ރާއްޖޭގައި ހަގީގީ އިސްލާމީ ޝަރީއަތް ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވުމުން އެމްޑީޕީގެ ބައެއް މެމްބަރުން ނުރުހުން ފާޅުކުރެއްވުމުން ޒުވާބަކަށް ބަދަލުވެއްޖެއެވެ.

މޮސްޓާ އެގޮތަށް ވިދާޅުވީ، ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) މަޖިލިހުގައި ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ނިޒާމީ ނުކުތާ ނަންގަވައި މެމްބަރު ހަލީމަށް ރައްދު ދެއްވަމުންނެވެ.

ހަލީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަރަށް ބޮޑެތި ވައްކަން ހިނގައި ދިޔަ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

" ކުރީގައި ފެންނަނީ ދަވާދު ދަޅެއް. ކޮންމެވެސް ސަތަރި ރޯލެއް ވަގަށް ނަގައިގެން މީހަކު އަރުވާލާ މަންޒަރު. މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ ހިސާބު އަކުރުން ވެސް ކިޔާލަންވެސް ނޭނގޭ ވަރުގެ ބޮޑެތި ޖުމްލަތަކުން ވައްކަން ކޮށްގެން ދިޔަތަން. 3.5 ބިލިއަން ރުފިޔާ މިއީ އާންމު ދިވެއްސަކަށް އަނެއްހެން ކިޔާލަން ވެސް އުނދަގޫ އަދަދެއް،" ހަލީމް ވިދާޅުވިއެވެ.

އެފަދަ ބޮޑެތި ވައްކަން ކުރުމުން އަދަބު ދިނުމުގައި ރާއްޖެއިން މިހާރު އަމަލު ކުރަނީ ކުރިއަރާފައިވާ އެހެނިހެން ގައުމުތަކާއި އެއްގޮތަށް ކަމަށް ހަލީމް ވިދާޅުވިއެވެ. އަދި ކުރީގެ ނައިބު ރައީސް އަދީބުއާ އެކު ދައުލަތުން ވި އެއްބަސްވުމަކީ އެފަދަ ޒަމާނީ އުސޫލުތަކާ އެއްގޮތަށް ވެފައިވާ އެއްބަސްވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ސައުދީ އަރަބިއްޔާގައި އޮންނަ ފަދަ އިސްލާމީ ޝަރީއަތެއް ރާއްޖޭގައި ހިންގައިފި ނަމަ، ބޮޑެތި ވައްކަން ކުރާ މީހުންގެ އަތާ ފައި ނުހުންނާނެ ކަމަށް ހަލީމް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި އެ އުސޫލުން އަމަލު ނުކުރާ އިރު އަދީބު އާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރުސީގެ ފައިސާގެ ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވި މީހުން އެނގޭ ނަމަ އެ ފަދަ އެއްބަސްވުމެއްގެ ފާއިދާ ބޮޑު ކަމަށާއި އެ މައްސަލަ ހިނގައި ދިޔަ ގޮތް ބެލުމަށްޓަކައި އެއީ މުހިންމު ފިޔަވަޅެއް ކަމަށް ހަލީމް ފާހަގަ ކުރެއްވިއެވެ.

ހަލީމް އެގޮތަށް ވިދާޅުވުމުން މޮސްޓާ ވިދާޅުވީ، ރާއްޖޭގައި އިސްލާމީ ޝަރީއަތް ނެތް ކަމީ ނަސީބެއް ކަމަށެވެ.

" ނަސީބެއް މިތާ އިސްލާމީ ޝަރީއަތް ނޯންނަކަން. އޮންނަ ނަމަ ބިލެތްދޫ ދާއިރާ މެމްބަރުމެން މިތާ ފެންނާކަށް ނުތިބޭނެ. އަޅުގަނޑު އުފާކުރަން މިތާ އިސްލާމީ ޝަރީއަތް ނެތީތީ މިއަދު." މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާގެ އެ ވާހަކަތަކަށް ފަހު ހަލީމަށް ވާހަކަ ކުރިއަށް ގެންދަން ފުރުސަތު ދެއްވުމުގެ ކުރިން އެ ވަގުތު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މޮސްޓާ އަށް ނުސީދާކޮށް ރައްދު ދެއްވައިފައެވެ.

" އިއްޒަތްތެރި މެމްބަރުން އަޅުގަނޑު މި އިންނަނީ މިތާ ހައިރާންކަން މަތީގައި. މިއީ އަދި އަޅުގަނޑު ހަޔާތުގައި ފެނުނު ތަނެއް ނޫން. އެހެންވީމަ ދެން އަޅުގަނޑު މިއިނީ އިހަށް މަޑުކޮށްލައިގެން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅަށް ފަހު މެމްބަރު ހަލީމަށް ފުރުސަތު ދިނުމުގެ ކުރިން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޢުނީ ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައިފައެވެ.

