ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މައްޗަށް ތުހުމަތު ކުރެވެނީ އެތައް މުވައްޒަފުންނަކަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މަރިޔަމް އަޒްމާ ވިދާޅުވީ، އަލީ ވަހިދު މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުލައި ނުވަ ވަނަ ދުވަހު ކަމަށެވެ. އަދި މި މައްސަލާގައި މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި މައްސަލައާ ގުޅޭ ބައެއް ހެކި ހޯދުމުގެ ގޮތުން ބައެއް ތަންތަން ބަލާ ފާސް ކުރެވިފައިވާކަން، އަދި މި މައްސަލާގައި އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓިފައިވޭ". އަޒްމާ ވިދާޅުވިއެވެ.

އަޒްމާ ވިދާޅުވީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރެވެމުންދާ ކަމަށެވެ.

އަދި ތަހުގީގު މަރުހަލާގައި ޕްރޮސެކިއުޓާރ ޖެނެރަލް އާވެސް މަޝްވަރާ ކުރެވެމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

އަލީ ވަހީދު މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކާއި ގުޅިގެން ދިރިއުޅެމުންދިޔަ ގެ ބަލާ ފާސްކޮށްފައި ވެއެވެ. އަދި އެ މައްސަލަތަކާއި ގުޅިގެން އޭނާ ފޯނާއި ލެޕްޓޮޕްވެސް ވަނީ ހިފަހައްޓާފައެވެ.

އަލީ ވަހީދަށް މީގެ ކުރިން މީގެ ކުރިން ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ވެސް ކުރެވިފައެވެ.

އަލީ ވަހީދުގެ ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ މުވައްޒަފުންގެ އަދަދު 10 އަށް ވުރެ މައްޗެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހެޕީ

    ޓުއަރިޒަމް މިނިސްޓިރޭ ނުކިޔާ ވަހުށީ މިނިސްޓރޭ ކޮޔަންވީ.

    • ކަމަނަ

      އެބުނާހެން ކޮން މިނިސްޓަރެއް ނުކިޔޭނެ ވަޒީފާދުއްވާލައިފި މިހާރު ކިޔާނީ ކީކޭ؟

  2. ފިރިހެނާ

    އަންހެނެއް ކުރެން ކަމަކަށް ފިރިހެނަކު އެދޭ ކޮންމެ ފަހަރަކީ ޖިންސީ ފުރައްސާރައެއް ނަމަ ދެން މިރާއްޖޭގައި އެކަކަށްވެސް ހިތްފަސޭހަކަމާ އެކު ދިރި އުޅެވޭކަށް ނޯންނާނެ.

    9
    3
  3. ބީރުމީހާ

    އެހެންޏާ އެފަދަ ހަބަރެއްލިބޭއިރަށް އެމީހަކު ބަންދުކުރޭ އަދި މުއްދަތު ޖަހާ މިހާރު މިވަނީކީއްބާ ގެވެށި ގުޅުން ހަމަ ކާމިޔާބީ ބާރަށު މީހާ މުއްދަތު ޖަހާފައި ބަހައްޓަނީ އެތެރެކޮއިލް ހަށިފޭރުމަކަށް ނުވާތީތަ

    11
  4. ސައީދު

    މި ނޫސް ކޮންފަރެންސުން ރައްޔިތުންނަށް މި ލިބުނީ ކޮން އާ މަޢުލޫމާތެއް؟ މިއަށްވުރެ ފުޅާކޮށް މަޢުލޫމާތު ނުދެވެނީ ކީއްވެބާ؟ ނަމެއްގައި ނުސް ކޮންފަރެންސް ބޭއްވުމުގެ ބާނުމެއް ނެތް.. މިހެން ވާތީ އިތުބާރު ގެއްލެނީ