ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރުޤުޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާއްމު ވެއްޖެއެވެ.

ދައުރުވަމުންދާ ވީޑިއޯ އަކުން ފެންނަނީ ކައިރީގައި އިންނަ މީހަކު ބުނެދޭ ގޮތައް މިނިސްޓަރު އިމްރާން އަމިއްލަފުޅަށް ރުޤުޔާ ކުރާ މަންޒަރެވެ.

ވީޑިއޯ ފެންނަ ގޮތުގައި ކައިރީ އިންނަ މީހާ މިނިސްޓަރު އިމްރާން އަރިހުން އެދެނީ لَآكِلُونَ مِن شَجَرٍ مِّن زَقُّومٍ މި އާޔަތް ހަތް ފަހަރު ކިޔުމަށެވެ. އެއީ އަލް ވާގިޢަ ސޫރަތުގެ 52 ވަނަ އާޔަތެވެ. އެއާޔަތުގެ މާނައިގައި އޮންނަނީ "އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިޔަބައިމީހުން زقّوم ގަހުން ކާނޭކަން ކަށަވަރެވެ."

ރުޤުޔާ ކޮށްދޭ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މިއީ އާއްމު ގޮތެއްގައި ޖިންނި ނުވަތަ މީހަކަށް ހަމަލާ ދިނުމަށް ކިޔަވާ އާޔަތެއް ކަމަށެވެ.

އަދި އެއްޗެއް ކާންދީންގެން ސިޙުރު ހަދާފައިވާނަމަ ސިޙުރު ބާތިލް ކުރުމަށް ކިޔަވާ އާޔަތްތަކުގެ ތެރޭގައި ވެސް މިއާޔަތް ހިމެނެއެވެ.

ނަމަވެސް މިނިސްޓަރު އިމްރާން މިއާޔަތް ކިޔަވައި ވިދާޅުވީ ސީދާ ކޮން މައްސަލައެއް ދިމާވެގެން ކަމެއް ސާފެއް ނުވެއެވެ.

https://www.facebook.com/100009435795156/videos/2736894089968424/

އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި ތުހުމަތެއް މިނިސްޓަރު އިމްރާނަށް ކުރެވިގެން ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ނަމަވެސް އެތުހުމަތުތަކާއި ގުޅިގެން މިނިސްޓަރު އިމްރާން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އަދި އެތުހުމަތާއި ގުޅިގެން މިނިސްޓަރު އިމްރާނާއި މެދު އެއްވެސް ފިޔަވަޅެއް ވެސް އަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ޢަލ

    ރުޤުޔާ ކުރުމަކީ ކުށެއްތަ؟ ޟިހެން މިއަހާލީ މިސަރުކާރުހައި ބީތާ އިން ގިނަކަމުން

    140
    5
  2. ާއަބޫ

    ރުގުޔާ ކު ރުން ހައި ރާނެއް ނުވޭ. އެކަމު މައިކު ހިފައިގެން ހު ރެ އެކަން ކު ރީމަ ބޮޑަށް ބެލެވެނީ ރެކޯޑިންގ އެއް ހަދަނީ ކަމަށް.

    131
    4
    • ފުވާދު

      އެކަމުއެ ހަޅޭލާ ކިޔަމުންދިޔަ ރާގުން ހިޔެއް ނުވޭ ރެކޯޑިންގް އެއް ހަދަނީހެން. މައިކް ހިފައިގެން އޭނީ ޖިންނިންގެ ބޮޑު ގަބީލާއެއްގަ ވީމަ ހުރިހާ ޖިންނިންނައް އަޑުއިއްވަންހެން މަށައް ހީވަނީ.

      52
      8
  3. ނިއުމާ

    މައްސަލައެއް ތިއަކުނެތޭ.

