ތ.އަތޮޅު ތިމަރަފުށީ ސްކޫލްގައި ކިޔަވަމުންދާ އޯޓިޒަމް ކުއްޖަކަށް އެސްކޫލްގެ ޓީޗަރަކު އަނިޔާ ކޮށްފައިވާ ކަމަށްބުނެ، އާއިލާ އިން އެމައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފިއެވެ.

ގްރޭޑް-01 ގައި ކިޔަވަމުންދާ އަންހެން ކުއްޖާގެ އާއިލާ މެންބަރަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ކުއްޖާ މިދިޔަ އާދީއްތަ ދުވަހު ސްކޫލުން ގެއަށް އައިރު ކަންފަތް ރަތްވެ، ލޭ އަރާފައި ހުރި ކަމަށެވެ.

"ޔުނީފޯމް ބަދަލު ކުރަން އުޅުނު ވަގުތު ކުއްޖާގެ މަންމަ އަށް އެތަން ފެނިގެން ސުވާލު ކުރުމުން ބުނީ މިސް ކަންފަތުގައި ހިފާފައޭ. ދެން ވަގުތުން ޕްރިންސިޕަލްގެ ސަމާލުކަމަށް އެކަން ގެނެސް، ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނަށް ވެސް ވަނީ މައްސަލަ ހުށަހަޅާފައި. ފުލުހުންނާއި ޕްރިންސިޕަލް ކުރިމަތީގައި ވެސް ކުއްޖާ ވަނީ ކަންފަތުގައި ހިފި ޓީޗަރުގެ ނަން ވެސް ތަކުރާރުކޮށް ބުނެފައި. ނަމަވެސް އެފަދަ ކަމެއް ކުރިކަމަށް ޓީޗަރު އިންކާރުކުރޭ." އާއިލާ އިން މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ ބުނީ އަނިޔާ ލިބުނު ކުއްޖާގެ ހާލަތު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖެންޑާ މިނިސްޓްރީން މިހާރު ބަލާފައިވާ ކަމަށެވެ. އަދި ފުލުހުން ވެސް މައްސަލަ ބަލަމުންދާކަމަށް ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

އޯޓިޒަމް ކުއްޖަކަށް ޓީޗަރަކު އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

91 ކޮމެންޓް

  1. އަޒީ

    މިކަމަކީ އާއިލާއިން ފެތުރި ދޮގު ވާހަކައެއް. މިހާރު އެ އާއިލާއިން އެ ޓީޗަރު ގެ ކިބައިން މާފަށް ވަނީ އެދިފަ

    7
    27
    • އާއިލާ މީހެއް

      އާއިލާ އިން ނުވާނެ މަޢާފަށް އެދިފަ. ދޮގުވާހަކަ ނުދައްކާ. އޮޅުވާ ނުލައްވާ. މިއީ ދޮގުވާހަކައެއް ނޫން.

      24
      1
      • ޖަމީލް

        ތިއީ ދޮގުވާހަކައެއް. އާއިލާއިން މާފަށް ނޭދުނަސް ހެޔޮ. އަބުރުގެ ދައުވާއާއި ކުރިމަތިލަން ތައްޔާރުވޭ އަވަހަށް

      • ރަށު މީހާ

        ހުސް ދޮގު. ކުއްޖާގެ މަންމަ ޓީޗަރަށް ގުޅި ގުޅީމަ ޓީޗަރު ބުނި ދައްކާނެ ވާހަކައެއް އޮތް ނަމަ ސްކޫލަށް ގޮސް ޕޮލިސް މީހަކާ ޕްރިންސިޕަލް އާ އެންމެން ތިބެގެންނޭ ދައްކާ ވާހަކައެއް ދައްކާނީ. އެވެސް އާއިލާ މީހުން ރޭވި ރޭވުމެއް ޓީޗަރު ބައްދާލަން

  2. އުބޭ

    ޢޭޑީއެޗްޑީ އާއި ޙިލާފަށް އޯޓިޒަމް ކުދިން ނަކީ ދޮގުހަދާ ކުދިންނެއްނޫން.. މީ އެކުދިންގެ ޙާއްސަ ސިފައެއް..އެއީ ވަރަށް މައުސޫމް ކުދިން..

    52
    5
    • ގުރާ

      ތިޔަ ދެ ސްޕެކްޓްރަމް އަކީ ވަރަށް ގިނަ އެއްގޮތް ކަންތައްތަކެއް ހުންނަ ދެ ކަންތައް. މިހާތަނަށް ސީދާ ތަޖުރިބާކާރުނަށްވެސް ހޯދިފަނުވޭ. ށީދާ އޯޓިޒަމް ބުނާކުއްޖާކިބައިގަ އޭޑީ.... ގެ ސިފަތައްހުރޭ.ނަމަވެސް ޑޮމިނެންޓް ސިފައަށް ބުރަވެ މިނިންމުން ނިންމާލަނީ އެހެންކަމުން ތިޔަ ހިޔާލު އަދި މުޅިއަކުން ރަނގަޅެއްނޫން.

      12
      1
    • އަހްމަދު

      އެވަރު ނުދަންނަ މީހުން މި ތިބެނީ ކިޔަވަ ދޭން

      12
      3
      • ޖަމީލް

        ދެން ކަލޭ ދާންވީނު ކިޔަވާދޭން. އެނގޭ މީހުން ބޭކާރު ވާހަކަ ނުދައްކާނެ

        1
        2
  3. ކުރީގެ ދަރިވަރެއް

    ތީ ތި ސްކޫލްގަ ވަރަށް ގިނައިން ހިނގާކަމެއް. އެކަން ބަލާނެ މެނޭޖްމަންޓެއް އެތާކުނެތް. ތި މައްސަލައިގަވެސް ހިއެއްނުވޭ އެއްވެސް ކަމެއް ވާނެހެން.

    30
    1
  4. ދޮންމަނިކު

    ޓީޗާ ވަޒީފާއިން ވަކިކުރުމައް ފަހު ހައްޔަރުގަބަހައްޓާ މައްސަލަ ބެލުން......

