ރާއްޖެ އަށް ޗައިނާ ފަތުރުވެރިން އަލުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި ޓުއަރިޒަމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗައިނާގެ ފަތުރުވެރިން ރާއްޖެ އަށް އަންނަނީ ކިހާ އަވަހަކަށްތޯ ސުވާލު ކުރުމުން ފައްޔާޒް ވިދާޅުވީ ރާއްޖެ އަށް ޗައިނާ ފަތުރުވެރިން ފޮނުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެ ގައުމުން ދީފައިވާ ކަމަށެވެ.

ރާއްޖެ އަށް މިއަދު އައި ފަތުރުވެރިންތަކެއް. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

" އެ މަސައްކަތްތައް އެބަ ކުރިއަށް ދޭ މިހާރުވެސް އަޅުގަނޑުމެން މި ހުޅުވާލީވެސް އަދި އެއާޕޯޓުގައި ޓެސްޓިން ފެސިލިޓީ ސީދާ ނެތް ކަމުގައި ވީނަމަވެސް އެއާޕޯޓުންވެސް ސާމްޕަލް ނެގިގެން ޓެސްޓް ކުރެވިގެން، ޗައިނާ އިން އެބަ ބޭނުންވޭ ޗައިނާގެ ފަތުރުވެރިން އަނބުރާ ދާއިރުގަ ޕީސީއާރު ޓެސްޓެއް އޮންނަން 72 ގަޑި އިރު ނުވާ. އެހެންވީމަ އެއަށް ފަސޭަހައިން މަގުފަހި ވާނެ ގޮތެއް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ މިހާރުވެސް." ފައްޔާޒް ވިދާޅުވިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދުވެސް ވަނީ ޗައިނާ ފަތުރުވެރިން ގެނައުމަށް ކެނޑި ނޭޅި މަސައްކަތް ކުރާކަން ފާހަގަ ކުރައްވައިފައެވެ. އަދި އެއާޕޯޓްގެ ތައްޔާރީތައް ބައްލަވަން ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވެސް ވަޑައިގެންނެވި ކަމަށާއި އުންމީދަކީ ވީހާވެސް އަވަހަށް އެ އިންތިޒާމްތައް ހަމަޖެއްސުންކަމަށް އޭނާ ވިދާޅުވިއެވެ.

" ޗައިނާގެ ކަންތަކުގައި، ޗައިނާ އަދި މި އޮންނަނީ ހަމައެކަނި ސިންގަޕޫރާއި އެކު އެއީ ބިޒްނަސް ކަހަލަ ކަންތައްތަކުގައި މި އެރޭންޖްމެންޓަކަށް. އެހެންނަމަވެސް ހަމަ ކުރިން ދެންނެވިހެން މިއީކީ ފަސޭހަ ދުވަސްކޮޅެއް ނޫނޭ." ތޮއްޔިބް ވިދާޅުވިއެވެ.

ތޮއްޔިބް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ޗައިނާ، ޗައިނާއިން ރާއްޖެ މީހުން ފޮނުވާނެކަމުގެ ޔަގީންކަން ދިން ނަމަވެސް ޗައިނާ އިން ކަނޑައަޅާ ވަކި ޝަރުތުތަކެއް އެބަ ހުރިކަމަށެވެ.

ރައީސް ވިދާޅުވީ، އެކަންކަން ފުރިހަމަކޮށްދޭ ކަމުގައި ވަނީ ނަމަ ޗައިނާ ފަތުރުވެރިން ރާއްޖެ އަށް އަންނާނެ ކަމަށެވެ. އަދި ޗައިނާއިން އެދޭ ގޮތަށް، ކަންތައް ކޮށްދޭނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއާއެކު ޗައިނާ ސަރުކާރުން ޓެސްޓިން ސިސްޓަމެއް މާލެ އެއާޕޯޓްގައި އެބަ ތައްޔާރުކޮށްދޭ، ދުވާލަކު 1000 ޓެސްޓު ހެދޭ ވަރުގެ، އެހެންވީމަ ޗައިނާއާއެކު އަޅުގަނޑުމެން ގެންދާނީ އެގޮތަށް"، ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެހެން ގައުމުތަކާއެކުވެސް މަޝްވަރާއާއެކު އެ ގައުމުތަކުން އެދޭ ގޮތްތައް ހޯދައިދޭނެ ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ.

ޗައިނާގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ތެރެއިން އެންމެ ބޮޑަށް ކުރިއަރައިގެން އައި އެއް މާކެޓެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. އާދޭސް

  ފަތުރު ވެރިން ގެންނަންވީމާ ރޮއިފާ އާދޭސް ކުރަން އެކަމު އެހެން ކަންކަމުގައި އެމީހުނަށް ބަވަނީ އަންނި ކޮންމެ ދުވަހަކު ބަވަނީ ރައީސް ސޯލިހަށް ޗައިނާގެ ވެރިއަކާއި ގުޅާލަން ނުކުރެނު އެކަމު އައިލެނޑް ގެ ބޮޑުވަޒީރާ ވެސް ގުޅި އެހީ ހޯދަން ނުދިން ހެހެ
  ޗައިނާއަށް ދިންކަމަށް ބުނާ ފަޅުރަށެއއްގެ ނަމެއް އަދި އަދަށް ދާން ދެން ވެސް ހާމައެއް ނުކުރޭ ... އިންޑިޔާއަށް އައްޑުއިން ދިން ބޮޑު ސަރަހައްދު އެބަފެނޭ މިލްޓަރީ މީހުން ލ ގައި ވެސް އެބަތިބި ހެދި ހާ ދަޮގުތައް އަތަށް ގޮވީ ހެ ހެ އަދިވެސް ޗައިނާއާއި ޖައްސާލަތި

  27
 2. ވިސްނާލުމަށް އެދެމޭ

  މޮޔަނުގޮވާ..ޗައިނާ ކި ބައިން މައާފަށްއދެންވީ ފުރަތަމަ.. ބޮޑާވެ ޗައިނާ ބަދުނާމުކުރަން އެއްޗެހިގޮވާފަ ފައިސާފޮއްޗެހޯދަން ޗައިނާއަށް އަތްދިކުރަން ލަދެނުގަނޭ...ލަދުކޮބާ މިސަރުކާރުގެ..ކަލޭމެންގެ ބޮޑު ބޭ ބެ އިންޑިޔާއިން މީހުންއެތެރެކޮއް ބަލަ..ފްރީ ވިސާގަ..ގެނެސް ރާއްޖެއަށް ދޫކޮއްލާ...މަގޭހިތަންއަރާ މިމީހުން ހިތަންއަރަނީއޭ ޗައިނާއަށް ނޭގެނޭއެޔޭ މިމީހުން ކިޔާއެއްޗެހި ޗައިނާއަށް..

  20
 3. ބެއްޔާ

  ނޫން ނޫން ނޫން ދެލޯފުޅާ ޗައިނާ ފޭކްވަނެ. އިންޑީޔާ ފަތުރުވެރިން ގެނޭ.

  23
 4. ހުސެން

  ކަލޯ އެލެކްސް ބުނީ އިންޑިއާ ފަތުރުވެރިން އެކަނި ގެނެސްގެން އިޤްތިސޯދު އަރުވާލާނަމޯ .އެއީ އިންޑިއާ ގެ ޕަޕެޓް ނަޟިދު .އިންޑިއާ އިން އެކަނި ފަތުރުވެރިން ގެނޭ.

  23
 5. ސަލާމް

  ޢަންނިއަށް ހަޖަމްވާނެބާ ތިޔަކަން ، އަބަދު ޗައިނާއާ އަޅައި ގަނެގެ ދެކަމު އެއްފަ ހަ ރާ ހާޖިތަށް ދެވިގެން އުޅޭނީ

  24
 6. ބޯހަލާކު

  ނައަންނާނެ ކަލޯމެން ބޭނުންހާ އެއްޗެއް ގޮވޭނީނިކަމެތި ދިވެހިންނަށްއެމީހުންނަކީފުދިގެން އުޅޭބައެއް

  14
  1
 7. އެމަންޖެ

  މަރުހަބާ އަންނި ތިޔަ ކުރައްވާ ބުރަ މަސައްކަތައް ތިޔައީ މިދިވެހި ގައުމުގެ ހަލާކު.

  18
 8. އެމަންޖެ

  ޗައިނާ އެކަންޔެއްނޫން މުޅިދުނިޔޭގެ ހުރިހާ ދިމާލަކުން މީހުން ގެންނަންވީ. ޑޮލަރު ޑޮލަރު ޑޮލަރު

  16
 9. ފޭކް ޕްރޮޑަކްޓް

  ކޯޗަކަށް ތިވީ!؟؟

 10. ޢަހުމަދު

  މިފައްޔާޒކީ ފެއިލުވެފައިހުރިމީހެއް ބޮޑުފިނޮޅު މައްސަލާގައި ރީދޫ އެމްޑީޕީގެ އަލީރިޒާ ވަގަށް ބިދޭށިން އެތެރެކޮށް އެމީހުންލައްވައި ހިނގިޖަރީމާތަކުގައި މިފައްޔާޒު ކަލޭގެ އަތެއްވޭކަން އެގޭ އިސްތިއުފާދޭނަމޭ ބުނިކަލޭ އަދިވެސް ގޯހުންގޯހަދާްއިރުވެސް އެހެރީ

  15
 11. މުޖޫ

  ޝަރުތަކީ، އަންނި ނޫނީ ޗައިނާ.

 12. މަންޖޭ

  ހެޔޮނުވާނެދޯ ސަރުކާރެެއްކަމަކު!!!! ޕިސް ޕިސް ޕިސް

 13. ކޮސްބޮލާ

  ޗައިނާމީހުންނަކީގަމާރ ރުންކަމައް
  ހީނުކު ރ ރާތި