ޖިންސީ ގޯނާއާއި ދެކޮޅަށް އަޑު އުފުލައި، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޒުވާނުން ކުރަމުން އަންނަ މަސައްކަތަށް ތައުރީފު ކުރައްވައި އެކަމުގެ ސަބަބުން ޖިންސީ ގޯނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ހިތްވަރު ލިބޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

"ގެވެށި ގުޅުން" ކެމްޕެއިން ފެށުމުގެ ގޮތުން ވާޗުއަލްކޮށް ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަދަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އާބާދީއަށް ބަލާއިރު، ދެބައިކުޅަ އެއްބަޔަކީ އަންހެނުން ކަމަށާއި އެފަދަ އަނިޔާތައް އެފަރާތްތަކަށް ލިބޭ މިންވަރު އިތުރުވުމަކީ މުޅި ދިވެހި މުޖުތަމައަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ދިވެހި ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކީ، އުމުރުގެ ކޮންމެވެސް ހިސާބެއްގައި، ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ ނުވަތަ ކޮންމެވެސް ކަހަލަ ބިރުވެރި ކަމެއް ކުރިމަތި ވެފައިވާ މީހެއް ކަން ދިރާސާތަކަށް ބެލިއަސް އެނގިގެން ދާނެ ކަމަށެވެ.

"މިއީ އަޅުގަނޑުމެން އެންމެންވެސް މިކަމުގައި ޒިންމާ ނަގަންޖެހޭ ބޮޑު މައްސަލައެއް. އަދި މިކަން ޙައްލުނުކޮށް އަޅުގަނޑުމެންނަށް މުޖުތަމައެއްގެ ގޮތުގައި ކުރިއަށް ދެވޭކަށް ނެތް" ރައީސް ވިދާޅުވިއެވެ.

ޖެންޑަ މިނިސްޓްރީން އިސްނަގައިގެން މިއަދު ފެށި މި ކެމްޕޭނަކީ ޖިންސީ ގޯނާ ހުއްޓުވުމަށް ބާރު އެޅުމަށް މުހިންމު ކަމެއް ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މި ކެމްޕޭނުގެ ސަބަބުން އަންހެނުންނަށް މުޖުތަމައުގައި ދިމާވާ ކަންކަން އިތުރުނުވެ ހުއްޓުވައި، މައްސަލަތަކުން އަރައިގަތުމަށް އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޖަމިއްޔާތަކުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެކި ޖަމިއްޔާ ޖަމާއަތްތަކުން ގުޅިގެން ޖިންސީ ގޯނާގެ މައްސަލަތައް، ސަރުކާރާއި މުޖުތަމައުގެ ސަމާލުކަމަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް ތައުރީފް ކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    ކުނިވެފައިވާ ކުއްތާ ވަޅުގައި ބާއްވައިގެން ކިތަންމެ ވަރަކަށް ފެން ނެގިޔަސް ވަޅު ސާފެއް ނުވާނެ.
    ފިލްމުތަކާއި ލަވަތަކާއި ޑުރާމާތަކުން ހުތުރުވާހަކަތަކާއި ފާހިޝްކަންތައްތައް ފަތުރަނީ. 8-9 އަހަރުގައި ދެޖިންސުގެ ކުދިން ކުދިންނާ "ރައްޓެހި"ވަނީ.
    15-16 އަހަރު ވީމާ ބިޓުގެއަށް ގެނެސް ކޮޓަރިއަށް ވައްދަން ހުއްދަދެނީ.
    17-18 އަހަރުވުމުން ހިލޭ ފިރިހެނުންނާއެކު ރިސޯޓުތަކަށާއި ރާއްޖޭން ބޭރަށް ގޮސް ޕާޓީކުރަނީ.
    އެކަހެރިން ފިލާތިބެވޭ ގޮތަށް އަނދިރި ޕާކުތަކާއި ކަންމަތިތައް ތައްޔާރުކޮށްދެނީ.
    އިންޓަރނެޓުން ބޭނުން ވަރަކަށް ބޭނުންއިރަކު ޕޯން ބެލޭގޮތަށް ހުޅުވާލާފައިވަނީ.
    މަގުމަތީގައި އައުރަ ނިވާ ނުވާހެދުން އަލައިގެން އުޅެނީ.
    "ރަސްމަތިފުށު" ނުވަތަ ރޯޔަލް މީހުން ކުރާ ރޭޕު ރޭޕަކަށް ނުވަނީ.
    މިހުރިހާ ކަމެއް މިހެން ބަހައްޓައިގެން ބަދުއަޚުލާޤީ މައްސަލަ ތަކާއި ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރާނީ ކިހިނެއް؟

    28
    1
  2. Anonymous

    އެހެންވެތަ ތި ހޯމް މިނިސްޓްރީން ބަޔާން ނެރުވީ؟ އަމަލާ ބަހާ ދިމާ ނުވާނީ މުނާފިގުންގެ. ދިވެހިންނަށް ހުރި ހިތާމައެއްގެ ބޮޑު ކަމާއެ. ގައުމުގެ ރައީސްއަކީ ދޮގުހެދުމާއި ކަނޑައެޅިގެނ އެނގޭ ކަންކަމުގައިވެސް ރައްޔިތުންނަށް އޮޅުވާލާ މީހަކަށް ވީމަ އެގައުމަކަށް ލިބޭނެ ގެއްލުން ނިކަން ވިސްނާލާ

