ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ބޭރުކޮށްލަން އިއްޔެ ހުކުމް ކުރި ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މަޖިލިހުގެ ޖަލްސާ އަށް މި މައްސަލަ ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފެވެ.

ހަސަން ލަތީފް ވިދާޅުވީ މި މައްސަލަ ހުށަހެޅުއްވީ މިއީ ހައްސާސް މައްސަލައަކަށް ވެފައި ރާއްޖޭގެ ކޯޓަކުން ނުރަނގަޅުކޮށް އިޖުރާއަތްތަކާ ހިލާފަށް މައްސަލަ ހިންގާފައިވާތީ ކަމަށެވެ. މިއީ މަޖިލިހުގައި ބަހުސް ކުރުމަށް ކޮންމެހެން މުހިންމު މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނުއަސާސީގައި ފަނޑިޔާރުން އަމަލު ކުރަން ޖެހެނީ ގާނޫނުއަސާސީ އާއި ގާނޫނަށް ކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށާއި މައްސަލަތައް ބެލުމުގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހަޅާ ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ފަނޑިޔާރުން އަމަލު ކުރަން ޖެހޭނީ ހަމައެކަނި ކޯޓުގެ ނިންމުމަށް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ފަނޑިޔާރަކަށް އެ ނޫން ކަންކަމަށް ބަލައި މައްސަލަ ނިންމުމުގެ އިހްތިޔާރެއް ނޯވެއެވެ.

"މި މައްސަލަ ނިންމުމުގައި ގާޒީ ބައްލަވާފައިވާ ކަންކަމުގެ ތެރޭގައި، ވަރަށް ގިނަ އިޖުރާއަތްތަކާއި ހިލާފުވެފައި ހުރި އިރު، ފާހަގަ ކުރެވޭ ދައުވާ ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް ނުދީ، ދައުވާ ލިބޭ މީހާގެ ފަރާތުން އެއްވެސް ދިފާއެއް ހުށަހަޅާފައި ނެތިސް މައްސަލަ ބަލާ ފަނޑިޔާރު ވަނީ ދިފާއީ ވަލީކެއްގެ ދައުރު އަދާކޮށް އެއްވެސް އަސާސެެއް ނެތް ދައުވާކުރުމަކަށް ހުރަހަކަށްވާ ދިފާއުތައް ގާޒީ އަމިއްލައަށް ފާހަގަކޮށް މި ދައުވާތަކަކީ ބާތިލް ދައުވާތަކެއް ކަމުގައި ކަނޑައަޅާފައި،" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ގާޒީ ނެރުއްވާފައިވާ ހުކުން ވިދާޅުވުމުން މިކަން ދޭހަވާ އިރު، މި މައްސަލަ ބާތިލްކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ތަންދޭ ފަދަ އެއްވެސް ގޮތަކަށް ނޫން ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މިފަދަ މައްސަލައެއް ބާތިލް ކުރެވިދާނެ ތިން ހަމައެއް އޮވެއެވެ. ހަސަން ލަތީފް ވިދާޅުވީ ދައުވާތައް ބާތިލުކުރުމުގައި އޭގެ ތެރެއިން އެއްވެސް ހަމައަކަށް ބަލާފައި ނުވާކަމަށެވެ.

މި މައްސަލާގައި އަދީބުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެމަނިކުފާނުގެ އިއުތިރާފްގެ މައްޗަށް އެކަނި ބިނާކޮށްފައި ނޫން ކަމަށާއި، އެހެން ނަމަވެސް ފަނޑިޔާރަށް ފާހަގަ ކުރެވިފައި ވަނީ ހަމައެކަނި އެ ނުކުތާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"ދައުލަތުން ދައުވާ ސާބިތުކުރުމަށް އިތުރު ހެއްކާ ގަރީނާ ހުށަހަޅާފައިވޭ. ނަމަވެސް ދައުވާ ހުށަހަޅާ އެ ހެކި ހާމަކުރުމަށް ދައުލަތަށް ފުރުސަތު ނުދީ މި މައްސަލަ ބާތިލްކޮށްފައި އޮތްކަން ފާހަގަކުރެވެ"

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ހަތް ދައުވާއެއް ބާތިލް ކުރުމާ ގުޅިގެން އޭނާ ވަނީ މިނިވަންވެފައެވެ. އެކަމަކު، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސެން

    ހަސަނާ ،ދެމަފިރިކަންވެސް ހިންގަން ތި މަޖުލީހަށް ވައްދަންވީނުން،ކިހާ ބޮޑުބަލާވެރިކަމެއް މީދެން.ބަލަގަ ކޮބައިތަ ތިކަން ބަލަން ވަރު ވަރުން މުސާރަ ދީފަ ކަލޭމެން ހެދި ކަލޭމެން ރުހޭ މީހުން ލައިގެން ހިންގާ މިނިވަން މުއަސަސާތައް ކޮބާހޭ؟

    19
    1
  2. ރައްޔިތުން

    ސަރުކާރު ހިންގުމުގެ ހުރިހާ ބާރަކާއި، ޝަރީޢަތް ކުރުމުގެ ހުރިހާ ބާރެއްވެސް ތިޔަ މަޖިލީހަށް ނަގާ ރައީސް މީހާވެސް އަދި އެހެން މުއައްސަސާތަށްވެސް އުވާލުމަށް މަޖިލީހަށް ކުއްލި މައްސަލައެއް ވައްދަންފެނޭ.