    26
    8
    • ފައިސަލް

      މިކަހަލަ ވާނުވާ ނޭނގޭ މީހުން މި އުޅެނީ. ތުހުމަތު ކުރާއިރަށް ވަކި ކުރާށޯ! އެ ގޮތަށް ކިތަށް މީހުންގެ ވަޒީފާ ދާނެބާ. ކަލެއަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރީއޯ. އަހަރުން ގޮވަން ކަލޭ ވަކި ކުރަން.

  5. ސުކޫލުގެ ޓީޗަރެއް

    އާއިލާގެ މެމްބަރަކު ބުންޏަސް ތިއީ ނުހިނގާ ކަމެއް، ހަމަ 100 ޕަސެންޓް ޔަގީން. ހަމަ ތި ދަރިވަރު މީގެ ކުރިންވެސް އެހެން ޓީޗަރަކު އަނިޔާ ކުރިކަމަށް ބުނެފައިވާ ކަމުގެ ރެކޯޑް ސުކޫލުގައި އެބަހުރި، ފަހުން ބެލިއިރު އެއީ ހިނގި ކަމެއް ނޫން. އެ ދަރިވަރަކީ ސްކޫލަށް ނިޔަފަތި ދިގުކޮށް ފޮނުވާ ދަރިވަރެއް، ކަންފަތުގަައި އެކަން ފެނުނު ދުވަހު ހުރީ ނިޔަފަތި ކަނޑާފަައި. ތުހުމަތު ކުރެވޭ ޓީޗަރ ހުރީ ހުރިހާ އެއްބާރުލުމެއްވެސް ދޭގޮތަށް. ފިންގަޕްރިންޓްވެސް ދޭގޮތަށް. އެ ދުވަހެއްގައި ތި ތުހުމަތު ކުރާ ޓީޗަރުގެ އިތުރު ދެ ޓީޗަރަކުވެސް ކުލާސް ނެގި، އެ މީހުންނަށް ތިކަން ފާހަގަވެއެއް ނެތް. އެ ކުލާހުގެ ހުރިހާ ކުދިން ކާރީގައި ވަކިން އެހުމުންވެސް އެފަދަ ކަމެއް ފެނުނު ކުއްޖެއް ނެތް. އަދި އެ ތުހުމަތު ކުރާ ޓީޗަރަކީ ތައުލީމީ ދާއިރާގައި 22 އަހަރު ހޭދަކޮށްފައިވާ ޓީޗަރެއް. ޕްރިންސިޕަލް އެޑިއުކޭޝަނަށް ފޮނުވި ރިޕޯޓުގައިވެސް އޮތީ އެ ކުއްޖާގެ މަންމަ އެގޮތަށް ބުނާ ކަމަށް، އެ ކުއްޖާ ޕްރިންސިޕަލް ކާރީގައި ބުނި ވާހަކަ ނެތް. އަނެއްކާ، އެފަދަ ކަމެއް އެ ޓީޗަރުގެ ފަރާތުން ފެންނާނެކަމަށް ގަބޫލުކުރާ އެއްވެސް މީހެއް އަދި ދިމަލެއް ނުވޭ!
    އަދި އެ ކުއްޖާ އެއް ދުވަހެއްގައި މިހެންވެސް ބުނި 'އަޅުގަނޑު ދެންމެ މަންމަ އައިސް ވައްޓާލައިފި' އޭރު ކުއްޖާ ހުރީ ކުލާހުގައި، ކުއްޖާގެ މަންމަ ހުރީ ގޭގައި! ކޮން އެއްޗަކަށްތޯ މިވީ. ބެލެވޭ ގޮތުން އެއީ ކުއްޖާ އަމިއްލައަށް ނޭގިނަމަވެސް ކުރެވުނު ކަމެއް، މީހުންގެ އަބުރު ކަތިލަން ތިބެނީ ބަލަބަލާ ތައްޔާރަށް.

    45
    11
    • މުޙައްމަދު

      ސްކޫލް ޓީޗަރުން އަބަދުވެސް ތިބެނީ އެކަކު އަނެކަކު ހިމާޔަތް ކުރުމުގަ. ތީ ތިތަނުގަ އެކަން ހިނގާގޮތް. ސްކޫލް ޕްރިންސިޕަލް ކުރިމަތީގަ ކުއްޖާ ވަނީ ބުނެފަ. ޓީޗަރުގެ ނަމާއެކު. ޓީޗަރުން ކުރާކަންކަން ފޮރުވަން ނޫޅޭ

      22
      6
      • ޓީޗަރެއް

        ކުއްޖާ ނުބުނޭ. ކުއްޖާގެ މަންމަ ބުނީ. ކަލޭ އެތާނގައި ހުރިންތަ. އަހަރެން ހުރިން.

      • ޓީޗަރެއް

        ތިޔޮތީ ރަގަޅަށް އިނގިފަ. ތި ބުނާ ޓީޗަރު ކިޔަވާ ދީގެން ސުކޫލު ނިންމާފަ ތިބި އެއްވެސް ކުއްޖެއް އަދި ދިމާނުވޭ ގަބޫލު ކުރާ. ކޮންމެ ކުއްޖެއްވެސް ބުނަނީ މިސް އެއް އެހެން ނުހަދާނޭ. މި ބުނަނީ އެ ސުކޫލުން ކިޔަވައި ނިންމާފަ ތިބި ކުދިން ގެ ވާހަކަ

      • ޓީޗަރެއް

        ތިޔާ ދޮގު. ސުކޫލް ޓީޗަރެއްގެ އަނގައިން ބުނީ މައްސަލަ ޖައްސާށޭ. ދެން ކޮބާ ހިމާޔަތް ކޮއްފަ

    • އިބްރާހީމް

      ކަމަނާ އަށް މާ ބޮޑަށް އެނގެނީ ހެން އަޅުގަނޑަށް ހީވަނީ. ޓީޗަރާއެކު ޕްރިންސިޕަލް އާއި ސްކޫލް މެނޭޖްމަންޓާއި ބައްދަލުކުރި އިރު، ކުއްޖާ ވަނީ ބުނެފަ. ޓިޗަރަކަށް 60 އަހަރު އުޅުނަސް ނުހިފާ ކަމަކަށް ނުވާނެ. އެވަރުގެ ކުއްޖެއް ނުބުނާނެ ނުހިފަންޏަކާ. ކަލެއަށް ދިމާނުވިޔަސް އެތައް ބެލެނިވެރިޔަކު ބުނޭ އެމީހުންގެ ދަރިންނަށް ދިމާވިއޭ. ޓީޗަރެއްގެ މައްސަލަ ޖެއްސިއްޔާ މުޅި އުމުރު ދުވަހު އެ ކުއްޖަކާ ހުންނާނީ ޖައްސާލާފަ. ޢެކަމުގެ ބިރަށް ގިނަ ބެލެނިވެރިން މައްސަލަ ނުޖައްސަނީ

