ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުއް ލަތީފްގެ ވާހަކަތަކަކީ އިސްލާމްދީނަށް "ހުތުރު އެރުވުން" ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގައި ދެއްކެވި ވާހަކަފުޅަށް ފާޑުކިޔުން އަމާޒުވުމުން ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ފޭކް ޓްވިޓާ އެކައުންޓް "އެލެކްސް އަހްމަދު" އިން އީވާގެ ދިފާއުގައި ޓްވީޓް ކުރަން ފަށައިފިއެވެ.
އީވާގެ ބޮޑުބޭބެ، ރައީސް ނަޝީދު ގެންގުޅުއްވާ އެލެކްސް އަހްމަދުގެ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނެފައި ވަނީ އީވާއަށް އިސްލާމްދީނާއި ގުޅޭ ގޮތުން އެނގޭ އެއްޗެހި މަދެއް ނުވާނެ ކަމަށެވެ. "އީވާގެ ވާހަކައިގައި އިސްލާމްދީނުގެ އަސްލަކާއި ހިލާފު ވާހަކައެއް ނެތް." ކަމަށް ވެސް އެލެކްސްގެ ޓްވީޓްގައި ވެއެވެ.
އެޓްވީޓްގައި އިތުރަށް ވިދާޅުވެފައި ވަނީ ހަޤީޤަތުގައި އީވާ އިސްލާމްދީނަށް ތައުރީފު ކުރީ ކަމަށެވެ. އަންހެނުންގެ މުދަލުގެ ޙައްޤުދީ އަދި އަންހެނުން މިނިވަން ކުރީ އިސްލާމްދީނުގައި ކަމަށް އީވާ ވިދާޅުވި ކަމަށް ވެސް އެލެކްސްގެ ޓްވީޓްގައި ވެއެވެ.
އެލެކްސްގެ އެޓްވީޓާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އީވާ އަށް އިތުރުވުމުން އީވާގެ ދިފާއުގައި ކުރި ދެވަނަ ޓްވީޓްގައި އެލެކްސް ވިދާޅުވީ އީވާ ބުނީ އައުރަ ނިވާ ނުކުރެއޭ ކިޔާފައި އައިސް ގަޔަކަށް ނޭރޭނެ ކަމަށް ކަމަށެވެ. "އިސްލާމްދީނުގެ ކޮންތާކުބާ އޮތީ އައުރަ ނިވާ ނުކުރުމުގެ އުގޫބާތަކީ ޖިންސީ ފުރައްސާރައޭ." އެލެކްސްގެ ޓްވީޓްގައި ވެއެވެ.
EVA ah islaam dheenaai gulhey gothun ingey ehchithi madheh nuvaane. Eva ge vaahakai gai Islaam dheenuge aslakaa hilaaf vaahaka eh neh. Haqeegathugai Eva Islaam dheenah thaureef kuree. Anhenunah mudhaluge haqu dhee adhi anhenun minivan kuree Islam dheen kamah buni.
— MN unofficial (@anedhivehirajje) July 14, 2020
ޖިންސީ ކުށްތައް މަދުކުރަން އިސްލާމީ އުސޫލުން ހެދުން އެޅުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ ޑރ.އިޔާޒް ކުރެއްވި ޓްވީޓަކާ މެދު ނުރުހުން ފާޅުކުރައްވަމުން އީވާ އިއްޔެ ވިދާޅުވީ އެއީ "ވަރަށް މުޑުދާރު ވާހަކައެއް" ކަމަށެވެ.
އީވާ އަށް ރައްދު ދެއްވައި އިޔާޒް ފުލުފުލުގައި ކުރެއްވި ޓްވީޓްތަކުގެ ތެރެއިން ފުރަތަމަ ޓްވީޓްގައި ވިދާޅުވީ ކިތަންމެ ވަރުގަދަ އިންޒާރެއް ނުވަތަ އަނިޔާއެއް ދިނަސް ކަން އޮތް ގޮތް ރައްޔިތުންނަށް ބަޔާންކޮށް ދެއްވާނެ ކަމަށެވެ. އީވާ ޓެގް ކުރައްވައި ދެ ވަނަ އަށް ކުރެއްވި ޓްވީޓްގައި އިޔާޒް ވިދާޅުވީ މަޖިލީހުގެ ގޮނޑިއެއް ލިބުމަކީ "ސައިޒް އޮޅެންޖެހޭ ވަރުގެ ކަމެއް ނޫން" ކަމަށެވެ.
ހަޔާތްވެސް ކުޑަ ބައެއް މީ. އިސްލާމްދީނުގެ ކަންކަން އެނގޭވަރުން ދޯ ދީނަށް ފުރައްސާރަކޮށް ﷲ ގެ ވަހީއަށް ދެކޮޅު ހަދަނީ. މުރުތައްދު ވެފަ ތިބި ބައެކޭ ބުންޏަސް ދޮގަކަށް ނުވާނެ.
