ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުން މުހައްމަދު ނަޝީދު ވަކިކޮށް ދިނުމަށް މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް ގޮވާލައްވައިފިއެވެ.

ތޯރިގް އެގޮތަށް ވިދާޅުވީ އިމިގްރޭޝަންގެ ގާނޫނަށް ނަޝީދު ހުށަހެޅުއްވި އިސްލާހާ މެދުގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ ހަބަރެއްގެ ސްކްރީން ޝޮޓަކާ އެކުގައެވެ. ނަޝީދު، އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދޭން ޖެހޭ ގޮތަށެވެ. މި އިސްލާހާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަން ފަށައިފައެވެ.

އިމިގްރޭޝަން ގާނޫނު މިހާރު އޮންނަ ގޮތުން ރެސިޑެންޓް ވިސާ ދެވޭނީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނާއި ސަރުކާރުން ގަބޫލުކުރާ ވިޔަފާރިތަކުގައިި ބޮޑެތި އިންވެސްޓްމަންޓް ކުރާ ބިދޭސީންނަށް އެކަންޏެވެ.

އެ މައްސަލައިގައި ތޯރިގް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމަށް ނަޝީދު އިންތިހާބު ކުރުމަށް ވޯޓު ދެއްވި 67 މެމްބަރުން، ނަޝީދުގެ އިތުބާރު ނެތް ކަމަށް ނިންމަވައި ދެއްވަން ޖެހޭ ކަމަށެވެ.

އަދި މަޖިލިހުގެ ރައީސް ކަމުން ނަޝީދު ދުރުކޮށް ދެއްވުމަށް ވެސް ތޯރިގް ވަނީ ގޮވާލައްވައިފައެވެ.

"އެޖެންޑާ 19 ގެ މަޖިލިސް މެމްބަރުންނަށް ދިވެހި ރައްޔިތުން ކުރާ އިތުބާރު މި ދަނީ ގެއްލިގެން. ގައުމިއްޔަތެއްގެ ކަންފުޅެއް ވެސް ނެތީތޯ؟" މަޖިލިހުގައި ކުރިއަށްދާ ބަހުސްތަކުގައި ނަޝީދަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ ތޯރިގް ވިދާޅުވިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި މި އިސްލާހާ މެދުގައި ވެރިކަން ކުރާ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ދެކޮޅެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ މިއީ ރާއްޖޭގެ މިނިވަން ކަން ނަގައިލުމަށް ނަޝީދު އަޑީގައި ހުންނަވައިގެން ކުރައްވާ ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ. އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިއީ ރާއްޖޭގެ ވެރިކަން ފުރޮޅާލުމަށް ނަޝީދު ކުރައްވަން އުޅުއްވާ ކަމެކެވެ.

ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި އިމިގްރޭޝަން ގާނޫނު ނަޝީދު ބޭނުންފުޅުވާ ގޮތަށް ބަދަލުކޮށްފި ނަމަ، ގައުމު އަޅުވެތިކަމަކަށް ދިއުމަށް މަގުފަހިވާނެ ކަމެކެވެ. އަދި ބައެއް މީހުން މިސާލުގެ ގޮތުގައި ނެގީ ފަލަސްތީނާއި އިސްރާއީލްއާ ދެމެދުގައި އޮތް ކޯޅުމެވެ.

ކިޔުންތެރިންގެ ހިޔާލު

46 ކޮމެންޓް

 1. ވަކިކުރޭ

  މަޖްލީހުގެ ރައީސް ރެސިޑެންސް ވިސާ އިންޑިއާގެ 2 ލައްކަ އެއްހާ މީހުންނަށް ދިނުމުގެ ވިސްނުން ގެންގުޅެނީ އެއީ 2023 ގައި ރިޔާސީ އިންތިޚާބުގައި ވާދަ ކުރާއިރު އިންޑިއާ މީހުންނަށް ވޯޓް ލެވޭނެ ގޮތް ހަދަންވެގެންނޭ

  77
  • ގަންޖާބެ

   އަވަހައް މި ބީތާ ބޭރުކުރަން ވެއްޖެ މިގައުމުންވެސް

   39
 2. އަޙްމަދު

  ވަރަށް ރަނގަޅު ކަމެއް! އަވަހަށް ތީނާ ބޭރުކުރޭ!

