ރާއްޖޭގައި ވިސާނެތި އުޅޭ ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމުގެ ނަމުގައި ދިވެހި ގައުމިއްޔަތުގެ ސިފަ އަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން އެގޮތަށް ވިދާޅުވީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދޭން ޖެހޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ހުށަހަޅުއްވާފައި ވަނިކޮށެވެ.

އިމިގްރޭޝަން ގާނޫނު މިހާރު އޮންނަ ގޮތުން ރެސިޑެންޓް ވިސާ ދެވޭނީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނާއި ސަރުކާރުން ގަބޫލުކުރާ ވިޔަފާރިތަކުގައިި ބޮޑެތި އިންވެސްޓްމަންޓް ކުރާ ބިދޭސީންނަށް އެކަންޏެވެ.

އެކަމަށް އިޝާރާތް ކުރައްވައި އަލީ ހުސެއިން ވިދާޅުވީ ރާއްޖޭގައި ވިސާ ނެތި އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމުގެ ނަމުގައި ދިވެހި ގައުމިއްޔަތުގެ ސިފަ އާއި ވައްތަރަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި މި އިސްލާހާ މެދުގައި ވެރިކަން ކުރާ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ދެކޮޅެވެ. އަދި އިދިކޮޅު ފަރާތްތަކުން ވަނީ މިއީ ރާއްޖޭގެ މިނިވަން ކަން ނަގައިލުމަށް ނަޝީދު އަޑީގައި ހުންނަވައިގެން ކުރައްވާ ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ. އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިއީ ރާއްޖޭގެ ވެރިކަން ފުރޮޅާލުމަށް ނަޝީދު ކުރައްވަން އުޅުއްވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނީނާ

    ހުރިހާ ބަންގާޅިން ރަށަށް ފޮނުވާލަބަ?

    22
  2. ބިންތި

    ޜަނގަޅު ވާހަކައެެއް ، ނުޖެހޭ ބަންގާޅިން ދިވެހިންނާ އެއްވަރު ކުރާކަށް?

    23
  3. ރަރީ

    ކިހާ ބޮޑު އުނދަގުލެއް. މިހާރު ވެސް މިއުޅެނީ ބިދޭސީންގެ އުނދަގޫ ބޮޑުވެގެން. ނުވިތާކަށް ތިޔަ އުޅެނީ މިރާއްޖޭއަށް ދޮންމީހުން ގެންނާނެ ގޮތެއް ނޭނގިގެން. އޭރުން ދޭން މިރާއްޖޭ ހުރިހާ ޒުވާނުން ހަލާކުރާނެ. 10 އަހަރު ބުނުމަށްވުރެ މާ ރީތިވާނެ އުމުރު ދުވަހޭ ބުންޏަސް. އެމީހުން ދެން އަންނަ ގޮތަށް މިތަނަކުން ނުދާނެ. މިއީ ޔަގީން ކަމެއް. މިތަނަށް އައިސް ކާފަރު ދީންތައް ފަތުރާ، ވިޔަފާރީކޮށް ދިވެހިންގެ މައްޗައް އަތްގަދަ ކުރާނެ.

    18
  4. ހަނިމާދޫ

    ރައްޔިތުންގެ މަޖިލިސްގެ (އިއްޒަތްތެރި ނުލާނައް) މެންބަރުން އިސްލާމް ދީނާއި ރައްޔިތުންނާ އަދި ޤައުމުގެ ހައްގުގައި ބަސްބުނެ ވަކާލާތުކުރާނީ ކޮންއިރަކުންތޯ ޢަލީ ހުސައިން އަދި ރައްޔިތުންދެކެ ލޯބިވާކަމައް ދައުވާކުރައްވާ ގާސިމް އިބުރާހިމްމެން ކޮބައިތޯ އަހަރެން އަހަރެމެން ދާއިރާގެ މެންބަރު ގަބޯ ވާހަކައެއް ނުދައްކާނައް ސަބަބަކީ އެޖެއްޑާ19 ތަފާތުވާނެއޭ ގައްބަރޭ ބުނުއްވިއޭ އެތަފާތު މިހާރު މިދަނީފެއްނަމުންނޭ

    14
  5. ކިނބޫ

    ދެނެއް ތިހެނެއް ކިޔާނެ ކަމެއް ނެތް. ތިވެސް ގައުމު މި އަނދަވަޅަށް ވއްޓާލުމުގައި ހިއްސާކުރި މީހެއް. މައާފެއް ނެތް ދުވަހަކުވެސް. ދެން މާތް މީހުންކަމަށް ހެދެން ވެގެން އަނގަ ތަޅަނެ ކަމެއް ނެތް. ފުދިއްޖެ އަނގަ މަޑުން ލައިގެން ތިބޭ. ނޫނީ ގައުމު މިބަލާވެރިކަމުން ސަލާމަތް ކުރަން މަސައްކަތް ކުރޭ އަނގަ ނުތަޅާ.

    17
    2
  6. މުގުރި

    ޢަބަދުވެސްމީނަގެކަމަކީމީ. ދިވެހިންނިކަމެތިކުރުން

    18
    1
  7. މުގުރި

    ޢަބަދުވެސްމީނަގެކަމަކީމީ. ދިވެހިންނިކަމެތިކުރުން. ބިދޭސީރައީސް. ޟިފަރު މުކަންކުރާނެތާ. ޢެތިބީހުސް އޭނަބުނާގޮތްހަދާމީހުން

    10
  8. މުގުރި

    ޢަބަދުވެސްމީނަގެކަމަކީމީ. ދިވެހިންނިކަމެތިކުރުން. ބިދޭސީރައީސް. މިފަހަރު މިކަންކުރާނެތާ. ޢެތިބީހުސް އޭނަބުނާގޮތްހަދާމީހުން

    11