      25
      5
      • ޢަހަ

        ތިއީ ތެދެޢް..މަ ކިޔެވި އިރުވެސް ޓީޗަރެ މަށަ އަނިޔާ ކޮއްގެން އެމައްސަލަ ޖެއްސީމަ އެ ޓީޗަރު މަށާ ޖައްސާލާފަ ހުރިޙާ ޓީޗަރުން އެއްކޮށް މަށަށް ފުރައްސާރަކުރީ

        15
        • އެކްސް ދަރިވަރެއް

          ތީ ހަމަ ތެދެއް .

      • ޝިމްނާ

        އެހެންތަ. ނަ ހުރިން އެތާގަ މަށަކަށް ނީވޭ ކުއްޖާ އެހެން ބުނި އަޑެއް އެކަމަކު ކޭކު ކާން ކޭކު ކާން ކީ އަޑު އިވުނު. ކޯޗަކަށް އެވީ؟

    • ތިމަރަފުށި

      ދެން ތިބުނަނީ އެ ކުއްޖަކީ މޮޔައެކޭތަ؟ ނޫނީ ޖިންނި މޮޔައެކޭ؟ އެ ޓީޗަރަކީ އަބަދުވެސް ކުދިންނައް ނުބައިކޮއް ހިތާ ޓީޗަރެއް! 22 އަހަރު ވަޒީފާގަ އުޅުނަސް މިދިޔަ އަހަރު ދާއިމީ ވީމަ ފުއްޕަން އެ ފެށީ!

      18
      4
      • ސަމީރު

        ކަލޭ އެ ޓީޗަރުގެ ކައިރިން ކިޔެވިންތަ. ކަލޭ އެހީތެރިވެގެންތަ ދާއިމީ ވީ. ކަލޭ ކުރި މަސައްކަތުންތަ ވީ. ވާނުވާ ނޭގޭ މީހުން ގިނަވާނީ! ކަމެއް ވާއިރަށް ނޭގޭ މިއީ ކުޑަ ކުއްޖަކަށް ބުނެވިގެން އުޅޭ އެއްޗެއް ކަމެއް!

        3
        1
      • ތިމަރަ

        ކުއްޖާގެ މަންމަ ހުންނަނޫ ޓީޗަރުންނާއި އަވަލާފައި. މި ދިޔ އަހަރު އެހެން ޓީޗަރެއް. މި އަހަރު އެހެން ޓީޗަރެއް. މި އަންނަ އަހަރު އެހެން ޓީޗަރެއް. އިސާރެ ޒީލަގަދަ ނުލަފާ ވިގަންޔެއް އެހެރޫ އެ ކުއްޖާ މަންމަ އަށް އަވަލާފައި

        1
        2
        • ާއަލީ

          ދެން ޓީޗަރުނައް މި ތިބެނޫ ހުސް ހުދު ކާފޫރުން ދޯ.... ތި ސްކޫލް ކުރި ނާރަނީ އެއްލާލަން ވެފަ ތިބި ޓީޗަރުން އެއްލާނުލާތީ...

          • ޓީޗަރެއް

            ހުދު ކާފޫރެއް ކަހަލަ ޓީޗަރަކަށް ހަމަގައިމު ދޮގު ތުހުމަތު އެޅުވޫ އެ. މަވެސް މީ އެ ޓިޗަރު ކައިރިން ކިޔެވި ޓީޗަރެއް. ދުވަހަކު ނުފެނޭ އެކަހަލަ ކަމެއް ކުރި ތަނެއް. ކުލާސް ހުރިހާ ކުދިން ވަރަށް ލޯބިވެސް ވާ މިސް އެއް އެޔޯ. މިއީ އެ ޓީޗަރު ކައިރިން ކިޔަވައިގެން ބޮޑުވެފަ ހުރި ކުއްޖެއްގެ ތަޖުރިބާ. އަނެއްކާ ނުވިތާކަށް 22 އަހަރު ކިޔަވަދޭން އުޅުން އެއްވެސް ޓީޗަރެއްވެސް، ބެލެނިވެރިއެއްވެސް، ކުއްޖެއްވެސް ނެތް އެ ޓީޗަރާ އިދިކޮޅަށް އެއްޗެއް ބުނެފަ. ރަށު މީހެއްގެ ފަރާތުންވެސް ނީވޭނެ އެ ޓީޗަރަކީ އަމިއްލަ ދަރިން ގައިގަ ތަޅާ މީހެކޭ ބުނާ އަޑުވެސް އިވިފަ. ދެން މިއަދު ތިހެން ބުނީމަ ގަބޫލު ކުރަން ދަތި

    • އަސްލު ފަތުލޭ

      އާދެ ތިބޭފުޅުން ބަޔާންވެސް އޮޅުވާލާގެން މައްސަލަ ފޫބައްދަން އުޅުނީ ވީމާ ބޭކާރު ވާހަކަ ނުދެއްކުމައް ގޮވާލަން

