"ދި އެޑިޝަން" ނޫހުގެ އެޑިޓަރ ރާއި މުނައްވަރަށް ޖިންސީ ފުރައްސާރަ ކުރި މައްސަލާގައި، ތުހުމަތު ކުރެވޭ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީގެ މަގާމުގައި ހުންނެވި ހަސަން އިސްމާއީލްގެ ބަޔާން ނެގުން ލަސްވީ ކޮވިޑް-19 ގެ ސަބަބުން ފުލުހުން ބުނެފިއެވެ.

މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތުގެ ބަޔާން ނަގާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މިދިޔަ އަހަރުއެވެ. އަދި އޭގެ އެތައް ދުވަހެއް ފަހުން ހަސަން އިސްމާއިލް ބަޔާން މި މަސް ތެރޭގައި ވަނީ ނަގާފައެވެ. ބަޔާން ނެގުމަށް އެހާ ލަސްވި ސަބަބު ހާމަ ކުރުމަށް ނޫސްވެރިޔަކު ސުވާލު ކުރުމުން ފުރަތަމަ ވިދާޅުވީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ހާއްސަ ކޮށްފައި ވަނީ ވަކި މައްސަލަތަކަކަށް ކަމަށެވެ.

ނަމަވެސް އެ މައްސަލައަކީ ވެސް ޖިންސީ ފުރައްސާރައިގެ މައްސަލައަކަށް ވާތީ ނޫސްވެރިޔާ ސުވާލު ކުރުމުގެ ފުރުސަތު ދިނެވެ. އަދި ބަޝީރު ވިދާޅުވީ މިއަހަރު އެ މައްސަލައިގެ ބަޔާން ނެގުމަށް ދަތިވީ ކޮވިޑް-19 ގެ ސަބަބުން ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްމާއީލް ޖިންސީ ފުރައްސާރަކޮށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ރާއީއާ ވަނީ ބުނެފައެވެ. އަދި ރައީ ހަސަނަށް ކުރާ ތުހުމަތަކީ "ހަށި ގަންނަން" ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތެވެ.

އެ ނޫސްވެރިޔާ ބުނެފައިވާގޮތުން، އޭނާއަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް އޭނާ ފުލުހުންނަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށްވެސް ހުށަހެޅި ކަމަށެވެ. އަދި މިއަދާއި ހަމައަށްވެސް އެ މައްސަލާގައި ފިޔަވަޅެއް އެޅީފައި ނުވާ ކަމަށާއި، އެކަން ނުކުރެވިގެން އުޅެނީ ކީއްވެގެންތޯ އެ ނޫސްވެރިޔާ ވަނީ ސުވާލު އުފައްދަވާފައެވެ.

އެ ނޫސްވެރިޔާ ކުރި ޓްވީޓްތަކަށް ޖަވާބުދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގުގައި އުޅޭ ފުލުހުންގެ ޓީމާއި އޭނާ ވާހަކަ ދައްކާފައިވާނެ ކަމަށާއި، އެ މައްސަލައިގެ ތަހުގީގު އަވަސްކޮށްދޭން އިރުޝާދު ދީފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މާމީ

    ދޮގުހެދުން ހަމަ ޗިޗަންޑާ 19

    27
    • ޖިންނިޝައިތޯނު

      ފެންނަފެނުމައް ޝައިތާނަކީ ވައްތަރީ ނުބައި ނުލަފާ ބުއްޅަަޝައިތާނު

  2. ޖައްސާތި

    ފުލުހުން ވިދާޅުވީ ހަސަން އިސްމާއީލްގެ ބަޔާން ނެގުން ލަސްވީ ކޮވިޑްގެ ސަބަބުން ކަމަށް އެހެންތޭ އެއީ ވެސް ރޯޔަލް ރޭޕް ކޭސް އަކަށްވާތީވެ ގަސްތުގައި ލަސްކޮށްލީ ނޫންތޭ ...

    19
  3. އެމީހާ

    ކޮވިޑު ކުރީސަރުކާރު ދިފާއުގައިވެސް މިނޫންވާހަކައެއް ދައކަންހަމަނޭގނީބާ

    15
  4. ހިޔާލު

    ބަލާލާފަވެސް ވަރަށް މުޑުދާރު ބެގަނޑެއް ވައްތަރު ޖަހަނީ ވެސް

    13
  5. ?

    ? ހުސް ދޮގު

    10
  6. ސޫދު

    ފުލުހުން ޕީއެޗުޑީ ނަގާގެން ތިބެ ރައްޔަތުން ކުރިމަތީ ފެންނަން ހުރިކަންތަ ނުވާކަހަދަން އުޅުނީމަ އިތުރަބޭޒާރުވާނީ މިހާރު ތިވާހަކަ އަޑުއަހާބަޔަކުނެތް...

  7. މަބޭ

    ކަލޭމެންތީ މިހާރުތިޔަމުއައްސަސާއައް ހުތުރުއަރުވާބަޔެއް ﷲ ގަންދީހުވާކޮއްގެންތިބެ ބިޑެތިދޮގުނުހަދާ އިސްތިއުފާދީފަ ގެޔައްދޭ އޭރުން ހަމަގައިމުވެސް ފާފަވެރިނުވެ ސަލާމަތްވެވިދާނެ

  8. ރަޝީދު

    ޢަދުލު އިނސާފު ހޯދުމަށް މިހާރު ދާނެ ތަނެއްނެތް އަމިއްލަ އަށް އިންސާފުހޯދުމަށް ވިސްނަން އެބަޖެހޭ

  9. ގަސަމް

    ހަސަން ބަނޑޭ ކަލޭ ގެ ލަދު ކޮބާ، މީހާ މުސްކުޅިވެ ހަންޓޯޓޯ ވީމަ ވެސް ތިއާދަ ތައް ނުހުއްޓޭ ދޯ،،