ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހުޅުމާލޭގައި އަޅަން ފެށި ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު އާއި މިހާރުގެ ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު އަހުމަދު އަސްލަމް ވިދާޅުވާ އަދަދުތައް ވަރަށް ބޮޑަށް ތަފާތުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެންމެ ފުރަތަމަ ޑރ. މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓުތައް ހެދުމަށް ވަކި ވަކިން ހޭދަވި އަދަދު ތަފްސީލްކޮށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެންމެ ފުރަތަމަ އެ މަޝްރޫއުގެ އެއްބަސްވުން އެކުލަވާލީ ހައުސިން މިނިސްޓްރީ އާއެކު ކަމަށްވީ ނަމަވެސް، ހިޔާ ފްލެޓަކީ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ފްލެޓެއް ކަމުން އެ މަޝްރޫއު ފަހުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށަށް ބަދަލުކޮށް، އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ކުންފުނީގެ ބެލުމުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒު އެހެން ވިދާޅުވުމުން ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް ވަނީ ހިޔާ ފްލެޓަށް ހޭދަވި މައުލޫމާތު މުއިއްޒަށް އަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވާއިރު، ހިޔާ ފްލެޓްގެ އަގު 5600ރ. އަށް ވުރެ މަތި ނުވާނެ ކަމަށް ފާހަގަކުރައްވާ ޖޫން މަހު ޓްވީޓެއް ކުރައްވާފައިވާކަން ފާހަގަ ކުރައްވައިފައެވެ.

އެ ޓްވީޓް ކުރެއްވީ ކިހިނެއް ލިބުނު މައުލޫމާތެއްގެ މައްޗަށް ބިނާކޮށްތޯ ސުވާލުކުރުމުން ޑރ.މުއިއްޒު ވިދާޅުވީ އެ އަދަދަކީ އެޗްޑީސީން އޭނާއާ ހިއްސާކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ހިސާބު ޖެއްސެވުމަށް ފަހު ހާމަކުރެއްވި އަަދަދެއް ކަމަށެވެ.

މުއިއްޒު އެގޮތަށް ވިދާޅުވި އިރު، އެޗްޑީސީގެ އިސް ބައެއް ބޭފުޅުން ވެސް ކޮމިޓީ އަށް ހާޒިރުވެވަޑައިގެންނެވިއެވެ. އަދި މެމްބަރު ސަލީމް ވަނީ އެޗްޑީސީން ހިޔާ ފްލެޓަށް ހިނގި ހަރަދުތަކުގެ ތަފްސީލް ހާމަކޮށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

އެކަމަކު، އެޗްޑީސީން އެދުނީ މިހާރުގެ މިނިސްޓަރު އަސްލަމް މެދުވެރިކޮށް އެ މައުލޫމާތު ހާމަކުރެއްވުމަށެވެ.

"މި ޕްރޮޖެކްޓްގެ އިނިޝިއަލީ ކޮންޓްރެކްޓްގައި ސޮއިކުރީ ހައުސިން މިނިސްޓްރީ. ސިގްނިޓަރީ ބަދަލުކުރުމަށް ބަދަލު ކުރީ އެޗްޑީސީއަށް. ޕްރޮޖެކްޓް ވެލޫ އަކީ 434 މިލިއަން ޑޮލަރު. އެއީ 6.6962 ބިލިއަން ރުފިޔާ. 6 އިންސައްތަ އިންޓްރެސްޓް ރޭޓުގައި ވިހި އަހަރުން ދައްކާ ގޮތަށް އިނީމާ ލޯނު ދައްކާ ނިމި އެއްވެސް ރިސްކް ފެކްޓަ ނުކޮށް 6،849 ރުފިޔާ ޖެހޭނެ. އެއީ އޭގަ ހިސާބު ޖެހީމަ ނުކުންނާނެ އަދަދަކީ. ރަނުން ރަނުންރަނަށް ހެދީމަ ވެސް." އަސްލަމް ވިދާޅުވިއެވެ.

އިންޓްރެސްޓް ވެލޫ އިތުރު ކުރީމަ އެ އަދަދު އިތުރުވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް މުއިއްޒު ވަނީ އަސްލަމްގެ ވާހަކަ ދޮގުކުރައްވއަިފިއެވެ.