އޭނާ ވަނީ ރާއްޖޭގެ ދީނަކީ އިސްލާމް ދީންކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިރު ރާއްޖޭގައި ހިނގަމުން ދަނީ އިސްލާމީ ޝަރީއަތްކަމަށެވެ.

އަދި މަޖިލީހުގެ މެމްބަރަކު ތެދުވެ، ރާއްޖޭގައި އިސްލާމީ ޝަރީއަތް ނެތް ކަމަށް ބުނުމަކީ އެކަމާއި ހިތާމަކޮށް، ލަދު ގަންނަން ޖެހޭ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުޢުނީ ވަނީ މޮސްޓާ މައާފަށް އެދުމަށް ވެސް ގޮވާލައްވައިފައެވެ.

ހަލީމަށް އަލުން ވާހަކަ ކުރިއަށް ގެންދަން ފުރުސަތު ދިނުމުން އޭނާ ވިދާޅުވީ، މޮސްޓާ ރާއްޖޭގައި އިސްލާމީ ޝަރީއަތް ނުހިނގާ ކަމަށް ވިދާޅުވީ އޮޅިވަޑައިގެން ކަމަށް ވިދާޅުވެފައެވެ.

އެ ހިސާބުން ދެވަނަ ފަހަރަށް ނިޒާމީ ނުކުތާއެއް ނަންގަވާ މޮސްޓާ ވަނީ އޭނާ ދެއްކެވި ވާހަކަތައް ދިފާއު ކުރައްވާފައެވެ.

" އަޅުގަނޑު މިދަންނަވާ އެއްޗަކީ މިތާގައި އިސްލާމީ ޝަރީއަތެއް އޮތް ނަމަ އަހުމަދު ހަލީމު މިތާކު ނުހުންނާނެއޭ،" މޮސްޓާ ވިދާލުވިއެވެ.

މޮސްޓާގެ ވާހަކަ ހުއްޓުވުމަށް ފަހު ރައީސް ނަޝީދު ވަނީ އެ ވާހަކަތަކަށް ފުރުސަތު ދެވެން ނެތް ކަމަށް ވިދާޅުވެފައެވެ.

" މިތަނުގައި އޮންނަނީ އިސްލާމީ ޝަރީއަތް އިނގޭތޯ. ތި މައުޟޫގައި ތި ބަހުސްއެއް ކުރިއަކަށް ނުގެންދެވޭނެ. އިއްޒަތްތެރި މެމްބަރު ޤާނޫނުއަސާސީ ބައްލަވާލައްވާ މިތަނުގައި މިއޮތީ އިސްލާމީ ޝަރީއަތް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ސަވާދު

    މޮސްޓާ އެ ބުނީ ދެތެއް. މީ ރާއްޖޭގައި އިސްލާމީ ޝަރީޢަތުގެ ބަދަލުގައި ފެހި ޤާނޫނު އަސާސީ އަށް އަމަލުކުރަނީ.
    މައްކާގެ މުޝްރިކުންނާއި އަހަރުމެންނާއި ހުރި ތަފާތަކީ ކޮބަތޯއެވެ. މުޝްރިކުން ﷲ ސުބުޙާނަހޫ ވަތަޢާ އުޑުތަކާއި ބިން ހެއްދެވި ކަމަށް ޤަބޫލުކުރި ކަމުގައިވިޔަސް، އަޅުކަން ކުރުމުގައި އެއްކައުވަންތަ ނުކުރުމުގެ ސަބަބުން އެބައިމީހުންވީ ނަރަކައަށް ވަންނަން ޖެހުނު ބައެއް ކަމުގައެވެ. ހަމަ އެފަދައިން އަހަރުމެން ވެސް ޝަހާދަތް ދުލުން ކިޔުމަށްފަހު އޭގެ ރުކުންތަކައި ވަޖިބުތަކަށް އަމަލުކުރުން ދޫކޮއްލުމުގެ ސަބަބުން ތައުހީދުގެ  އުލޫހިއްޔަތުގައި އެބަ ޝިރުކުކުރަމުއެވެ.
    ﷲ ސުބުޙާނަހޫ ވަތަޢާލާ 07 އުޑުމަތީން ބާވައިލެއްވި ޝަރީއަތް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވޯޓު ދިނުމަކީ ﷲ ޝަރީއަތް ބަދަލުކުރުމަށް އެމީހުންނަށް ވެވޭ އެހީތެރިކަމެކެވެ. އެއީ އެނގިހުރެ ވިޔަސް އަދި ނޭނގި ނަމަވެސް މީހާ ކުފުރުވާ ފަދަ އަމަލެކެވެ. ނޭގުމަކީ އުޒުރެއް ނޫނެވެ. އެކަލާނގެ ވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވައި ޤުރުއާން ބާވައިލައްވާ ޝަރީއަތް ފުރިހަމަ ކުރައްވާފައެވެ. އެހެންކަމުން ނޭގުމަކީ އެމީހާ އެ ކުރި ކުށަކުން ސަލާމަތްވާން އޮތް ހުއްޖަތެއް ނޫނެވެ. އެންމެ ފުރަތަމަ ވެސް ހޯދަން ޖެހޭ އިލްމަކީ ތަޢުހީދެވެ.