      • ހިތުން އަސްލު ފަތުލޭ

        ކޮބާ ހެކި؟؟

  6. ވަގުތު

    ދެން މިހާރު ކީއްވެގެން އޯ އެ ކުއްޖާ މަންމަ މައްސަލަ ދޫކޮއްލަން ހިފާފަ އެހެރީ. ޓީޗަރު އެބަ ބުނޭ މައްސަލަ ދޫކޮއްލަން ބޭނުމެއް ނޫނޭ. މުޅި ސުކޫލްގަ އެންމެ ގިނަ ދުވަސްވީ އެއް ޓީޗަރު. ދުވަހަކު ތި ކަހަލަ ކަމެއް ނުވޭ އަނެއްކާ އެ ކުލާސް ކުދިން އެބަ ބުނޭ މިސް ދުވަހަކު ކުއްޖަކު ގައިގަ ނާއްލައޭ އެ ދުވަހުވެސް އެ ކަހަލަ ކަމެއް ނުވެ އޭ. އެންމެ ލޯބިވާ ޓިޗަރޭ އެއީ. އަނެއްކާ ޕްރިންސިޕަލް އެދުވަ ތި ބުނާ މިސްގެ ގަޑީގަ އޮބްޒާވޮ ކުރަން ހުރި ޕްރިންސިޕަލް އަކަށް ނުފެނޭ ތި ކަހަލަ މަންޒަރެއް. މުޅި ރަށް ރައްޔިތުން އަށް އިންގޭނެ އެކުއްޖާ މަންމަ އެ ކުއްޖާގައިގަ ތަޅާކަން. މިހާރު ބިރުން އުޅެނީ އެ ކުއްޖާ މަންމަ ފުލުހުން ޑީއެން ނަގާ ވާހަކަ ބުނީމަ. މައްސަލަ ދޫކޮއްލަން ބޭނުން ވެގެން. ޓީޗަރު އެކަހަލަ ކަމެއް ކުރި ނަމަ ޓީޗަރު ކީއްވެ މައްސަލަ ދޫކުރަން ބޭނުން ނުވެގެން މިހާރު އެ އުޅެނީ. މުޅި ރަށު ރައްޔިތުން އަށް އިނގޭ އެ މިސް އަކީ ދުވަހަކު ދަރިއެއްގައިގަ ވެސް ޖެހި މީހެއް ނޫން ކަން. މުޅި އުމުރު ދުވަހު މަސައްކަތް ކޮއްގެން ކެރިއަރ އެއް ބިލްޑް ކުރަނީ އެކަމް މި ކަހަލަ ނާ ތަހުޒީބު ދެ ކޮޅު ބެލުމެއް ނެތް ނޫސް ތަކާ ހެދި މީހުންގެ އަގު ވެެއްޓެނީ. ޖެހީމަ.

    41
    7
    • ދަރިވަރެއް

      އަޅުގަނޑުވެސް ތި ސްކޫލް އިން ކިޔެވީ. އިނގިއްޔަށް ގަލަން ލާފަ ވަރަށް ގިނައިން ފިއްތާ ތަދުކުރޭ. ޑަސްޓާއިން މޫނުމަތީގަވެސް ތި ޓީޗަރު ޖެހި

      20
      2
      • އަމީ

        މިހާރު ތި ސުކޫލް. އަނިޔާ ނުލިބޭ މީހެއް ނެތް

        1
        1
      • ޓީޗަރު

        ހަމަގައިމިވެސް ތި ކަމެއްވެސް ކޮއްފަ އޮންނާނީ އެހެން ޓީޗަރެއް. މަށައް އިންގޭ އެ ޓީޗަރުގެ ގޮތް. އޭނައަކީ ދުވަަހަކުވެސް އޭނަގެ ދަރިއެއް ގައިގަވެސް ޖެހި މީހެއް ނޫން.

    • ތަހުޒީބު

      ތިޔަ ސްކޫލުގެ ޓީޗަރުންގެ ޤާބިލުކަން އެންމެނަށް އެނގޭ.. ރަނގަޅަށް ލެޕްޓޮޕަކާ ކުޅެންވެސް ނޭނގެ.

      16
      3
      • ޓީޗަރެއް

        ހަމަ އެ ގާބިލުކަން ނެތް ޓީޗަރުން ކައިރން ކިޔަވައިގެން ތަވެސް ތިޔާ އުޅެނޫ

    • އަވަށްޓެރިއެއް

      ތިހަދަނީ ރޯ ބުހުތާނު ދޮގު. ކުއްޖާގެ މަންމަ ކުއްޖާ ގެންގުޅޭ ގޮތް ފެނިފަ އަހަރެމެންވެސް މިތިބީ. ދުވަހަކުވެސް ތަޅާ އަނިޔާކުރަނިކޮށް ނުފެނޭ. ސްކޫލުން ކުރާ ކަންކަން އޮޅުވާލަން މަސައްކަތްނުކުރޭ.

      15
      2
      • ޓީޗަރެއް

        އެހެންތަ އެހެންވެގެން ދޯ ކުއްޖާ މަންމަ ބިރު ދައްކައޭ ތަޅައޭ ކިޔަނީ

    • ނާއިލާ

      އަޅުގަނޑަކީ ވެސް ތި ބުނާ ކުއްޖާގެ މަންމަ ދަންނަ މީހެއް ދުވަހަކުވެސް އަނިޔާ ކުރިތަން ނުދެކެން.
      އެ ކުއްޖާ އަކީ އޯޓިޒަމް ކުއްޖެއް ކަމުން ވަރައް ލޯބިން ބަލަމުން ދަނީ.

      15
      2
      • ފިޔާޒް

        މަންމަ ދަންނަ ކަމަށްވިޔަސް، އަނިޔާ ކުރާތަން ނުފެނިދާނެ. ނަމާދު ކުރާތަން ނުފެންނަންޏާ، ނަމާދު ނުކުރެއޭ ބުނެވޭނެތަ؟

        • ހިތުން ނާއިލާ

          ދެން ތި ބުނަނީ އެ ކުއްޖާ ދޮގޭތަ ހެދީ މަންމަ ތަޅައޭ މަންމަ ވައްޓާލިއޭ ކިޔައިގެބް

    • އިލްޔާސް

      ކުއްޖާގެ މަންމަ ކުއްޖާއަށް އަނިޔާކުރާކަން ޓީޗަރަށް އެނގިހުރެ އެކަން ކީއްވެތޯ ޓިޗަރު ރިޕޯޓް ނުކުރަނީ؟ ޓީޗަރުގެ ވެސް ޒިންމާއެއް އެއީ.

      5
      1
      • ފައި

        ކުއްޖާ ގައިގައި ކުއްޖާގެ މަންމަ ތަޅާކަން އެ ޓީޗަރު ކައިރީގައި ތަކުރާރު ބުނި. ޓީޗަރު އެ ކުއްޖާގެ މަންމަ ކައިރީގައިވެސް އެ ވާހަކަ ދެއްކި. ދެއްކިކަން ނޭނގޭ މީހުން ބޮލިރަވައެއްހެން ތަޅުވާލަ ތަޅުވާލާ ތިބޭނީ.