ދެން ތިޔަ ބުނީ ޢައުރަ އާ ބެހޭ ގޮތުން ޤުރުއާނުގައި އެވާ އާޔަތް އީވާ އެއް ނޭގޭ ވާހަކަ ދޯ
ނުބާ ކަންތައްއެގިހުރެ ކުރާމީހުންނަށް ގިޔާމަތްދުވަހުން ބޮޑެތިވެގެނވާ އަޒާބު ލިބޭނެ. ﷲ ހަދުމަ ނުކުރާ މީހަކަށް އޮންނާނީ ކޮން އައުރައެއްތަ
އެއީ އިސްލާމުދީނުގެ ޒައްރެއްގެ މިންވަރުވެސް އެގޭއެއްޗެއް ނޫން.އެގޭނަމަ އެވައްތަރަކަށް ނޫޅޭނެ.އަންހެނުންނައް ވެސް ހުތުރު.ބޮޑު މުސީބާތެއް.
"އިސްލާމްދީން" ރަނގަޅަށް ޕްރޮނައުންސް ކޮށްލަން ނޭނގޭ މީހަކަށް އިސްލާމްދީނާ ގުޅޭގޮތުން އެނގޭނެ މާބޮޑު އެއްޗެއް އޮންނާހެނެއް ހިޔެއްނުވޭ. އީވާގާތު އަހާބަލަ އެންމެ ފަހުން ގުރުއާން އަކުރެއް ކިޔެވީ ކޮންދުވަހަކުތޯ؟
قُلْ إِن كُنتُمْ تُحِبُّونَ اللّهَ فَاتَّبِعُونِي يُحْبِبْكُمُ اللّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللّهُ غَفُورٌ رَّحِيمٌ " ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲ އަށް ލޯބިކުރާކަމަށް ވަނީނަމަ ތިމަންކަލޭގެފާނަށް ތަބާވާށެވެ. އޭރުން ﷲ ތަޢާލާ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގަންނަވާނެތެވެ. އަދި ތިޔަބައިމީހުންގެ ފާފަތަށް ފުއްސަވައި ދެއްވާނެތެވެ. ﷲ އީ ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ." އެހެނީ އެކަލޭގެފާނަށް ތަބާވުމަކީ ﷲ އަށް ތަބާވުމެވެ. مَّنْ يُطِعِ الرَّسُولَ فَقَدْ أَطَاعَ اللّهَ " ރަސޫލާ އަށް ތަބާވެއްޖެމީހާ، ފަހެ ﷲ އަށް ތަބާވެއްޖެއެވެ."
ކަލެއާއި އީވާ އަކީ އެއްގޮތަކަށްއުޅޭ ލަަދީނީ ދެ ގޮލާ،،، ރީތު ގޮތަކަށް ފަޟީހަތް ކުރައްވާށި
އާމީން.
އީވާ ބިކިނީ ލައިގެން ނަގާފަ ހުރި ފޮޓޯ ވެސް މަދެއްނޫން
އެގޮލާޔައް ދީނާބެހޭގޮތުން އެނގޭ އެއްޗެހި ގިނަކަމުންތާ ﷲ ނަހީކުރެއވިގޮތައް މިދުނީއޭގެ ދުވަސްތައް ހޭދަކުރަމުންއެދަނީ ރޯނު އެދުރުން ގިނަވެއްޖެތަނެއްގަ ވާނެގޮތައް މިގައުމައްވެނިމިއްޖެ ދެންވެސް މިމުސީބާތުން ސަލާމަތްވުމައް މިބައިގަނޑުގެެ ވަސް މިގައުމުން ފޮހެލަން ނުވޭތޯ
އެލެކްސް އަހްމަދަކީ ނަޝީދުގެ ކްރިސްޓިއަން ނަންތޯ...؟؟
އެހެންވެގެންތަ ހުރިހާ ފުރައްސާރައެއް ކުރަނީ ބަލަ ތިޔައީ ހަމަ އެކައްޗެއް ކެނެރީގޭ ލަދު ކުޑަ . އަދި ތިޔަ މީހުންނަށް ތާއީދުކުރަނީ ވެސް ހަމަ ތިޔަމީހުންގެ މީހުން، މިވަރު ލަދު ކުޑަ ގޮތއްފޮތެއް ނެތް ބައެއް ދިވެހި ތާރީޚް ގައި ވެސް ނުދެކޭ
އެލެކްސްއަށް ޖަވާބުދާރީވެ ދިފާއުކޮއްދެވޭނެތަ އާޙިރަތުގަ މަހުޝަރުގަ..އީވާއަށް އިސްލާމްދީން އެގޭތޯ ނޭގޭތޯ ސުވާލު މުހިއްމެނޫން..މުހިއްމީ ﷲގެ ކަލާންފުޅު ކީރިތިގުރުއާނުގެ އާޔަތްތަކުގެ މާނަ ކިޔަން އެގެންޏާ އޭގައެބައޮތް ކީއްވެކަން އަންހެނާ ނިވާވާންޖެހެނީ..ނިވާވުމުން ލިބިދޭ ރައްކާތެރިކަން.. އިންސާނާ ހެއްދެވީ ﷲތައާލާ..އެއިންސާނާގެ ރައްކާތެރިކަން ﷲފިޔަވާ އެހެންމީހަކަށް ނޭގޭނެ...އީވާ އައުރަ ނިވާ ނުކޮށްހުރީމަ އެއީ މައްސަލައަކަށް އެލެކްސަށް ނުވިޔަސް ﷲހަޒުރަތުގަ އެއީ ކިހާވަރެއްގެ ކަމެއްކަން އިގޭނީ މަހުޝަރުގަ..މިއީ އެލެކްސް ގަބޫލުކުރާނެ ތިއަރީއެއްނޫން..ވެޓިކަން މީހުން މިކަމެ ގަބޫލެއް ނުކުރާނެ އަލުން ދިރުއްވޭކަން..ހިސާބު ބެއްލެވޭނެކަން..
