މިސަރުކާރުގައި ދިރުމެއް، އުއްމީދެއް ވެސް ނެތް ކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް އިން ކޮންމެ ރެއަކު ބާއްވަމުން ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ މިސަރުކާރުގެ ކޮންމެ ކަމަކުން ފެންނަނީ އަނިޔާވެރިކަމާއި ބޭއިންސާފު ކަމަށާއި ރައްޔިތުންނަށް ކަމެއް ކޮށްނުދެވުނު އިރު ކަންކަން އިންސާފުވެރިކަމާއި އެކު ގެންދަން ވެސް ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ.

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރައްވާކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލޭ މާޔަރުކަމަށް އޭނާ ހޮވިއްޖެނަމަ ފުށިދިއްގަރު ފަޅުންނާއި ގުޅީފަޅުން މާލޭގެ ރައްޔިތުންނާއި، ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް ގޯތި ދޭނެ ކަމަށެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި އަޅުގަނޑުމެން ޕްލޭން ކޮށްފައި އޮންނާނީ މާލޭގެ ރައްޔިތުންނަށް ފުށިދިއްގަރު ފަޅުން 20000 ގޯތި، އަދި ގުޅިފަޅު އެއްކޮށް ހިއްކުމަށްފަހު އެތަނުން ގޯތި ދޭން. އެކަން ކުރުމަށްޓަކައި އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާ އެމްޑީޕީގެ ޕަޕެޓަކަށް ނުވާނެ ކަމަށާއި އޭނާ ވަނީ މާލޭގެ ރައްޔިތުންގެ ހާދިމަކަށް ކަމަށެވެ.

މުއިއްޒުގެ މައްސަލަައެއް ފުލުހުން ތަޙްޤީޤު ކުރަމުން ގެންދާތީ އެކަމަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ކައުންސިލް އިންތިޚާބުގެ ކުރިން އޭނާގެ ކެންޑިޑެސީ ބާތިލް ކުރަން ކަމަށެވެ. ނަމަވެސް ކަންކަން ނިންމަވާނީ މާމަތިވެރި ފަރާތަކުން ކަމަށާއި ޙައްޤަށް ނަސްރު ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިހާރު އެއްވެސް ރައްޔިތަކު ވެސް މިސަރުކާރާއި މެދު އެއްވެސް އުއްމީދެއް ނުކުރާ ކަމަށެވެ. "މިސަރުކާރަށް ދެއަހަރު ވާން ދާއިރު ރައްޔިތުން އެދެމުންދާ އެއްވެސް ކަމެއް ކޮށްދިން މަންޒަރެއް ނުފެނޭ. ރައްޔިތުން ބޭނުންވާ ކަމެއް ކޮށްދިނުމަށް މަސައްކަތް ކުރާ މަންޒަރެއް ވެސް ނުފެނޭ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކޮށްފައި ވާތީ އޭނާ ވިދާޅުވީ މަޖިލީހުގައި ދެގަޑިއިރު ހޭދަވިއިރު އިހްސާސް ކުރެވުނީ މިއީ އެއްވެސް އުއްމީދެއް ނެތް ސަރުކާރެއް ކަންކަމަށެވެ. "މިސަރުކާރަށް ކަމެއް ކޮށްނުދެވޭނެ ކަން ސަރުކާރުގެ އަމަލުތަކުންސާބިތުވެއްޖެ. ކަމެއް ކޮށްދެވޭނެ ގާބިލްކަމެއް ނެތް. ސަރުކާރަށް ނޭންގޭ މިދެއްކެނީ ކޮން ވާހަކައެއް ކަމެއް ވެސް. ރައްޔިތުންނަށް ކަންތައްތައް ކޮށްދޭންވީ ކިހިނެއް ކަމެއް ވެސް ނޭންގޭ." މުއިއްޒު ވިދާޅުވިއެވެ.

ވެށިފަހި ޕްރޮގްރާމްގެ ދަށުން ގޯތި ހޯދަން ހުށަހަޅާފައިވާ ފޯމްތައް ނެތް ކަމަށް ސަރުކާރުން ވިދާޅުވުމުން އެފޯމްތައް ހުންނާނެތަން ވަރަށް ތަފްސީލްކޮށް މިރޭ މުއިއްޒު ވިދާޅުވެދެއްވިއެވެ.