  7. އަޑު

    ހަގީގަތަކީ އެ ކުއްޖާ މަންމަ ގެޔަށް ގޮސް އެތަކެއް ގަޑީރެއް ވީ ފަހުން ޕްރިންސިޕަލް އަށް ގުޅީ. ޕްރިންސިޕަލް ކުރިމަތީގަ އެހީމަ ވެސް އެކުއްޖާ ގެ އަނގައިން ނުބުނޭ ޓީޗަރުގެ ނަމެއް. އޭގެ ބަދަލު އެ ކުއްޖާ މަންމަ އެ ކުއްޖާ ކަންފަތުގަ ހިފާފަ ބުނީ މިހެން ދޯ އޭ ހިފީ. ބުނާށޭ މިހެން އޭ ހިފީ. މުޅި ހޯލްގަ ތިބި އެންމެންނަށްވެސް ފާހަގަވި އެއް ކަމެއް ވި. ކުއްޖާ ލައްވާ ގަދަ ކަމުން ބުނުވަން އެ ކުއްޖާ މަންމަ މަސައްކަތް ކުރި ކަން. ވަގުތު އިން ކީއްވެ މި ވާހަކަ ނުޖެހީ؟

    30
    5
    • އާއިލާ މީހެއް

      ކުއްޖާގެ މަންމަ ނޫޅޭ ބިރަކުން. ދޮގު ހެދިޔަސް ބޮޑުވަރުތީ. ކުއްޖާގެ މަންމަ ކުރިކަމެއް ނަމަ، ކީއްކުރަންތޯ މައްސަލަ ޖައްސަންވީ؟ ހަމަޖެހޭ ވާހަކަ ދައްކާ. ކޮމެންޓް ކިޔާ މީހުންނަށް އޮޅުވާލަން ނޫޅުއްވާ.. މައްސަލަ ދޫކޮށްލާކަށް އާއިލާއަކުން ނޫޅޭ. މާބޮޑަށް އެނގިގެން ތިއުޅެނީ

      14
      1
      • ސަމް

        މައްސަލަ ދޫނުކުރިއްޔާ މާ ރަނގަޅު. ހަގީގަތް އެނގި، އަބުރުގެ ދައުވާއަށް ތައްޔާރުވާން ދެން ޖެހޭނީ..

      • ރަށު މީހެއް

        ޓީޗަރު ވެސް ބޭނުންނުވޭ މައްސަލަ ދޫކުރަން. ޓީޗަރުގެ ކުށެއްވާނަމަ ކީއްވެގެންބާ ޓީޗަރު މައްސަލަ ދޫކުރަން ބޭނުންވެގެން އެ ކުއްޖާ މަންމަ ގުޅީމަވެސް އެކަމަށް އެެއްބާރުލުމެއް ނުދިނީ.

    • ނަފްސާނީ ޑޮކްޓަރެއް

      އާދެ އެފަދަ ގިނަ ކުދިންނަކީ ސޯޝަލް މާހައުލުގަ އެއްޗެއް ބުނުމައް ޖެހިލުންތެރިވާ ކުދިބައެ އެނގޭތޯ

  8. އިބްރާހީމް

    ތި ސްކޫލް އެހެން ޓީޗަރުން އެބަ ބުނޭ އަދި އެއްކުއްޖަކު އެބަހުއްޓޭ ސްކޫލްގަ. އެކަން ކަމަށް ވިސްނާށޭ. މި ދެވެނީ އިންޒާރު ނޫންތޯ

    13
    1
  9. ޝިފް

    އަމިއްލަ ދަރިއަކަށް މިފަދަ ކަމެއް ވީމަ ދެން ތިބި މީހުންނަށްވެސް ވިސްނޭނީ މީ ކިހާވަރެއްގެ ކަމެއް ކަން.

    15
    • ރަށު މީހާ

      އަމިއްލަ ދަރި ވިޔަސް މަންމަ އެއްގެ ހައިސިއްޔަތުން އޮޅުވައެއް ނުލާނަން. ކަމުގެ ހަގީގަތް ނުބަލާ މީހުން ބަދުނާމު ކުރަމުން އެއް އިރާދަކުރެއްވިއްޔާ ނުދުވާނަން

  10. ސުލްތާނާ

    މަގޭ ދަރިއަކަށްވެސް ތިހެންވި، ސްކޫލް ޓީޗަރުންނާއި މެނޭޖްމަންޓުން ވެސް އެއްކަމެއްވެސް ނުވި. އެމީހުން ތިބޭނީ އެމީހުންގެ ފަހަތުގައި

    17
    1
    • ޖައުފަރު

      ދެން މަގޭދަރި އެހެން ސުކޫލަކަށް ފޮނުވަންވީނު! މިހާރު އަނިޔާ ނުލިބޭ މީހެއް ނެތް!

  11. މުއްތު

    22 އަހަރު މަސައްކަތް ކުރި ތަޖުރިބާގހުރި ޓީޗަރެއް ކުޑަ ކުޑަ މައުސޫމް ކުއްޖަކު ގައިން ލެކޮށާލަފާނެ ކަމީ ނާދިރު ކަމެއް.. ދެން ނޭނގެ، ހަމަ ހީނުބޭ ތިޔަ ޓިޗަރު ކުރި ކަމެއްހެން.. އަހަރުން ގައިގާ ޓިޗަރު ވަރައް ވިކާނެ، އެކަމް އެއީ ގްރޭޑް ނުވައެއް ދިހައެއް، ދެން ކިވައިފިއްޔާ ލަޑާނަމޭ ބުނި ފަހުން އޭނަ އެކަން ނުކުރޭ،..

    9
    3
  12. ސްކޫލް އެކްސް

    ރިޗަރުން ކުދިންނައް ހާނިކަ ކުރުން އެއީ ވަރައް ހިނގާ ކަމެއް، އެކަމް ތިހާ ކުޑަކުދިންނައް ހާނިކަ ކުރާނެހެން ހީނުވޭ، އެކުދިންނައް ޓީޗަރު މާ މާ ރުޅިއަރުވައެއްވެސް ނުލެވޭނެ..