  91
  1
  • އތނ

   ބޭރު ކުރަން ލަސް ވެއްޖެ... މީނަޔަށް ވޯޓް ދެވުނީތީ ދެރަވޭ... އޮސްޓްރޭލިއާ ކަހަލަ ބިން ބޮޑު ގައުމްތަކުގަ ވެސް ރެޒިޑެންޓް ވިސާ މިލިބެނީ ވަރަށް ހާލުން... އޮސްޓްރޭލިއާގަ ކިޔެވިއަސް ނުލިބޭ

   71
   1
 3. Anonymous

  ނަށީދު ކޮނޑަށް ލައިގެން ދުވަން ވީނުން ކަލޭމެން ކޮންމެ ދުވަހަކު...ކިހާ ބޮޑު ބަލާއެއް މި ދެން....

  41
  15
  • Anonymous

   ނަޝީދު ބޭރުކުރަން ވީ

   71
  • މަގެ ގައުމު

   ތިނަސީދަކީ މިގައުމަށްޖެހިފަ އޮތް ބޮޑު ބަލާއެއް އެގޮލާ ތިގޮޑުން ބޭރުކުރޭ

   33
 4. ކާޅު

  ނަށީދު ކޮނޑަށް ލައިގެން ދުވަން ވީނުން ކަލޭމެން ކޮންމެ ދުވަހަކު...ކިހާ ބޮޑު ބަލާއެއް މި ދެން....ބޭރު ކުރޭ.....

  24
  17
  • ކާޅު

   ތިކަން ކޮށްދީ އަވަހަށް...

   44
 5. ޙހހހ

  އަންނިގެ މުނިކާފަ ދަރިކޮޅުން ފެށިގެންވެސް މިރާއްޖެއަށް އެއާއިލާއިން ކުރަން ބޭނުންވަނީ ތިފަދަ ދުއްތުރާ ، ދުވަހަކުވެސް މިރާއްޖެ ދެކެލޯބިވަަ ބައެއްނޫންތީ ، ﷲ ގެ ރަހްމަތުން ފެނުމަތީގައި ދިވެހި ފަސްގަނޑު އޮންނަަތީވެސް މި ބާޣީން ކަންތައް ބޮޑުވާނެ

