ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި މަސްތުގެ ހާލުގައި ތިބި ބަޔަކު އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތު ކުރެވިފައިވާއިރު، އެވަގުތު އެ ސީން އަށް ދިޔަ ފުލުހުންނަށް އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމެއް ނޭނގޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޕޮލިސް ޗީފް ސުޕްރިޑެންޓް މުހައްމަދު ބަޝީރު ވިދާޅުވީ، މަސްތުގެ ހާލުގައި ހުންނަ މީހެއްގެ ސާމްޕަލް ނެގުމަށް އަބަދުވެސް ވިކްޓިމް ނުވަތަ އެ ސީން އަށް ހާޒިރުވާ ފުލުހަކަށް އެފަދަ ތުހުމަތެއް ކުރެވޭނަމަ ނަގާނެ ކަމަށެވެ.

އެހެން ނަމަވެސް ސަފާރީ ރޭޕް މައްސަލައިގައި ކުށުގެ ވެއްޓަށް ހާޒިރުވި ފުލުހުންނަށް އެތަނުގައި ތިބި މީހުން ތިބީ ބަނގުރާ ބޭނުން ކޮށްގެން ކަމުގެ ތުހުމަތެއް ކުރެވިފައި ނުވާ ކަމަށް ބަޝީރު ވިދާޅުވިއެވެ. އެފަދަ ތުހުމަތު ތަކެއް އެފަރާތްތަކަށް ކުރެވިފައިނުވާތީ އެ މައްސަލައިގައި ތިބި މީހުން ބަނގުރާ ބޮއެގެން ތިބި ކަމަށް ޓެސްޓް ކޮށްފައެއް ނުވެއެވެ. މިފަދަ ޓެސްޓެއް ހަދާފައިނުވާތީ އެފަރާތްތަކުގެ މައްޗަށް މިހާރު އެފަދަ ކުށެއް ކުރިކަން ސާބިތެއް ނުވާނެއެވެ.

"އެދުވަހުގެ އެ ހާލަތުގައި އެސީން އަށް ދިޔަ، އެމީހުންނާއި ބައްދަލުވި ކުދިންނަށް [ފުލުހުންނަށް] އެމީހުން މަސްތުވާތަކެތި ބޭނުން ކޮށްގެން، ބަނގުރާ ބޭނުން ކޮށްގެން ތިބި ކަމުގެ ތުހުމަތެއް ނެތޭ. އެހެން ބުނުމުގެ ސަބަބުންނޭ އޭރު ނުނެގުނީ" ބަޝީރު ވިދާޅުވިއެވެ.

އެމީހުން ބަނގުރާ ބޮއެގެން ތިބި ކަމުގެ ތުހުމަތު ކުރެވިފައި ނުވި ނަމަވެސް، މި ހާދިސާގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި، އަންހެން މީހާއާއި ހަވާލާދީ ނޫހަކުން ގެނެސްދީފައި ވަނީ އެމީހުން މަސްތުގެ ހާލަތުގައި ތިބެ އޭނާ އަށް ޖިންސީ އަނިޔާ ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި އަންހެން މީހާ މީގެ ކުރިން ކިޔާދީފައިވާ ވާހަކަތަކާއި ފުލުހުންނަށް ދީފައިވާ ބަޔާނާއި ދިމާނުވަތީ ގިނަ ބަޔަކު ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ. މިފަދަ ތުހުމަތު ތަކެއް ކޮށްފައިވަނީ، މި މައްސަލައިގައި ސަރުކާރުގެ އިސްފަރާތްތަކާއި ގުޅުންހުރި މީހުން ހިމެނޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މަރީ

    ފަހުން މިހާރު ނޫހަ ދިއް އިންޓަވިއު ގަ ވެސް އަންހެއްމީހާ ބުނި އެންމެ ރާ ބޮއެގެ ތިބި ވަހަކަ ނޫސް ވެރިން ކީއްވެ އެހެން ނުބުނީ.ވަކި ބައެއް ވީމަ ޓެސްޓު ކޮން ނަން ހާމަ ކޮން ޖަކަ ލެވެނީ

