ރާއްޖޭގެ ވެރިކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި މިހާރު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

"ސީއެންއެމް" ގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓުކަން ހޯދުމަށް އޭނާގެ އެއްވެސް ޝައުގުވެރިކަމެވެސް ނެތް ކަމަށާއި ކޯލިޝަނުން އޭނާއަށް ޓިކެޓް ދިން ނަމަވެސް ގަބޫލު ނުކުރައްވާނެ ކަމަށެވެ.

"ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުނިކުންނާނަން. (ރިޔާސީ ކެންޑިޑޭޓެއްގެ ޓިކެޓް ދިނަސް) ދެކޮޅު ހަދާނަން. އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުގެ އެއްވެސް އިންޓްރެސްޓެއްވެސް ނެތޭ، ޝައުގުވެރިކަމެއްވެސް ނެތޭ، އަދި ނުވެސް ނުކުންނާނަމޭ. ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް އަޅުގަނޑު ނުނިކުންނާނަމޭ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ހާލަތެއް ނާންނާނެ ކަމަށެވެ.

އަދުރޭ އެހެން ވިދާޅުވި ނަމަވެސް ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު، އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެއެވެ.

އިދިކޮޅު ލީޑާޝިޕުން ރައީސް ޔާމީން މިނިވަން ކުރުމަށް މާބޮޑު މަސައްކަތެއް ނުކުރާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާތީ އާއި އަދި އަދުރޭވެސް ރައީސް ޔާމީން މިނިވަން ކުރުމަށް ބޭނުން ނުވާކަމަށް ވާހަކަ ދެކެވޭތީ އެކަމާއި ގުޅިގެން ޕްރެޒެންޓަރު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ އެއީ ކޯލިޝަން ބައިބައި ކުރުމަށް ސަރުކާރުން ފަތުރާ ދޮގުު ވާހަކަތަކެއް ކަމަށެވެ.

"ޚުދު ރައީސް ޔާމީން ގަބޫލުފުޅު ކުރައްވާނެ، ރައީސް ޔާމީން މިނިވަން ކުރުމަށް އެންމެ ބޮޑަށް ބޭނުންވާނީ އަޅުގަނޑުކަން. މި ރާއްޖޭގައި ރައީސް ޔާމީން މިނިވަން ކުރުމަށް އެކަކު ހުރި ނަމަ އެމީހަކީ އަޅުގަނޑު،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިރޭ ވެސް ވިދާޅުވީ ރައީސް ޔާމީން ދޫކޮށްލާފައި މި ރާއްޖޭގައި އޭނާ ދާނެ އެހެން ސިޔާސީ ޕްލެޓް ފޯމެއް ނެތް ކަމަށެވެ.

އަދުރޭ އަކީ ކުރިން ފެށިގެން ވެސް ރައީސް ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅާއެވެ. 2009 ވަނަ އަހަރު އަދުރޭ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިޚާބުވެ ވަޑައިގެންނެވީ އޭރު ރައީސް ޔާމީން ލީޑަރުކަން ކުރައްވަމުން ގެންދެވި ޕީއޭގެ މެންބަރެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އަންނި

    ތިޔެއް އިނގިދާނެތާ ، ޔާމީނަކައް ލާހިކެއްނޫން ދެންއޮންނަ ވެރިކަމަކައް ކުރިމަތިލާކައް.

    17
    19
    • ތުއްފާޚް

      އިރާދަ ކުރެއްވިއްޔާ! އިންޝާﷲ!

      7
      1
  2. ފެކްޓް

    ކިރިޔާވެސް ލިބޭނެހެން ހީވާނަމަ ހުންނާނެތަ! އެގޭ ވިއްޔާ ހާލަތު!

    18
    1
  3. އައްޅޯ--

    މީނާ އަށް ވެރިކަން ލިބިއްޖެ ނަމަ ހުރިހާ ރަށެއްގައި ޓިނު ޖަހާ ދޭނެ

    19
    6
  4. ކާފަރު

    ތައުލީމް އެބަހުރިތަ..

