ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ޕާޓީ ކުރަމުން ދިޔަ ބަޔަކު ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ އެކަމުން ސަލާމަތްވުމަށް މޫދަށް ފުންމާލި ވާހަކަ ބުނެފައިވާއިރު އޭނާ މޫދަށް ފުންމާލީ ޖިންސީ ގޯނާއަށްވުރެ ބޮޑު ކަމެއް ހިނގާފައި އޮވެދާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިފަދައިން ބުނެފައި ވަނީ މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް މި މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާ މޫދަށް ފުންމާލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ އަންހެން މީހާ މޫދަށް ފުންމާލި ސަބަބެއް ނޭނގޭ ކަމަށާއި ނަމަވެސް އޭނާ މޫދަށް ފުންމާލަށް ޖެހޭ ސަބަބެއް އޮންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައި ވަނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ޖިންސީ ގޯނާއަށްވުރެ ބޮޑު ކަމެއް ހިނގާފައި އޮވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ނިޔަތަކީ ފަހަރެއްގައި އަޅުގަނޑުމެން ގަބޫލުކުރަމޭ އެއަށްވުރެ ބޮޑު ކަމެއް އެތާ ހިނގާފައި އޮވެދާނޭ. ގޯނާއަށް ވުރެ ބޮޑު ކަމެއް ހިނގާފައި އޮވެދާނޭ. އެހެންވީމަ އަޅުގަނޑުމެންގެ މަގުސަދަކަށް ވާނީ އެކަން ތަހުގީގު ކުރުން. ތަހުގީގު ތެރެއިން އެކަން އިތުރަށް ބަލަމުން ގެންދާނަން،" މަންނާނު ވިދާޅުވިއެވެ.
މީގެކުރިން ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގައި ވެސް މަންނާނު ވަނީ އެފަދައިން ވިދާޅުވެފައެވެ. އެ ދުވަހުގެ ބައްދަލުވުމުގައި މަންނާނު ވިދާޅުވީ އަންހެން މީހާ މޫދަށް ފުންމާލި މައްސަލަ ސަބަބު އެނގިގެން ދާނީ ތަހުގީގު ކުރިޔަށްދާ ވަރަކުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ވެސް ފެނުނުއިރުގައި އޭނާ ތެމިފައި ހުރީ. އަދި މޫދަށް ފުންމާލި ކަމަށް ބަޔާނުގައި އަންނާތީވެ. އަޅުގަނޑުމެންވެސް ގަބޫލުކުރާ އެއް ލައިން އޮފް އިންކުއަރީ އެއީ. ކީއްވެގެންބާއޭ އޭނާ މޫދަށް ފުންމާލީ އެހެންވީމަ އަދި އަޅުގަނޑުމެންނަށް ޖަވާބު އެރުވެން ނެތް ސުވާލެއް އަޅުގަނޑުމެންވެސް ކަންބޮޑުވުން އޮތް ކަމެއް އަންހެނަކު ރޭގަނޑު އަނދިރީގައި މޫދަށް ފުންމާލާނެ ބާއޭ ހަމަ ކަމަކާއި ނުލާ ކޮންމެވެސް އޭގެ ތެރޭގައި ވާނެ،" މަޖިލީހުގެ ކޮމެޓީގައި މަންނާނު ވިދާޅުވިއެވެ.
މަންނާނު ވިދާޅުވީ އެ މައްސަލާގައި ފުލުހުންނަށް އެއްވެސް މީހެއްގެ ފަރާތުން ނުވަތަ ބައެއްގެ ފަރާތުން ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށެވެ. އަދި މީޑިއާތަކުގައި އަންހެން މީހާގެ ހެދުންވެސް އިރައިގެން ގޮސްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވީ ނަމަވެސް އެފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް މަންނާނު ވިދާޅުވިއެވެ.
ގަދަކަމުން ޖިންސީ ގޯނާ ކުރުމަށްވުރެ ބޮޑު ކަމެއް އަންހެނަ ކަށް ކުރިމަތިވާނެތޯ ؟
ތިވާހަކަ އަޑުއައްސަވާފަ ލޮލުން އަންނަ ކަރުނަފޮދު ނައްޓާލެވެނީ ވެސް ކޮށާވަޅިއަކުން. ގުދުރަތީ ގޮތުން ލެއްވި ޖަޒީރާ ރާއްޖޭގައި ހި ކިފަސްގަނޑައް ވުރެ މޫދު ބޮޑުވުމަކީ ގޯހެއްކަމައް މިފަހަރު ނުނިމިއްޖެޔާ ސުކުރު.