    އެންމެ ބޮޑުވެގެންވާ ފާފައަކީ ﷲ ޝިރުކު ކުރުމުގެ ފާފައެވެ. އެއީ ﷲއާއި އެއްޗެއް ބައިވެރިކުރުމެވެ. ޝަރީކުކުރުމެވެ. އެއްވެސް ގޮތަކަށް ޝިރުކުކޮށްފިނަމަ އެހާލުގައި ހުރެ މަރުވެއްޖެނަމަ އެމީހެއްގެ ކިބައިން އެކަން ނުފުއްސެވޭނެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.
    (إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ، وَمَن يُشْرِكْ بِاللَّـهِ فَقَدْ ضَلَّ ضَلَالًا بَعِيدًا) سورة النساء 116.

    100
    1
  2. ޝަރިޔާ

    ﷲ ވަޙީ ކުރައްވާފައިވަނީ:
    މާނައީ: "އަދި الله ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާމީހާ ދަންނާށެވެ!  ފަހެ، އެއުރެން އެއީ
    ހަމަ ކާފަރުންނެވެ."

    އަދިވެސް  ވަޙީކުރައްވާފައިވެއެވެ. މާނައީ: "އަދި ތިޔަބައިމީހުން އެކަމަކާމެދުގައި ޚިލާފުވާ ކޮންމެ ކަމެއްގެ ޙުކުމް ކުރެއްވުންވަނީ، الله އަށެވެ. އެއީ الله އެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެއަށް ތިމަންކަލޭގެފާނު ވަކީލުކުރައްވައިފީމެވެ. އަދި ތައުބާވަނީ ހަމައެކަލާނގެ ޙަޟްރަތަށެވެ."

    އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.
    މާނައީ: "ނުވަތަ الله އިޛްނަ ދެއްވާފައިނުވާ ދީނެއް، އެއުރެންނަށް، ޝަރުޢުކޮށް ކަނޑައަޅައިދިން ޝަރީކުންތަކެއް އެއުރެންނަށް ވޭހެއްޔެވެ؟

    އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.
    މާނައީ: "އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި
    ވަޙީކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ޙުކުމްވެރި ކޮށްފުމަށް ދާންދެން، އެއުރެން އީމާނެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން އެ ނިޔާއަށްފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ."

    80
    1
  3. ރައްޔިތުމީހާ

    މުޙައްމަދު ނަޝީދު ކަލޭގެ ތި ނަޖިސް އަނގައިން މި ރާއްޖޭގައި އޮތީ އިސްލާމީ ޝަރީޢަތޭ ބުނާއިރު ﷲ ބާވައިލެއްވި ކޮން ހުކުމް ފުޅަކަށް ތޯ ހުކުންކުރަނީ؟ ކަލޭމެންގެ އަމިއްލަ އަތްތަކުން ﷲ ބާވައިލެއްވި ހުކުމްފުޅުތައް ބަދަލުކުރުމުގެ ހުއްދަ ދެއްވީ ކޮން ފަރާތަކުން ތޯ؟
    ﷲ ވަޙީކުރައްވާފައިވެއެވެ.
    މާނައީ: "ނުވަތަ الله އިޛްނަ ދެއްވާފައިނުވާ ދީނެއް، އެއުރެންނަށް، ޝަރުޢުކޮށް ކަނޑައަޅައިދިން ޝަރީކުންތަކެއް އެއުރެންނަށް ވޭހެއްޔެވެ؟
    އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.
    މާނައީ: "އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި
    ވަޙީކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ޙުކުމްވެރި ކޮށްފުމަށް ދާންދެން، އެއުރެން އީމާނެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން އެ ނިޔާއަށްފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ."