    13
    12
    • ލުޓޭރުންގެ ސަރުކާރު

      ތައުލީމުހު ރެގެންދޯ މިހާ ރު ވެ ރިކަމުގަ އެހު ރި މީހާ ވެ ރިކަމަށް ހޮވާފަ އެހު ރީ..ޕޗޑ ހަދާފަދޯ ހު ރީ..އެހެންނޫނަސް ތައުލީމަށް އަޙުލާގަށް ބަލައިގެން ވޯޓުދޭބަޔަކު މިގައުމުގަތިބިނަމަ ވެ ރިކަމުގަ އެހު ރި ގމ ރ ނުހުންނާނެ..މަޖިހުގަ މޑޕ މެމްބަ ރުން ނުހޮވާނެ..ފައިސާދިނީ ވޯޓުދެނީ...އައިޑީކާޑުދެނީ..ޕޕމގެ ރިޔާސީ ކެންޑިޑޭޓަކީ ކާކުތޯ ނުބަލާ ބަލަންވީ މޑޕގެ ކެންޑިޑޭޓަށް ވޯޓުދޭންތިބީ ކޮންބައެއްތޯ...އމޑޕ އިން މުފްތީ ނުކުތަސް ލާދީނިއްޔަތާއެކު ނޫނީ ވެ ރިކަމެނުކު ރެވޭނެ..

      4
      5
  5. މެޑަމް ފާތު

    މަގޭ ވޯޓު ޓިނު އަދުރޭއަށް ދީފިން

    9
    13
  6. އެލެކްސް

    50 ވޯޓުވެސް ނުލިބޭނެ ކަން ޔަގީން މިހާރު ތިޔަ އަނގަ ފުޅާކޯލިޝަންގައި ހިމެނޭ އެކަކަށްވެސް ހީނުވޭ 50 ވޯޓު ހަމަކުރެވޭ ވަރުގެ މީހަކު ހުރިހެން. ޣައްސާނަށް ހީވަނީ ބައްޕާފުޅުގެ މޫނަށް ބަލާފަ ވޯޓު ލިބޭނެ ހެން ބައްޕާފުޅުވެސް ނުދޭނެ. ސައީދަށް އޭނާގެ އަމިއްލަ ރަށުންވެސް 50 ހަމަ ނުކުރެވޭނެ. ޝިޔާމް ރިޔާސީ ރޭސް ހަނދާންވެސް ނައްތާލާ. އާދަމް ޝަރީފް މޫނުގައި ކުލަލާ ތުންފަތުގަ ބަރިބަރިއަށް ލިޕްސްޓިކް އުގުޅިއަސް އިންޑިއާގެ ތާއީދެއް ރައްޔިތުންގެ ތާއީދެއް ނެތް. ޖަމީލު އަކީ ވޯޓެއްލިބޭނެ މީހެއް ނޫން. ވަހީދު މާދުވަސް ވެއްޖެ. މި ރާއްޖޭގައި އަދިވެސް އެމްޑީޕީ އާއި ވާދަ ކޮށްލެވޭނީ ޔާމީން އަށް.

    17
    9
  7. ކާފަރ

    ކަލޯ ދާރިރައިން 800 ވޯޓް ނުލިބޭ މީހަކު ކިހިނެއް ރާއްޖޭން 2 ލައްކަ ވޯޓު ހޯދާނީ. ސުވާލުކުިމީހާވެސް މޮޔަ. އެނގެންވާނެދޯ ހިޔަޅު އޮންނާނީ ހިހޫތަނުންކާން ކަން. އެހެންދޯވީ މިދިޔަ 5 އަހަރު

    15
    4
  8. ލަކީ

    ހެހެ އެންމެ ފަހުވަގުތު ހަމަ ވެރިކަން ބޭނުން ވާނީ

  9. އަލްޖިބްރާ

    " އަދުރޭ މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ހާލަތެއް ނާންނާނެ ކަމަށެވެ."
    ކަލޭ ތިހިރީ ހަމަހޭގަތަ ؟

    6
    2
  10. ރުމޭ

    ގައިމު އަދުރޭވެސް ވެރިކަމުގަ ތިހުރި ވާނުވާއަށްވުރެ ތާހިރުވާނެ.

