މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުން ގާތް 48 ގައުމު ހިމެނޭ ގޮތަށް އުފައްދާފައިވާ، ކްލައިމެޓް ވަލްނަރަބްލަ ފޯރަމް (ސީވީއެފް)ގެ "ތީމެޓިކް އެމްބެސެޑަރ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޔަށް ކުރައްވައިފިއެވެ.
ރައީސް ނަޝީދު މި މަގާމަށް އައްޔަން ކުރައްވާފައިވާކަން އަންގަވާފައި ވަނީ ސީވީއެފްގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓާވާ ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ޑރ. އޭ.ކޭ. އަބްދުލްމޯމެން ރައީސް ނަޝީދަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
ރައީސް ނަޝީދަށް އަރުވާފައިވާ "ތީމެޓިކް އެމްބެސެޑަރ އޮފް ސީވީއެފް ފޯރ ދަ ތީމެޓިކް ޑޮމެއިން އޮފް އެމްބިޝަން" ގެ މަސްއޫލިއްޔަތަކީ އަމިއްލަފުޅު ހައިސިއްޔަތުން ހިލޭ ސާބަހަށް އަދާ ކުރައްވާނެ މަސްއޫލިއްޔަތަކެވެ. އެމަނިކުފާނު އެ މަގާމަށް އައްޔަން ކޮށްފައިވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކާ ދެކޮޅަށް ކުރައްވާފައިވާ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުންނެވެ.
ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ މަސައްކަތް ކުރިއަރުވައި، ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން ކަނޑައަޅާފައިވާ ހަ ދާއިރާއިން އެމްބެސެޑަރުން ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން އެމްބިޝަން، ކަލްޗަރ، ފައިނޭންސް، ޕާލިމަންޓްސް އަދި އިޔާދަ ކުރަނިވި ހަކަތަ އާއި ވަލްނަރަބިލިޓީ ހިމެނެއެވެ.
ސީވީއެފް އަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުން ގާތް 48 ގައުމު ބައިވެރިވާ ބައިނަލްއަގުވާމީ ފޯރަމެކެވެ. މި ފޯރަމްގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވިފައިވަނީ 2009 ވަނަ އަހަރު ރާއްޖޭފައެވެ. މި ފޯރަމްގެ މަގްސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި ގުޅޭގޮތުން ގައުމުތަށް އަހުލުވެރިކޮށް، ތިމާވެއްޓާ ރައްމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް މެމްބަރު ގައުމުތަކުން ބޭނުން ކުރާ ހަކަތައަކީ 100 އިންސައްތަ އިޔާދަ ކުރަނިވި ހަކަތައަށް ބަދަލު ކުރުމަށް މަސައްކަތް ކުރުމެވެ.
ކެނެރީގެ ބުއްޅަބޭ އަށް ތަ؟ ތިޔަށް ވުރެ މާ ރަނގަޅު ވީސް ކ.ގުރައިދޫ ހާއްސަ އެހީ މީހުން ބަލަހައްޓާ މަރުކަޒުން ކޮންމެވެސް މީހަކަށް ތި އެންބެސަޑަރުކަން ދިނިއްޔާ
ވަރަށް ރަނގަޅު ކޮމެންޓެއް. ތިކިޔާ ބުއްޅަބޭ އަކީ މި ޤައުމަށް ޖެހިފައިވާ ބޮޑު ވަބާ އާފާތެއް. މީނާގެ ފުށުން ރައްޔިތުންނަށް ގެއްލުން ނޫން ކަމެއް ނުވޭ ނިކަން ބަލާބަލަ 2012 ފެބުރުއަރީ 7 ގުޅިގެން އަމިއްލަ އަށް އިސްތިއުފާ ދީފައި ފާޓީ ކުދިން ގޮވައިގެން ރައްޔިތުންގެ ބަޖެޓުން ހަރަދުކޮއްގެން އިމާރާތް ކޮއްފައިވާ ޕޮލިސް ސްޓޭޝަން ތަކާއި ކޯޓު ތަކާއި ސަރުކާރުގެ އެހެނިހެން މުއްސަސަތަކުގައި ހުޅުޖަހައި އެންދީ. ހަސަދަވެރިވިޔަސް އެއީ ބޮޑު ވަރު.
ބުއްޅަބޭއަށް ދޭންވީ ޤައުމު ފަނާކުރާ އެންބެސެޑަރުކަން!!
'މޮސްޓާ' މަޖްލިސްގެ ރައީސަކަށް އެންމެ ރަނގަޅީ
ބުއްޅަ އެންބެސަޑަރުކަން ދޭންވީ
މީނާ ފޮނުވާލާ ބަގުލަދޭސްޢަށް