"ހައުސިން މިނިސްޓްރީގައި ހުންނާނެ ދެދޮރައަށްޓެއް އެއީ ދޮރައައްޓަކީ ޕަބްލިކް ވޯކްސް ދޮރައައްޓޭ ކިޔާ ދޮރަށި. އެދޮރައަށިން ވަންނައިރު ހުންނާނެ އެއް ބްރީގެ އިމާރާތެއް. އެއިމާރާތުގެ ތެރޭގައި ހުންނާނެ ފާހާނާއެއް. އެފާނާ ކައިރީގައި ހުންނާނެ ޝެލްވްތަކެއް. އެޝެލްވްތަކާއި ކައިރީގައި ހުރި ފޮށިގަނޑުތަކުގައި އެވިދާޅުވާ ފޯމްތައް ހުންނާނެ. ޔަގީނުން ވެސް އަޅުގަނޑުމެންގެ ވެރިކަން ނިމުނުއިރު ހުރި." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ފެށިފަހި ޕްރޮގްރާމްގެ ދަށުން ގޯއްޗަށް އެދުނު އެންމެންނަށް ވާނީ ގޯތި ދީފައި ކަމަށާއި މިހާރު އެޅެނީ "ގޯތި ވައްކަމެއް ކުރަން" ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ "ކުރީ ސަރުކާރު، ކުރީ ސަރުކާރު ކިޔަން ތިއްބާ ރައްޔިތުން ނިކުމެ ބޭރުކޮށްލާ އިރު ވެސް މިސަރުކާރަށް" އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. Anonymous

    މި ސަރުކާރުގައި އޮތީ ކޮރަޕްޝަނާއި ފަސާދަ އަދި ފާޅުގައި އިސްލާމް ދީނަށައި ޢިލްމުވެރިންނަށް މަލާމަތްކުރުން. ވެރިޔަކީ ބޮޑު ކަލު ވަގެއް

    28
    1
  2. ސޫދު

    ފުލެޓު ލިއުންލިބިފަ ތިބިމީހުންނަ ނުދިފއްޔާ ކޯޓަދާންވާނެ...ރެޑީ

    25
  3. ނާނަ

    މީހުންނައް ޖެއްސުންކޮއް ޖަދަލު ކުރުން ނޫން ކަމެއް ކުރަން އެނގޭނެ ބައެެއް ނޫން މިސަރުކާރުގައި މިތިބީ..އެކަން ކުރާނެ ވަރައް މޮޅަށް..

    28
    1
  4. Anonymous

    ކިހާބޮޑުވެއްޖެ ކަމެއްމިއީ... ކަލޭމެންވެސް ވެރިކަންކުރީ ހުރިހާ ލީޑަރުން ޖަލަށް ލައިގެނެްްނޫންތަ!

    6
    30
  5. ކޮވިޑް

    އާއެކޭ! ނެތޭ .....

    5
    10
  6. ގޯތި އާދަނާ

    ކަލޯ ސަރުކާރަކީ ދިރޭ އެއްޗެއްތަ؟

    2
    23
  7. ަަައައައައ

    އާދޭސް ކޮށްފަ، ދިވެހި ރާއްޖޭގެ މުސްތަގުބަލް ސަލާމަތް ކުރުމަށް ދިވެހީން ނުކުމެ މިސަރުކާރު އަވަހަށް ވައްޓާލަބަ. ޕީޕީއެމް ވެރިކަމަށް ނުހޮވުނަސް މިސަރުކާރު އެމްޑީޕީ ކޯލިޝަން ސަދޫމީން ނޫން އެހެން ބަޔަކާ ހަވާލުކޮށްބަލަ. އެމްޑީޕީ މީހުންގެ ފަލްސަފާއަކީ 2050 ވަނަ އަހަރު ރާއްޖެ އަޑިޔަށް ދަނީއޭ ކިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުން ފެލާ ނިކަމެތިކޮށްލާ އެމްޑީޕީ މީހުންގެ އާއިލާތައް މުއްސަދިވެ އެހެން ގައުމުތަކަށް ހިޖްރަކުރުން. 2019 ވަނަ އަހަރު ނިމުމުގެ ކުރިން އެއަހަރުގެ ބަޖެޓް ދަވާލި. އެތަކެއް ފޭކް ލޯންތައް އިންޑިޔާ އަތުން ނަގާ މިވަނީ ދަރަނިވެރި ވެފައި. ޑޮލަރުގެ އަގުވެސް ދަނީ މައްޗަށް. ކޮވިޑް ޖެހޭމީހުން ގިނަވަނީ. ސަލާމަތެއް ނެތް.