    82
    1
    • މޯލްޑިވިޔަން

      ކޮން ހުކުމެއް ތޯ ނަށީދު ބަދަލު ކު ރީ

      2
      43
  4. Anonymous

    މުޙައްމަދު ނަޝީދު ކަލޭގެ ތި ނަޖިސް އަނގައިން މި ރާއްޖޭގައި އޮތީ އިސްލާމީ ޝަރީޢަތޭ ބުނާއިރު ﷲ ބާވައިލެއްވި ކޮން ހުކުމް ފުޅަކަށް ތޯ އަމަލުކުރަނީ. ކަލޭމެންގެ އަމިއްލަ އަތްތަކުން ﷲ ބާވައިލެއްވި ހުކުމްފުޅުތައް ބަދަލުކުރުމުގެ ހުއްދަ ދެއްވީ ކޮން ފަރާތަކުން ތޯ؟
    ﷲ ވަޙީކުރައްވާފައިވެއެވެ.
    މާނައީ: "ނުވަތަ الله އިޛްނަ ދެއްވާފައިނުވާ ދީނެއް، އެއުރެންނަށް، ޝަރުޢުކޮށް ކަނޑައަޅައިދިން ޝަރީކުންތަކެއް އެއުރެންނަށް ވޭހެއްޔެވެ؟
    އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.
    މާނައީ: "އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި
    ވަޙީކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ޙުކުމްވެރި ކޮށްފުމަށް ދާންދެން، އެއުރެން އީމާނެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން އެ ނިޔާއަށްފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ."

    76
    1
  5. ހަސަން

    ގަބޫލް ކުރިޔަސް ނުކުރިޔަސް ރާއްޖޭގަ އޮތީ އިސްލާމީ ޝަރީއަތެއް ނޫން. ބަޔަކު މީހުން ބޭނުންވި ގޮތެއް ބޫނުންވާ ގޮތަކަށް ހަދާފަ އޮތް ގާނޫނެއް މިތާ އޮތީ

    64
    1
  6. އެމަންޖެ

    މިގައުމުގަ އިސްލާމީ ސަރީޔަތް ހިންގަން މަސައްކަތް ކުރަނީ ކެނެރީގޭ ނަސީދު އެވެސް ހިނދުކޮޅު އައުމުން.

    30
    2
  7. ހުސެން

    އިސްލާމީ ޟަރިއަތެއް އޮތް ކަމަކު އެޔަކަށް އަމަލު ނުކޮށް ހުޅަނގުގެ ޤާނޫނު ގެނެސް އިސްލާމީ ޟަރީއަތް ފޮހެލަން އުޅޭ އެމްޑީއެން އާއި އުތެމަގެ އަޑީއެމްޑީޕީ ދައުލަތެއް މިއޮތީ މިހާރު

    47
    1
  8. Anonymous

    ކަލޭމެން ހީކުރަނީ އިސްލާމީ ޝަރީޢަތަކީ ނަމާދުކުރުމާއި ރޯދަ ހިފުން އެކަނި ކަމައްތަ. މިހާރުވެސް ތިކުރާކަމަކީ އިސްލާމީ ޝަރީޢަތާއި ޚިލާފަށް ހެދިފައިވާ ވަޟަޢީ ޤާނޫނެއްގެ ދަށުން އިޖްރާއީ ގޮތުން އެ މައްސަލަ ކުރިއަށްގެންދެވެން ނެތްކަމަށްބުނެ ފަނޑިޔާރުކުރި ހުކުމް ކަމުނުގޮސްގެން ތި އުޅެނީ. އެ ޤާނޫނު ހެދީވެސް މަޖިލީހުންނޭ. ދެން ގޯސްވީ ޤާޟީ. އަމިއްލަ ނަފްސުކުށްވެރިކޮށްބަލަ. ﷲގެ ޝަރީޢަތް ދޫކޮށް އަމިއްލަ ހަދާ ޤާނޫނުތަކިގައި ހަމަނުޖެހޭ ަަަަަ އެތައަކަމެއް ހުންނާތީ އަދީބު ދޫވީ. ޝަރީޢަތަށް ނުފޫޒު ފޯރުވުމަކީވެސް އިސްލާމީ ޝަރީޢަތާއި ޚިލާފުކަމެއް. އަޞްލުތަކަށް ގޮންޖަހާ ވާހަކަ ދައްކަނީވެސް އ.ޝަރީޢަތާއި ޚިލާފަށް އަދި އެއީ ދީނުން ބޭރުވާނެކަމެއް

    42
    1
    • މޯލްޑިވިޔަން

      އިސްލާމީ ސަޜީއަތުން އަދީބު އަށް އަދަބު ދޭނީ ކިހިނެއްބާ؟؟؟؟????

      15
      6
      • Anonymous

        ޤަމާރު. އިސްލާމީ ޝަރީޢަތުގައި ވައްކަން ކުރި މީހާ އެ ވައްކަން ކުރި ކަން ސާބިތު ވެއްޖެ ނަމަ އަތް ކަޑަން އޮންނަކަން ނޭނގޭތަ؟ ރާއްޖެއިން އަތް ކެޑުމުގެ ބަދަލުގައި ޖޫރިމަނާ، ޖަލަށް ލުން ، ކޮންމެވެސް އެހެން ވަޞަޢީ ހުކުމެއް ކުރަނީ.