    9
    5
    • ޙސނ

      އެކަމު އެ ޓީޗަރު އެކަހަލަ ކަމެއް ކޮއްފާނެ، އެއީ އެ މިސް އަކީ ކުރީގެ ދަރިވަރުނައް ވެސް ހާނިކަ ކޮއްފަ ހުރި ޓީޗަރެއް. އާޙިރު ކަން ނިމޭއިރު ކުއްވެރި ކުރާނީ ކުއްޖާގެ ބެލެނިވެރިން. އެއީ ސްކޫލުން އަބަދުވެސް ކަން ކުރާ ގޮތް.

      6
      1
      • ފަޒީ

        ކަލޭ ދެކުނިންތަ. އޭނަ މީހުންނަށް އަނިޔާކުރި ތަން. ރަށުތެރޭގައި ދެކެވޭހާ ވާހަކައަކީ ތެދުތަ؟

      • ޓީޗަރެއް

        މައްސަލައެއް ނެތް ރިޕޯޓު ވެފައެއް ކުރިން ތި ކަހަލަ ކަމެއް ވި ކަމުގެ. ދަރިވަރެއްވެސް، ބެލެނިވެރި އެއްވެސް، ރަށު މީހަކަށްވެސް ފެނުނު މަންޒަރެއް ނޫން އެއީކީ އެ ޓީޗަރުގެ ކިބައިން

      • ޝިމްނާ

        މުސްލިމަކަށްވެ ހުރެ ތި ކަހަލަ ދޮގު ހަދަން ކެރުނުކަން. ޓީޗަރު އަކީ އޭނަގެ ދަރިއެއް ގައިގަވެސް ޖަހާ މީހެއް ނޫންކަން މުޅި ރަށު ރައްޔިތުންނަށް އިނގޭނެ. ޓީޗަރުގެ އަނގައިން އެބަބުމޭ އޭނަ ހަތިމު އަތްލާ ހުވާ ކުރާންވެސް ޖެހިލުމެއް ނުވެއޭ އެކަހަލަ ކަމެއް ވީނަމަ. އަނެއްކާ އެ ކުލާހުގަ ތިބީ ހުސް އެއްވަރުގެ އަނގަ ގަދަ ކުދިން. އެ ކުދިން އެބަބުނޭ މިސް އެކަހަލަ ކަމެއް ނުކުރެއޭ

    • ކޮންމެސް މީހެއް

      އާދެ އަޅުގަނޑު 9 އަހަރުން އަޅުގަނޑައް އެ ޓީޗަރު ކުރި އަނިޔާ ހަނދާނެއް ނުނެތޭ އިނގޭތޯ ވީމާ އޭނަ ދިފާއު ކުރުމައް މަސައްކަތް ނުކުރެއްވުމައް ގޮވާލަން ވވ ބޮޑައް ޝުކުރިއްޔާ ވައްސަލާމް އަލައިކުމް

      5
      1
      • ޝިމްނާ

        މުޅި ރަށު ރައްޔިތުން ހެކި ވާނެ ތީ ދޮގެއްކަމަށް. މިހާތަނަށް އެ ޓީޗަރޭ ކޮޔައިގެން އެއްވެސް އަޑެއް ނާރާ. ތި ބުނާހާ ނުބައި މީހަކު ނަމަ މިވީހާ އަހަރުވީއިރު ކޮންމެސް ހިސާބަކުން އެތަކެއް އަޑުތަކެއް އަރާނެ ދޯ؟

  13. ޕާރްސީ ޖެކްސަން

    ތީގެ ތެދެއް ނޭގޭހާ ހިނދަކު އެ ޓީޗަރު އަދި ދަރިވަރު ވެސް ދިފާޢު ނުކުރެވޭނެ އެކަމަކު އެއްވެސް ކަމެއް ނުވާނަމަ ތިމައްސަލަ އޮތޯރިޓީންގެ ސަމާލުކަމަށް އައިސްފާވާނެހެން ވަރަށް ހީނުވޭ!

  14. ޓީޗަރު

    ކޮންހާ ވާހަކައެއް ގިނކުރާކަށް. ތަހުޤީޤު ކުރީމަ އެގޭނީ. ކަލޭމެނަށް އެގޭނީ ތިހެން ުސް އަގަތަޅަން. ތަހުޤީޤު ނިމޭއިރު ޓީޗަރު ކުރިކަމެއްނަމަ އަދަބުދޭން ވާނެ. އަދި އެހެން މިހަކުވެސް ކޮށްފާނެ. ރަގަޅަށް ބަލަން ޖެހޭ ކަމެއް ތީ.

    1
    1
  15. އިލްޔާސް

    ކުއްޖާގެ މަންމަ ކުއްޖާއަށް އަނިޔާކުރާކަން ޓީޗަރަށް އެނގިހުރެ އެކަން ކީއްވެތޯ ޓިޗަރު ރިޕޯޓް ނުކުރަނީ؟ ޓީޗަރުގެ ވެސް ޒިންމާއެއް އެއީ.

  16. ހަމްދޫން

    ސްކޫލްތަކުގައި ޓީޗަރުން މަދުން ނަމަވެސް ކުދިންނަށް އަނިޔާކުރޭ. ނަމަވެސް، ބެލެނިވެރިން އެކަން ރިޕޯޓް ނުކުރަނީ ދެންވެސް ކުއްޖާ ފޮނުވަން ޖެހެނީ ހަމަ އެ ސްކޫލަށް. ރިޕޯޓ ކުރުމަށްފަހު ދެން ތިބޭ ޓީޗަރުންވެސް ގިނަފަހަރަށް އެ ކުއްޖަކާ އުމުރު ދުވަހު ޖައްސާލާ. ހަޤީޤަތަކީ، ޓީޗަރުން ވެސް ކުދިންނަށް ބުލީ ކުރާކަން

  17. ސިޙާބް

    ހަމަ ސީދާ އަޅުގަނޑުގެ ދަރި އަކައް މިކަހަލަ ކަމެއް ދިމާވި.މައްސަލަ ޖެއްސީމާ އެ ޓީޗަރުގެ ކެރިއާގައި 18 ވެއްޖޭ ކިޔާފަ ލީޑިން ޓީޗަރުން އިސް ނަގާގެން މައްސަލަ ނިންމާލީ. އެއީ ލީޑިން ޓީޗަރުންގެ ފެންވަރު.

