ރާއްޖެވެސް ބިރުވެރިކަމެއްގައި އޮތް ކޮވިޑް-19ގެ ކޮމިޔުނިޓީ ސްޕްރެޑް އޮތް ރަށަކުން އެހެން ރަށަކަށް ހިދުމަތް ދިނުމަށް ދެވޭނެ ފަރާތްތަކުގެ މައުލޫމާތުތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމުކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު އާއްމު ކުރި އުސޫލުގައި ވަނީ، ކޮވިޑް-19ގެ ކޮމިޔުނިޓީ ސްޕްރެޑް އޮތް ރަށަކުން އެހެން ރަށަކަށް، އެރަށުގައި ދެވޭ އާންމު ހިދުމަތްތަކާއި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް (ޔުޓިލިޓީސް، މެއިންޓެނަންސް، އެކި ޕްރޮޖެކްޓް މަސައްކަތްތަކާ ގުޅޭ އިންސްޕެކްޝަން ފަދަ) މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުންފުނިންތަކުން ބޭނުންވާ ކަމަށެެވެ.

އެހެންކަމުން ކަރަންޓީނުވުމަކާ ނުލާ މިފަދަ މަސައްކަތްކުރާ ފަރާތްތައް ކުރު މުއްދަތަކަށް ރަށްރަށަށްގޮސް މަސައްކަތްކުރުމުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުންނާނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވެފައި ވެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، މިފަދަ މަސައްކަތްތައް ކުރުމަށް ރަށްރަށަށް ދަތުރުކުރަންޖެހޭ ފަރާތްތަކުން ދަތުރު ކުރުމުގެ ކުރިން ހުއްދަ ނަގަންވާނެކަމަށެވެ. އަދި ދަތުރުކުރާ ރަށެއްގެ ކައުންސިލަށް އެކަމުގެ މައުލޫމާތު ދޭން ވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، އެ ހުއްދަ ދޭނީ ކޭބަލް އަދި މީޑިއާ ނެޓްވާރކްގެ ޚިދުމަތްތައް ދޭ ފަރާތްތަކަށާއި، ބޭންކުގެ ޚިދުމަތްތައް ފަރާތްތަކަށާއި ވޯޓަރ ސަޕްލައި، ކަރަންޓުފަދަ ޔުޓިލިޓީ ޚިދުމަތްތައް ދޭ ފަރާތްތަކަށާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ކަންތައްތައް ބެލުމާއި ވަގުތީ ގޮތުން ދޭންޖެހޭ ޚިދުމަތްތައް ދޭ ފަރާތްތަކަށާއި، މެއިންޓެނަންސް މަސައްކަތްތައް ކުރާ ފަރާތްތަކަށާއި، ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓް މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން، މިނޫންވެސް އާންމު ޚިދުމަތްތަކާގުޅޭ އެހެނިހެން މަސައްކަތްތައް ކުރާ ފަރާތްތަކަށް ކަމަށެެވެ.

ރާއްޖޭގައި މި ބަލި އެންމެ ބޮޑަށް ފެތުރެމުން ދަނީ މާލޭގައެވެ. މި ބަލި ޖެހިގެން މިހާތަަނަށް 14 މީހަކު ވަނީ ނިޔާވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު ދުވަހެއް ދުވަޖަކަށް އިތުރު ވަމުން އަންނައިރު، މިހާރު މި ބަލި ޖެހުނު މީހުންގެ އަދަދު އުޅެނީ 2801 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އެމަންޖެ

    ބޭކާރު.

    31
  2. ާައެސޮރު

    ދެން ރައްރަށަށް ދާނީ ހުސް ތި މިންގަޑަށް ފެތޭމީހުން
    ރާއްޖެތެރޭގެ ހުރިހާ ދިމާލަކަށް ވެސް މި ދެން ފެތުރުނީ ކަމަށް އެންމެންވްސް ވިސްނުންހެން ހީވަނީ ރަގަޅު ވާނީ

    47
    1
  3. ހަސަނު

    ރައްތައް ސަލާމަތުން އޮންނަން ބޭނުން ނުވަނީ ދޯ މިހާރު .

    14
    1
  4. Anonymous

    ރައްޔިތުންގެ އަތުގައި ބާރުއެބައޮތް.

    11
    1
  5. އައިސަ

    ފިރިމީހާ އަށް އާދެވޭނެ ގޮތެއް ނެތް ސޯ ސޭޑް

    11
    3
  6. ޙިރިނާ

    ފިރިމީހާ ހުރިތާކު ބަހައްޓާ..ދަރިންނާ އަނބިންގެ ސަލާމަތައްޓަކައލ

    19
    • ބަކުރުބެ

      ބޮންދު ސޮރެއް ވަގުތީގޮތައް ނަގާބަލަ??

  7. އޭނަ

    ސޭފެއް ނުވާނެ. ޑެލިވަރީއިން ގައިމު ތިކޮވިޑެއްޖެހެންޔާމު ތިވެސް ނުރައްކަލެއް. ހަމަ އަލާމާތެއްނުފެނި ހުރިމީހަކު ހުރެދާނެ

  8. މޫސަ

    ތިޔައީ ވެސް ރަށް ރަށަށް މި ބަލި ފަތު ރަން ސަ ރުކާ ރުގެ މަކަ ރުވެ ރި ނުބައި ރޭވުމުގެދަށުން ކު ރާކަމެއް.