    7
    1
  11. އަޝްރަފް

    މިހާރުހުރި ބޯބުރާންޗަށް ވުރެ އަދުރޭވެސް މާރަނގަޅުވާނެ ތަޢުލީމު ހުރިތޯ ސުވާލު ކުރާމީހުން އިބޫގެ ތަޢުލީމީ ފެންވަރު އެމގޭބާ؟ މިރާއްޖޭގަ ވެރިކަމަށް އަންނަނީ ރައްޔިތުންގެ ވޯޓުން ތައުލީމީ ފެންވަރަކުން ނޫން ޕާޓީގެ ފަރާތުން ހިކަންޖެއް މީދަލެއް ކުރިމަތިލިޔަސް ވޯޓު ދީގެން ވެރިކަމަށް ގެނައިމަ ވާގޮތް މިހާރު މިފެންނަމުން ދަނީ! ކީއްކުރާނީ އަބަދުވެސް ދިވެހިންނަށް ވިސްނޭނީ ފަހުން

    5
    6
  12. މަންމާފުޅު އަދުރޭ

    މާތްކަލާކޯ ތިފަދަ ބަސަމަގު ރިވެތި ބޭފުޅަކު މިރާއްޖޭގެ ވެރިކަމައް ގެންނާކައް ބޭނުމެއް ނުވޭ އިނގޭތޯ، މަޖިލިސްގައި އުޅުނުއިރު ތިބޭފުޅާގެ އަހުލާގާ ބަސްމަގު ވަނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް ފެނި މޭނުބައިކޮށް ހޮޑުލާފައި އިނގޭތޯ

  13. ވިސްނާލުމަށް އެދެމޭ

    ޕޕމ ފަނިކުރަން ސަރުކާރާ ކޯލިޝަނުން މަސައްކަތް ކުރުމުގެ ބޭނުމެ ނެތް..،މޑޕއަށް ކޯލިޝަނުގަތި ބި ޕާޓީތަކަށް ތާއިދު ގެއްލުނީމަ ޕޕމ ފަނިކުރަން ހިފާނެކަމެނެތް...2023ގަ ރޔާމީންއަށް ވެރިކަމަށް ކުރިމަތިނުލެވެންޏާ ރޔާމީން ހިކަންޖެ ބޮކެއް ދައްކާފަ އެއަށް ވޯޓުދޭށޭ ބުންޏަސް އަހަރެމެން ވޯޓުދޭނީ އެމަނިކުފާނުދެއްކި އެއްޗަކަށް..ނިމުނީއެންނުން ޖަވާ ބު...ހީނުކުރޭ ރޔާމީން ވުޖޫދުން ފޮހެލެވޭނެ..އެކަމެނުވާނެ..އެމަނިކުފާނު ނެތަސް އެމަނިކުފާގެ މަގާމުގަ ދެވަނަ މީހަކަށް ޖާގައެއް ނުދެވޭނެ ..އެމަނިކުފާނުގެ ވިސްނުމާ ލަފަޔާއެކު ޕޕމ ވެރިކަމަށް އަންނާނީ އިންޝާﷲ2023ގަ...

  14. ޙަސަނާ

    ދެންކީއްވެތޯ އުމަރުނަސީރު އެއްޗެކޭބުނާއިރައްތެޅިފޮޅިގަތީ މިގައުމުގަވެރިކަމައްބޫޓުކައިފަތިބި އެންމެންވެސް އެތިބީ ޔާމިނުއައް ހަސަދަލައިގެން ކެޑިނޭޅި ފުރައްސާރަކުރަމުންއެދަނީ މިއަދު ކަލޭމެންވެސް ޔާމިނައްހެވެއްއެދޭނަމަ ވީހާގިނަބަޔަކާގުޅެންވީ ތާއީދުހޯދަންވީ ރިޔާސީ ޓިކެޓު ޕުރައިމަރީއަކުން ދޭންވީ ވަރައްގާބިލު ބަޔަކު ކުރިމައްޗައްނުކުންނަންވީ އެހެންނޫނީ މޑޕ ގެމަކަރުގާ ޖެހި މުޅިގައުމު ހަލާކުވެދާނެ..

  15. ރާއްޖެ

    ނުކިޔަވާ ތިބޭ މީހުން ކުރިމަތި ނުލިއްޔާ ރަގަޅީ. މިހާރު ވެސް ބީތ އެއް ވެރިކަމުގަ ހުރެގެން ގައުމު ބޮއްސުން ލައިގެން މި ދަނީ.