" 434 މިލިއަން ޑޮލަރު އެއީ ޕްރޮޖެކްޓް ކޮސްޓް. 40.8 ރައުންޑްއޮފް ކޮށްލާފައި އިންޓްރެސްޓް ރޭޓް. މާކެޓިން ކޮސްޓް ހަތަރު ލައްކަ ފަންސާހެއްހާ ޑޮލަރު. ޕްރޮޖެކްޓް މެނޭޖްމެންޓް ކޮސްޓްވެސް އެބަ އިނދޭ 1.7 މިލިއަން ޑޮލަރު، ލޭންޑް ކޮސްޓް 45 މިލިއަން ޑޮލަރު. އެއްކަލަ ޓައިލްސް އާއި ދޮރާ ހުރިހާ އެއްޗެއް ލާފަ ފިނިޝިން ކޮސްޓް 41.5 މިލިއަން ޑޮލަރު. ޖުމްލަ 564 މިލިއަން ޑޮލަރު،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭރު ހިޔާގެ މައުލޫމާތު އެއްކުރުމަށް އޭނާ އަށް އެންމެ ބޮޑަށް މަސައްކަތް ކޮށްދެއްވި ބޭފުޅާ މި ވަގުތު ހުންނެވީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކަށް ކަމަށެވެ. އޭރު ރައީސް އޮފީހަށް ފޮނުވީ ހައުސިން މިނިސްޓްރީގެ މިހަރުގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އާޒިމް ދެއްވި ހިސާބުތައް ކަމަށް މުއިޒް ވިދާޅުވިއެވެ.

އެގޮތުން އާޒިމް ޖެއްސެވި ހިސާބުތަކަށް ބަލާއިރު ޔުނިޓަކަށް 72،000 ޑޮލަރު ޖެހިފައިވާ ކަމަށާއި އެއަށް އިތުރު އިންޓްރެސްޓެއް ލިޔަސް ފްލެޓެއްގެ އަގަކީ 5600 ރުފިޔާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮމިޓީ ބައްދަލުވުން ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

މުއިއްޒުގެ އެ ވާހަކަތަކާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ޑެޕިއުޓީ މިނިސްޓަރު އާޒިމް އާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ މުއިއްޒު ހާމަކުރައްވާ އަދަދުތަކަކީ ސައްހަ އަދަދުތަކެއް ނޫން ކަމަށެވެ.

" މިނިސްޓަރ މުއިއްޒު ވިދާޅުވާ 82390 ޑޮލަރު ޕަ ޔުނިޓަކީ އެޗްޑީސީން ދެއްވި މައުލޫމާތުގަ އިންނަނީ އެއީ އިންޓްރެސްޓް ޑިއުރިން ކޮންސްޓްރަކްޝަން. ކޮންސްޓްރަކްޝަން ހިނގި އިރު ދައްކާފަ އިން އިންޓްރެސްޓްގެ ވާހަކަ އެބަ އިނދޭ. އެހެންނަމަވެސް ޓޫއިއަރ ގްރީޒް ޕީރިއަޑް ނިމުނީމަ ދެން ލޯނު ދައްކަން ދާނެ އިންޓްރެސްޓް ރޭޓެއް އޭގެ ތެރެއަކު ނުހިމެނޭ. އެހެންވީމަ އިންޓްރެސްޓް އާއި ރިސްކް ލީމަ އެ އަދަދު އިތުރުވާނެ." އޭނާ ވިދާޅުވިއެވެ.

އާޒިމް އެހެން ވިދާޅުވުމުން މެމްބަރު ސަލީމް ވަނީ ޑރ.މުއިއްޒު ދެއްވި މައުލޫމާތު ސައްހަ ނޫންކަން ހާމަވާ ކަމަށެވެ. ޑރ.މުއިއްޒު ވަނީ އޭގެ ފަހުން ވެސް އޭނާ ހާމަކުރެއްވި އަދަދުތައް ރަނގަޅުކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފަހުކޮޅު ފެށި ހިޔާ ފްލެޓްތައް ނުނިމި ލަސްވާތީ އާއްމުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން، ކުރިއަށް ގެންދިޔަ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ.

އެއީ 25 ބުރީގެ ހައުސިން ޔުނިޓުތަކެކެވެ. އަދި އެއީ ހުޅުމާލޭގައި މިވަގުތު ހުރި އެންމެ އުސް އިމާރާތްތަކެވެ. މާލޭގައި ހުރި އިމާރާތްތަކުގެ ތެރެއިން 25 ބުރީގެ ހަމައެކަނި އިމާރާތުގެ ގޮތުގައި މިވަގުތު ހުރީ ދަރުމަވަންތަ ހޮސްޕިޓަލް އެކަންޏެވެ. ހައުސިން ޔުނިޓަކީ ގާތްގަނޑަކަށް 30،000 މީހުންގެ އާބާދީއަކަށް ދިރިއުޅެވޭނެ ގޮތަށް ހެދި ތަންތަނެވެ. އެއީ، 7،000 ފްލެޓް ހިމެނޭ ގޮތަށް 16 ޓަވަރެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ކަނަމަނަ