    46
    1
  4. އަލްވާގިއާ

    ސޫރަތް ވާގިއާ އަކީ އެއީ ފަކުރުފާކާ ގެ ޝިކާރަ ތަކުން އިންސާނުން ސަލާމަތް ކުރުމަށް ޓަކައި ކިޔާ ސޫރަތެއް އެ ސޫރަތް ދުވާލަކު 1 ފަހަރު ކިޔަވާ މީހުންނަށް އެކި މީހުންގެ ފަރާތުން އަންނަ އުދުވާނީ އަދި ހަސަދަވެރި ކަމުގެ ހަމަލާ ތަކުން ސަލާމަތް ވާނެ އަދި މިސޫރަތް ދުވާލަކު 7 ފަހަރު ކިޔަންވީ ވާރޭ ނުވެހޭ މޫސުމުގައި ވާރޭ ވެހޭތޯ ބެލުމަށް ޓަކައި ވާރޭ ވެސް ވެހުން އެކަށީގެންވޭ ހަމަ އެގޮތަށް ވާރޭ މާގަދައަށް ވެހޭ ނަމަ ވާރޭ ވެހުން މަދު ކުރުމަށް ޓަކައި ވެސް މިސޫރަތް ދުވާލަކު 7 ފަހަރު ކިޔުމުން އެކަމަށް ވެސް މަގު ފަހިވާނެއޭ މިހުރިހާ ކަމެއްވެސް ވާނީ ފަސް ވަގުތު ފަސް ނަމާދު ކޮށް އަދި މުނާފިޤު އުސޫލު ނުހުންނަ ތެދުވެރިކަމާއި އެކު އަޅުކަން ކުރާ މީހުން މިކަން ކުރުމުން ކަމަށް ބުރަވެވޭނީ އަންހެން ވެރިން މިސޫރަތް ކިޔަވާނަމަ އެމެންނަކީ ވެސް އެއީ ދީނުގައިވާ ގޮތަށް އުޅެ އަދި އެމެން ހެދުން އެޅުމުގައި ވެސް ދީނުގައިވާ ގޮތަށް އެމެން އަމަލު ކުރާނަމަ އެފަދަ މީހުން ވެސް މިކަން ކުރުމުން މަގުފަހިވާނެއޭ މިހުރިހާ ކަމެއްވެސް ގުޅިފައިވަނީ އީމާންތެރިކަމާއި ގަވާއިދުން އަޅުކަން ކުރާ މީހުންނަށޭ...

    27
    6
  5. ކިޔަވާށޭކިޔަވާށޭ

    ރުޤުޔާ ކުރުން އެއީ ދީނުގައި އޮންނަ ކަމެއެް ދިވެހިފަހުގެ ޖީލު މިކަން އެއީ ނޯންނަ ކަމެއް ކަމަށް ދައްކަން ބުނަނީ ރުޤުޔާ ކުރާ މީހުން ނޫންހޭ ފުރަތަމަ މުއްސަނދިވާނީ އެހެން ނޫން އެކަން އޮންނަނީ ރުޤްޔާ ކިޔަވާ މީހުންގެ މުއްސަނދި ކަމަކީ އެމެންނަކީ އެއީ ހިތްފުރިފައިވާ މީހުންނަށް ވުން އަދި އެމެންނަށް މިދުނިޔޭގައި ބޭނުންވާ ކަންކަން ފަސޭހައިން ވުމޭ މިސާލަކަށް މީހަކު ތަނަވަސް ކަމާއި މުއްސަނދި ކަން ބޭނުންނަމަ ސޫރަތް ޒާރިއާ ކިޔަވަންވީ ކޮންމެ ދުވަހަކު 75 ފަހަރު މެދުނުކެނޑި އެކިޔަވަން ޖެހޭނީ އެކަން އެދޭ މީހަކު ފަސްނަމާދު މެދުނުކެނޑި ކުރާ މީޙަކަށް ވެ މުނާފިޤު އުސޫލު ގެންގުޅޭ މީހަކަށް ވެގެން ނުވާނެއޭ ކޮންމެ ދުވަހަކު ސޫރަތް ޒާރިއާ ކިޔަވަންވީ ފަށާ ގޮތަށް މެދުނުކެނޑި 75 ފަހަރު 41 ދުވަސް ވަންދެން ކޮންމެ ދުވަަހަކު 75 ފަހަރު ކިޔެވުމަށް ފަހު ދުއާ ކުރަންވީ ތަނަވަސް ކަމަށް އެދި އެއިރުން ވަރަށް ޔަގީން ކަން ބޮޑު ތަނަވަސް ކަން ލިބިގެންދާނޭ ކަމަށް މިކަން ކުރަންޖެހޭނެ ސަރުކާރުން ވެސް ޚުދު ރައީސުލް ޖުމްހޫރިއްޔާ ވެސް ސުވާލަކީ ދުވާލަކު މަދުވެގެން 6 ގަޑިއިރު މިކަމަށް ހޭދަ ކުރަން ޖެހޭ އިރު މިކަން ކުރެވޭނީ ކޮން ދިވެއްސަކަށްތޭ އެސޫރަތް ކިޔަވާ 6 ގަޑިއިރު ނަމާދު ގަޑިޖެހުމުން ނަމާދުކުރެވޭނެ އަދި ފާޚާނާ އަށް ދާން ވުމުން ފާޚާނާ ކުރެވޭނެއޭ މިކަން ކުރަން އެންމެ މުނާސަބު ފަރާތަކީ އެއީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއޭ...