  72
  1
 6. އަބްދޫ

  ނަސީދު ގެ ހަގީގީ ރޭވުމަކީ އިންޑިޔާ މީހުން ދިވެހި ގައުމުގާ ވަޒަންވެރިންނަށް ހެދުން.މުޅި ދުނިޔެއަށް ބަލާ އިރުވެސް އިންޑިޔާމީހުން އެގައުމެއްގެ ރައްޔިތުންގެ ގޮތުގާ ހަމަޖެހިފަ ނެތްމަދުގަުމުތަކު ތެރޭ ރާއްޖެ ހިމެނޭ މިހާރު މިގެންނަން އުޅޭ އިސްލާހުގެނެސްފިނަމަ މީގެ ކުޑަދުވަސް ކޮޅެއް ކުރިން ފިޖީ އަށް ދިމާވިގޮތަށް ގައުމުގެ ވެރިކަން އިންޑިޔާ މީހުންގެ އަތްދަށަށްދާނެ. ފިޖީގަ އޭރު ބޮޑު ހަމަނުޖެހުމެއް ވަނީ ހިގާފަ. ދެންބަލަމާ ފަލަސްތީނު ފަލަސްތީނުގެ އަސްލު ރަށްވެހިން އެވަނީ ގައުމުން ބޭރުކޮށްފަ ރެފިއުޖީންގެ ގޮތުގާ އަވަށްޓެރި ގައުމުތަކުގަ ދިރި އުޅުމަށް މަޖްބޫރު ކުރުވާފަ،އަމިއްލަ ގެދޮރު ސުންނާފަތިކޮށް މަގުމަތިކުރުވާ ގައުމުންވެސް ބޭރު ކުރުވާފަ އެވަނީ ފަލަސްތީނުގެ ކިތައްރައްޔިތުން ތޯ ވިސްނާލުން ބުއްދިވެރި .ބާރުގަދަ ބޮޑެތި ގައުމުގަކުގާ ބާރުގަދަ ގައުމުތަކުގެ މީހުނަށް ރަށްވެހިކަންދީގެންވަޒަންވެރި ކުރުވުން އެއީ މަސްއަލައެއްނޫން ސަބަބކީ ދުވަހަކުވެސް އެގައުމުތަކަށް ވަޒަންވެރިންގެ ބާރު ވެރިކަމަށް ނުފޯރާނެތީ. ރާއްޖެފަދަ ކުޑަ ބާރެއް އާރެއް ނެތް ގައުމެއްގާ ދުނިޔޭގެ ބާރުގަދަގައުމުތަކުގެ މީހުން ވަޒަންވެރީންގެ ގޮތުގާ ރައްޔިތުންނަށް ގާނޫނީ ގޮތުން ހަދައިފިނަމަ ދިވެހިރައްޔިތުން ތިބެންޖެހޭނީ އޮސްޓްރޭލިޔާ، އެމެރިކާ،ފަލަސްތީނު ގާ އެތަންތަނުގެ އަސްލު ވަޒަންވެރިން އެތިބިފަދަ ގޮތް ވެފަ. އޭރުން 2 ވަނަ 3 ވަނަ ދަރަޖައިގެ ދިވެހި ރައްޔިތުންނަށް ދިވެހިން ބަދަލުވެދާކަށް ގިނަދުވަހެއްނުނަގާނެ.

  47
  1
 7. ައަހަންމާ

  މިޤައުމަކީ ކެނެރީ، ކެރަފާ އާއިލާގެ މިލްކެއްތައް. ބޭނުންހާ ވާހަކައެއް ދައްކާފާ ބޭނުންވާ މީހަކަށް ރައްވެހިކަން ދޭން. މީދެން ކިހާބޮޑު ނޮރުހޮއްޕާނެ

  63
  2
 8. އަބްދޫ

  މި ނަސިދު ހައްޔަރު ކޮށްގެން އަފްރާސީމާއި ރިޒްވާނުގެ މައްސަލަ އަލުން ތަހުގީގު ކުރުމަށް ގޮވާލަން.

  60
 9. ކިނބޫ

  މަޖިލިހުގެ ރައީސް ކަމުންނެއް ނޫން ދިވެހި ރައްޔިތުކަމުން ވަކިކުރަންވީ ތީތި. ބޮޑު ވަބާއެއްނު.

  68
 10. ރައީސްމީހާ

  ބޭނުމަކީ ދީން ބަދުލުކުރުން....މިއީ ދުރުރާސް ޕްލޭނެއް ކަމަށްބެލެވެނީ

  60
 11. Anonymous

  ދިވެހި ރާއްޖެ ހަމަނުޖުހުމާއި ތަޅާފޮޅުމުގެ ހާއްޔަކަށް ވެއްޖިއްޔާ ޓޫރިޒަމް އިނދަޖެހޭނެ އޭރުން އެއްވެސް ބަޔަކަށް މޮޅެއް ނުލިބޭނެ.

  51
 12. ޟުގުރި

  ބިދޭސީންގެ ރައީސް. ދިވެހިންގެ ވިޔަފާ ރި ތަކާއި ދިވެހިންގެ ބިންބޮދޭސީންނަން މީނަވިއްކާލަނީ. ކޮބާކޮރ ރަޕުށަނަކީ

  41
 13. މލ

  ރާއްޖެ އަނދި ރި ފުން ވަޅުގަނޑަކަށް ވެއްޓޅުމުގެ ކު ރިން
  ނަސީދު އެތަނުން ބޭ ރުކުރ ރަން ޖެހެއެވެ ރާއްޖޭ ސަލާމަތާއި ރައްކާތ ރިކަން މިދަނީ ދިވެހިން އަތްމަތިން ބީވެގެންނެވެ.

