މިދިޔަ މަހުގެ 21 ވަނަ ދުވަހު މޫދަށް އެރި އުޅެނިކޮށް އައްޑޫ އިން ދެ ކުއްޖަކު ގެއްލުނު ހިތާމަވެރި ހާދިސާއަށް އެތައް ދުވަހެއް ވަނީ ވެގެން ގޮސްފައެވެ. ނަމަވެސް އެ ކުދިން ހޯދުމުގެ މަސައްކަތް އަދިވެސް ކާމިޔާބު ވެފައެއް ނުވެއެވެ.

ގެއްލުނު ދެކުދިން ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ސިފައިން ކުރަމުންދާކަން ހާމަކުރައްވައި އެމްއެންޑިއެފް އިން މިއަދު ވިދާޅުވީ، އެ އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށްދާކަމަށެވެ.

މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ކުދިން ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުންދާއިރު، އެ މަސައްކަތް ކުރަމުންދަނީ އޮޕަރޭޝަނަލް ޝެޑިއުލްގެ ތެރެއިން ކަމަށެވެ. އެގޮތުން ކަނޑުގެ ސާފެސް ބަލައި ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށް އާޒިމް ވިދާޅުވިއެވެ.

މިދިޔަ މަހުގައި ތިން ކުއްޖަކު މޫދަށް އެރި އުޅެނިކޮށް އޭގެ ތެރެއިން ދެ ކުއްޖަކު ގެއްލިފައިވާއިރު، އެކުދިންގެ އެއްވެސް ޚަބަރެއް އަދި އޭގެ ފަހުން ލިބިފައެއް ނުވެއެވެ. އޭގެތެރެއިން ސަލާމަތްވި ކުއްޖާއަށް އެދުވަހު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާއިރު އޭނާގެ ޙާލު ރަނގަޅެވެ.

އައްޑޫ ސިޓީ ހިތަދޫ، "ކިނބިވައު" ސަރަޙައްދުން މޫދަށް އެރި އުޅެނިކޮށް ގެއްލުނީ، ހިތަދޫ ޗަނބޭލީގޭ، އަލީ ފަހުމީ އާއި އެރަށު ޓޮޕާޒް މަޔާމީން އަލީއެވެ.

އެ ކުދިން ގެއްލުމާއިއެކު ކުދިން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ކޮށްފައިވާއިރު، ވައިގެ މަގުންނާއި ކަނޑުގެ މަގުން އަދި ޑައިވް ކޮށްގެންވެސް ކުދިން ފެނޭތޯ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

މި ކުދިން ގެއްލުނުތާ ތިން ދުވަސްވީފަހުން، އެކުދިން މޫދަށް ގެއްލުނު ސަރަޙައްދާއި ދުރުން، ހިތަދޫ ފްލެޓްތައް ހުންނަ ސަރަހައްދުން އަލީ ފަހުމީ މޫދަށް ފޭބިއިރު ލައިގެން ހުރި ސޯޓު ވަނީ ފެނިފައެވެ.

އަލީ އާއި މަޔާމީން ގެއްލުނީ، އެ ސަރަޙައްދުގެ މޫދު ރީތިކޮށް އޮވެފައި ކުއްލިއަކަށް ރާޅު ބޮޑުވެ އޮއި ބާރުވުމުގެ ސަބަބުން ސަލާމަތްވާން މަސައްކަތް ކުރަމުންދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަޓްޑޫޔޫ

    ގެއްލުނު ކުދިން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން ކަމަށް ވިނަމަވެސް ދެން ތިޔާ ދެކުދިން ނުފެންނާނެއޭ. ތިޔާއީ ދަ ރާއްޖެތެރޭ ސެލްފިޝް މީހުން އުޅޭ ހިސާބެއް ކަމުން ތިޔާ ދެކުދިން ބެހިގެން ގެއްލުނީ ސަބަބަކީ އެ ދެކުދިން ފުއްޓަރުގެ ރާޅު ތަކުގެ ތެރެއާ ލައިގެން އޮޅާލައިގެން އެކުދިން ކަނޑުގެ ބިޔަ ރާޅު ތަކުގެ ތެރެއަށް ގެންދިޔަ އިރު ވެސް އެއް ގަމުގައި ތިބި މީހުން އެކުދިންނަށް އެހީގެ އަތެއް ވެސް ދިއްކޮށް ނުލިއޭ މީ ދަ ރާއްޖެތެރޭ އާލާތުންގެ ގޮތޭ އެއްވެސް ރަހުމެއް ނުހުންނާނެއޭ އެދެ ކުދިން ފެންނާނެއޭ މަމެން ނުބުނާނަމޭ ބުއްދީގެ ހަމަތަކުން އެދެކުދިން ނުފެންނާނެއޭ. އޯއް އޯއް ބެޓަރ މޭކް އަޕް ޔުއަރ މައިންޑް ޑޯން ނޯ އިފް ޔޫ އާރ ހެޕީ އޯރ ޔޫއާރ ކޮމްޕްލެއިނިންގް ޑޯން ވޮނާ ކެއަރ އޮން ދެޓް ވޮނާ އާރގިއު ޔޫ އޮން ޔުއަރ ޕީޕަލް އެޓިޓިއުޑް އެން ބިހޭވިއަރ. އޯއް ވަޓް ޑޫ ޔޫ މީން އޯއް އޯއް ވަޓް ޑޫ ޔޫ މީން. ޔޫ އާރ ޓްރައިންގް ޓު ކޮމްޕްރޮމައިޒް އޯއް އައި ރިއަލީ ވޮނާ ނޯ ވަޓް ޑޫ ޔޫ މީން އޮން ދިސް ވަޓް ޑޫ ޔޫ މީން ވަޓް ޑޫ ޔޫ މީން ވަޓް ޑޫ ޔޫ މީން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...