    35
  3. ޖހގފދ

    ދޮގުވެރި ކޮންމެ ކައްޒާބެއްގެ އަމަލާ ބަހާ ދިމާނުވާނެ. ރޭޕާ ދެކޮޅަށް އެއްވާތީ އެކަން ހުއްޓުވަން ސަރުކާރުން އިއްޔެ ނޫން ބަޔާން ނެރުނީ. މިއަދު ސަރުކާރު ބޮނޑު މީހާ މިބުނީ ދިމާއިދިކޮޅަށް. ދައްޖާލުގެ މާނައަކީ، ޑިސީވަރ. ރައްޔިތުންނަށް އޮޅުވާލާނީ ދައްޖާލުން

    36
  4. ރޯޔަލް

    މާވިސްނޭމީހަކައް ހެދިގެން ބޭކާރު އަނގަ ނުތަޅާ ސެލްފީނެގޭތޯބަލާ، އަހަރެމެން ކުރާ އިހުތިޖާޖަކުން ހިއްވަރު ލިބިގަންނާނެ ކަމެއްނެތް، ސިކުނޑި ގޮވާފަހުރި ނަޓެއް

    35
    2
  5. Anonymous

    ޢިހުތިޖާޖް ކުރުމަކުން ނުނިމޭނެ އިންސާނިއްޔަތު ހުރި ޖީލެއް އުފެދިގެން އެކަން ހުއްޓޭނީ މުރުއްވަތްތެރި ފިރިހެނުން ގަމުގައި ދަނީ މަދުވަމުން

    13
    1
  6. ބީރުމީހާ

    މި ގޯނާއަކީ ގެވެށިން ފެށިގެން ގެސްޓް ހައުސްތަކާ ހަމައަށް ދާ ގޯނާއެއް ރަގަޅު ތި ކެންޕެއިންގެ ނަން ވަރަށް ފުރިހަަމަ ގުޅޭ ގެ ވެށި ގޯނާ އަދި ރ އިބްރާހިމް އެކަމަށް ވަރަށް ހިތްވަރުދޭކަން އަހަރުމެންނަށް އެގޭ ބަލާބަލަ މިއަދު ސްމިތު ނެރެފަ ހުރި މަގާމު ހަސަން އިސްމާއިލް ވަކިނުކޮއް ބޭބޭފުޅަށް 2 މިނިސްޓްރީގެ ވެރިކަން ސްމިތް ވަޒީފާގައި ބެހެއްޓުން
    މިހާރު އެގިއްޖެ ގަސްދުގަ އަލީ ބޭރުކުރީކަން

    14
  7. މާމީ

    ސޯލިހުބެ ދެން ވާވަރު ވެއްޖެނު މިހާރު ބޭނުންހާ ދޮގުތަކެއް ހެދިއްޖެދޯ މިހާރު ތިވާހަކަ ގަބޫލުކުރާނީ ވަރައް މަދުމީހެއް.

    18
    1
  8. ފިޔަވަޅު

    ހިއްވަރު ލިބުނީ ރޯޔަލް ކޭސްތައް ފޮރުވަން އުތަ.

    19
  9. ޢަފްލާ

    ބްރާންތި ދެން ކީއްވެ ކޮންމެ ދުވަހަކު އިހުތިޖާޖް ކުރުނ ހުއްޓުވާފަ އަންހެނުންނައް އަނިޔާ ކުރަނީ އަނެއްކާ ޢިމްރޯނު ތަ އިބޫތަ؟މިކަން ކުރަން އަމުރު ކުރަނީ

    17
  10. ާއަފްލާ

    ޑޮގުވެރި ކައްޒާބް މުނާފިގް

    18
  11. ލުޓޭރުންގެ ސަރުކާރު

    އެހެންވެ ޒުވާނުން މުޒާހަރާއަށް ނުކުތީ މަ ކަރުނަގޭސް ޖަހާ ދަ މާކޫއްތާފަ ގެންދަނީ...ރޯޔަލް ފެ މެލީ ރޭޕްކުރީ މަ ބަލަންނުޖެހޭ ކަ މަށްވަނީ.. މިއީ ހާދަ ދޮގާ ހީލަތްހަދާ މީހެކޭ..އިސްތިއުފާ ދީ.....

  12. ޓޮންނަ ބޮންނަ

    އަންހެނުން ގިނަ އޮފީސް މާހައުލުތަކުގައި ފިރިހެނުން ބަދުނާމު ކުރުމަށްޓަކައި ސާބިތުނުހިފޭ ހަގީގަތެއްނެތް ވާހަކަ ދައްކާ، ނުފޫޒާއި، ބާރު ބޭނުންކޮށްގެން ހުށަހަޅާ ތަފާތު މައްސަލަތަކުގައި އަންހެނުންނަށްވެސް އަދަބު ލިބެންވާނެ! އިއްޒަތާ، ކަރާމާތާ އޮންނަނީ ހަމަ އެކަނި ވަކި ޖިންސަކަށް ނޫން! އުސޫލުތައް ހަދާއިރު މި ކަންކަމަށްވެސް ރިއާޔަތް ކުރަންޖެހޭ!

  13. ސސ

    ރޭޕާއި ގެވެށި އަނިޔާ އާއި ޖިންސީ ގޯނާ އިސްލާމީ ދިވެހި ވެށީގައި ނެތިގެން އެކަން އިޝްތިހާރު ކޮށް އިންޕޯޓް ކޮށް ހަށި ވިއްކުން އިޝްތިހާރު ކުރަން އުޅޭ ބަޔަކު މިއުޅެނީ !

    1
    1