އަންހެނަކަށް ޖިންސީ ފުރައްސާރަކުރި ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތު) އެންމެ ކުރީ ސަފުގައި ބަހައްޓައިގެން ހަތަރު މަހަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ސަރުކާރުން ބާއްވައިފިއެވެ.

ފަތުރުވެރިންނަށް މަރުޙަބާ ކިޔުމުގެ ރަސްމިއްޔާތެއް ބޭއްވިއިރު އެންމެ ކުރީ ސަފުގައި ސްމިތު ހުރިއިރު އެރަސްމިއްޔާތުގައި ޓްއަރިޒަމް މިނިސްޓްރީ ވަގުތީ ގޮތުން ހިނގުމާއި ހަވާލުވެ ހުންނެވި މިނިސްޓަރު ފައްޔާޒް އާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ހުންނެވިއެވެ.

ސްމިތު ފާޅުކަން ބޮޑުގޮތެއްގައި އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރުމުން އެމައްސަލައިގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ. ފާޑުކިޔުންތައް އަމާޒުވުމުން ސަރުކާރުން މިދިޔަ ހަފްތާގައި ވިދާޅުވީ ސްމިތުގެ ޓްވީޓްގެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ނަމަވެސް މިއަދު ބޮޑު ރަސްމިއްޔާތެއްގެ އެންމެ ކުރީ ސަފުން ސުމިތަށް ފުރުސަތު ދިނީ މައްސަލަ ބަލައި ނިންމާފައި ކަމެއް ނުވަތަ ނޫންކަމެއް ކަށަވަރެއް ނުވެއެވެ.

ބޮޑު ރަސްމިއްޔާތެއްގެ ކުރީ ސަފުގައި ސްމިތު ބަހައްޓައިގެން ފަތުރުވެރިންނަށް މަރުޙަބާ ކިޔުމުން އަންހެނުންގެ ޙައްޤުގައި ވަކާލާތު ކުރާ މީހަކު ކުރި ޓްވީޓެއްގައި ބުނީ "ސްމިތު އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ ބަލަމުންދާ ކަމަށް ހޫދު ވިދާޅުވިފަހުން ދެން ވީގޮތެއް ނޭންގުނު. ރައީސް ޞާލިހް މިމައްސަލައިގައި ކީރިތި ކުރެއްވި ޚަބަރެއް ވެސް ނުލިބޭ. މިއީ އެކި މީހުންނަށް އެކި ގޮތް އޮންނަ ސަރުކާރެއް." ކަމަށެވެ.

އިތުރު އަންހެނަކު ކުރި ޓްވީޓެއްގައި ބުނީ "އިބޫ ޞާލިހްގެ ދެފުއްކެހެރިކަން" މިއަދު އަދި މާބޮޑަށް ސާފުވެއްޖެ ކަމަށެވެ. "ސްމިތާއި މެދު ފިޔަވަޅެއް އަޅަން ނުކެރުނު ތާންގައި އޭނާ އެއް ފަރާތެއްގައި ބަހައްޓާލަން ވެސް އިބޫ ޞާލިހަށް ނުކެރުނު. ދެން މިހެން ބުނީ ކީރިތި ކުރައްވާނީކީ ނޫން." އޭނާ ބުންޏެވެ.

އިތުރު މީހަކު ބުނީ މިއަދު ސްމިތަށް ކުރީ ސަފުން ޖާގަ ދިނުމަކީ ރައީސް ޞާލިހް އަންހެނުންނަށް ކުރި މަލާމާތެއް ކަމަށެވެ.

އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ އިތުރުން މާލެ ފުރަބަންދު ކުރުމުން މާގިރި ހޮޓަލްގައި ޓްއަރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތިބިއިރު، މިނިސްޓްރީގެ ވަޒީފާގައި ނޫޅޭ އަންހެނުންތަކެއް މާގިރި ހޮޓަލަށް ގެންގޮސް، ސްމިތުގެ ކޮޓަރިއަށް ވެއްދި ކަމަށް ވެސް ސްމިތު ވަނީ އެއްބަސްވެފައެވެ.

އެއީ ވަޒީފާގެ ހައިސިއްޔަތުން ލިބިފައިވާ ބާރެއް އަމިއްލަ ފައިދާ އާއި މަންފާ ހޯދުމަށް ބޭނުން ކުރުމުގެ އަމަލެއް ކަމަށް ބުނެ އެމައްސަލަ ބަލަން ގިނަ ބަޔަކު ވަނީ އޭސީސީއަށާއި ފުލުހުންނަށް ވެސް ގޮވާލާފައެވެ.