    ޙޯރަސަލީ ކަލޭތި ތަންދޮރުނުދައްނަ ގޮއްރާޅެއް ކަލެއައް މީހުންދައްކާވާކަ ސާފެއްނުވާނެ

    48
    3
    • ހަޢްޤުބަސް

      ކަލެއަށްވުރެއް ތަޢުލީމީ ގޮތުންވެސް މަސައްކަތާ ތަޢުލީމީ ގޮތުންވެސް ފުންނާބު އުސްވާނެ ތިޔަ ބުނާ މީހަކު..އެއީ އިނގެރޭސި ވިލާތުން މާސްޓަރސް ޑިގުރީގްރީ ހެއްދެވިއިރު މުޅި ޔުނިވަރސިޓީން އެއްވަމަ ހޯއްދަވާ ގޯލްޑްމެޑަލް ހާސިލްކުރެއްވުމުން އޭރުގެ ރައީސް މަޢުމޫނު ޤައުމަށް ރީތިނަމާ ޝަރަފު ހޯއްދަވައިދެއްވުމުގެ ޝަރަފުވެރި އެވީޑެއް ދެއްވި ބޭފުޅެއް. ކަލޭގެ މުޅި އުމުރު ހޭދަކުރިޔަސް އެހިސާބަށް ނުދެވޭނެ.. މަޖިލީހުގެ މެންބަރަކު ކަމެއް ސާފުކުރަން ސުވާލެއްކުރާއިރަށް ތަރަތަރަ ލައިގަންނަނި ތިޔަ ކަހަލަ ނުކިޔަވާ ސިޔާސީ ޖާޑިޔާއިން.ވަކި ޕާޓީއަކަށް ނޫން ތި ހުރިހާ ޕާޓީއެއްގެވެސް ސިޔާސީ ޖާޑިޔާތައް ތެޅޭ ވައްތަރުތީ. ތެޅުނު ތެޅުނުހެން ދާނި ހުޅުނބު

      12
      10
      • ނާނަ

        ކިތައްމެ ވަރަކައް ކިޔެވިޔަސް ތަންދޮރު ރަނގަޅައް ދަންނަ މީހަކު އަބަދު މީހުންގެ ކުށްހޯދާ ކުށްދައްކަން މަސައްކަތް ކުރުމުގެ ބަދަ ލުގައި އުޅޭނީ ރައްޔިތުންގެ އަޑުއަހާ ރައްޔިތުން ބޭނުންވާ ގޮތްބަ ލަން އެތަންތަން ރައްޔިތުންނާ އަވަހައް ހަވާ ލުކުރެވޭތޯ.އެތައް ރައްޔިތުން ތަކެއް އުޅެމުން ދަނީ ހާ ލުގައި ކޯޅި ބަހުސް ކުރުމުގެ ބަދަ ލުގައި މިކަން ނިންމައި ތިމާމެން ބޭނުންވާފަދަ ފެންވަރުގެ ރަނގަޅު ތަންތަން އެޅުމައިގެން މަސްވަރާ ކުރާނީ ..މޮޅެތި ބޭފުޅުން ނޫޅޭނެ މީހުންގެ ކުއްދައްކާކައް އެމީހުން ދައްކާނީ އަމަ ލުން..ނުކިޔަވާ ތިބޭ އެންމެންނަކީ ގަމާރު ބައެއް ނޫން އިނގޭތޯ!!

      • ޢަހާ

        ހައްޤުބަސް ކިޔައިގެން ކޮމެންޓު ކުރާއިރު ކިހިނެއް އިނގެނީ މީހެއްގެ އިރާދައިގައި ހުރިގޮތެއް.ކިހިނެއް އިނގެނީ އެހިސާބައް ނުދެވޭނެ ކަމެއް؟

        3
        1
  2. ޔާޔާ

    ކޮތަރު ކޮށި މިސަރުކާރަށް ވަރަށް ކަމުގޮއްސި

    67
    1
  3. އަލީ

    ރައްޔިތުންގެ މަޖްލިސްއަށް ދޮގު ހަދާ އޮޅުވާލާގެން އަސްލަމް ހައްޔަރު ނުކުރެވެނީތޯ. ފަރެސް މާތޮޑާގައި ނަޝީދު ފިލަން އަސްލަމް އަންހެނުން ކައިރިއަށް ވެއްދީމަތޯ އެކަން ނުވެގެން އުޅެނީ

