އިއްވުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވާފައިވާ ބަޔާންތަކަށް ރިއާޔަތްކޮށްފައި ވަނިކޮށް، އަދީބުގެ މައްޗަށް ކުރި ހުރިހާ ދައުވާއެއް ކްރިމިނަލް ކޯޓުން ބާތިލްކޮށްފައިވާ ކަމަށެވެ.

އަދި ސަރުކާރުން އަދީބަށް ބިރު ދައްކައި، މަޖުބޫރު ކުރުވައިގެން އެއްބަސްވުމެއް ހަދައި ރައީސް ޔާމީނާ ދެކޮޅަށް ހެކި ބަސް ދީފައިވާ ކަމަށް ކްރިމިނަލް ކޯޓުގައި އަދީބު ދެއްކެވި ވާހަކަތަކުން ހާމަވާ ކަމަށް ވެސް ކުއްލި މައްސަލައިގައިވެއެވެ.

ކުއްލި މައްސަލައިގައި ވަނީ ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް އާއި އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް، އަދީބުގެ ތަހުގީގަށް ނުފޫޒު ފޯރުވި ކަމަށާއި ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް އަދީބުގެ މައްސަލަ ބާތިލް ކުރި ގަޒިއްޔާ އިން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.

އެހެންވެ، ޔާމީންގެ މައްޗަށް ކުރި ހުކުމަކީ ނުފޫޒު ފޯރުވައި، ހެކި އުފައްދައިގެން ކުރި ބާތިލް ހުކުމެއް ކަމަށް ނުހަނު ހާމަކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ކަމަށް ވެސް ކުއްލި މައްސަލައިގައިވެއެވެ.

ޔާމީންގެ މައްޗަށް ހުކުމް ކުރުމުގައި އަދީބުގެ ބަޔާންތަކަށް ރިއާޔަތްކޮށްފައިވާތީ، ޔާމީންގެ މައްޗަށް ކުރި ދައުވާއަކީ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ގާނޫނާ ހިލާފު ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކުރި ދައުވާއެއް ކަމަށް ވެސް ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

އެހެންވެ، މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ޔާމީން ޖަލުގައި ބަހައްޓާނެ ގާނޫނީ ހަމައެއް ނެތް ކަމަށް ނިންމައި، އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށް ގޮވާލާ ކަމަށް ވެސް ކުއްލި މައްސަލައިގައިވެއެވެ.

ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ހަތް މެމްބަރުންނެވެ. އެ މައްސަލަ އަށް ބަހުސް ކުރަން ނުފެންނަ ކަމަށް 20 މެމްބަރުން ވޯޓު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހުމަދު

    ސަރުކާރު މެންބަރުގެ ނެތްދޯ ބަހުސް ކޮށްލާހާ ހިތްވަރު ބަލަ އެއްލޯ ޖައުފަރު ޑޮކްޓަރ ވަހީދަށް ބާގީ ގޮވި ކަންތަކުގައި ވަހީދަށް ބާގީ ގޮވަން ވީމާ ކުއްލި މައްސަލަ ބަލައި ގަނެވޭ ކިހާ އިންސާފު ވެރިތޯ އިންސާފުގެ ދަތުރު ނިމުނީތޯ

    19
    3
  2. އޮޅުވާލި ވޯޓު

    އެމްޑީޕީ މީހުންރާވާގެން ކުރިކަމަކައް އެމީހުންގެ އެއްބާރުލުމެ ނުލިބޭނެކަން ނޭގުނީތީހައިރާންވޭ ބުއްޅަބެއާ ކިބޫއައް ހަޖަމެ ނުވާނެ ރައީސްޔާމީނު މިނިވަނެއްގެ ގޮތުގާހުރެގެނެއް

    18
    2
  3. ކާފަބޭ2020

    އާދަނާއެވެ. ރައީސްޔާމީނު ދޫ ކޮށްފިނަމަ ވެރި ކަމުގައިތިބި ރޯގުރޫޕުގެ ހަޖަމްގޯސްވެދާނެއެވެ. ލިސްޓުވަރަށްދިގެވެ. ޕީޖީއަށް އެލިސްޓުންފެންނަނީ ހަމައެ ކަނިރައީސްޔާމީނުގެނަމެވެ ޝު ކުރިއްޔާދެވަނަސަދޫމް!

    14
  4. ކަނަމަނަ

    ތީކީއްކުރަން ވައްދާކުއްލި މައްސަލައެއް ރައީސް ޔާމީނުގެ ސަޕޯރުންނައް އަންގާ ވެރިކަމުގަ ތިބިމީހުންނަޝާއި ބައިނަލްއަގުވާމީ މުޖުތަމައަް ރ ޔާމީންއައް ކޮއްފަވާހުކުމަކީ ނުފޫޒް ފޯރުވައިގެން ކުރިހުކްމެއްކަނަ އެކަންއަންގާދެވޭނީ ސަޕޯޓަރުން މަގުމައްޗައްނިކުމެ މަޖިލިސްތެރޭގަތިބީ ރ ޔާމީން ދެކެބިރުގައްނަ ރ ޔާމީނުގެ އަދުއްވުން

    12
  5. ޢަލީ

    އެނގޭ ބަލައި ނުގަންނާނެކަން މިހާރުގެ މަޖިލިހަކީ އެމްޑީޕީގެ ހަރުގެއެއް، އެހެންވީމާ އެތާކު އެހެން ޕާޓީއެއްގެ ވާހަކައެއް ނުދެއްކޭނެ، ތި ގަރާރު ހުށަހަޅަން ފުރުސަތު ލިބުނުކަންވެސް ނަސީބު، ޔާމީނު މިނިވަންކުރެވެން އޮތް ހަމައެކަނި ގޮތަކީ މިސަރުކާރު ބަދަލުވުން އެނޫންގޮތެއްނެތް، އެމީހުން މަސައްކަތް ކުރަމުން އެދަނީ ޔާމީނު ޖަލުން ނުނެރެވޭނެ ގޮތެއް ހެދެން އޮތިއްޔާ އެގޮތަކަށް. އެއޮތީ އަދީބުގެވެސް ކަމެއް ނެތްކަމަށް ނިންމާފަ އެއީވެސް ރޭވުމެއް އެއީ ހައިކޯޓުގައި އޮތް މައްސަލައަށް ނުފޫޒު ފޯރުވަން ކުރިކަމެއް.

  6. އުމަރު

    މިއަދު ތިޔަބައިމީހުން ތިޔަ ކަންތައްކރާގޮތަށް މާދަމާ ތިޔަބައިމީހުންނާމެދުވެސް ކަންތައް ކުރެވޭނެއެވެ. ބާރާ ނުފޫޒަކީ ހިނދުކޮޅެއްގެ ކަމެކެވެ.