        30
        1
  9. ރަބަރޭ

    ގުރޭޑް 4 ކުންފާސް ނުވެގެން ކަނޑާލުމުން އޮއްގާ ދަނޑު ތަކުގާއި ފުޓްބޯޅަކުޅެން އުޅެ މުސްކުޅިވުމުން ހިސާބުގެ ބޮޑެތި އަދަދުތަށް ނޭގޭނެކަން މަމެންވެސް ދަންނަން

    44
    1
  10. މގޭ ހިޔާލު

    ޚަބަރުދާރެވެ! ހަމަކަށަވަރުން، ޙުކުމްވަނީ ﷲ އަށް އެކަންޏެވެ. އަދި ﷲ ތަޢާލާގެ ޙުކުމްގައި އެއިލާހު އެއްވެސް މީހަކަށް ބައެއް ނާޅުއްވައެވެ. އެހެނެއްކަމަކު، ޙުކުމަކީ ﷲ އަށް ޚާއްސަވެގެންވާ ކަމެކެވެ. ﷲ ގެ ޙުކުމް ދޫކޮށްލާ މީހާ ނުވަތަ ﷲ ގެ ޙުކުމުގެ ބަދަލުގައި ޙުކުމް ޝަރުޢުކުރާމީހާ ނުވަތަ ﷲ ގެ ޙުކުމުގެ ބަދަލުގައި މީސްތަކުން ހަދާފައިވާ ޙުކުމަށް ޙުކުމް ކުރާމީހާގެ މުރުތައްދުކަމާއި ކާފަރުކަމުގެ މަށްޗަށް އަހުލުލް ސުންނަތް ވަނީ އިޖުމާޢުވެގެންނެވެ. އަދި އެފަދައިން ޙުކުމްކުރާ ތަނަކަށް ޙުކުމް ހުށައެޅުމަކީ ނުވަތަ އެފަދައިން ޙުކުމްކުރާ މީހެއްގެ ގާތަށް ޙުކުމް ކުރަން ދިޔުމަކީ ކާފަރުވެ ދީނުންބޭރުވާ ކަމެއްކަމަށް އަހުލުލް ސުންނަތް އެއްބަސްވެގެންވެއެވެ.

    ފަހެ އިބްނު ބާޒްވެސް ވިދާޅުވިއެވެ:

    ” ﷲ އާއި އެއިލާހުގެ ރަސޫލާގެ ޙުކުމަށްވުރެ މީސްތަކުންގެ ޙުކުމާއި ޚިޔާލު މަތިވެގެންވާ ކަމަށް ނުވަތަ ﷲ އާއި އެއިލާހުގެ ރަސޫލާގެ ޙުކުމާއި އެއްވަރުވެގެން ވާކަމަށް ނުވަތަ ވައްތަރުވެގެން ވާކަމަށް ދެކޭމީހާގެ އީމާންކަމެއް ނުވެއެވެ. ނުވަތަ ﷲ އާއި އެއިލާހުގެ ރަސޫލާގެ ޙުކުމް ދޫކޮށްލާމީހާ ނުވަތަ މީސްތަކުން ހަދާފައިވާ ޙުކުމްތަކުން އަދި ޤާނޫނުތަކުން ﷲ އާއި އެއިލާހުގެ ރަސޫލާގެ ޙުކުމްތައް އެކަހެރިކޮށްލާމީހާ، އުވާލާމީހާގެ އީމާންކަމެއް ނުވެއެވެ. އެއީ ﷲ ތަޢާލާގެ ޙުކުމްތަކަކީ މާފުރިހަމަ، އަދި މާޢަދުލުވެރި ޙުކުމްތަކެއް ކަމުގައި އޭނާ ޤަބޫލުކުރިކަމުގައި ވިޔަސްމެއެވެ.”

    ﷲ ވަޙީކުރައްވާފައިވެއެވެ.
    މާނައީ: "އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި
    ވަޙީކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ޙުކުމްވެރި ކޮށްފުމަށް ދާންދެން، އެއުރެން އީމާނެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން އެ ނިޔާއަށްފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ." މި އަޔަތުގައި މިއޮތީ ފެހި ޤާނޫނު އަސާސީ އިން ހުކުމް ހޯދާ ވާހަކަ ތޯ ނޫނީ ކީރިތި ޤުރުއާނާއި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ހުކުމް ހޯދާ ވާހަކަ ތޯ؟

    29
    1
  11. ބުއްޅަބެ

    މިތިބަ ނުބައި ޝައިތާނުންނަށް ﷲގެ ކޯފާއެއް މަތިކުރުވިޔަސް، ބުނާނެ އެއީ، އެކަމެއް ނޫނޭ.