    7 ވަރަކައް އަހަރު ކުރިން އެ ސްކޫލުގެ ލީޑިން ޓީޗަރެއް އެބުހުރި ދަރިވަރަކާ ބެހެން މަސައްކަތް ކޮއްފަވެސް. މިހާރު މިމައްސަލަ ބަލަން ވެސް އެތިބީ ހަމަ އެމީހުން. ހަމަ އެދުވަސްވަރު ތިމަރަފުށީ ސްކޫލުގެ ދަރިވަރުން ތަކެއް ތުނބާ ތުން ގުޅުވަާގެން ވެސް އޮވެއްޖެ. އެއީ ލީޑިން ޓީޗަރެއްގެ ކޮއްކޮ އާއި އޭރުގެ ޕްރިންސިޕަލް ގެ ދަރި.މިކަން ވެސް އޮއްބާލި ގޮތެއް ވެސް ނޭންގޭ. ޢެކަމް އާދައިގެ ކުއްޖެއް ނަމަ ވަގުތުން ފިޔަވަޅު އަޅާ. މިކަހަލަ ބައަވަރު ކަންތައް އެބޮތް ތިމަރަފުށީ ސްކޫލުން އޮއްބާލާފަ ، އިންސާފު ނުލިބި.

    • ނާއިލާ

      ސިހާބޫ!!!

      1
      1
      • ރަށު މީހެއް

        އާޗާ މިޔޮއް ތަހުޒީބު މީހެއް. ނާތަހުޒީބުގެ އެއްވަނަ

    • ޝިމްނާ

      އެކަމަކު ކަލެއައްވެސް އިނގޭނެ އެ ޓިޗަރަކީ ކުދިންގައިގަ ތަޅަ ޓީވަރެއް ނޫންކަން

  18. ކަމަނަ

    ޖުމުލަކޮށް ހުރިހާ ޓީޗަރުންވެސް މިވަރުގެ ކުދިންދެކެ ވަރަށްލޯބިވާނެ މިކުދިވެސް ވަރަށް ޓީޗަދެކެ ލޯބިވާނެ ޚާއްސަކޮށް އޯޓިޒަމް ކުދިން ނުވަތަ ބަލިކުދިން ދެކެ މާލޯބިވާނެ، ދެންކިހިނެއްބާތިވީ

  19. ދަރިވަރެއް

    ތީ އާއްމު ކަމެއް އަދި އެހާ ތަފާތުވެސް ކުރާނެ

  20. ...

    ޓީޗަރުގެ ކަންފަތް މައްޗަށް އަތް ދޮވެލީމުސް މަގޭ ކޮއްކޮ އަކަށް އެހެން ހެދި ނަމަ 🙂

    2
    1
    • ޝިމްނާ

      އެހެޔޮ ޓީޗަރު ނުކުރާ ކަމަކަށްވިޔަސް

  21. ނަރީމާ (ސްކޫލް ޓީޗަރެއް)

    އާން އެ ޓީޗަރ ކޮއްފާނެ އެ ކަހަލަ ކަމެއް. ވަރައް އަނިޔާ ކުރާނެ.ހިތާމަ ހުރި ކަން ކަން...

    4
    3
  22. ސާރޫ

    ތިޔަކަމުގަ މުޅި ސްކޫލް ބަދުނާމް ކުރާނެ ކަމެއް ނެއް. މަވެސް ކިޔެވީތިޔަ ސްކޫލުން ތިތާނގަ އުޅޭނެ އެކްސްޕެއަރ ވެފަ ސްކޫލްގަ މޫލާ ހަރުކޮއްފަ ދުނިޔެ ނިމެންދެން ބައިތިއްބާފަތިބި ބައެއް. މުޅި ސްކޫލްގެހަލާކަކީ އެ ގްރޫޕް. މީހުން ވަކިކޮއްގެން ސްކޫލައް ކުރިއެރުން އޮތީ..ނުބާ އަންހެން ބައެއްމީ

  23. Anonymous

    ތިޔަބުނާ 22 އަހަރުވީ ޓީޗަރ އެއީ ވަރައް ދޮގު ބުނާ ގޮލައެއް. ސްކޫލް ގެ ހަލާކް

    2
    1
    • އެނޯނި

      އެހެންތަ. ކަލޭ ކައިރީގައި ކޮން ދޮގެއް ބުނީ؟

    • ނަން ޖަހަން ނުކެރޭ

      ކޮން ކަމެއް ކޮއްގެން ބާ ތިހާ ދޮގު ތި ހަދަނީ. ސުކޫލުން ކިޔެވި ކުއްޖެއް މަވެސް މީ. ކިޔަވައި ނިންމާފަ ސްކޫލްގަ މަސައްކަތް ވެސް ކުރިން. ދުވަހަކު ތި ކަހަލަ ކަމެއް މަށަކަށް ދިމާނުވާތާ މީހެއްގެ ފަރާތުންވެސް ނާޑުވަހަން. ނުވިތާކަށް މިހާރުވެސް މި އުޅެނޫ ރަށު. ތިޔަ ބުނާ ޓީޗަރު ތަ ތިޔާ ބުނާހާ ގޯހޫއާ މަގޭ ކަންފަތައްވެސް އަރާނެހެން މަށް ހީވަނޫ

  24. ޕަޕާޔާ

    މި މިސް އަކީ އަޅުގަނޑުމެން ކުޑަ އިރު ޕަޕާޔާގެ ސްޕެލިންގް ނޭންގިގެން ޖެހިގެންހުރި ކުލާހައް ދިޔަ މީހެއް ސްޕެލިންގ ހޯދަން. އެވަރުގެ މީހުން މި އުޅެނީ ކިޔަވާދޭން. ތަނެއް ދޮރެއް ނޭންގޭ...

    1
    1
    • ހަސަދަނުވޭ

      ތި ދެން ކާކު ގަބޫލު ކުރާނީ. ތީތި ކަޑަ މީހުންނާއި ހަސަދަ ލައިގެން އަގު ވައްޓަން އުޅުނެއް ކަމަކު.. ހަސަދަ ބޮޑީ ހަމަ، އެހެންވީމަ ކުރިޔަށް ތިމަރަފުށި ނުކަނޑަނީ..

      1
      3
      • މީހެއް

        އަގު ވައްޓާލާކައް ނޫން، ކުރި ކަމެއްގެ ވާހަކަ މިކިޔަނީ...