އިވާއަށް އެނގޭނީ އިސްލާންދީނުގެ ނަމުގައި ބަނގުރާބޮއި ޕާޓީކޮށް އިސްލާމްދީނަށް ފުރައްސާރަކުރަން.
އީވާއަށް އިނގޭއެއޗެއްސަށްވުރެ ނޭގޭ އެއްޗެހި ގިނައީ. ދީނުގެ އެއްޗެހި އިނގޭނަމަ އެ ހުންނަ ގޮތަކަށް ނޫން ހުނާނީ އެއް
އެ އައިޑީ އަކީ ރައީސް ނަޝީދު ގެ އައިޑީ އެކޭ އެހާ ޔަގީންކޮށް ބުނަން އެނގުނީ ކީއްވެ..؟
ތިސުވާލު ކުރޭ ޝައިނީއާ. ޝައިނީގެ ބުރަ މަސައްކަތުން ނަސީދުގެ ވަގު އައިޑީ ހޯދުނީ.
މި މީހާ ހެދުން އަޅާފަ ހުންނަ ގޮތުންވެސް އިންގެއެއްނު މީނާއަށް އިސްލާމްދީނުގެ ކަންކަން އެނގޭ މިންވަރު........ ހުންނަ ޖާހިލުކަން.... މި މީހުންވަރުގެ ހަޔާތްކުޑަބައެއް ނުދެކެން......
އެއްޗެއްއެނގޭނަމަ މަވަރުމީހެއްނެތިގެން ތެޅިއެއްނާހވާނެ!! ﷲގެ އަމުރުފުތަކަށް ތަބާނުވާނަމަ
މިހާރުންމިހާރަށް އިތިޣްފާދިނުމަށް އަންގާއަމުރުކުރަން!!!
ދެ ތޯޢޫތުން.
އެއްޗެއް އެނގޭނަމަ އެކަހަލަ ހަޑި މުޑުދާރު ޢަމަލެއް ނުކުރާނެ! އައްޗީޑި!!!
މިގައުމަށް ދިމާވެފާ އޮތް ބޮޑު މުސީބާތެއްމިޢީ. ޔާﷲ އަޅަމެން ނަށް ވިސްނުމެއްނެތި ކުރެވުނުކަންތަކުގެ ސަބަބުން އަޅަމެންނާއި އިސްލާމްދީނަށް ފުރައްސާރަކުރާ ޖައްބާރުންގެ އަތްދަށުން އަޅަމެންނާއި މިގައުމު ސަލާމަތްކޮއްދެއްވާދޭވެ يَا حَيُّ يَا قَيُّوْمُ يَا حَيُّ يَا قَيُّوْمُ يَا حَيُّ يَا قَيُّوْمُ ޢާމީން
ރައްޔިތުންނޭވެއެވެ. އަދި ވެސް ޤަބޫލުކުރާކަށް ނުވޭތޯ މި އެމް.ޑީ.ޕީ މީހުންނަކީ ވަކި މަޤުޞަދެއްގައި ރާއްޖޭގެ ވެރިކަން ކުރާ ބައެކޭ، އެމީހުންގެ މަޤުޞަދަކީ އިސްލާމްދީން ނޫން ގޮތެއް މިތަނަށް ގެނައުން ކަން އަޅެފަހެ ތިޔަ ރައްޔިތުންނަށް ނޭގެނީ ފަހެ ކޮންކަމެއް ތިޔަ ރައްޔިތުންގެ ވިސްނުމުން މަދުވީމަތޯ؟ ހޭއަރާ ހޭބުއްދިވޭ ރައްޔިތުންނޭވޭ.