    18
  2. ކުދުވާނޑި މުހުންމާ

    "އެދުވަހުގެ އެ ހާލަތުގައި އެސީން އަށް ދިޔަ، އެމީހުންނާއި ބައްދަލުވި ކުދިންނަށް [ފުލުހުންނަށް] އެމީހުން މަސްތުވާތަކެތި ބޭނުން ކޮށްގެން، ބަނގުރާ ބޭނުން ކޮށްގެން ތިބި ކަމުގެ ތުހުމަތެއް ނެތޭ. އެހެން ބުނުމުގެ ސަބަބުންނޭ އޭރު ނުނެގުނީ" ބަޝީރު ވިދާޅުވިއެވެ.

    މިތަންކޮޅު ކިޔާލުމުން ދިވެހި ފުލުހުންގެ ޕްރޮފެޝަނަލް މިންގަނޑު އެބަ ބުނެދޭ.

    ފުލުހުންގެ ތެރޭގައި ވަކިރޭންކެއްވީމައި ކުދިން، މިއީ ބުލީކުރުން ނޫންދެން ކޮންކަމެއްތޯ؟ ބަލަ ފުލުހުންގެ ވަޒީފާއާއި ހަވާލުވީމައި އެހަވާލުވަނީ ޕްރޮފެޝަނަލް ވަޒީފާއަކާއި އެތާކު ކުދިންނެއް ނޫޅޭނެ. އެތާގައި ތިބޭނީ ޕްރޮފެޝަނަލް ސްޓޭންޑަޑް އަށް މަސައްކަތް ކުރާ ފުލުސް އޮފިސަރުން.
    ތިހެން ހަދަމުން ގޮސް އެންމެ ފަހުން އެކުދިން ސޯޓުބުރި ލައްވާފައި ދަނޑިބުރިއެއްދީފައި ބައްތިއްބާނީ، އޮފިސަރުން ނަލަ ޔުނީފޯމްގައި މޭފުޅާކޮށްފައިތިބޭނީ.

    17
    2
  3. ރަނާ

    ސީންއަށް ދިޔަ ފުލުހުންވެސް މަސްތުގެ ހާލަތުގަ ތިބިއްޔާ ތިހެން ވެދާނެ!

    29
    1
  4. ގމރ

    އިންސާފެއް ނެތް... ހަމަ ޕޮލިހުން ގަސްތުގަ މަތީ މީހުންނަށް ވާތީ ޗެކް ނުކިރީ.... ޕޮލިސް ފެއިލް

    28
  5. Anonymous

    ޙޮޅި ވާހަކަ ނުދައްކާ ކަލޭމެން. ސަފާރީ ގައި ރޭޕް ގަދަކަމުން ޖިންސީ ގޯނާ ނުވަތަ ރޭޕް ކުރި ބަޔަކު ބަގުރާ އަށް ޓެސްޓު ކުރަން ވާނެ ކަން ފުލުހުން ނަށް އިންގޭނެ ެެއީ ސަފަރިޔަށް ދަނީ ޑޭޓަކަށް ނޫން ވިއްޔާ. ފުލުހުން ނަން އިގޭނެ ސަފާރީ އަށް ދާނީ ޕާޓީ ކުރަން ކަން. ޕާޓީ ކުރާ މީހުން ކަސްބީން ގެނެސް ބަގުރާބޮއި ނަޝާނެކަންވެސް އިންގޭނެ ފުލުހުން ނަށް. މީ މައްސަލަ އަށް ނުފޫޒުފޯރުވި ހިންނަވަރު ބުއްޅަހުއްތު ރައީސް އެއީ މި ކޭސްގައި ޝާމިލްވާ ރޭޕިސްޓަކީ މެންބަރު ޖިހާންގެ ފިރިމީހާ ކަމަށްވާތީ ދެން ޕޮލިސް ކޮމިޝަނަރުކަމުގައި ހުރި ހަމީދު އިނދެގެން އުޅެނީ ހިންނަވަރު ބުއްޅަހުއްތު ގެ އަންހެނުންގެ ކޮއްކޮ އާއި. މީ ޙަޤީޤަތަކީ.