    11
    1
    • ހަސަނު

      ކޮބާ ޒާރިއާ ސޫރަތަ ކީ؟

  6. ފަށާށޭ

    މާލޭގެ ކޮންމެ ގެއެއްގައި މަހުގެ ފުރަތަމަ ދުވަސް ފެށޭއިރު ގޭގައި ސޫރަތް ވާގިއަ 40 ފަހަރު ކިޔަވަންވީ އެއިރުން އެގެއެއްގައި ރިޒްޤުގެ ތަނަވަސް ކަން އަދި ފައިސާގެ ތަނަވަސް ކަން ހުންނާނެއޭ އެކަމަކު އެކަން ކުރަން ޖެހޭނީ ފަަސްނަމާދު ކުރާ މީހުންނޭ އަދި އެގެއެއްގައި ވައްކަން ކުރުމާއި މީހުން އަތުން ދަރަންޏަށް ފައިސާ ނަގާ ނުދޭ މީހުން ތިބެގެން ނުވާނެއޭ އަދި އެފަދަ ގެއެއްގައި ޑްރަގް ނަގާ މީހުން އަދި ޑްރަގް ޑީލް ކުރާ މީހުން ވެސް ތިބެގެން ނުވާނެއޭ ތިބެން ޖެހޭނީ ދީނުގައި އަންގަވާފައިވާ ގޮތަށް އުޅޭ މީހުންނޭ މިޝަރުތު ހަމަވާ ގޭގެ ނުވަތަ ކުއްޔަށް ތަންތަން ހިފައިގެން އުޅޭ މީހުން ކިޔަވަންވީއޭ މުޖައްރިބޭ ރަނގަޅުވާނެ ކަން އަދި ދުވާލަކު އެއް ފަހަރު މިސޫރަތް ކިޔެވުން އެއީ ވަރަށް ގިނަ ކަންކަމުން ސަލާމަތްވާނެ ކަމެކޭ...

    17
    3
  7. ޔާނު

    ތުގްޔާ ކުރުމަކީ އެއްވެސް މައްސަލައެއް ނޫން..ކޮންމެ މީހަކަށް ވެސް ރުގްޔާ ކުރެވޭނެ..
    ކޮބާ މައްސަލައަކީ..

    49
    3
  8. ބަންސާލީ

    ރުގްޔާ ކުރަން އެނގެންޏާ ކޮންމެ މީިހަކަށްވެސް ކުރެވޭނެ. ކޮބާ މައްސަލައަކީ؟ އޯޑިއޯ މައްސަލައިގައި ބުނާނެ އެއްޗެއް ނެތް. ކޮންމެ މީހަކަށް ވެސް އަގުވައްޓާލާން އޯޑިއޯއެއް ހެދިދާނެ. މަށޭ ކިޔައިގެން ނޫނީ އެހެން މީހެކޭ ކިޔައިގެން.

    43
    3
  9. ޖިނާން

    ކުޑަކޮށް ކަންފަތް ބީރު ޖިންނިއެއް އުޅޭތީ މައިކުން ރުގްޔާ ކުރަނީ

    31
    6
    • މަރީ

      ބޭރު ޤައުމު ތަކުގަ ރުގްޔާ ކުރާމީހުން މިސްކިތް ތަކުގަ ރުގްޔާ ކުރާ އިރު މައިކު ބޭނުން ކުރާތަން ފެނޭ.

