ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިހުރި އުޅަނދުތައް ނެގުމަަށް ނިންމާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިގޮތަށް ޓޯވ ކުރަން ނިންމާފައިވާ އުޅަނދުތަކަކީ ހުޅުމާލޭގެ އެކި ސަރައްހައްދުތަކުގައި، ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ އުޅަނދުތަކާއި ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުންނަ، ބާވެ ހަލާކުވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުންނަ އުޅަނދުތައް ކަމަށެވެ.

އަދި މި އުޅަނދުތައް ޓޯވ ކުރަން ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ނެގުމުގެ މަަސައްކަތް އަންނަ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވިދާޅުުވިއެވެ.

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ އުޅަނދުތައް ޓޯވކުރުމަށް ހަމަޖެހިމިވަނީ ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމަށް ހުޅުމާލެ ޕޮލިސް އާއި ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ވަނީ ގަވާއިދާ ހިލާފަށް ހުުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިހުރި އުޅަނދުތަކުގެ ވެރިފަރާތްތަކުން އެ އުޅަނދުތައް ނެގުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޮއްބެ

    މީރާ ގެ ކިއޫ ދިގުވާނެދޯ.. އަވަހަށް ދާންވީ!!