  50
 14. ޚިޔާލު 3

  އަސްލުވެސް ނަޝީދު ބޭ ރުވާން އެބަޖެހޭ.

  50
 15. ބޮޑުވަޒީރު1

  ގިނަ ރައްޔިތުން މަޖްލިސް މެމްބަރުން ހޮވާފައިތިބީ ލާރިއަށް... އެހެންވީމާ ޤައުމަށް ހަރާމް ކޯރުވާޢިރުވެސް އެއްޗެއް ނުވިސްނިފައިތިބެނީ...

  49
 16. ރައްޔިތުން

  ހަަމަ ހިލާ ތިހެނެއް ނެހެދޭނެ، އެކަމަކު މުޙައްމަދު ނަޝީދު ވާންޖެހޭ އިސްލާޙްވާން މިއީ ވަރަށް ވާހަކަ

  31
  2
 17. ޔސރ

  ނުބައި ނުލަފާ އަންނި ޖިންނި

  42
 18. އެމީހާ

  ޤައުމަށް ފާވެފައިވާއިމިނުބައިޖާހިލުކަލޭމަޖުލީހުގެރައީސްކަމުންވަކިކުރުންއެކަންޏެއްނޫންމަޖުލީހުންވެސްވަކިކޮއް ޤައުމަށްޤައްދާރުވިމީހެއްގެ ގޮތުގައި ޝަރީޢަތްކޮށްޢުމރައްޖަލައްލާންވީ ނޫނީރަށްޔިތުންނާހަވާލުކުރަންވީ. ކޮންމެގޮތަކުންވެސް މިބަލާއިން މިޤައުމު ސަލާމަތްކުރަން އެބަޖެހޭ. މިކަމާ އިސްނަގަންކެރޭދިވެހިދަރިންހަމަނެތީބާ. ޤައުމަށްޓަކާޤުރުބާންވި އަބުތޯލުން އަގުހަމަނެތީބާ.

  26
 19. މަންނަ1

  ތިވެސް ކުރަންޖެހޭކަމެއް އަދި އެމްޑީޕީގެ މެމްބަރުންތައް މަޖިލީހަށް ވަނުން ހުއްޓުވާ އެމީހުންހެ ގޮނޑިގެއްލިޖެކަމަށް ސްޕްރީމް ކޯޓު ފަނޑިޔާރުން ލައްވާ ނިންމުމަށްފަހު މަސީހު އަށް އަނެއްކާވެސް ރައީސްކަން ދޭންޖެހޭ

  22
  3
 20. ކަމެކޭ

  މަޖްލީހުގެ ރައީސް ރާއްޖޭގެ ވެރިކަމަށް އަންނަން ބޭނުންވަނީ ބިދޭސީންގެ ވޯޓް ހޯދައިގެން ވަކިން ޚާއްސަ ކޮށް އިންޑިއާ މީހުންގެ ވޯޓް ހޯދައިގެން އެއީ އެހާ ބޮޑަށް އިންޑިއާ އާއި ޗައިނާ އާއި ޖެހޭ ގޮތަށް ނަޝީދު ވާހަކަ ފުޅުވެސް އާންމު ތަންތާނގައި ދައްކާ އަދި އެމްޑީޕީ މެމްބަރުންނަށް ޗައިނާ އާއި އިންޑިއާ ޖެހޭ ގޮތަށް ސިޓީ ފޮނުވާ ކަމަކީ ވެސް މީ އެއްގޮތަކަށް ވެސް ދިވެހި ޤައުމު ދެކެ ލޯބިވާތީވެ މަޖްލީހުގެ ރައީސް ކުރައްވާ ކަމެއް ނޫނޭ މީ ވެރިކަމުގެ ދަހިވެތިކަމުގައި އޭނާ ކުރާ ކަމެކޭ....