ރޭޕް ކޮއްފަ މަރާލާން އުޅުނީ ކަމައް ތިޔަ ވާނީ އެހެންވެ ތިޔަމީހާ ތިޔަ ފުންމާލާނީ
ޕޮލިހުން މޮޅިއްޔާ ނިކަން ތިކަންކުރިބަޔަކާ މެދު ފިޔަވަޅު އަޅާބަލަ.
އުނބައް ޖެހުމަކީ ކޮބާ؟
ހުމަތު ކުރެވޭ ދެމީހުން ދޫކޮށްލީ އެއްވެސް ނުފޫޒެއް އޮވެގެނެއް ނޫން ކަމަށްވާނަމަ ތަމެން އެ ދެމީހުންގެ ނަން ތައް ހާމަ ނުކޮށްގެން އުޅެނީ އެއީ ކިއެއްވެތޭ
ބޯޑަރު ހުޅުވަން ވާނީ ވެލާނާ އެއާރޕޯރޓް އެކަނި މިއަހަރު އިންޓަރނޭޝަނަލް ފްލައިޓްސް ތަކަށް ސަބަބަކީ ވެލާނާ އެއާރޕޯރޓް އިން ލިބޭ އެއްޗަކުންނޭ
މައްސަލަ ނުބަލާ ކުއްވެރިން ދޫކޮއްލީމައި ނޭނގޭނެ ވީ ގޮތެއް
މާލެ ސަރަހައްދުގައި އުޅޭ ބިދޭސީން އެބަޖެހޭ ސައިޒުން ކަނޑާ ތިރި ކުރަން ފުލުހުން މާލެ ސަރަހައްްދުގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނަށް ނޫޅެވޭނެއޭ
ތިޔަ ތަހުގީގެއް ނުނިމޭނެ. ފޫނެތް ފަޔައް ފެން ފުރާކަހަލަ ތަހުގީގު ކުރާ ބައެއް ދިވެހި ފުލުހުންނަކީ. ބޮޓުންތަކެއް.
ކަލޭމެންނަށް ބުނެވޭނީ ވަކި ބަޔަކު ބުނާ ބަހެއް ހަމަ އެ ގޮތަށް
ތިދެން ނިއުސް ކޮންފަރެންސްތަ، ތިޔަކުން އެކައްޗެއްވެސް ރައްޔިތަކަށް ސާފެއް ނުވި، ނޫސްވެރިން ކުރި އެންމެ ސުވާލަކަށްވެސް ފުރިހަމައަށް ޖަވާބެއް ނުދެވުނު، ވަރަށް ނާޤާބިލު ،
އަންހެންމީހާއަށް ފައިސާދީފަ ރާއްޖޭންް ފޮނުވާލާފަ ދެން ކޮން ތަހުގީގެއްކުރެވޭނީ،
ކާކު ދެކޮޅަށް ވަކާލާތު ކުރަނީ، ދެންތިބީ ހުސް އެއްކޮޅު މީހުން، ތިޔަ މައްސަލަ ތިއޮތީ ތަޙުގީގުކޮށް ނިމިފައި، ދެން ބުނޭ އެމީހުން ތިބީ ރާބޮއިގެންނެއްނޫނޭ، ރޭޕެއްވެސް ނުކުރެޔޭ ، ޖިންސީ އަނިޔާއެއްވެސް ނުކުރެޔޭ،
މި ޕޮލިހަށް ވެއްޖެއްނު ތަހުގީގު ކުރަން އެނގޭ ބަޔަކު ހޯދަން.
ޕްރެސްއަށް އަރާ މީހުންނަށް ރަނގަޅަށް ވާހަކަ ދައްކާ ނުލެވޭ، ކަންކަން ފޮރުވަން ހަދައިގެން.
ތަހުގީގު ތަހުގީގު ތަހުގީގު ތި ތަހުގީގެއް ނިމޭނެތަ ދުވަހަކުވެސް. މިރާއްޖޭގައި ތަހުގީގުވެސް ޝަރީއަތްވެސް އަދަބުވެސް އޮތީ ނިކަމެތިމީހާއަށް. ކިރިޔާވެސް ސަރުކާރުގެ ބާރެއް އޮތްމީހެއް އަތުގައި ފައިސާފޮއްޗެއް އޮތްމީހަކަށް ތަހުގީގެއްވެސް ޝަރީއަތެއްވެސް ހުކުމެއްވެސް ނެތް. މިއީ ކިހާ ހެއްވާކަމެއް. މިއީ ހަމަ ރޯދަމަހު އެދައްކާ މުހައްމަދުއްރަސޫލުﷲ ޕްރޮގްރާމްގައި އެފެންނަނަ ސަދޫމްގެ ޝަރީއަތް ކަހަލަ ޝަރީއަތް ހިންގާ ގައުމެއް.