ސްމިތު ސަރުކާރުން ބޮޑު މުސާރައެއްދޭ ސިޔާސީ މަގާމަކަށް އައްޔަން ކޮށްފައި ވާތީ ވެސް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ގިނަ މީހުން ބުނާ ގޮތުގައި ސްމިތަކީ އެފަދަ މަގާމަކަށް އެކަށީގެންވާ މީހެއް ނޫނެވެ. ސްމިތު އޭނާ އަކީ ފިރިހެނެއް ނޫން ކަމަށް ބުނުމުން އެކަން ބޮޑު ޖޯކަކަށްވެ، މީސް މީޑިއާގައި އެވާހަކަ ވައިރަލް ވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ހހ

    ތިކަހަލަ ކަންކަން ކުރާމީހުން މިސަރުކާރުގެ އިސް ސަފުގައިތިބޭނީ ތިޔައީ އަހަރުމެން މިހާރުހައިރާންވަކަމެއްނޫން ގޮތްކުޑަ ސަރުކާރު

    120
    4
    • އިހަވަންދޫ ރައްޔިތެއް

      ބަލަ ރ އިބްރާހިމަކީ ރައްޔިރުންނަށް ފުރައްސާރަކުރަމުން ދާ ބޭފުޅެއް ވީމާތާ ސްމިތު ބޮޑުކުރީ ރ އިބްރާހީމު އެތަނަށް ނުދަނީތަ ގައިމު އިއްޔެ އެތަން ބަލަންދިޔަ

      53
      2
  2. ޔަގީނޭ

    ކޮންމެހެން މާލެ ސަރަހައްދުގައި އުޅޭ މީޙުން ބޮޑު އީދުގައި ދަ ރާއްޖެތެރެއަށް ދާން ޖެހެނީ އެއީ މާލެ ސަރަހައްދުގައި އުޅޭ ކޮންމެ މީހަކަށް މާލެ ސަރަހައްދުން ގޯއްޗެއް ނުދޭތީއޭ ކަން މިހެން ހުރުމުން ހުޅުމާލެ ދޭއްގެ އިރުން އޮތް ބޮޑު ފަޅު ހިއްކާ އެތަނުން ކޮންމެ ދިވެއްސަކަށް 2 ހާސް އަކަފޫޓްގެ ގޯއްޗެއް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކުއްޔަށް ދޭންވީއޭ އެއިރުން ތިޔާ ކަން ރަނގަޅުވާނީ ދަ ރާއްޖެތެރެއަށް ދާން އެއިރުން ނުޖެހޭނެ ކަން ޔަގީން

    32
    2
    • Anonymous

      ހެދުން ލާން ގުރުއާނުގައި އަންގަވާފައުވުމަކީ އީވާ ދެކޭގޮތުގައި "މިޑުފާރު" ކަމެއް. އެކަމަކު ފިރިހެނަކށްނުވަ އަންހެނަކަށް ނުވާ ޖިނާއީ ކުސގެ ތުހުމަތު އެތައްފަހަރަކު ކުރެވިފައިވާ މޑޕ ގެ ގޮތްކުޑަ ސުމިތު އީވާގެ އަތުގައި މައިކް އޮއްވައި ދިވެހި އަންހެނުން ފުރައްސާރަ ކުރަން އޯކޭދޯ. އީވާ! ކަލޭ އަމަލުން ތިދައްކަނީ ވަރަށް މުޑުދާރު ގޮތްކުޑަ ދެފުއްކެހެރި ވައްތަރެއް.

      36
      2
  3. ހުސެން

    އަންހެންކުދިން އުފުލާ

    44
    1
  4. ކާޅޭ

    މިއީ ސްމިތް މެން ކަހަލަ މީހުންގެ ސަރުކާރެއް. އަ ގަވަރންމެންޓް އޮފް ކްރިމިނަލްސް، ބައިދަ ކްރިމިނަލްސް، ފޯދަ ކްރިމިނަލސް.

    62
    1
  5. ހަރުމަލުބޭ

    ތި ސްމިތަކީ ގްރޭޑް 7 ކުން ކަޑަލާފަ ހުރި މަގުމަތީ ސޮރެއް. ތިއިން ދައްކަނީ މި ސަރުކާރުގެ ފެންވަރު. ތިއީ އެހެން ސަރުކާރެއްގަ ހިގި ކަމެއް ނަމަ ދަ ސޯކޯލްޑް އަންހެނުންގެ ހައްގުތަަކަށް ވަކާލާތުކުރާ މީހުން ޕޯސަޓާރު ހިފައިގެން ޔޫރަޕާއި އެހެން ތަންތަނުގައި ރާއްޖޭގެ ޓުރިޒްމް ބޮއިކޮޓްކުރަން ގޮވަމުން ދުވާނެ!