  30
 21. ބަލާތި

  މިހާރުވެސް މިއުޅެނީ މާލޭގައި ދުއްވާ އެތައް ހާސް ހަތަރު ފުރޮޅުލީ އުޅަނދު ތައް ރަޖިސްޓްރީ ކުރާ ގަރާޖް އިންނަ ތަނެއް ސަރުކާރަށް ވެސް އަދި ދިވެހިރައްޔިތުންނަށް ވެސް ނޭގިގެން އެކަމަކު ކޮންމެ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކޮށްދެނީ ގަރާޖްގެ ސިޓީ އެއް ދިނުމުން ސިޓީ މިދެނީ 80 ހާސް ރުފިޔާ އަށް ހައެއްކަ ގަރާޖްގެ ސިޓީ މުޅި މާލޭގައި ރަޖިސްޓްރީ ކުރާ ހުރިހާ ވެހިކަލްސް ތަކަށް ދެނީ މިގޮތްވާނީ ބިދޭސީން 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާ ކޮޓަރި ތަކަށް ވެސް މީ އެއްގޮތަކަށް ވެސް މަޖްލީހުގެ ރައީސް ކެނެރީގެ ނަޝީދު ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ރާއްޖޭގެ ވެރިކަމަށް އަންނަން ކުރަން ހެޔޮވާ ޒާތުގެ ކަންކަމެއް ނޫނޭ މަމެންނަށް ގޯހެއް ނޫން މިހާރު ރައީސް އިބޫ ކަންކަން ކުރައްވާ ގޮތެއް ހަމަ އެކަނި މަމެންނަށް ގޯހީ މާލެ ސަރަހައްދުން ފްލެޓްސް ތައް ލިބުނު މީހުން އަތުން ފްލެޓްސް ތައް ފޭރިގަންނާތީވެ އެނޫން ކަންކަން ދަނީ ހަމަ ރަނގަޅަށް ކަމަށް ގަބޫލުކުރަން ޖެހޭނީ...

  3
  7
 22. ނަައީމް

  މެންބަރުންނަށްކޮންދެކޮޅެއްތަހެދޭނީ އެމީހުންއެތާގައެތިބީ މީހަކު ބެހެއްޓީމާ ކިތަންމެ ނުފޫޒެއްފޯރުވިޔަސް ވޯޓާހަމައަށްގޮއްސިނަމަ އަގުލަބިއްޔަތުންފާސްކުރާނީ ރައްޔިތުންގެ ލާމަސީލު ހެޔޮވެރިކަން

  11
 23. ގޭސްދޯ

  އިމިގްރޭޝަން އާއި ބެހޭ ގާނޫނަށް ސަރުކާރުން ހުށަނާޅާ އިސްލާހެއް އަދި މަޖްލީހުގެ ކޮމެޓީން ހުށަނާޅާ އިސްލާހެއް ކުއްލި އަކަށް މަޖްލީހުގެ ރައީސް އެބިލަށް އިސްލާހު ގެނެސް އެބިލް އަނބުރާ ކޮމެޓީ އަށް ފޮނުވާލުން މީގައި އުޅެނީ ޔަގީން މަޖްލީހުގެ ރައީސް ގެނައި އިސްލާހުގެ ސަބަބުން ބޮޑުވެގެންވާ ކަޓެއް ލިބެނީ އެއްގޮތަކީ އެއީ އަނެއް ގޮތަކީ އަވަށްޓެރި ބޮޑު ގޮހޮޑާ މެންނަށް މާލޭގެ ބާޒާރު ހިބައިން ދޭން ވެގެން ކުރާ ކަމެއް އެއިރުން އެމެން ކަމިޝަން ދޭނެ ނޫންތޭ އެއިރުން މަސައްކަތެއް ނުކޮށް ރާއްޖޭގައި ހުރި އެންމެ ބޮޑު މަހުޖަނަށް ވެވޭނެ ނޫންތޭ އެއީ އަނބުރާ ގޭސް ގަނޑަކީ މީ މަމެން ނުދަންނަ ގޭސް ގަނޑު ގަނޑެއް ނޫނޭ...