    18
  6. ހަސަން ތަކުރު

    ކިތެންމެ މޮޅަކަށް އޮޅުވަން އުޅުނަސް އެއީ ބޮޑު އޮޅުވާލުމެއް.ރޭވުންތެރި ކަމާއި އެކު ހިންގި ބޮޑު ޖަރީމާއެއް.އެމީހުން ދިޔައީ ސީން އަށްތޯ ހަސީން އަށްތޯ؟ބަލަ މަސްތުވާތަކެތި ބޭނުންކުރުން ނޫންތޯ ކުށަކީ.؟މަސްތުވާތަކެތި ބޭނުންކޮށްގެންތިބިކަން އިނގޭނީ ޓެސްޓް ކުރީމަ ނޫންތޯ؟ސަފާރީގަ ރޭގަނޑު ދަންވަރުތިބީ ދީނީ ދަރުސް އަކަށްތޯ؟އެންމެ ކުޑަމިނުން ޝެއިޚް ވީ ހިސާބެއްވެސް ބަލާލިނަމަ.އެވަރުވެސް ބަލާނުލެވުނު.ހަމަ ހައިރާން ވެއްޖެ.މިގައުމުގަ ގާނޫނު މިހިނގަނީ ކުޑަކާށި ބޮޑު ކާށި އުސޫލުންދޯ.

    17
  7. Anonymous

    ސަދޫމް ޖަސްޓިސް. ރައީސް ޖާހިލުގެ ލިޔަނަކު ކުއްވެރިވޭތަ

    21
  8. ނަސީދު

    މީތޯ އިންސާފޭ ވައުދޭ އެޖެންޑާ 19 ބަނޑޭ ހަންގަނޑެ ކިޔާފައި ރައްއިތުންގެ ބޮލުގައި އަދުން އަޅުވާފައި ވެރިކަން ލިބުނީމާ ހަމަވެރިކަން ކުރަމުން ދަނީ މައުމޫމް ، އަންނި ، ޔާމިން ، ކުރަމުން އައިބީދާއިން އެއްފޮތަކުން

    15
    1
  9. ނަސީ

    މީތޯ އިންސާފޭ ވައުދޭ އެޖެންޑާ 19 ބަނޑޭ ހަންގަނޑެ ކިޔާފައި ރައްއިތުންގެ ބޮލުގައި އަދުން އަޅުވާފައި ވެރިކަން ލިބުނީމާ ހަމަވެރިކަން ކުރަމުން ދަނީ މައުމޫމް ، އަންނި ، ޔާމިން ، ކުރަމުން އައިބީދާއިން އެއްފޮތަކުން

    11
    2
  10. ރޯޔަލް

    އެއްވެސް ކަހަލަ ސާންޕަލްއެއް ނަގާނީ އައިއޯ ގެ ރިކުއެސްޓަށް ސީންއަށް ދާ ފުލުހުން އެއްވެސް އިރެއްގަ އެކަމުގައި ގޮތެއް ނުނިންމާނެ. އޮޅުވާނުލާ!

  11. ރޯޔަ

    އެއްވެސް ކަހަލަ ސާމްޕަލް އެއް ނަގާނީ މައްސަލަ ބަލާ (އައިއޯ) ގެ ރިކުއެސްޓަށް، އައިއޯ ރިކުއެސްޓް ކުރީމަ ސިސްޓަމް އިން ނަގަންވީ ސާމްޕަލް ފެންނަން އިންނާނެ، ސީންއަށް ދާ ފުލުހުން އެއްވެސް އިރެއްގަ އެކަމުގައި ގޮތެއް ނުނިންމާނެ. އޮޅުވާނުލާ!

    2
    1
  12. ކިނބޫ

    އެތަނަށް ދިޔަ ފުލުހުން ތިބި ހާލަތެއް އެނގޭތަ؟

    2
    1
  13. ސޮމެޮނެ

    ތިޔަ ލޭބަލް ރަގަޅު ކުރަންޖެހޭ..
    ރޭއަޅުކަން ކުރިބަޔަކު މަސްތުގެ ހާލަތުގަ ތިބެދާނެތޯ؟؟؟