ހުޅުމާލޭ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ "ރޯޔަލް ރޭޕް" ގެ މައްސަލަ އާ ގުޅިިގެން މިހާތަނަށް 11 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މަރިޔަމް އަޒްމާ ވިދާޅުވީ، އެ 27 އަހަރުގެ ބިދޭސީ އަންހެން މީހާއަށް ގަދަކަމުން ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން 11 ފަރާތެއް ބަޔާން ނަގާފައިވާ ކަމަށެވެ.

އަޒްމާ ވިދާޅުވީ، އެ ބިދޭސީ މީހާ ކިޔާދިން މައުލޫމާތުތަކުން އޭނާ އެ ސަފާރީއަށް ދިޔައީ ރައްޓެއްސަކު ދިން ދައުވަތަކަށް ކަމަށާއި، ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި ގައިގައި އަތްލާ ހެދި ކަމަށެވެ. އަދި އޭނާ މޫދަށް ފުންމާލީ އެ މީހުންގެ ފަރާތުން ޖިންސީ ގޯނާ ލިބިދާނެ ކަމުގެ ބިރަށް ކަމަށް އެ ބިދޭސީ މީހާ ބުނެފައިވާ ކަމަށް އަޒްމާ ވިދާޅުވިއެވެ.

"އެ ސަފާރީން ދެ މީހަކު އޭނާ ޑިންގީއަށް ނަގައިގެން ޖެޓީއަށް ބޭލި ކަމާއި މައުލޫމާތު ދީފައިވޭ". އަޒްމާ ވިދާޅުވިއެވެ.

އަޒްމާ ވިދާޅުވީ، އެ ބިދޭސީ މީހާއާ އިތުރު ދެ މީހަކު ޖޫން 26 ވަނަ ދުވަހުގެ ފަތިހު ލަކުޑި ޖެޓީގައި ތިއްބާ ފުލުހުން ގޮސް ސުވާލު ކުރުމުން، ފުރަތަމަ އަންހެން މީހާ ދެއްކީ އޭނާގެ ފޯނު ނުފެނިގެން އުޅޭ ވާހަކަ ކަމަށެވެ.

"ބިދޭސީ އަންހެން މީހާއާ އެވަގުތު ސުވާލު ކުރުމުން ފުރަތަމަ ދެއްކީ ފޯނު ނުފެނިގެން އުޅޭ ވާހަކަ". ފުލުހުން ވިދާޅުވިއެވެ.

އަދި އެވަގުތު އެތަނުގައި ތިބި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި، ވިކްޓިމް ޑޮކްޓަރަށް ދެއްކުމަށް ގެންދިޔަ ކަމަށް އަޒްމާ ވިދާޅުވިއެވެ.

"މި މައްސަަލާގައި މިހާތަނަށް 11 މީހެއްގެ ބަޔާން ނެގިފައިވޭ، ފުލުހުންގެ ފޮރެންސިކް ޑައިވިންގ ޓީމުން ސަފާރީ އަޅާފައިވާ ސަރަހައްދަށް ޑައިވްކޮށް، ވިކްޓިމްގެ ފޯނު ހޯދިފައިވޭ.". އަޒްމާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަކީމް

    އެބަޔާން ތަކުން އެއީ ހިނގިކަމެއްކަށް ސާބިތެއްނުވޭ.

  2. ޢަހުމަދު

    ފޯނުގެއްލިގެން ޑަކްޓަރ އަށްތަ ދަނީ