    43
    1
  12. ކޮވިޑް

    މިރައްޔިތުން މަޖިލީހުގައި މިތިބަ އެމްޑިޕީ ބުރާތިންނަށް މިތާ މިހިރަ މުހިއްމު ކޮމެންޓުތައް ފެނޭބާވައެވެ؟ މިނުބައި ޖާހިލުން ގެންނަން ވޯޓުދިން ފަރާތްތަކުގެ ނުބައިކަމާއެވެ.

    47
    1
  13. ޝަރީއަތްވވވވ

    ރާއްޖޭގައިވެސް ސައުދީގައިވެސް ނެތް ހަގީގީ އިސްލާމީ ޝަރީއަތެއް. ސައުދީގައި އޮތީ ސައުދީ އާއިލާގެ ޝަރީއަތް. ރާއްޖޭގައި އޮތީ ހުޅަނގުގެ ގިނަ ޝަރީއަތްތަކާއި އިސްލާމީ ބައެއް ޝަރީއަތް ހިމެނޭ ޝަރީއަތެއް. އައިސިސް (ދައޭޝް)ގެ ޝަރީއަތަކީ ވަލު ޖަނަވާރުންގެ ޝަރީއަތެއް. އެއްވެސް ހާލެއްގައި އެމީހުންގެ ހަލީފާކަމާއި/ޝަރީއަތާއި އިސްލާމްދީނާއި ކިތަންމެވަރަކަށް ގުޅުވަން އުޅުނަސް ނުގުޅުވޭނެ.
    ހަގީގީ އިސްލާމީ ޝަރީއަތާއި އެންމެ ގާތް ޝަރީއަތް އޮތީ އުސްމާނީ ދައުލަތުގައި. އެދައުލަތް ވެއްޓެން މެދުވެރިވީ ނާގާބިލް ވެރިން އައްޔަންކޮށް ދީނާއި ސިޔާސަތު ވަކިކޮށް ސެކިޔުލަރ ޝަރީއަތްތައް ތަންފީޒުކުރަން ފެށުމުން. އުސްމާނީ ދައުލަތަށް ފަހު އިސްލާމީ ގައުމުތަކުގައި ވެރިކަން ކުރަނީ ހުޅަނގުގެ ސިސްޓަަމަށް ނޫނީ އާއިލީ ވެރިކަން. ސައުދީގައި ވަނީ އާއިލީ ވެރިކަމެއް. އެއްވެސް ހާލެއްގައި ސައުދީ ނުބައޭ ނުބުނަން. އެކަމަކު ސައުދީން އެމެރިކާގެ އެހީއާ އެކު ޔަމަނަށް ފުރައްސާރަކޮށް ފަލަސްތީން ފަދަ ގައުމުތަކަށް އެހީ ނުވަނީ ހަގީގީ އިސްލާމީ ޝަރީއަތް އޮންނަ ގައުމަކަށް ނުވުމުން. މުސްލިމް އަހުންނަށް ވުރެ މުދަލާއި ވެރިކަން މާ މުހިންމީ.

    26
    1
    • ކަލޭ

      ކަލެޔަށް އިންގޭތަ އުސްމާނީ ޚިލާަފަތޭ ތިބުނާ ބައެއްގެ ހަގީގަތް؟ ކަލޭ އައިސިސްގަ އިސްލާމީ ޝަރީއަތެއް ނޫނޭތިޔަ ބުނަނީ ކޮން ހުއްޖަތެއް އޮވެގެންތަ؟

      3
      26
      • އަހަރެން

        ޓެރޮރިސްޓުންނަކަށް ނޭނގޭނެ ދައެޝް (އައިސިސް)ގެ ޝަރީއަތާއި އިސްލާމީ ޝަރީއަތް ވަކިކުރަން. ޓެރޮރިސްޓުންނަށް އެނގޭނީ ހަމައެކަނި އިސްލާމްދީނޭ ކިޔައިގެން މުސްލިމުން ގަތުލުކުރަން. ދައެޝްއަކީ ދީނުގެ އިލްމެއް ނެތް ޖާހިލުންތަކެއް. މިސާލަކަށް ސީރިޔާއަކީ ޝިއީން ވެރިކަން ކުރާ ގައުމެއް. އީރާނާއި އިރާގަކީވެސް ޝިއީން ވެރިކަންކުރާ ދެގައުމު. މިހާ ހިސާބަށް އައި އިރު ޝިޢީންނަކީ މުސްލިމުން ނޫންކަމަށް ސައުދީއިންނާއި އެހެން މުސްލިމް ގައުމުތަކުން ކަޑަނޭޅީ ކީއްވެގެންތޯ؟ ވެރިޔަކީ މުސްލިމަކަށް ވަންޏާ ރައްޔިތުންނަކަށް ޑިމޮކްރަސީއޭ އެއްޗެކޭ ކިޔައިގެން ބަޢާވަތެއް ނުކުރެވޭނެ. އައިސިސް މިވަނީ މިގޮތަށް ބަޢާވާތްކޮށް މުޅި މެދުއިރުމަތި ގޯސްކޮށް އިސްލާމްދީނުގެ ނަން ކިލަނބުކޮށްފަ. އައިސިސްގެ ސަބަބުން ފައިދާވީ ހަމައެކަނި އެމެރިކާއަށާއި ހުޅަނގުގެ ގައުމުތަކަށް.

