ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ހިސޯރު ކޮށްފައިވާ ކަމަށް ޕީއެންސީގެ ނައިބު ރައިސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާޙިމް ޝުޖާއު ވިދާޅުވިއެވެ.

ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، އެޗްޕީއޭ ހިސާރުކޮށްފައި އޮތް ކަމަށް ދަންނަވަން ޖެހެނީ ވަރަށް ބައިވަރު ސަބަބުތައް ހުރުމުން ކަމަށާއި އެފަދަ ބައެއް ކަންކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އެޗްޕީއޭއިން ކަނޑައަޅާފައިވާ ބައެއް މިންގަނޑުތައް ވެސް އިބްރާހިމް މުހައްމަދު ސާލިހް ފޯނު ކުރައްވައިގެން ބަދަލު ކުރާ ކަމުގެ މައުލޫމަތު އެބައިން ލިބިފައި އެބަހުރި" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، ރައީސް ސާލިހު ބޭނުން ވަނީ ކޮވިޑް-19 އޭ ކިޔައިގެން ރައްޔިތުން ގޭގައި ބައިތިއްބައިގެން މި 5 އަހަރު ފުރިހަމަ ކުރުމަށް ކަމަށެވެ.

މި ބައްދަލުވުމުގައި ޝުޖާއު ވަނީ ރައީސް ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން މި ސަރުކާރަށް ގިނަ ފާޑު ކިޔުންތަކެއް ކިޔާފައެވެ. އެގޮތުން އެބޭފުޅުން ޖަލްސާ ބާއްވަން އުޅުމުން، ކުއްލިއަކަށް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާތީ އެކަމަކީ އެއީ ސަރުކާރުން ގަސްތުގައި ކުރާ ކަމެއް ކަމަށް ތުހުމަތު ކޮށްފައެވެ.

އަދި މިހާރު ޖަލްސާ ފަސްކޮށްފައިވާއިރު، މިރޭ ފައްސިވި މީހުންގެ އަދަދު އިއުލާން ކުރާ އިރު 2-3 މީހުން ފައްސިވެފައިވާ ކަމަށް އެޗްޕީއޭއިން އިއުލާނު ކުރާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބީރުމީހާ

    ސުޖާބުންޔަސް ތީ ހަމަތެދެއް ޑޖ އަށް ނުނިދޭ

    4
    2
  2. އެމަންޖެ

    ތިޔަ ދިޔައީކީ އަދި މުޅިން ރަނގަޅަކައްނޫން ނަސީދު މިވަނީ މުޅި ގައުމު ހިސޯރު ކޮއްފަ ސާލިހުވެސް ނަސީދުގެ ދަށުން ކަންކަން ކުރަމުން ދަނީ.

    9
    1
  3. މުޖޫ

    ދެން ކޮން ޖަލްސާއެއް ބާއްވާކަށްތަ؟ މޮޔަވެދާނެ އުތަ؟

    1
    3
  4. ކިސަޑު

    ޞާލިހު އެކަމާނާ ކައިރިކުރައްވައިގެން އުޅުއްވާތީ އަންނި ހިތްޕުޅުގައިޖެހިގެން ކިޔޭ އެއްޗެތި އެ ކަމަނާވަނީ އެބޭފުޅުންގެ އަތްދަށުވެ ނިމިފަ ކެވެނީވެސް އެވެރިންނާއެކު ބޮވެނީ އެވެރިންނާއެކު މަޑުންހުންނަ ގުރާ ބާރަށް ދައިގަންނާނޭ ބުނާހެން އެކަމަނާވަނީ އެވެރިން އަތްދަށުކޮއްފަ

    4
    1
  5. ފފަތުހުﷲ

    ބަލި ޖެހޭމީހުންމަދުވެގެން އުޅޭހެންހީވަނީ ! ތަންތަނަށް މީހުން އެއްނުކުރެވިގެން މިޢުޅެނީ ކިހިނެއް ރައްޔަތުންނަށް ހެޔޮއެދޭތީބާ؟ އޮންލައިންކޮން މުޒާހަރާވެސް ބާއްވަންވީނުން ، ބޯޑަރު ހުޅުވީމައި އެއްޗެއް ނުކިއީ މި މީހުންގެ ވިޔަފާރިތަކަށް މޮޅުވާނެތީ ހަމަ އެކަނި ވިސްނައިގެންތާ؟

    3
    1