ކީއްކުރާނީ. މޫދައްފުންމާލިމީހާ މިއަދު ދުނިޔޭގަހުރިނަމަ އިނގުނީސް އޭނަ ފުންމާލީ ކީއްވެކަން. މީއަޅެފަހެ ބޮޑު އަރަތެއްކަޔަލަ ސަރުކާރެއްނު
މަންނާނޫ މިއަދުގެ ޕުރެސްގައި އާ ވާހަކައެއް ނެތޭ. ކަލޭމެންގެ ބޮޑު މީހާ ހަމީދު ބުނެގެން އޮޅުވާލުމާއި މަކަރު ހެދިޔަސް ރައްޔިތުންނަށް އެބަ އިނގޭ ތީ މައްސަލަ އިނގޭ ތެރެއަށް ހިންނަވަރު ބުއްޅަހުއްތު ވަދެގެން އޭނާގެ އޯޑަރު އެބަ ހިނގާ ކާން. ތި މައްސަލަ ދާނީ ތޮޅިޔަށް ކަންވެސް ރައްޔިތުންނަށް މާކުރިން ވެސް އިނގޭ. ހިންނަވަރު ބުއްޅަހުއްތު ގެ ޢާއިލާ މީހަކު ކިތަންމެ ބޮޑު ކުށެއް ކުރިޔަސް އެއީ ކުށަކަށް ނުވޭ. ދެން ބުނާނެ ޒީރޯ ޓޮލަރެންސޭ. އިނގިރޭސި ދަސްކުރި އިރު އިހަކަށް ދުވަހު ދަސްކުރި ބަހެއް އަބަދު ބޭނުންކުރަނީ. ޒީރޯ ޓޮލަރެންސޯ..
ތީ މިހާރު އިތުބާރު ހުރި މުއައްސަސާއެއްނޫން.. ކަލޭމެން އަނގައިން ނިކުންނަ ވާހަކަ އަހަރެމެން ދެކެނީ އެއީ ޖޯކުވާހަކަކަމައް.
އަހަރެން ޕޮލިސް ސަރވިސްއަށް ކުރި އުންމީދު ފެނަށް.. މި މީހުން ލަދެއް ނުގަނޭތަ މިފަދަ ގޮތަކަށް ވާހަކަ ދައްކަން..
ޒިނޭ ކުރަން ނުރުހިއްޖެނަމަ މަރާލާނެ ކަމަށް ބުނެ ވަޅިން ބިރުދެއްކީއޭ މަށެއް ނުބުނާނަން.
ދީނާޚިލާފު ވީމަވެސް ބޮޑޮކަމަކަށްނުވި ދެެންބޮޑުކަމަކަށް ވާވަރުގެ ކަމެއް އޮވެދާނެބާއޭ ހިތައްއަރާ!!!
އަޖައިބުވެ އަންތަރީސްވޭ.. އަދިވެސް މިއިން އެނގުނު އެއްޗެއް ހަރާން. އެކަމުގެ އެއްވެސް ޙަޤީޤަތެއް ފެންމަތި ކުރާކަށް ނުކެރޭ.. މިހެން ދަންމަމުން ދަންމަމުން ދާތީ މައްސަލައަކީ.. ޒިންމާދާރުކޮށް ތަޙްޤީޤު ކުރާނަމަ މިއަށްވުރެ ތަފްޞީލީ މަޢުލޫމާތުތަކެއް ހާމަކުރެވެން ޖެހޭނެ. މިވަރު ނުފުދޭ..
މުސްލިމު ޤައުމަކަށްވެ މިކަމުގައި ވެސް ކަންހިނގާ ގޮތް ކާފަރު ޤައުމަކަށްވުރެ ދޯދިޔާ.. ގަޓު ހުރެ ކަންކަން ހާމަކުރޭ
ދެން ބުނަންވީނު ރޭޕަށްވުރެން ބޮޑު ކޮންކަމެއްކަން ހިގީ.
އޭނަ މޫދަށް ފުންމާލި ތަންކޮޅުދޯ ގޯސްވީ ދެން އަވަހަށް އެ އަންހެން މީހާ ހައްޔަރު ކުރަންވީނުން
ޝެއިހު އިޔާޒުމެން ބުނާހެން އަންހެނުން އައުރަ ނިވާނުކޮށް ހެދުން އެޅުމުން ފިރިހެނުންގެ ނިޔަތް ނުބައި ވީމަ ކުށްވެރި ވާންޖެހޭނީ އަންހެނުން ދޯ. އެވަރުންވެސް ޖިންސީގޯނާ ކުރިމީހުންގެ އެއްވެސް ވާހަކައެއް ނުދައްކައެއްނުން