އިސްލާމްދީނުގެ ގިނަކަންކަން އެގުނަސް އަހުޒާބު ސޫރަތުގެ 32،33 59،37 މި އާޔަތްތައް ދިވެހި ތަރުޖަމާއަކުންވެސް ވިދާޅުވެފަވެބާ؟. އަދި ވިދާޅުވެފާ ހުރިނަމަ އެ އާޔަތްތަކަށް އީމާން ވެފާހުރިމީހަކު އެއްވެސް މިހަކަށް ރައްދުކޮށް އެއާޔަތްތަކާ އިދިކޮޅު ވާހަކައެއް ނުދައްކަވާނެ ކަން ކަށަވަރު
މިއީ ހާދަ މަތީގައި އުޅޭ ބަޔެކޭދޯ! ﷲގެ އިރާދަފުޅުން މޚަ ގިނަދުވަހެއް ދެނަނުނަގާނެ ތިރިޔަތް ވެއްޓޭކަށް...
އެނގިހު ރެ ދޯ ބިކިނީ ގަ ބައެއްފަހަ ރު އުޅެނީ.
އަންނި އެބުނީ ތެދެއް "އީވާ އަށް އެނގޭ އިސްލާމްދީނުގެ" އެއްޗެހި މަދެއް ނުވާނެ. އެހެންވީމާ އީވާ އާއި އަންނި އެދައްކަނީ ޝެއިޚް އިޔާޒް އާއި ޝެއިޚް ނިޝާން އަށް އެނގޭ މާޔްވެގެންވާ އިސްލާމް ދީނުގެ އެއްޗެހީގެ ވާހަކައެއް ނޫން. އީވާ އަށް އެނގޭ އިސްލާމް ދީނަކީ އިސްލާމް ދީނުގެ އަދުއްވުން ނެރެނގެން އުޅޭ އިސްލާމް ދީނުގެ އެހެން ނެރެޓިވް އެއް. އެނެރެޓިވްގައި އިސްލާމް ދީނަށް ތައުރީފްކުރުމުގެ ނަމުގައި ސުވާލު އުފައްދާނީ އިސްލާމް ދީނުގެ ޙުކުމްތަކުގެ އަސާސް އާއި މެދު. މިސާލަކަށް މަހްފޫމް އޮޅުވާލުމުގެ ގޮތުން އަންނިގެ ޓްވީޓްގައި ބުނެފައި އޮތް އިބާރާތް ފުދޭ :- "އިސްލާމްދީނުގެ ކޮންތާކުބާ އޮތީ އައުރަ ނިވާ ނުކުރުމުގެ އުގޫބާތަކީ ޖިންސީ ފުރައްސާރައޭ."
އަލެކްސްއޭ ކިޔައިގެނެއްނޫން އައިޑީހަދަންވީ. ދަންނަބޭކަލެއްމީ! ރީތިގޮތަކަށް ދިވެހިރައްޔިތުންގެ އަތުންނިމިދާނެ އެއްޗެއްތީ!
އަބަދުވެސް އެކަހަލަ ބަޔެއްކަން އެނގި ތިބެ މިމީހުން ވެރިކަމައް ގެންނަން އުޅުނީ.މިހާރު އެއްވެސް އަދަބެއް އަހްލާގެއް ނެތް އެއްވެސް އުޅުމެއް ނެތް ބައެއް މިތިބީ މިޤައުމުގެ ވެރިކަމުގައި.
ތިޔަ ޢިއްޒަތްތެރިންގެ ކިބައިން އަޅަމެންގެ ދީން އާއި ގައުމް ސަލާމަތް ކުރައްވާށި...
ޔަހޫދީންނަށް ވެސް އިސްލާމް ދީން އެނގެޔޭ...ދެން ކަލޭމެން ތިހެން ބުނުމަކުން އަދި މުސްލިމުންނަށް ﷲ ގެ ދީން އެނގޭ މިންވަރާ ގާތަކަށްވެސް އެކައްޗެއްވެސް ނޭނގޭނެ...ކަލޭމެން ފެތޭނީ މުރުތައްދުންގެ ފަންތިއަށް..އެއީ ލާދީނީކަން ކަލޭމެންގެ ލޭގަ ހުންނަ ކަމަކަށް ވީމަ...
ދޮގެއް ނޫނީ ނަހަދާ މީހަކު ތިހެން ބުނީމަ މިހާރު ކަށަވަރު ވެއްޖެ އެކައްޗެއްވެސް ނުދަންނަކަން.