        • ޓީޗަރެއް

          މުޅި ސްކޫލްގަ އެ ޓީޗަަރަށް ކިރިޔާ އެ ކުއްޖާ ހިފެހެއްޓޭ މީހަކަށް ހުންނަނީ. އަނެއްކާ ބަޔާން ދިން އެ ކުލާހުގެ އެހެން ހުރިހާ ކުދިން ދޮގޭތަ ތި ބުނީ. އެ ވެސް ކުޑަ ކުދިން ކަމެއް ކޮއްފިއްޔާ ގެޔަށް ގޮސް ވެސް ކިޔާ ވަރުގެ އަނގަ ގަދަ ކުދިން ތިބެނީ. އެ ހުރިހާ ކުދިން އެބަ ބުނޭ މިސް ނުކުރެއޭ އެކަހަލަ ކަމެއް.

    • ފަޅޯ

      އަހަރުމެން މާސްޓާސް ނަގައިގެން ތިބޭ މީހުންވެސް ބްލޭންކްވޭ މަދުން ނަމަވެސް. އެއީކީ ނޭނގޭތީ އެއްނޫން އެއީ ސިކުނޑި އެވަގުތަށް ފަންކްޝަން ނުކުރުން ނޫނީ ބްލޭންކްވުން. އެއީ ގުދުރަތީ ކަމެއް އެންމެންނަށްވެސް ކުރިމަތިވާ. މާ ބޮޑަށް ތި އެނގެނީ.

  25. އަައިސާނިކަ

    ސްކޫލް ލީޑިން ޓީޗަރުން އުޅެނީ ބިޓު ކުޅި ކުޅެން. ދެން ކޮން މައްސަލައެއް ބެލޭނީ...

  26. އަލީ މޫސާ

    އަނިޔާވީ މަގޭ ދަރިއަކަށް. މަނޫޅެން މައްސަލަ ޖައްސަން. ތި މައްސަލަ ނަގައިގެނެ...... މަގޭ އަންހެނުން މައްސަލަ ޖެއްސޫ

    1
    3
  27. ރަށު މީހެއް

    އެ ޓީޗަރު ކައިރިން ކިޔަވާފަ ތިބި ދަރިވަރުން ކައިރިން އަހާބަލަ އަނިޔާ ނުކުރޭތޯ. ތިމަރަފުށީ ސްކޫލުން ދެން އެކުއްޖާ ތަފާތު ކުރާނެ އިންތިހާއައް.

    • ޝިމްނާ

      މަމީ ތި ޓީޗަރު ކައިރިން ކިޔެވި ކުއްޖެއް. ދުވަހަކުވެސް ތި ކަހަލަ ކަމެއް މިސްގެ އިބައިން ނުފެނޢ

  28. ޓީޗަރެއް

    އަބުރުގެ ދައުވާ ކުރާނަން..ތި ހެންނެއް އަދި މީހަކު ބަދުނާމު ކޮއްފަ ނުހުރެވޭނެ

  29. ރަށު މީހެއް

    ޓީޗަރު ކަމެއް ކުރި ނަމަ ޓީޗަރު ކީއްވެބާ އެ ބުނަނީ ހަތިމު އައްލާ ހުވާވެސް ކުރާނަމޭ އެކަހަލަ ކަމެއް ނުވާ ކަމަށް. މަމީ އެތާގަ ހުރި.މީހެއް. ޓީޗަރު ބެލެނިވެރިޔާ ކައިރީގަ އެބަ ބުނޭ.މިހާރު ހަތިމު.ގެނަޔަސް ހުވާ.ކުރާނަމޭ

  30. ބެލެނިވެރިއެއް

    ތި މިސްގެ ކުލާހުގަ މަގޭ ދަރިއެއްވެސް ކިޔަވާ. މގޭ ދަރި ބުނީ މިސް ނުކުރެއޭ އެކަހަލަ އެއްވެސް ކަމެއް. އެ ކުއްޖާއަކީ މިސްގެ ފެވަރިޓޭ މިސްވެސް ބުނެއޭ ހުރިހާ ކުދިން ކައިރީ. ކުދިން ދެރަ ނުވައްޗޭ. އެކުއްޖާ މިސްގެ ފެވަރިޓަށް ވީމަ. މަގޭ ދަރި އަނގައިން ބުނި އެއްޗެއްމީ

  31. ނާ

    ތިމަރަފުށީ ސްކޫލް ބައެއް ޓީޗަރުނަކީ ވަރައް ގޮތެއްފޮތެއް ނެތް ބައެއް. ކޮއްކޮގެ ދިފާއުގާ ދައްތަ ޓީޗަރު މި ނިކުންނަނީ ރޯ ބުހުތަނު ދޮގު ފޮތެެއް ހުޅުވައިގެން ހަގީގަތް އޮޅުވާލަން. މިމީހުން މީ ސްކޫލުން ކަނޑަން ވެފަ ތިބި ބައެއް، 22 އަހަރު އުޅުނަސް ސެޓްފިކެޓް ގަނެގެން މިދިޔަ އަހަރު ފާސްވޫ.... ކޮބާ ލަދު... ??

    • ދޮގު ބުނާ

      މުސްކިމަކައްވެ ހުރެ އެއްވެސް ހެއްކެއް ނެތި/ނުދައްކާ ވާހަކަ ދައްކާއިރު އެފަރާތަށް ބިރުވެތިވޭ

  32. ޝިމްނާ

    ސިޔާސީ ބަދަލު ހިފުމަށް ޓީޗަރުގެ ބޮލުގަ ދޮގު ވާހަކަތަކެއް އަޅުވާފަ ކުއްޖާ މޮހޮރާއަކަށް ބޭނުން ކޮއްފަ ދެން މި ކިޔަނޫ ދަރީގެ ހައްގުގަ ތެދުވަނޫ އޭ. އެކަމަކު ރަށު މީހުން ގަބޫލު ކުރޭ ޓީޗަރުގެ ބޮލަށް އަސްލު އެ ޖަހަނޫ ސިޔާސީ އެއްޗެއްކަން

    1
    1
    • ޙަސަނު

      ޢެ ޓީޗަރު ދުވަހަކުވެސް އެކަހަލަކަމެއް ނުކުރޭ.... ބެލެނިވެރިޔާއަކީ އަބަދުވެސް ކަން ހޯދަން މަގަށް ދުވާމީހެއް.....