ޗައިނާ އަށް އެއްޗެހި ގޮވުމަށް ފަހު، މަޝްވަރާކޮށްގެން ނަތީޖާއެއް ނެރެވިދާނެތޯ ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މިއަދު ސުވާލު އުފައްދަވައިފިއެވެ.

އަލީ ހުސެއިން އެގޮތަށް ސުވާލު އުފެއްދެވީ ރާއްޖެ އާއި ޗައިނާއާ ދެމެދު ބާއްވާ ބައިލެޓްރެލް ކޯޑިނޭޝަން މެކޭނިޒަމްގެ މަޝްވަރާތައް ބޭއްވުމާ ގުޅިގެންނެވެ.

"ދެ އިރު ދެ ދަޅައަށް ޗައިނާ އަށް ބަވާ އެއްޗެހި ކިޔުމަށް ފަހު މިހާރު ފަށާ މަޝްވަރާތަކަކުން އެކަށީގެންވާ ނަތީޖާއެއް ހޯދިދާނެބާ؟ ސަރުކާރު ކޯލިޝަންގެ ދެ ވަނަ އަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ރާއްޖެ އާއި ޗައިނާއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ގެއްލުންތަކުން ދެ ގައުމު ގުޅިގެން ސަލާމަތްވުމަށް މަސައްކަތް ކުރުމަށް މަޝްވަރާ ކުރިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ އާއި ޗައިނާއާ ދެމެދުގައި ގާތް ގުޅުމެއް އުފެދިފައިވެއެވެ. ޗައިނާ އިން ވަނީ ރާއްޖެ އަށް ބޮޑެތި އެހީތެރިކަމެއް ވެދީފައެވެ. އަދި ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު އެއް ހިއްސާދާރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިވާ

    މިމީހުންއަޅ ލަދެއްވެސް ނުގަންނަނީތަ ދެދުވަހުން އެއްދުވަހު ޗައިނާއައް ބަވާފަ އަނެއްދުވަހު މީހުންރާއްޖެއައް ފޮނުވާށޭކިޔާ އާދޭސްކުރާކައް ހާދަގޮތެއްނެތްބައެކޭމީ

    15
  2. ކެޔޮޅު

    ބަނޑު ހައިވީމަ ކާނެއެއްޗެއްނެތީމަ ކިރުފެލިހުނިވެސް ކޭ ބީދައިން ސަރުކާރު ބަނގުރޫޓު ވީމަ ވާނީ މިހެން .