  16
 24. އޭނައޭ

  އިމިގްރޭޝަނާއި ބެހޭ ގާނޫނަށް މަޖްލީހުގެ ރައީސް ގެންނަން އުޅޭ އިސްލާހުން ބޮޑަށް ހާމަވެގެން ދަނީ މިހާރު މިރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީން ނާއި އަދި އިންޑިއާ އިން 4 ލައްކަ މީހުން ރާއްޖެ އަށް ގެނެސް އަދި އިތުރަށް ބަންގާޅުންވެސް 4 ލައްކަ މީހުން ގެނެސްގެން ރާއްޖޭގެ އާބާދީގެ ދެގުނަ މީހުންނަށް މާލޭގެ އެއް ގެއަކަށް 1 ލައްކަ މީހުންނަށް ވިސާދީގެން އެމެން ރާއްޖޭގައި ގާއިމްވެ ދެން އެމެންނަށް ވޯޓް ލެވޭނެ ގޮތް ދެން އަންނަ އަހަރު ހަދާ އެމެންގެ ވޯޓް ހޯދަން ވެގެން ގަންނަ ގަނޑެކޭ މިއީ..

  13
 25. ނުބެލޭނެއޭ

  ރާއްޖޭގެ ރިސޯރޓްސް ތަކުގެ މުވައްޒަފުންގެ %45 އެއީ ދިވެހިންނަށް ވާން ޖެހޭ އެކަމަކު ރާއްޖޭގެ އެއްވެސް ރިސޯރޓެއްގައި މިއިން ސައްތަ އާއި އެއްވަރަށް ދިވެހިން ނުތިބޭ އެކަމަކު ރިސޯރޓަށް އޮޕަރޭޓިންގް ލައިސެންސް ވެސް ދޭ ރިސޯރޓް އޮޕަރޭޓް ކުރަނީ މިގަވާއިދާއި ޚިލާފަށް ކަން ޓޫރިޒަމް މިނިސްޓްރީ އަށް އިނގޭއިރު ވެސް ބޭރުމީހުންގެ އިން ސައްތަ މަތިވަމުން ގޮސް ގިނަ ރިސޯރޓްސް ތަކުގައި އުޅެނީ %85 އަށް ވުރެން މަތީ ބޭރުމީހުން މިކަން ނުބެލޭއިރު ދެން ރެސިޑެންޝަލް ވިސާ ނުބެލޭނެއޭ ނުބެލޭނެއޭ...

  14
 26. މީހާ

  އިސްލާ މްދީނާ ޤައު މިއްޔަތު ހަލާކުރަން އުޅޭ މީހެއް
  މިހާރު ވެސް ބިދޭސީންގެ މައްސަލައެހާބޮޑު ް

  15
 27. އަޙްމަދް

  ދިވެހިންގެ ގަމާރު ކަމާއޭ!
  މި އެއްޗަކު ކިތަށް ފަހަރަށް ކަށިޖެހީމަތަ މި ދިވެހިން ހޭއަރާނީ؟

  17
 28. ހައްވަ

  މިކަލޭގެ މިގައުމުން ބޭރުކުރްންވެއްޖެ މިޙާރު މިދެންމާ ބޮޑުވަރު މީނަގެ މައިންބަފައިން މީނަޔަްށް އަޅެ ނުވިސްނާދޭބާވައޭ ހިތައްއަރާ މިހާ ނުލަފާ މީހެއް މުޅި ދުނިޔެއިނވެސް ނުދެކެން ކ