    59
    3
  6. ހުސެން

    ސުމިތު އަކަށް ފިޔަވަޅު އަޅާކަށް އެއްކަލަ ކިނބޫ ރުއިން ރޯ ރައީސަކަށް ނުކެރޭނެ.ސްމިތު ކުރި ކަންތަކާ ރައީސް އަށް ނޮރޮވެވި އަލީ ވަހީދު ކަންތަކާ ރޮވުނީމާ މިދޭތި ދިމާކުރާނީ ކޮން އަރަތަކުން ތޯ

    45
    1
  7. ޢަބޫ

    ސްމިތު އެއީ މޭލް އެއް ނޫނުއްނު. ދެން ކީއްވެ އަންހެނަކަށް ފުރައްސާރަ ކުރުން މައްސަލައަކަށް ވާންވީ

    30
    3
  8. ސަޓޯ

    ހުޅަނގުގެ ފަރަންޖީ މީހުން އުޅޭ ގޮތައް އުޅޭ މީހަކު ބެހެއްޓންދޯ ރަގަޅުވާނީ

    32
    3
  9. މޯދި

    މިލާދީނީ ސަރުކާރުގެ އިސްސަފުގައި ތިބި ގިނަ މީހުންނަކީ ވަގުން ޕާޓޭން އިސްލާމްދީން ގަބޫލްނުކުރާމީހުން ނެވެ.މިއީ ގިނަ ރައްޔިތުން ދެކޭގޮތް

    33
    1
  10. ޟޮކް

    ތި ސުރުހީ އަށް 100

    29
    2
  11. އެމަންޖެ

    މިސަރުކާރަކީމީ ލަދު ކުޑަ ހަޔާތް ކެނޑިފަ އޮތް ލާދީނީ ބައިގަނޑެއް.

    22
  12. ޢލަި

    ސްމިތް ދެކެ އިބޫ އަދި ނަޝީދު ބިރުގަނޭ ދޯ

    19
  13. ޞަކީލް

    އެއްވެސް ބަޔަކަށް އެބަޔެއްގެ ކްރައިމް ޕާރޓްނަރ ދޫކޮށް ނުލެވޭ.

    18
  14. މޫސަ

    ގްރޭޑެ 7 ނިންމާފަ ހުރި މީހެއް ބޮޑު ކުއްވެރިޔެއް ލަދުން ހަލާކު

    18
  15. އަޙްމަދު

    ޓައި އަޅައިގެން ތޮބޭ އިރު ހީވޭ މީ ހުދު ކާފޫރުހެން!

    17
  16. ބުއްޅަބޭ

    ތީ ވަކަރުގޭ ކުއްޖެއްތަ

    7
    1
  17. ބޮޑު ސީނު

    ރައީސް މައުމޫން ދައުރުގެ ކުރީކޮޅު ޔޫއެން ގައި ހުރި ދިވެހިރާއްޖޭގެ އެމްބެސެޑަރެއްގެ އަރިހުގައި ބޭރު މީހެއް އޭނަ ހުންއައިސްފައި ހުރުމުން " އައި އޭމް ސަފަރިންގް ފްރޮމް ފީވާރ" އޭ ބުނުމުން ޖަވާބުގައި އެމްބެސެޑަރ ވިދާޅުވީ " އައި އޭމް މ.... (އެބޭފުޅާގެ ނަން) ފްރޮމް މޯލްޑިވްސް އެވެ. އެބޭފުޅާ ހީކުރެއްވީ އެބޭފުޅާ
    އާއި ވާހަކަދެއްކި ބޭފުޅާއަކީ ފީވަރ ކިޔާ ގައުމެއްގެ ސަފަރިން ނަމަކަށް ކިޔާ ބޭފުޅެއް ކަމަށެވެ. ވީމާ އެމްބެސެޑަރ ވެސް އޭނަގެ ނަމާއި ގައުމު ވިދާޅުވީއެވެ. ސްމިތު އަށް މޭލް އާއި މާލެ އޮޅުނީމަ ބޭރު ގައުމެއްްގައި ހުންނެވި ރާއްޖޭގެ އެންމެ އިސް ޑިޕްލޮމެޓަކު ކުރެއްވިކަމެއްވެސް ހަނދާނަށް އައީއެވެ.

    6
    1
  18. ޙހހހ

    އީވާ ގާތުބުނެބަލަ މައިކްގައި ބައްދާގެންވިޔަސް ޖިންސީ ފުރައްސާރައާއި ދެކޮޅަށް ނިކުންނާށޭ

    4
    1
  19. ?

    ????????

  20. މާރިދު

    މިސަރުކާރުގެ ކުރީސަފުން ޖާގަލިބޭނީ މިކަހަލަ ލަދުހަޔާތްކުޑަމީހުންނައް މީލަދުހަޔާތްކުޑަ ސަރުކާރު