ފިތުނަ ފަސާދަ އުފައްދާ މީޑިއާތަކާ މެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.

މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަި އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ބައެއް މީޑިއާ ތަކުން ކުރާހާވެސް ކަމަކީ ރާއްޖޭގައި ފިތުނަ ފަސާދަ އުފެއްދުމާއި ގައުމުގެ ހަމަޖެހުން ނަގާލުން ކަމަަށެވެ.

" ބައެއް މީޑިއާ ތަކުން ދަނީ ރައްޔިތުންނަށް ވާނުވާ ނޭނގި ރައްޔިތުން ބިރުވެރި ކަމެއްގެ ތެރެއަށް ވައްދަން މައްސަކަތް ކުރަމުން އަދި ދޭތެރެ ޖައްސަން މައްސަކަތް ކުރަމުން " އަދުރޭ ވިދާޅުވި އެވެ.

ރައްޔިތުން ބިރުވެރި ކަމެއްގެ ތެރޭގައި ތިބެންޖެހޭ ގޮތަށް ޚަބަރު ފަތުރާ ވަސީލަތްތަކާ މެދު ހަރު ކަށި ފިޔަވަޅު އެޅުމަށް އަދުރޭ ވަނީ ގޮވާލާފަ އެވެ. އެއީ ކޮންމެ ފަރާތެއް ވިޔަސް އެ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ތަކުރާރުކޮށް އަދުރޭ ވިދާޅުވި އެވެ.

"ރާއްޖޭގެ އަމަންއަމާންކަމަށް ނުރައްކާ ވާގޮތަށް ރައްޔިތުން ބިރުވެރި ކަމެއްގެ ތެރޭގައި ތިބެންޖެހޭ ގޮތަށް ޚަބަރު ފަތުރާ ވަސީލަތްތަކާ މެދު ހަރު ކަށި ފިޔަވަޅު އަޅަން ޖެހޭ އެއީ އެއްގޮތަކަށްވެސް މީޑިއާގެ މިނިވަން ކަމަށް އަރައިގަތުން ކަމަކަށް ގަބޫލެއް ނުކުރަން،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ އެގޮތަށް ގޮވާލެއްވިއިރު، މިރޭ މާލޭގައި ކުރިއަށްދާ މުޒާހަރާ ކަވަރު ކުރަން ހަރަކާތްތެރިވާ ނޫސްވެރިންނަށް ވަނީ އެކި ވަރުގެ އަނިޔާ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދިވެހިމީހާ

    ފިތުނަ ފަސާދަ އުފައްދާ މީޑިއާތައްވެސް އަދި ލޯޔަރުންނާމެދުވެސް ފިޔަވަޅުއަޅަން ގޮވާލަން.

  2. ބާބޫ

    ޢަބްދުއް ރަހީމް މީޑިއާތަކަށް ފިޔަވަޅު އަޅަން ގޮވާއިރު އެމީހުންވެސް އަދާކުރަނީ ޤާނޫނީ ޒިންމާއެއް ކަން ހަދާން ކޮށްބަލަ

  3. ލެއްގި ލަކުޑި

    ފިޔަވަޅު އަޅަން ގޮވިޔަސް ކަމަކު ނުދާނެ. ފިޔަވަޅު އަޅާބަލަ.

  4. ދަވޭ

    އާންމުން ބިރު ގަންނަ ގޮތަށް ޚަބަރު ގެންނަ މީޑިއާތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަން އަބްދުއްރަހީމް ގޮވާލައްވައިފި ނަމަ އެކަން ޖެހޭނެ ބެލެން. އަދުރޭ އަކީ އެއީ ވެރިކަން ކުރާ ޕާރޓީގެ ނައިބް ރައީސް އެވެ. ކަން މިހެން ހުުރުމުން އާންމުން ބިރު ގަންނަ ގޮތަށް ގަބީލާ ސްޓައިލަށް ރާއްޖޭގައި ބައިބައި ވުން އުފެދޭ ގޮތަށް ޚަބަރު ތައް ގެނެސްދޭ ބްރޯޑް ކާސްޓިންގް މީޑިއާ ތަކާއި މެދު ބްރޯޑް ކޮމް އިން ޖެހޭނެ ހަރު ކަށިފިޔަވަޅު އެޅެން. މިރާއްޖޭގައި އޮންނަން ޖެހޭނީ ވެރިކަން ބަދަލު ކުރުމުގެ ސަގާފަތެއް ނޫން ކެނެރީގެ ނަޝީދަށް މިރާއްޖޭގެ ވެރިކަން މިރާއްޖޭގެ ރައްޔިތުން ނުދިނީމާ އޭނާގެ ވެރިކަމުގައި އޭނާ އާއި އެކު ދައުލަތުގެ ޚަޒާނާއިން ވައްކަން ކުރަން އުޅުނު މީހުން ރަށުތެރޭގައި ތިބި ޑްރަގް ލޯރޑުން އެއްކޮށްގެން މިގައުމުގެ މަސްލަހަތު ނަގާލަން ކުރާ މަސައްކަތް އެއީ މީޑިއާ ތަކުން ޕްރޮމޯޓް ކުރަން ޖެހޭނެ ކަމެއް ނޫނެވެ. އިދިކޮޅު ފަރާތް ތަކުން ރައްޔިތުންގެ ނަން ބޭނުން ކޮށްގެން ވާހަކަ ދައްކާއިރު މަމެން އަތުން އެމެން ހުއްދަ ނުހޯދާ

  5. އުމަރު

    ފިތުނަ ފަސާދަ އުފައްދާ މަންމާފުޅު އަދުރޭގެ ދޫވެސް ތަޅުލަންޖެހޭ

  6. ފާތުން

    މީކާކުބާ؟

  7. ާަަުިެޕޮކަންޑިމޭން

    ދަަތްދުރޭ ކައެ އަނގަނާރުބާ