  15
 29. ލުކްވެލް

  ރާއްޖޭގައި ތަނެއް ކުއްޔަށް 10 އަހަރަށް ވުރެން ދިގުމުއްދަތަކަށް ކުއްޔަށް ހިފާ ބޭރު މީހުންނަށް ރެސިޑެންޝަލް ވިސާ ދޭނަމަ ދެން ހުޅުމާލޭގައި ތަރައްޤީ ކުރާ ހުރިހާ ލަގްޒަރީ އެޕާރޓްމެންޓްސް ތައް ގަންނާނީ އިންޑިއާ އަދި ލަންކާ މީހުންނޭ އެމެން ގަންނާނީ ބޮޑެތި ގްރޫޕްސް ތައް އެކުވެގެންނޭ ދެން ރެސިޑެންޝަލް ވިސާ ދޭން ޖެހޭނެއޭ އެތަން ކުއްޔަށް ހިފާ މީހާ އަށް އޭނާ ގެ އާއިލާއޭ ކިޔާ އެއިން އެޕާރޓްމެންޓެއްގައި 50 މީހުން ތިބޭނެއޭ އެމެންނަށް ވެސް ޖެހޭނީ ރެސިޑެންޝަލް ވިސާދޭންއޭ މީ މިކަން ނިމިގެންދާއިރު ވާނެ ގޮތަކީ...

  13
 30. ކަޓްޖައްސާދޯ

  ރެސިޑެންޝަލް ވިސާ ދެނީ ރާއްޖޭގެ ތަނެއް ކުއްޔަށް 10 އަހަރަށް ވުރެން ދިގު މުއްދަތެއްގައި ހިފާ އަދި ރާއްޖޭގައި އެއް ލައްކަ ރުފިޔާގެ އިންވެސްޓްމެންޓެއް ހަދާ ބޭރުގެ ފަރާތް ތަކަށް ކަމަށް މަޖްލީހުގެ ރައީސް އިމިގްރޭޝަނާއި ބެހޭ ގާނޫނަށް ކުއްލި އަކަށް އެކަން އެމްޑީޕީގެ ގައުމީ މަޖްލީސް އާއި އަދި މަޖްލީހުގައި ތިބި އެމްޑީޕީ މެމްބަރުންނާއި މަޝްވަރާ ނުކޮށް ކުރަން އުޅެނީ އަމިއްލަ އެދުން ބޮޑުވެފައި އަދި އެކަމުން ނާޖާއިޒު ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބޭތީއޭ ކަޓޭ ޖައްސަނީދޯ މަޖްލީހުގެ ރައީސް ހޭވައްޓާލާފައި ހަމަ ކަޓް ޖައްސަނީ...

  12
 31. ނުވާނެއޭ

  ރެސިޑެންޓް ވިސާގެ މައްސަލައިގައި ނަޝީދަށް އެތައް ބައެއްގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވިނަމަވެސް ނަޝީދަކީ އެއީ ޑިމޮކްރެސީ އަށް އަމަލު ކުރަން އިނގޭ ބޭފުޅެއް ނަމަ އެންމެންގެ ޝަކުވާ ތައް އަޑުއަހާ އަދި ގައުމުގެ ހައްޤުގައި ދޫދޭނެއޭ މިހާތަނަށް މިރާއްޖެ ތަރައްގީ ކޮށްފައިވަނީ ބިދޭސީންނަށް ރެސިޑެންޝަލް ވިސާ ދީގެން ނޫނޭ މާލޭގައި ކޮޓަރި ގަނޑެއް 10 އަހަރަށް ކުއްޔަށް ހިފިނަމަވެސް ތިޔާ ގޮތަށް ރައީސް ޔާމީންގެ ވެރިކަމުގައި ބިން މިލްކް ކުރާ ގާނޫނު ފާސްކުރި ހަމަވީ ބާތިލް ދޯ އެގާނޫނުގެ ސަބަބުން ރައީސް ޔާމީންގެ ވެރިކަމުގައި ލިބުނީ މުޅިން ގެއްލުން ތަކެއް މަޖްލީހުގެ މެމްބަރުން ގަންނަން ހަދައިގެން ސަރުކާރުގެ މާލިއްޔާ ބްރޯ ޖެހުނީ ދަވާލަން އެއީ ކުރި ކަމަކީ ހަމަ ތިޔާ އިމިގްރޭޝަން ގާނޫނުގެ ދަށުން އިންޑިއާ އިން ބޮޑެތި ކަޓް ޖައްސައިގެން ކެނެރީގެ ނަޝީދު ތިޔާ ގާނޫނު ފާސް ކުރި ނަމަވެސް ނަޝީދުގެ ބާރު ދާ ތަނުން ތިޔާ ގާނޫނުގެ ތިޔާ މާއްދާ ތައް ވަގުތުން އުވާލާނެއޭ އެއީއޭ މަޖްލީހުގެ ތާރީޚް ހެކިކޮށް ދޭ އެއްޗަކީ...

