ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރެއްވި ކަމުގެ ތުހުމަތުތަކެއް ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެކަމާއި ގުޅިގެން ސުވާލުކޮށް ބަޔާން ނަގާފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ، އަލީ ވަހީދުގެ މައްޗަށް ކުރެވުނު ތުހުމަތު ތަކާއި ގުޅިގެން އޭނާގެ ބަޔާން ނަގާފައި ނުވަނީ މިހާރު ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބަތް ބަލާއިރު، ތަހުގީގަށް އަދި އެކަން އެގޮތަށް ކުރަން ނުފެންނާތީ ކަމަށެވެ.

އެހެން ނަމަވެސް މި މައްސަލައާއި ގުޅިގެން 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މަރްޔަމް އަޒްމާ ވަނީ ވިދާޅުވެފައެވެ. މި ބަޔާންތަކުގެ ތެރޭގައި ހިމެނެނީ ކޮން ބައެއް ކަމެއް އަޒްމާ ހާމަ ކޮށްފައެއް ނުވެއެވެ.

އަލީ ވަހީދަށް ކުރެވުނު ސީރިއަސް ތުހުމަތު ތަކެއްގެ ސަބަބުން އޭނާ ދިރިއުޅުއްވާ ގެއެއް ބަލައި ފާސްކޮށް އޭނާގެ ފޯނާއި ލެޕްޓޮޕް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އަލީ ވަހީދު ފުރުން މަނާކޮށް ޕާސްޕޯޓުވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

ޕާސްޕޯޓާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޕޮލިސް ޗީފް ސުޕްރިޑެންޓް މުހައްމަދު ބަޝީރު ވިދާޅުވީ، ޕާސްޕޯޓް ހިފެހެއްޓާފައިވަނީ މައްސަލައިގެ ތަހުގީގަށް ހާޒިރު ކުރަން ޖެހޭ ވަގުތުގައި އެކަން ކުރަން ހުރަސް އެޅިދާނެތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Mahujanu

  ބުޅާތައް ގޯނިން ބޭރުވެދާނެތީ ދެއްތޯ؟

  17
 2. ވިސްނޭ

  ރޯޔަލް ފެމެލީ ވީމަ ސުވާލުނުކޮށް ދޫކޮށްލީ ދޯ...

  18
 3. ސޯޕް ލައިޓް ބްރަދަރ

  ތިޔަވިދާޅުވީ ވަރަށްރަނގަޅު ވާހަކައެއް ތަހުގީގަކަށް ނުފެންނާނެ ، ފެންނާނީ ލޯހުންނަ، އެއްޗިއްސަށް!!!

 4. ރަބަރޭ

  ޢެންމެފަހުންް ތިމައްސަލަވެސް ވާނީ ހުދުކާފޫރަށް
  ބޮޑުވަރު

  10
 5. ޢަމަދު

  ދެންދޭ މަގުމަތި ބަލަހައްޓަން ދިވެހި ރަތްޔަތުން ފެލަން މުސާރަ ހޯދަން، މި އޮތީވާ ޕޮލިހުން އުޅޭ ގައުމެއް ވާ އެއްކަމެއް ހަރާން، ތި ޕޮލިސް އާލާތުންނައް އެބަޖެހޭ ރަގަޅު ތަމްރީނު ދޭން، ހަލާކު ހުރި!!!