  10. މޮ

    އިމްރާން ޖިންސީ ފުރައްސާރަކޮށްފިއްޔާ ޖެހޭނެ އަދަބު ދޭން. އެކަމަކު ރުގްޔާކުރިޔޭކިޔާފަ ނުޖެހޭ ބްރޭކިންގް ނިއުސް އަކަށް ހަދާކަށް. ރުގްޔާކުރުމަކީ ގޯސްކަމެއް ނޫން.

    44
    1
  11. ސަމޭދާން ވަލް ވަސަންތީ

    އެމަނިކުފާނު ވަަރަށް ކިކުގާހުރިހެން ހީވަނީ.

    23
  12. އުޚްތީ

    ޤުރްއާން ކުޔެވުމަކީ މަނާ ކަމެއްތޯ. ކޮންމެ ކަމެއްގަ ފިތުނަ އުފެއްދުން މިހާރުގެ ކަމަކީ.

    43
  13. ފެކްޓް

    އަދި ވީޑިއޯކޮށްފަ ޕަބްލިކް ކުރަންވެސް ޖެހޭތަ! ހަމަ ދެއކުންތެރިކަން ނީން އެހެން އެއްވެސް ކަމެއް ނޫން.
    އަދި އެބައުފެދޭ ސުވާލެއްވެސް. މިއޮއް ހުރިހާދިވަހު ނުފެންނަ ކަމެއް ކުއްލިއަކަށް ފެންނަންވީ ކީއްވެ!!

    29
    13
  14. ނަން

    މައްސަލައަކީ މިއިން ދޭހަވަނީ ތިޔަބުނާ އަންހެނަކު އެހަދަނީ ތެދުކަން.

    27
    11
  15. Anonymous

    އިމްރާން މި ވީޑިޔޯގަ ފުރަތަމަ ކިޔަނީ ނުބައިކޮށް ނެތްނޫންތަ؟ ?

    15
    2
  16. އާމްސްޓްރޯންގު

    މިއީ އެބުނާ ރުގުޔާއަކީ. ގުރުއާނޭ އެ ބޭނުން ކުރަނީ ފަންޑިތަ ހަދަން.

    7
    20
    • މޮހޮރު

      މަ ބުނަމެއްނޫ އޭގައި އެބަ ހުރެޔޭ ޖިންނި ޝައިތާނުންގެ މައްޗަށް ބާރުފޯރުވޭނެ ފަދަ ސިހުުރު

  17. ޞާރި

    ޜުގުޔާ ގެ އިސްތިހާރު ގެ މޭކިން ތޯ؟

    7
    13
  18. ނަސްރީނާ

    ހީވަނީ ސިދާތާގެ ރުހުން ހޯދަން ވެގެން ކުރި ކަމެއްހެއް ބޮޑަން ހީވަމީ

    5
    15
  19. ޓައްޕު

    އަނެއްކާ އެސޮރާ ބަބުރު ކަލޯ ކިއްސައްޑެވި އަވަލީތަ އެވާ ގޮތެއް ނުއެގުނު ނުވަތަ އެސޮރު ކަހީނުކަން ދަސްކުރަނީ ކަމަށް ވެސް ވެދާނެ ބޮޑު ބިރު ހުންނަނީ ބޭބޭ

    6
    7
  20. ވަޒީ

    ރާއްޖޭގެ ސިޔާސީ މަސްރަހުގައި ސިހުރު ހެދުމަކީ ވަރައް އާންމުކަމެއް. އަދި އެހެންނޫނަސް މި ނުބައިމީހުން ގިން ގައުމުގައި ޒަމާނުއްސުރެ ސިހުރުހެދުން އޮވޭ.. ގިނަފަހަރު އެކަން ކުރަނީ ގާތްތިމާގެ މީހުންތަކެއް ހަސަދަ ވެރިވެގެންނާއި އަދި މުދާ ނުހައްގުން ހޯދައިގަތުމައް. ހުރިހާ ސިހުރަކީ ބާތިލް ކުރެވޭނެ އެއްޗެއް ރުގްޔާ ކޮއްގެން
    އިންޝާ ﷲ ސިހުރު ބާތިލް ކޮއްދެއްވާނެ.

    18
  21. ރިހި ރާންބާގަސް

    ރުޤްޔާ ކުރުމަކީ މައްސަލައެއްނޫން! އެއްގޮތަކުން އަނެއްގޮތަކުން އިމްރާނުގެ އަގު ވައްޓާލުމަށް ހާދަ މަސައްކަތެކޭ ތިޔަކުރަނީ!

    8
    6
  22. ބަލާށޭ

    ސޫރަތުލް ޖިންނި އިމްރާން އުޅޭ ކޮޓަރީގައި ޖަހާފައި ބަހައްޓަންވީއޭ ތާ އަބަދު އެއިރުން އިމްރާން ހަށިގަނޑު ތެރޭގައި ޖިންނި ވާނަމަ އެޖިންނި ހަށިގަނޑު ތެރޭން ނެތިގެން ހިނގައިދާނެއޭ ނުވަތަ ސޫރަތް އިޚްލާސް އަދި ފަލަޤި ނާސި މިތިން ސޫރަތް ދުވާލަކު 1000 ފަހަރު ކިޔަވަންވީއޭ އެއިރުން ވެސް ތިއަށް ފަރުވާ ލިބޭނެއޭ ސިހުރު ހެދުމަކީ އެއީ ޝިރުކުގެ ތެރޭން ވާ ކަމެކޭ...

    9
    3
  23. ކިޔަވާށޭ

    ޝޭޚް އިމްރާން އަށް ސިހުރުގެ އުނދަގޫވާ ކަމަށް މޫނު މަތި ބަލާލުމުން ފެނެއޭ އެހެން ކަމަށްވާނަމަ ސިހުރުގެ ކަންކަމުން ސަލާމަތް ވުމަށް ޓަކައި ސޫރަތް ފަލަޤި ކިޔަވަންވީ ދުވާލަކު 101 ފަހަރު ދެން އަމިއްލަ އަށް ގަޔަށް ފުމުމަށް ފަހު ފެންތައްޓަކަށް އަމިއްލަ އަށް ފުމެލާ އެފެން ބޯންވީއޭ މައްސަލަ އެއްނެތޭ ތަނެއްގައި ވަޅުލާފައި ހުއްޓަަސް އެކަމުން ސަލާމަތްވާނެއޭ އެކަމަކު ޖެހޭނެއޭ ފަސްނަމާދު މެދު ނުކެނޑި ކުރަން އަދި އީމާންތެރި ކަމާއި ދީނުގައިވާ ގޮތަށް ކަންކަން ކުރަން އާދަކުރަން ޖެހޭނެއޭ މީ ވަރަށް މުޖައްރިބު ސޫރަތެކޭ ކީރިތި ރަސޫލާ އަށް ވެސް ޔަހޫދީ އަކު ހެދި ސިހުރެއްޖެހި ވަޑައިގެން މިސޫރަތް ކިޔަވާ ވިދާޅުވުމުން އެ ސިހުރު ނެތިގެން ދިޔާއޭ މީއެންމެން ދަންނަ ކަމެކޭ...

  24. ލޮލް

    މިނިސްޓަރ އިމްރާން އުޅުއްވަނީ ސިހުރު ޖެހިގެން. އިމްރާން ޖިންސީ ފުރައްސާރަ ކުރިޔޭ ކިޔައިގެން އުޅޭ އަންހެނާއަކީ އިމްރާން ކުރިން އިންނަން އުޅުނު މީހެއް. އެކަން ނުވީމމަ އެއަންހެން މީހާ އުޅެނީ އިމްރާންއޭ ކިޔައިގެން ފާޑު ފާޑުގެ ވާހަކަ ދެއްކުމުގަ. އިމްރާންއޭ ކިޔައިގެން އިމްރާންގެ ރައްޓެހި މީހުންނާ ދިމާއަށްވެސް އެއްޗެހި ކިޔާ. ސޯ މިއަންހެނާ ހުންނަނީ ނފްސާނީ ގޮތުން އަސަރުކޮށްފަ.

  25. ސަންތިމަރީ

    އޭނައާ އަވަލަވާފަ އެ ހުރީ ބީރު އެއްޗެއްތަ؟ މައިކް އަކުން އެ ކިޔަވާނީ އެޔައް އަޑު ނީވިދާނެތީ

    2
    1
  26. ޥ

    ރުގުޔާ ކުރަން ގެންނަންވީ އީވާ