 32. ނަސޭހަތް

  ތިމީހާ ތިގޮޑިން ބޭލުން މާލަސްވެއްޖެ. މިޤައުމު މުޅިން އަޅުވެތިކޮށް ޚަރާބުކޮށްފި.ތިކަލޭގެ ނުބައި
  ނުލަފާރޭވުންތައް ނެތިކޮށްލުމަށްޓަކާ ދިވެހީން ތެދުވަންވެއްޖެ. ރާއްޖޭގެ ރައީސަކީ ކާކުކަން އޮޅި
  ހިންގުމުގެ މިސްރާބު ބަދަލުވެ މި ޤައުމު ބިކަވެއްޖެ.

  18
 33. ތަކުރު ވިގަނި

  ތިޔައީ ބަލާވެރިއެއް ތިގޮލާ އަވަހަށް މަޖިލީހުން ބޭރުކުރޭ އަވަސްކުރޭ މިއީ ގައުމުގެ އާދޭސް.

 34. ސީމާ

  ތޯރިގަށް ދަންނަވަން.. ސައިޒު އޮޅިގެން ނޫޅެއްޗޭ!

  1
  7
 35. ތަމެންދޯ

  މާލޭން ކޮޓަރި ގަނޑެއް 10 އަހަރު ދުވަަހަށް ކުއްޔަށް ހިފާ ބިދޭސީން ނަށް ރާއްޖޭގެ ރެސިޑެންސް ވިސާ ދޭން މަޖްލީހުގެ ރައީސް ކަމުގެ މަގާމް ގައި ކެނެރީގެ ނަޝީދު ހުރެގެން ކުރާ ކަމުގެ ތެރޭގައި ކޮރަޕްޝަން ވަރަށް ބޮޑަށް ހިމެނޭ ކަމަށް މަމެން ތުހުމަތު ކުރަމޭރެގެން މިކުރަނީ....

 36. ނެތޭނެތޭނެތޭ

  ރެސިޑެންސް ވިސާ މިހާރު މަޖްލީހުގެ ރައީސް ހުށައަޅުއްވާފައިވާ ގޮތަށް ބިދޭސީން ނަށް ދޭން ގާނޫނުގައި ލިޔެވިފައި އޮތް ނަމަވެސް ތިޔާ އިސްލާހުގެ ސަބަބުން ބޮޑަށް ރެސިޑެންޝަލް ވިސާ ދޭނީ އިންޑިއާޖެހޭނެ ކަންކަމޭ...

 37. އާދަނު

  ޔާﷲ ކެރަފާ އާއިލާގެ ކިބައިން މި ގައުމު ސަލާމަތް ކުރައްވާނދޭވެ.

 38. އާދަނު

  މައުމޫނަށާ ގާސިމަށާ އިމުރާނަށް ސަލާން.

 39. ޚސް

  އެންމެން ނިކުންނަންވީ

 40. سم

  މިސޮރައް 4އަނބިން ހޯދަދޭންވީ.. އޭރުން ސިކުނޑި ހަމަޖެހިދާނެ

 41. ޢަހުމަދު

  ތިކަލޭގެ ވަކިކޮށް ޖަލަށް ގެންދަންވީ އެވަރު ގައުމަށް ގައްދާރު މީހެއް އެއީ