    29
    2
  8. އިލްޔާސް އަލީ

    ވަރައްރަގަނޅުވާހަކައެއް މިސަރުކާރަކު
    ދިރުމެއްނެ ތް ވަޅޯސަރުކާރެއް

    24
    2
  9. ނުނނު

    ދިރުމާއި އުއްމީދު އޮތީ ކަލޭމެންގެ އަތުގަ އެއީ ވައްކަން ކޮށްގެން ؟؟؟؟

    5
    27
  10. ސަޓޯ

    ރަގަޅައް ތިބުނީ... ހިތް މަރުވެފައި އޮތް ވައި ސަރުކާރެއް... ލާދީނީ ބަޔަކު ވެރިކަމަށް އައިމަ ބަރަކާތްވެސް ކެނޑިފަ މިއޮތީ މިގައުމަށް

    24
    2
  11. އަލްޖިބްރާ

    ދިރުމާއި އުއްމީދު އޮތީ ހަމައެކަނި ކަލޭމެންކަހަލަ ވަގުން ވެރިކަން ކުރާއިރުގަ ދޯ ! ކަލޭ ތިން ހަތަރު ގޯތި ގަނެލީމަ އުއްމީދާއި ދިރުން އެބައޮތެއްނު !

    2
    15
  12. ކޮވިޑް

    ކަލޯ ގޯތި އާދަނަާ ސަރުކާރު މިކިޔަނީ ކިބުލަކަށް ނޫނެ! އަދި ގަލަކަށް ލަކުޑި ގަޑަކަށް ނޫނެ! އެއީ އެޤައުމެއް ކުރިއަށް ގެންދިއުމަށް ރައްޔިތުން ހޮވާ ވެރިމީހާ އޭނާޔާ އެކު ޤައުމު ހިންގަން އެކުލަވާލާ ބަޔަކަށް ކިޔާ ނަމެކެ! އެހެންވީމައި އެމީހުންގެ ކިބައި ޤާބިލްކަމެއް އިލްމެއް ހިލްމެއް ނެތި ޤައުމު ހިންގުން ފަހަތަށް ދާކަމަށް ވާނަމަ ދިރުމެއް ނެތްވާހަކަ ބުނެވިދާނެ!

  13. ރިހި ރާންބާގަސް

    ކަލޭމެންގެ ސަރުކާރުގަ ދިރުމުގެ ރޭޓް މައްޗަށް ދިޔަލެބޮޑުކަމުން 5އަހަރުނުވަނީސް ވެރިކަމުގެ ބާރުތައް ގެއްލުމުން ސިފައިންނާ ފުލުހުން ނަހަމަގޮތުގަ ބޭނުންކޮށްގެން މިލްޓރީ ގިޔަރުގަ ހުދުމުހުތާރުކަމުގެ ދުވެލީގަ ޖަންގަލީގެ ހަމަތަކުން ވެރިކަންކުރީ! ކަލޯމެން ވެރިކަމަށްގެންނަ ހިތަކުން ނޫޅެން ! މީހެއްގެ ވާހަކަދެއްކޭހާ ހާލެއް ކަލޯގަޔަކުނތް! ވެރިޔާ އަދި ނައީބް ރައީސްކަމަށް ހެދިގެން ކޮޓަރީތެރޭގަ ތިއިނީ!

    1
    1
  14. އަހުމަދު

    ސަރުކާރަކުން ރައްޔިތުންނަށް ކަމެއްނުކޮށްދީ ރައްޔިތުންނަށް އެންމެ ގިނަ ލާރި ވަގަށް ކެއި ސަރުކާރު މކިހާރު މިއޮތީ ކަމެއްނުކޮށް ބޮޑުމުސާރަދީ ބައިތިއްބުމުގެ ސަރުކާރެއްމީ

  15. ސަޢީދު

    މުއީޒު ތިޔަބުނާކަންތައްކުރާނީއެއްކަލަވަގައްނެގިފައިސާގަޑުންބާ އެހެން ވެއްޖެނަމަ އަހަރެންގެ ވޯޓްހަރާންކޮއްލަ