ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 19 މީހަކު މިއަދު ބަލިން ރަނގަޅު ވެއްޖެއެވެ.

މިއާއެކު ބަލިން ރަންގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2321 އަށް އިތުރުވެފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2831 އަށް އަރާފައެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު ތިބީ 423 މީހުންނެވެ. ކަރަންޓީން ފެސިލިޓީތަކުގައި ތިބީ 32 މީހުންނެވެ. އެޗްއޯސީން ވިދާޅުވީ ރާއްޖޭގައި މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ މާލޭ ސަރަޙައްދުގެ އިތުރަށް ކުޑަފަރީއާއި ބޯޓަކާއި ސަފާރީއެއްކަމަށެވެ.

އިއްޔެ ކޮވިޑް-19 އަށް ޓެސްޓްކޮށްފައި ވަނީ 680 ސުންކު (ސާމްޕަލް) އެވެ. ޕެންޑިންގައި 350 ސުންކު އެބަހުރިކަމަށް އެޗްއޯސީން މިރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު