މެލޭޝިއާގެ އާންމު އިންތިޚާބުން އެލިބުނީ އިބުރަތެއް ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތައް ކުރިއަށްދާންވީ އެކުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހިމް މިހެން ވިދާޅުވީ "ޖޭޕީ ހޭވައްލާ" މިނަމުގައި ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ފެށި ޚާއްސަ ކެންޕޭނަށް ޖަރުމަންވިލާތުގައި ހުންނަވައިގެން ފޮނުއްވެވި ޚާއްސަ ވީޑިއޯ މެސެޖެއްގައެވެ.

"މެލޭޝިޔާގެ އިންތިޚާބަކީ ވަރަށް ބޮޑު އިބުރަތެއް. އަޅުގަނޑުމެން އެކުގައި މަސައްކަތް މިކުރާ ޕާޓިތައް އެކުވެރިކަމާއިއެކު ކުރިއަށްދިއުމުގެ މުހިންމުކަން ވަރަށް ބޮޑު. އިރާދަކުރެއްވިއްޔާ އެގޮތުގައި އަޅުގަނޑުމެން ކުރިއަށްދާނަން." ގާސިމް ވިދާޅުވިއެވެ.

މެލޭޝިއާ އިން ލިބުނީ އިބުރަތެއް ކަމަށާއި ޕާޓީތައް ކުރިއަށްދާނީ އެގޮތުގައި ކަމަށް ގާސިމް ވިދާޅުވިއިރު އެމްޑީޕީ އިން ގެންދަނީ ގުޅިފައިވާ ޕާޓީތަކާއި ވަކިން ރިޔާސީ ކެންޑިޑޭޓެއް ނެރުމަށް ތައްޔާރުވަމުންނެވެ. އެމްޑީޕީގެ ޕްރައިމަރީ މިމަހުގެ 15 ދުވަހު ހުޅުވާލުމަށް ވަނީ ނިންމާފައެވެ.

ގާސިމްގެ ވީޑިއޯ މެސެޖްގައި އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ކޮންމެ ރައްޔިތަކަށްވެސް ހުޅުވާލެވިފައިވާ ސިޔާސީ ޕާޓީއެއްކަމަށާ ޖޭޕީއަކީ ސިޔާސީގޮތުން ކުރިއަށްދިއުމަށް އެންމެ ރަނގަޅު ޕާޓީކަމަށެވެ. ޖޭޕީގެ ސިޔާސަތަކީ ފޮރުވިފައިވާ އެޖެންޑާއެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި ޕާޓީން ވާނީ ގައުމު އަމާން އައްސޭރިއަކަށް ގެންދިއުމަށް އަބަދުވެސް މަސައްކަތް ކުރަމުން." ގާސިމް ވިދާޅުވިއެވެ.

ވަރަށް އަވަހަށް ވަރަށް މުހިންމު ބޭފުޅަކު ޖުމްހޫރޕާޓީ ގުޅިވަޑައިގަންނަވާނެކަމަށް ވެސް ގާސިމް މިރޭ ވިދާޅުވިއެވެ. މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެއީ ކޮން ބޭފުޅެއްކަން އެނގިވަޑައި ގަންނަވާނެކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ކަމަނަ މުހައްމަދު

    މަހާތީރު ވެރިކަން ހޯދީ ފިލާ ހުރެގެނެއްނޫން ގާސިމްބޭ. އެކަމާ ދޭތެރޭވެސް ވިސްނާލާތި.

  2. Anonymous

    ފަނޑިޔާރުންނަށް ކޮރަޕްޝަނުގެ ފައިސާ ދީގެން ވެރިކަންވައްޓަން އުޅެނީވެސް އޭގެން ހިތްވަރު ލިބިގެންތަ؟

  3. ސޮދުރީ

    އެއްތަށީން ބޯކިބާފަޅއިގެން ކާތަންބަލަން ދުނިޔޭގަތިބިބަޔަކު ތިބޭނެ ސޭޓު ހުރޭ ފާހާނާސާފުކުރަން

  4. މުނާ

    ކަލޯ ތިކަހަލަ ކާމިޔާބީއެއް ލިބޭވަރަށްވުރެ ކަލޭމެންގެ އަމިއްލަ އެދުމާއި މުނާފިގުކަން މާބޮޑުވާނެ!

  5. ޖޮއްބެ

    ދަރަނިބޯ ތިޔަކަމެއްނުވާނެ. އެއީ ކަލޭ ވެސް ވެރިކަންބޭނުން، ކެރަފާކަޅޭ ވެސް ވެރިކަންބޭނުން، މުސްކުޅިބެ ވެސް ވެރިކަންބޭނުން، މޭޑޭއިމުރާނު ވެސް ވެރިކަންބޭނުން.....!!!!

  6. މިލިޓަރީ

    ޤާސިމްއަކީ އަމިލްލަ އެދުމުންފޯވެފާހުރި މީހެއް

  7. ޕޮފުބާ

    އިބުރަތްލިބުނީ ކަލެއަށް ކަލޭތިހިރީ ރިސްފަތު ދީދެން ފިލާ

  8. މުޙައްމަދު

    މެލޭށިޔާއިން ލިބުނު ޢިބުރަތަކީ ސަރުކާރު ބަދަލު ކުރަނޖެހެނީ ރިށްވަތު ދީގެން ނޫން ކަން. ރީތި ގޮތުގައި ވޯޓުން ކަން. ބޭރު ގައުމަކަށް ގައުމު ވިއްކާ ލައިގެން ނޫން ކަން. ޑިމޮކްރެސީއަކީ މިއީ. ޑިމޮކްރެސީ އަކީ 1 ފަހަރު ނަމަވެސް އިންތިޚާބަކުން ބަލި ވެއްޖެނަމަ ދެން އެއިންތިޚާބެއްގަ ތިމާ ވާދަ ނުކުރުން. ޑިމޮކްރެސީގެ ރީތި އުސޫލުން ކަންތައް ކުރާނަމަ 2 ފަހަރު މަނިކުފަނު ރިޔާސީ އިންތިޚާބުން ފެއިލް ވެފައިވާތީ ދެން ވާދަ ކުރުމެއް ނެތް އިގޭތޯ. ޤައުމުގެ ހަމަ ޖެހުން ވެސް ދެމި އޮންނާނީ އޭރުން.

  9. ާއދ.

    އަބިކަބަލުންތޯ ގުޅިވަޑާގަންނަވަނީ މޮޔަފުޅުވީތޯ ތިޕާޓީއާ ދެންގުޅޭނީ މޮޔާން

  10. އެކްލިޕްސް

    މިއީ ހިތާމަވެރި ދުވަހެއް، ޕާޓީތަކުން ދެ ގުނަ މަސައްކަތް ކުރަންޖެހޭ ކަމަށް ބުނެ ކުށްވެރިން ތަކެއް ސަރުކާރަށް ފިލައިގެން ތިބެ އެމެން ދައްކާ ވާހަކަ ތަކަކީ އެއީ ގާނޫނީ ގޮތުން އެއްގޮތަކަށް ވެސް އެމެންނަށް ދެއކޭނެ ވާހަކަ ތަކެއް ކަމަށް މަމެން ގަބޫލެއް ނުކުރާނަމޭ. ގާސިމް އިބްރާހިމް އަށް އަދި ކެނެރީގެ ނަޝީދަށް ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅަށް އެއް ކަމެއް ވެސް ކޮށް ނުދެވޭނެއޭ ބިކޮޒް ގާސިމް އިބްރާހިމް ވަނީ ފެއިލް ވެފައި ހޯމް މިނިސްޓަރު ކަން ދިންތާ 15 ދުވަސް ތެރޭގައި ދެން ކެނެރީގެ ނަޝީދު ވަނީ ހުވާ ކުރި ދުވަހު ފެއިލް ވެފައި ދެން އޭނާ އެކަން އިއުލާން ކުރީ ފެބް ހަތެއް 2012 ވަނަ ދުވަހު. ދެން ރައީސް ވަހީދު ވަނީ އޭނާ ވަކި ޕާރޓީ އަކާއި ނުލައި އޭނާ އަށް ތާއީދު ކުރާ ވަރަށް ގިނަ ރައްޔިތުން ތިބި ކަމަށް އޭނާ އަށް ހީކުރެވިގެން އޭނާ ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުން އެ ރޭހުގެ ފުލުން އެއްވަނަ އޭނާ އަށް ރައްޔިތުން ދީފައި އޭނާ އަވަހަށް ފައިބަން ރައްޔިތުން ބުނެފައެެވެ. ޓޯޓަލް ކޯލިޝަން އަކީ ބޮޑު އެކްލިޕްސް އެކެވެ.

  11. ހުސޭނުބޭ

    ވީމާ މެލޭޝިޔާ ބޮޑުވަޒީރު ޖުމްހޫރީ ޕާޓީއަށް ސޮއިކުރުވާ! އޭރުން މެލޭޝިޔާގެ ވެރިކަންވެސް ލިބުނީ.

  12. ޖަސްޓްގޮނާ

    ޕާރޓީ ތަކުން ދެގުނަ މަސައްކަތް ކުރަން ޖެހޭނެ ކަމަށް ގާސިމް ބުނުމަށް ފަހު ފަރުދާގެ ފުރަގަހަތުން ރައްޔިތުންގެ %85 ވޯޓް އިން ހޮވާފައިވާ ސަރުކާރެއް ރިޝްވަތުގެ ފައިސާ ބޮޑު ކޯޓްގެ ވަގު ދެ ހުކުމޭ މެންނަށް ދީގެން ފުރޮޅާލަން އުޅުން އެއީތޭ ތަމެން ކުރާ ދެގުނަ މަސައްކަތަކީ. ތިޔާއީ ސިޔާސީ ގޮތުން ފޮށ ފެޅުން ނޫންތޭ ތިޔާ ވަރުގެ މީހުންނާއި ރާއްޖެ ހަވާލު ކޮށްފިނަމަ ރާއްޖެ ތަމެން ދަވާލާނެ ނޫންތޭ. މަމެން ޕިންކީން މިރާއްޖޭގެ ވެރިކަމާއި ހަވާލު ވި ފުރަތަމަ ދުވަސް އެއީ ރީތި އަބަދުވެސް ރީތި ދުވަހެކޭ އެދުވަހު މަމެންނަށް ފެނެއޭ މަމެންގެ ގައުމުގެ މުސްތަގްބަލް އުޖާލާ ކަން ބްރިޖް ތައް އެޅި ގުޅިފަޅު ހިއްކި ތިލަފުށި ހިއްކި އެންމެންނަށް ފްލެޓްސް ތައް ލިބި ވިޔަފާރި ވެރިންނަށް ބިން ތައް މާލެ ސަރަހައްދުން ވިޔަފާރި ކުރަން ލިބޭ ތަން. އެކަމަކު އެކަން ވިހަކުރީ ޖޭޕީގެ އަމިއްލަ އެދުން ބޮޑު ކަމުން އެމެންނޭ މަމެންގެ އަޑުގައި މިއަދު ގިސްލާ ގޮތް މިހުންނަނީ އެމެން ހަރާމްކޯރު ވުމުންނޭ. ހަރާމްކޯރު ވުމުންނޭ. އިޓްސް ސިކް ދެޓް އޯލް...

  13. ޟިނިނި

    ޖުމްހޫރީ ޕާޓީއާއި ގުޅޭ ހާއްސަ ފަރާތަކީ ނަސްރީނާ. މޮޔަނާސިރާ ދިން ހެދުންތައް ލައިގެން މިހާރު މާރުކޭޓަށްވެސް ދޭ.

  14. ނުވާނެއޭ

    މިއީ ހިތާމަވެރި ދުވަހެއް، ޕާޓީތަކުން ދެ ގުނަ މަސައްކަތް ކުރަންޖެހޭ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވިނަމަ ވެސް ޖޭޕީ އަކީ އެއީ ސިޔާސީ ޕާރޓީ އެއް ކަމަށް މަމެން ގަބޫލެއް ނުކުރަމޭ އެއީ ތަމެން ގެންގުޅޭ ނޯކަރުން ތަކެއް ހިންގާ ސިޔާސީ ޑިޕާރޓްމެންޓެކޭ ގާސިމް އިބްރާހިމް ފުރަތަމަ ނޭޝަނަލް ލެވެލް ގައި ނޭޝަނަލް ގަވަރނެންސް އާއި ބެހުމުގެ ކުރިން ތަމެން ސަރުކާރާއި އެކު އެއްބަސް ވެގެން ރިސޯރޓްސް ތައް ހަދަން ދީފައިވާ ތާ އަތޮޅު އެލާ ގައި ރިސޯރޓް ހަދަން އުޅުނިއްޔާ މާތާހިރު ވާނެ އެއް ނޫންތޭ ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ބަދަލު ކުރަން އުޅުމަށް ވުރެން. ތަމެން ގާސިމް އިބްރާހިމް އަށް ވެސް އަދި ކެނެރީގެ ނަޝީދަށް ވެސް ރާއްޖޭގައި ރިޔާސީ ކެންޑިޑޭޓް ކަން ނުލިބޭނެއޭ ތަމެން ދެމީހުން ނޫން މީހަކު ދައްކާ ހަމަ ހުވައޭ މިބުނީ އެމްޑީޕީ އަށް ނުކެރޭނެއޭ ސަރުކާރުގެ ބަޖެޓުން ފައިސާ ގަނޑު މަޅާލައިގެން ތިބެ ބޮޑު ކުށްވެރިއަކު އެޕާރޓީ ގެ ޕްރައިމަރީގައި ރިޔާސީ ކެންޑިޑޭޓަކަށް ހަދަން ވޯޓް ލާން. ނުވާނެއެކަމެއް.

  15. ފަޅުވެރިން

    ރައީސް ޔާމީނަކީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ވާދަވެރި އެންމެ އިންޞާފުވެރި އިންތިޚާބު ކާމިޔާބު ކުރައްވައިގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅާ! އެއާ ޚިލާފަށް ޤާސިމަކީ 07 ސެޕްޓެމްބަރ 2013 ގައި ބޭއްވި ރިއާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ރައީސް ޔާމީނާއި ޤާސިމާ ދޭތެރޭގައި 2700 އެއްހާ ވޯޓުގެ ތަފާތު އޮތުމުން އޭނަގެ ލޮލަށް ނިދި ނައިސްގެން، އަލުން ބުރެއް ބާއްވައިފިއްޔާ ތިމަންނަގެ ކޮޅަށް އެޢަދަދު އެނބުރިދާނެކަމަށް ހީކޮށް ސުޕްރީމް ކޯޓަށް ގޮސްގެން އެބުރުގެ ނަތީޖާ ބާޠިލުކޮށް އެހުރިހާ ސަކަރާތެއް ޖެހި މީހާ! ރައީސް ޔާމީން ނޫނިއްޔާ މިވީތަނަށް ރާއްޖޭގައި ރިއާސީ ޕްރައިމަރީއެއްގައި ވާދަކުރަން ކެރިވަޑައިގަތް ބޭފުޅަކު އެބަ ހުންނެވިބާ؟ ޖޭޕީގެ މެނިފެސްޓޯގައި ޖަހާފައި އޮންނަނީ އެޕާޓީގެ ރިއާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރޭ! މިވަރަށް ދެން ތަނެއްގައި ޑިމޮކްރެސީ ބޭއްވޭނީ! 2014 ގެ މަޖްލިސް އިންތިޚާބުގައިވެސް ޖޭޕީއިން ޕްރައިމަރީއެއް ނުބާއްވާ! ޕީޕީއެމް ކޯލިޝަނުން ޖޭޕީ އަށް ދިން ޖާގަތައް ޤާސިމް ބޭނުންވާ މީހަކަށް ހަމަ ބަހައިލީ! ބައެއް މީހުންނަށް ޖާގަ ދީފައި އަނބުރާ އަތުލާފައި އެހެން މީހުނަށް ދީފައިވެސް އެބަހުރި! މިވަރުގެ ގޮތެއް ހަމައެއް ނެތް މީހަކު "ޑިމޮކްރެސީ" މިލަފުޒު ބޭނުންކުރަންވެސް ލަދު ގަންނަންޖެހޭނެ!! ނޫނޭ މިއީވާ ގޮތްކުޑަ އިންސާނެއް!!

  16. ޢަލީ

    މެލޭޝިޔާއިން އެލިބުނީ ޢިބުރަތެކޭ ކިޔައިގެން ވާހަކަދައްކާއިރު، އެއީ ޤައުމަށް ހާދަގިނަ ފައިދާކުރާ ކަންކަން ކޮށްދިން މީހެކޭ. ތިމީހުން ޤައުމަށް ތިދެނީ ގެއްލުން، ފަޅުރަށްރަށާ ފަޅުފަޅުން ކުއްޔެއް ދައްކަނީއެއްނޫން، އެތަންތަން ހަދަނީއެއްނޫން ރައްޔިތުންނަށް ކިހާބޮޑު ގެއްލުމެއް، އެތަން ހެދޭނެމީހަކަށް ދޫކޮށްލަނީކީއެއްނޫން.

  17. ޔޫއެެންއައި

    ފްލެޓަށް އެދުމަށްޓަކައި ބައިލައްކަ އަށް ވުރެ ގިނަ ފޯރމްސް ތައް ފޯރމް ދޫކުރަން ފެށިތާ ހަފްތާ އެއްގެ ތެރޭގައި ހުސްވުން އެއީ މަމެންނަށް ބޮޑު ސަޕްރައިޒް އެއް ލިބިގެންދާނެ ކަމެކޭ މިމަސް ނިމެންވާއިރު ތިޔާ އަދަދު ދެ ލައްކަ އަށް އަރާނެކަން އެއީ ޔަގީން ކަމެކޭ އަދި ވެބް ސައިޓް މެދުވެރިކޮށް ޑައުން ލޯޑް ކުރި އަދަދު ކޮބާތޭ ދެން ޖޫން މަހު ފްލެޓްސް ތަކަށް އެދި ފޯރމްލާ ނިންމާ ޖޫން މަސް ނިމި ގެން 2 ލައްކަ ފޯރމްސް ތައް ސަރުކާރުގެ ބިއުރޮކްރަޓިކް ސިސްޓަމް އޮންނަ ގޮތުން އެ އިވޭލުއޭޓް ކޮށް ނިމޭނީ އެއީ ސީދާ ރިޔާސީ އިންތިޚާބުގެ ނަތީޖާ ވެސް އިއުލާން ކޮށް ނިމޭ ދުވަހުން އޭ. އެއީ އޭ ޕްރެޑިކްޝަންސް ތަކުން ދައްކާ ގޮތަކީ. ކަން މިހެން ހުރުމުން މާލެ ސަރަހައްދުން ފްލެޓްސް ތައް ދޫކުރަން މިހާރު ދޫކުރާ ފޯރމްސް ތައް އެއީ 2019 ވަނަ އަހަރު ނިމުމުގެ ކުރިން ދޫކުރާނެ ފްލެޓްސް ތައް ކަމަށް ނިންމާ މިހާރު ހައުސިންގް އަށް ފޯރމް ލާފައިވާ އެންމެންނަށް ފްލެޓްސް ތައް ލިބޭނެ ކަން އިއުލާން ކޮށް އެ އެންމެންނަށް ފްލެޓްސް ތަކުގެ ރަޖިސްޓްރީ..

  18. ދަވޭ

    ފްލެޓަށް އެދުމަށްޓަކައި ބައިލައްކަ އަށް ވުރެ ގިނަ ފޯމު ނަގައިފި ނަމަ މާލެ ސަރަަހައްދުގައި އަހަރަކު މަދުވެގެން 2 ކޮޓަރީގެ 25 ހާސް އެޕާރޓްމެންޓްސް އަޅާ ކޮންމެ އެޕާރޓްމެންޓެއް މަހަކު 2 ހާސް ރުފިޔާ އަށް ކުއްޔަށް ދޭން ސަރުކާރުން އެބަވިސްނަން ޖެހެއެވެ. މަމެންނަށް ޔަގީން ރާއްޖެތެރެއަކު ނޫޅޭނެ ކަން މީހުން މާލެ ސަރަހައްދުން 2 ކޮޓަރީގެ އެޕާރޓްމެންޓެއް ސަރުކާރުން މަހަކު 2 ހާސް ރުފިޔާ އަށް ކުއްޔަށް ދޭނަމަ އަދި ކޮންމެ އަހަރަކު 25 ހާސް ހައުސިންގް ޔުނިޓްސް މާލެ ސަރަަހައްދުގައި އަޅާނަމަ ދެން އެމެންނަށް އެފަދަ ތަންތަން ސަބްލީސް ނުކުރެވޭނެއެވެ. އަދި ތިލަފުށި އެއްކޮށް ހިއްކާލާ މާލެ އާއި ތިލަފުއްޓާއި ދެެމެދު ބްރިޖް އަޅާލާ ގުޅިފަޅު ވެސް ހިއްކާލާ ގުޅި ފަޅާއި މިބްރިޖް ވެސް ގުޅުވާލާ ބައްލަވަންވީ އެތަނުން މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ކޮންމެ ކުންފުންނަކަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ދައްކާ ގޮތަށް 5000 އަކަފޫޓްގެ ގޯތި ދީގެން އެފަދަ ގޯތީގައި 10 ބުރިއަށް އިމާރާތް ކޮށްގެން އޮފީހާއި މުވައްޒަފުންގެ އެކޮމެޑޭޝަން

  19. ބުއްްޅަަބޭ

    ރައީސް ގާސިމްބެ ހެހެހެހެ

  20. ޙަފްޞާ / މާލެ

    ކިހިނެއް ތިހެންވާނީ! އެއް ކެނޑިޑޭޓަކު ދެއްކުމަށް ހެދި ހުރިހާ ޕްލޭންތައް އެ ދިޔައީ ފަނުފުލުން! ޢުމަރު ، ޤާސިމު ، އަންނި ، ކޮންމެމީހަކުވެސް ބޭނުމީ ވެރިކަން! ހުރިހާ ފަރާތްތަކުން އެބަ މީހަކު ނަގާ! މަހިތުން މިކަމުން ރައީސް ޔާމީނަށް ލިބޭނީ ފައިދާ! ރައީސް ޔާމީން ފުރަތަމަބުރުން އިންތިޚާބު ކާމިޔާބުކުރާނޭކަމަށް މިހާރު ވަރަށްބޮޑަށް ބެލެވޭ!