މާލެއިން ފުރައިގެން ދަތުރުކުރި ދޯންޏަކުން ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ އދ. މަންދޫ ރަތްވިލާގޭ އުމުރުން 27 އަހަރުގެ އަލީ ޝާހު އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 2:10 ގައި ކަމަށެވެ. އެއާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެންއެންޑީއެފް އިން ވިދާޅުވިއެވެ.

"ރަންތަރި" ނަމަކަށްކިޔާ މި ދޯނިން މީހަކު ގެއްލިފައި ވަނީ މަލެއިން ފުރައިގެން އދ. މަންދޫއަށް ދަތުރުކުރަމުން ދަނިކޮށެވެ.

އޭނާ ގެއްލިފައިވާކަން އެނގިފައި ވަނީ މަންދޫ ފަޅަށް ދޯނި ވަތްފަހުން ކަމަށް ވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ދޯނިން އެމީހާ ގެއްލިފައި ވަނީ މަނަދޫއަށް ދަތުރުކުރަމުން ދަނިކޮށް މެންދަމު 1:10 ހާއިރު ކަމަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، ގެއްލުނު މީހާ ދަތުރުކުރީ ހޯމް ކަރަންޓީނު ވުމަށް ކަމަށް ދޯނިން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަދީ

    ތިވާނީ ދޯނީގަ ތިބި މީހުން ކޮވިޑް ދެކެ ބިރުން އެމީހާ ކަނޑަށް ކޮއްޕާލީ ކަމަށް

    6
    30
  2. އަނމު

    ކަނޑު ގެ ބިޔަރާޅުތަކުން ސަލާމަތް ކުރައްވާ ސަލާމަތުން ހިކިފަސް ތަނަކައް އެރުމުގެ ހެޔޮތައުފިގު މިންވަރު ކުރައްވާ ރައްކާތެރިކަން މިންވަރު ކުރައްވާށެ އަމިން

    40
  3. ސަޒާ

    މިސަ ރުކާ ރު އައިފަހުން މިހާ ރު ކިތައް މީހުން ގެއްލިއްޖެ. ޣޮތްނޭގޭ ކިތައްމަޜު ހިގައިފި. އެއްވެސް ކަމެއް ހޯދިއްޖެބާ

    15
    1
  4. ފާއިޒު

    ތި ދިމާވި ހިތްދަތި ޙާދިސާ އާއި ގުޅިގެން ޢަލީ ޝާހުގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވުމަށް އެދި ދުޢާކުރަން.

    13