    8
    1
  3. ޠާޢިފް އަޙްމަދު

    ރައްޔިތުންގެ ލޮލުގައި ކަޅު އަނދުން އަޅުވާފަ ކޮން ޑުރާމާއެއްބާ މި ކުޅެނީ؟ ބަލަގަ ރައީސް ޔާމީނާ ދެކޮޅަށް ބަޔާންދިނުމަށް އެދި ދައުލަތުން އަދީބަށް ކޮށްފައިހުރި ޝަރުޠުތައް މިދަނީ ފުރިހަމަވަމުން. ތި ގެންދަނީ އެތަކެއް ރެޔަކު އަދީބާއެކު ނުނިދައިތިބެގެން ލިޔުނު ޑައިލޮގެއް ކުރިޔަށް! ދަށުކޯޓުން އަދީބު ދޫކޮށްލާނެ! އަދީބު ފުރުންވެސް މާނާކުރާނެ! ހައިކޯޓަށްވެސް ލާނެ! ސްޕްރީމްކޯޓަށްވެސް ލާނެ! އެހުރިހާތަނަކުން އަދީބު ސަލާމތްވާނެ! ދެން ބުނާނީ މަތީމަރުޙަލާއިން ނިންމީމަ އެ ނިމުނީއޭ! އެހިސާބުން ފިލްމު ނިމުނީ!

  4. ޢަލީ އާދަމް

    ކޮން ޑްރާާމާއެއް؟ ތީ ރާވައިގެންކުރިކަމެއް ޤާޟީއަށް ކޮން އެއްޗެއްކިޔާކަށް!

  5. ބެއްޔާ

    ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހަޅާ ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ފަނޑިޔާރުން އަމަލު ކުރަން ޖެހޭނީ ހަމައެކަނި ކޯޓުގެ ނިންމުމަށް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ފަނޑިޔާރަކަށް އެ ނޫން ކަންކަމަށް ބަލައި މައްސަލަ ނިންމުމުގެ އިހްތިޔާރެއް ނޯވެއެވެ. ދެން ޔާމީނުގެ މައްސަލަ ބެލި ފަނޑިޔާރު ކުރި ޙުކުމް އޯކޭދޯ. ހެކިހޯދިގޮތްވެސް އޯކޭދޯ. ހެއްކަކަށް އަދީބު ހަމައޯކޭދޯ. އެމްޑީޕީގެ ތިލަފަތުން ކިރީމަ ވާނެގޮތްތިވަނީ

  6. ހުސެން

    އެ ފަނި މިފަނި ފޮނުވި ބޮޑު ފަނި ކޮބާ ހަސަނާ

  7. އަބްދޫ

    މަޖިލީހުގަ ތިއްބެވި އިއްޒަތްތެރި މެމްބަރުން ގާނޫނާ ސަރީއަތާ ބެހޭގޮތުން ދައްވަވާނެ ގާނޫނީ ހުއްޖަތެއް އޮތްބަޔަކަށް ނުވާ އިރު މަޖިލީހުގަ ބޭކާރު އަނގަ ތަޅާ ތިމާގެ ފަތަށް ގިނަކުރަން ގަމާރ ބަޔަކު ނޫނީ ވާހަކަ ނުދައްކާނެ. މަޖިލީހަކީ ދަށުކޯޓުން ކުރާހުކުމަށް ބަހުސްކުރާނެ ގާނޫނީ ހައްސިއްޔަތު އޮތްތަނެއްބާ؟.އަވަހަށް މުއްދަތު ހަމަނުވަނިސް އިސްތިއުނާފް ކުރައްވާ

  8. ހަސަންބެ

    އެމް.ޑީޕީގެ ގިނަބަޔަކު ބެދޭނެހެން ހީވުމުން މައްސަލަ ބޭރުކޮށް ދަވްލަތުން ނެގިފައިސާގެް ޙަލާލްކޮށްފި. މިކޮންއިންސާފެއްތޯ އެކަމު ވިދާޅުވާނެ ޢަދަލްއިންސާފް އޮތީ ހަމައަށް ބަރާބަރަށް ހިންގާކަމަށް ސްޕްރިންކޮޓް ހައިކޯޓް ތިއްބަވާނީ ފެންވަރުހުރި ޤާބިލް މީހުންކަމަށް. ވަރަށް ޤާބިލް

  9. ދެބޯގެރި

    ހުސްދޮގު