ކޮވިޑް-19 ޖެހިގެން އަނެއްކާވެސް ދިވެއްސަކު ނިޔާވެއްޖެ އެވެ.
މިއީ ރާއްޖެއިން މި ބަލި ޖެހިގެން ނިޔާވި 15 ވަނަ މީހާއެވެ. ކޮވިޑް-19 ޖެހިގެން އިއްޔެވެސް ދިވެއްސަކު ވަނީ ނިޔާވެފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ، މިއަދު މެންދުރު 12:25 ހާއިރު ދަރުމަވަންތަ ހޮސްޕިޓަލްގައި ކޮވިޑް-19 ބައްޔަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 42 އަހަރުގެ ދިވެއްސަކު ނިޔާވެފައިވާ ކަމަށެވެ.
ރާއްޖޭގައި މި ބަލި ފެތުރޭ މިންވަރު ދަށްވެގެން ނުދެއެވެ. ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ކޮވިޑް-19 އަށް ފައްސިވަމުންދާއިރު، ފުރަބަންދަށް ދިން ލުއިތަކާއެކު ކޮވިޑް-19 އަށް ފައްސިވަމުންދާ މީހުންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. ފަހުން މި ބައްޔަށް ފައްސިވަމުންދާ މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެގޮތުން މިހާތަނަށް 1,131 ދިވެއްސަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
ރާއްޖޭގައި މިހާތަނަށް މި ބަލި ޖެހިގެން ރަނގަޅުވެފައި ވަނީ 2302 މީހެކެވެ.
ސާލިމްބެ ގެ ހުރިހާ ފާފައެއް ﷲ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިއުމަތް miމިންވަރު ކުރައްނވާށި. އާމީން
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
މި ސަރުކަރުން މި ކަމުގަ ޒިންމާ ވާން ނުޖެހޭނެބާ ؟
އެމީހުންގެ ދޯދިޔާ ސިޔާސަތާ ހެދި މި ބަލި ރާއްޖެ އައީވެސް، އެެއާޕޯޓް ހުޅުވާފަ ހުރީ ހޯހޯ ދެން ނުދާނަމޭ ބުނަންދެން... މި ސަރުކާރުގެ ނެތް ހަރުދަނާ ސިޔާަަތު ތަކެއް މި ބަލިން ދިވެހިން ސަލާމަތް ކުރާނެ.
ކޮވިޑްގެ އަސަރު ނުކުރާ އެއްވެސް ޤައުމެއް ދުނިޔެއަކު ނެތް.. ރާއްޖެ އެކަންޏެއް ނޫން
ހުރިހާ ކަމެއް ސިޔާސީ ކުރަން ނޫޅެބަލަ
މިމަރުތަކުގެ ޒިންމާ ހޮސްޕިޓަލުން އުފުލަން ޖެހޭ. ކެންސަރަށް ފަރުވާ ހޯދަން އައިސީޔޫގަ އޮއްވަ އައިސީޔޫއަށް ޓެސްޓުނުކޮށް ކޮވިޑް ޕޮޒިޓިވް މީހަކު ވައްދައިގެން އެތާތިބި ހުރިހާ ބަލިމީހުންނަށް ކޮވިޑް ޖެހިގެން ދިޔައީ. ހައިރިސްކު ޕޭޝަންޓުންތަކަކަށް ކޮވިޑް ޖެހުނީ ހޮސްޕިޓަލުގެ އިހުމާލުން.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
އަދިވެސް މަގުމަތީގަ ދުވޭ..
ކޮންދުވަހުންތޯ ސިޔާސީ މީހުން މިބަލި ސީރިއަސް ގޮތުގައި ނަގާނީ! 15 މީހުންގެ ފުނާނަ އެދިޔަކީ! އަދި ކިތައްމީހުންގެ ފުރާނަ ދަންދެންތޯ ތިމަޑުކުރަނީ! ރައްޔިތުންނާއި ސަރުކާރުން މިނޫން ގޮތަކަށް ވިސްނާނީ ކޮންދުވަހަކުންތޯ!
ސްކޫލްތައް ބަންދުކުރޭ.
"ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ، މިއަދު މެންދުރު 12:25 ހާއިރު ދަރުމަވަންތަ ހޮސްޕިޓަލްގައި ކޮވިޑް-19 ބައްޔަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 42 އަހަރުގެ ދިވެއްސަކު ނިޔާވެފައިވާ ކަމަށެވެ"
އޭނާ ފަރުވާ ހޯދަމުން ދިޔައީކީ ކޮވިޑަކަށް ނޫން. މީނާއަކީ ބްލަޑް ކެންސަރަށް ފަރުވާކުރަން އައިސީޔޫގައޮތް ޕޭޝަންޓެއް. މީނާއަޑް ކޮވިޑް ޖެހުނީ ޓެސްޓުނުކޮށް އައިސީޔޫއަށް ވެއްދި އެހެން މީހެއްގެ ފަރާތުން. މިއީ ހަމަސީދާ އިހުމާލުންވީ ކަމެއް.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ކެރަފާ19 ޖެހިގެން މަރުވާ އަދަދު ދެންދާނީ ބާރައް ކުރިޔައް ރަޖާއަޅައިގެން ތިބޭ ކައް ނުޖެހޭ ކަމައް ވަނީ ރޫހާނީ ލީޑަރު އަންގާފަ