        3
        1
  14. Anonymous

    " މިތަނުގައި އޮންނަނީ އިސްލާމީ ޝަރީއަތް އިނގޭތޯ. ތި މައުޟޫގައި ތި ބަހުސްއެއް ކުރިއަކަށް ނުގެންދެވޭނެ. އިއްޒަތްތެރި މެމްބަރު ޤާނޫނުއަސާސީ ބައްލަވާލައްވާ މިތަނުގައި މިއޮތީ އިސްލާމީ ޝަރީއަތް." ރައީސް ނަޝީދު ވިދާޅުވިއެވެ.
    މީދެން ޖޯކެއްތަ..... ޜާއްޖޭގަ އޮތީ އިސްލާމީ ޝަރީއަތް... އެކަމަކު އަމަލު ކުރަން ޖެހެނީ ގާނޫނު އަސާސީއަށް.... ނޮއިސް....

    28
  15. ޖަމަލު

    ހަގީ ގަތެއް ރާއްޖޭގައި އިސްލާމީ ޝަރީއަތެއް ނުހިނގާ ރާއްޖޭގައި ހިނގަނީ އަންނިގެނައި ގޮނޑިދުއްވާ ހުޅަނގުގެ ޝަރީއަތް މިއީ މުޅިރާއްޖޭގެ ރަށްޔަތުން ގަބޫލުކުރާނެ ކަމެއް ގަބޫލުނުކުރާނީ އެމްޑީޕީގެ ލާދީނީ ޖަމާއަތުގެ މީހުން މީ އަޅެދޮގެއްނޫންތޯ.

    25
  16. މާލޭ ސިޓީ ރައްޔިތުމީހާ

    މާތް ﷲ 07 އުޑުމަތީން ބާވައިލެއްވި ޝަރީއަތުގައިވާ ހުކުމްތައް ބަދަލުކޮށް ވަޞަޢީ ޤާނޫން ހަދާ ބަޔަކީ އެއީ ﷲ ގެ އިލަހުވަންތަކަމަށް އަރައިގަންނަ ބައެއް. އެއީ އަންނިޔަކަސް ޝާހިދަކަސް ޤާސިމަކަސް. އެއީ ތޯޢޫތުން ހަމަ މުރުތައްދުން. ސާފު ވެއްޖެތަ.

    21
  17. ހަސަން

    އަޅުގަނޑު އުފާކުރަން މިތާ އިސްލާމީ ޝަރީއަތް ނެތީތީ މިއަދު." މޮސްޓާ ވިދާޅުވިއެވެ. މި އަނެއްކާ މުސްލިމެއްބާ؟ މިކަންކީވެބާ؟ ފަލަސުރުހީއަށް ނޭރީ

    4
    9
    • ފަލަ ސުރުޚީ އަށް ނޭރި އެކަމަކު އުފާވާ ސަބަބު

      " އަޅުގަނޑު މިދަންނަވާ އެއްޗަކީ މިތާގައި އިސްލާމީ ޝަރީއަތެއް އޮތް ނަމަ އަހުމަދު ހަލީމު މިތާކު ނުހުންނާނެއޭ،" މޮސްޓާ ވިދާޅުވިއެވެ.

  18. Anonymous

    މޮސްޓަރ އެ ބުނީ ހަމަ ރަނގަޅައް.މިގައުމުގަ އޮތީ ވަޞުއީ ގާނޫނެއް. ޢިސްލާމީ ޝަރިއްޔާ އެއް ނެތް. ޥާނުވާ ނޭގޭ ލާދީނީ މީހުނަކައް ވަޞުއީ ގާނޫނާއި އިސްލާމީ ޝަރިއްޔާ ވަކިކުރަން ނޭގުމަކީ ދެރަކަމެއް ލަދުގަންނަން ޖެހޭ ކަމެއް.