    51
    2
  4. ދަސީލާ

    ފްލެޓްސް ތަކުގެ އަގާއި ގުޅޭ ގޮތުން ހޫނު ބަހުސް އެއް މަޖްލީހުގައި މިނިސްޓަރު އަސްލަންޓޭ މެން ފެށީ އެއީ 25 ހާސް ފްލެޓްސް އިމާރާތް ނުކުރާ ކަމަށް ދައްކަންއޭ

    16
  5. އަފީ

    ފްލެޓްތަށް އެޅީ ރައީސް ޔާމީން! 6600ރ އަށް ރައްޔިތުންނަށް ފްލެޓް ތަށް މި ސަރުކާރަށް ނުދެވެންޏާ ބެކާރުވާހަކަ ނުދައްކާ ސަރުކާރު ދޫކޮށްލާފަ އެންމެން ގެއަށްދޭ! ރައީސް ޔާމީނަށް ތި ފްލެޓްތަށް 6600ރ އަށް ރައްޔިތުންނަށް ދެވޭނެ! އަދި ދޭންވެސް އެގޭނެ!

    22
  6. ޖުނޭ

    ކަންކުރަން ނެގެންޏާ ރައްކާވޭ. ތި ފްލެޓް އެޅި މީހުން އެބުނަނީ 6600 ރުފިޔާއަށް ދޭނަމޭ. ދެވޭނޭ ދެން ކޮންވާހަކައެއް ތި ދައްކަނީ

    21
    1
  7. ސާހް

    މި ސަރުކާރަކީ ވައްކަމުން ވުޖޫދުވީ ސަރުކާރެއް ހަދާނީވެސް ދޮގު ކުރަނީވެސް ވައްކަން

    17
    1
  8. ނާޒް

    މި ސަރުކާރު ދައްކާ އެއްވެސް ވާހަކައެއް ރައްޔިތަކު އަޑު ނާހާނެ

    18
    1
  9. މަހަށްދޭބަލަ

    މިސަރުކާރުން އުޅެނީ ރައީސް ޔާމީން ވެރިކަމުގައި އެހާ ގިނަ ފްލެޓްސް ތައް ބިނާ ކޮށްފައިވާތީވެ އެއީ ބިނާ ނުކުރާ ފްލެޓްސް ތައް ކަމަށް ހަދަންއޭ .

    21
    1
  10. ރިޔާ

    މި ސަރުކާރު ހަދަނީ ރޯ ބުހުތާނު ދޮގު. އޮޅިގެންވެސް ހަދަނީ ދޮގު

    18
    1
  11. އަހުމަދު

    މީ ބަރަވެލި ސަރުކަރު. ނުކިޔަވާ ތިބި މިހުންގެ ސަރުކާރު

    19
    1
  12. ބަލާތި

    ފްލެޓްސް ތައް ބިނާ ކުރަން އެޕާރޓްމެންޓަކަށް 80 ހާސް ޑޮލަރު ވެސް އެއީ ކުޑަ އަގެކޭ މަމެން ބަލާއިރު ސަރުކާރުގެ ޕްރޮޖެކްޓްސް ތައް އެންމެ ކުޑަ އަގުދީގެން ހަދާތީއޭ ތާކުން ތާކު ނުޖެހެނީ

  13. ޢަލީކޮއި

    ފެނިގެން މިދަނީ ވެރިންނަށް ސަރުކާރެއް ހިންގަން ނޭގުމުގެ ސަބަބުން ރައްޔިތުން ނިކަމެތިވެގެންދާ މަންޒަރު،

    17
    1
  14. ދިވެހިސޮރު

    މި ހިޔާ މަސްރޫގެ ހިސާބުތައް ވަކި މާޢްދާއެއްގެ ގޮތުގައި ގައުމީ މަންހަޖުގައި ހިމަނައިދެއްވާ ހިސާދަސްކުރެވޭނެގޮތް ދަރިވަރުނަށް ހަދައިދިނުމަށް އެޑިޔުކޭޝަން މިނިސްޓަރއަރިހުން އެދެން.

    15
  15. ޢަބްދުﷲ ސަޢީދު

    ޤާނޫނު އަސާސީގެ ރޫޙަށް ބަލާއިރު، ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ބޯހިޔާވެހި ކަމުގެ ޚިދުމަތުގެ އަގަކީ، ރައްޔިތުންނަށް ނުއުފެލޭވަރުގެ ބުރައައަކަށް ނުހެދޭނެއެވެ.

    15
  16. ޢަހާ

    ހައްޤުބަސް ކިޔައިގެން ކޮމެންޓު ކުރާއިރު ކިހިނެއް އިނގެނީ މީހެއްގެ އިރާދައިގައި ހުރިގޮތެއް.ކިހިނެއް އިނގެނީ އެހިސާބައް ނުދެވޭނެ ކަމެއް؟

    3
    1