    20
  19. އަހްމަދު

    މިތަނުގައި އޮތީ އިސްލާމީ ޝަރީޢަތޭ އެބަކިޔަ.. އެބަ ލިޔެ.. އަދި ހަގީގަތަކީ އިސްލާމީ ޝަރީއަތް މިތާ ގާއިމު ނުކުރާކަން. ހިތާމައަކީވެސް އިސްލާމީ ޝަރީއަތް މިތާ ގާއިމު ނުކުރާކަން. ބޮޑެތި ކުށްތައް، ބޮޑެތި ފާފަތައް ޖެހިލުމެއްނެތި ކުރުމާ، މިކަންކަން ކުރާ މީހުން ތަކުރާރުކޮށް ކުރަނީވެސް ހަމަ އިސްލާމީ ޝަރީއަތް މިތާ ގާއިމުވެފަ ނެތީމަ.
    އިސްލާމީ ޝަރީއަތް ގާއިމު ކޮށް ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހާ މުއައްސަސާ ތަކަށް އިލްތިމާސް ކޮށް ނަސޭހަތްތެރިވަން. މި ގައުމު ހަމަ މަގަށް އަޅުވާ ދެދުނިޔޭގެ ކާމިޔާބު ލިބުން އޮތީ އެކަލާންގެ الله تعالى އެންގެވި ގޮތަށް ތަބަޢަ ވެ އެއާ އެއްގޮތަށް ޢަމަލުތައް ބަހައްޓައިގެން.

    17
  20. މިސާލެއް

    އިސްލާމީ ޝަރީޢަތް ހިނގާނަމަ މަޖްލިސްގެ ނައިބު ރައީސް ހުންނާނީ ޝަރީޢަތުގައި އަންގަވާފައިވާ ހެދުމެއްގައި އަދި އެންމެފަހުން މިދެކެވުނު ވާހަކަތަކެއް ނުދެކެވޭނެ.

    20
  21. ޙަސަނާ

    މިތާގަ އިސްލާމީ ސަރީއާ ހިގާނަމަ މަނިކުފާނާ މަނިކުފާނުގެ ކޮއްކޮ އަކައްތިޔަގޮޑިތަކުގަ މިއަދަކު ނުއިދެވުނީސް އިގިލައްވާތޯ ﷲޢާއި ރަސޫލާ އައްފުރައްސާރަކުރުމަކީ ދީނުގަކިހާވަރެއްގެ ކަމެއްކަން ..

    24
  22. Anonymous

    ދިވެހީން ބޭނުންވަނީ އިސްލާމީ ޝަރީޢަތް މި ރާއްޖޭގައި ޤާއިމްކުރަން.

    ރައްޔިތުން މަޖިލީސް މިހާރުން މިހާރަށް އުވާލާ އެއީ މާތް ﷲ ގެ ހުކުމްފުޅުގެ މައްޗަށް ވަޟަޢީ ޤާނޫނު ހަދާ ތަނެއް. ތޯޢޫތުންގެ ކިއްލައެއް. އިސްލާމީ ޝަރީޢަތަށް ފުރައްސާރަ ކުރާ ކޮއްޓެއް

    16
  23. ށުކުރު

    އައްނި އޭ ކިޔައިގެން ސުރުހީ ތައް ލިޔެގެން އެއަށް ކޮމެންޓް ކުރާ މީހުން މަދު ކަން އުފަލާ އެކު ފަހަގަކުރަން.. މި މުޖުތަމައު އިން އޭނަ ބާކީ ވާ ތަން މި ފެންނަނީ،.

    13
  24. އެލެކްސް

    މި ނަޝީދަކީ މީ ކާކު އިސްލާމީ ޝަރީޢަތޭ ކިޔާގެން އަނގަ ފުޅާކުރަން..މީނަ މީ ފާޅުގަ އިސްލާމީ ޝަރީޢަތާ ދިމާ އިދިކޮޅަށް އެތެރޭގައާއި ބޭރުގައި ވާހަކަ ދައްކާފަވާ އިސްލާމީ ޝަރީޢަތާއި ޢަދާވަތްތެރި އެތައް ބަޔެއްގެ ފަސްބައިގައި އެލިގަނެގެން އުޅޭ މީހެއް. މިތާނގެ ޤާނުނުތައް އިސްލާމީ ޝަރީޢަތާ ދިމާ އިދިކޮޅަށް ބަދަލު ކުރުމަށް ފޫގަޅާފަ މަސައްކަތް ކުރަމުން ދިވެހި ރައްޔިތުންނަށް އޮޅުވާލަން މިތާ މިއޮތީ އިސްލާމީ ޝަރީޢަތޭ އަހަރެމެން މި ތަންފީޒުކުރަނީ އެޔޭ ބުންޏަސް މީހުނެއް ގުނބޯ ނެހެއްދޭނެ

    16
  25. ކަހުރަބު

    ތެދެއް ތެދެއް ތެދެއް