ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިދިޔަ މާޗު މަހުގެ 16ވަނަ ދުވަހު މަގާމަށް އައްޔަން ކުރެއްވި އަމްޖަދު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ޓްރައިބިއުނަލްގެ އެތެރޭގެ މައްސަލަތަކަކާއި ގުޅިގެންނެވެ. އަދި ޕްރޮފެޝަނަލްކޮށް ޓްރައިބިއުނަލްގައި މަސައްކަތް ކުރުމަށް ދަތިވާ ކަމަށް އަމްޖަދު ވިދާޅުވިއެވެ.

މީގެކުރިން އިލެކްޝަން ކޮމިޝަނުގެ ނާއިބު ރައީސްގެ މަގާމު ވެސް ފުރުއްވާފައިވާ އަމްޖަދު ވަނީ އެމްޓީޑީސީގެ ބޯޑު މެންބަރުކަން ވެސް މީގެކުރިން ކުރައްވާފައެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމުން އަމްޖަދު އިސްތިއުފާ ދެއްވިއިރު ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިރު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވެވީ އަމިއްލަ ސަބަބުތަކެއް ހުރުމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ސަލާމަތްވާން ބޭނުމިއްޔާ ރީނދޫ ފިކުރާދުރުވޭ

    ކޮންމެ އިންސާނަކުވެސް މިލާދީނީ ސަރުކާރާއި ވީހާވެސް ދުރުގައި ތި ބުމަކީ ހުރިހާގޮތަކުންވެސް ސަލާމަތާއި ރަށްކާތެރިކަން ލި ބޭނެކަމެއް ދެދުނީޔޭންވެސް ހެޔޮގޮތް ލި ބުމަށްއެދޭނަމަ އެމްޑީޕީ އާއި ދުރުގައި ތި ބުމަކީ ކޮންމެ ރައްޔިތަކަށްވެސް ރަށްކާތެރިމާއި ނު ބައިކަންތަކާއި ވައްކަންކުރުމާއި ދޮގުހެދުމާއިރާ ބުއިމާއި މިނޫންވެސް އެންމެހައި ނު ބައިވެގެންވާ ހުރިހާކަމަކު ސަލާމަތ ރަށްކާތެރިކަން ލި ބިގެންދާނެކަމެކެވެ.

    30
    2
  2. އައިޝް

    ތިތާ އުޅޭ ނައިބް ރައީސް އައިމިނަތު އަބްދުލް ޒުހައިރަކީ ތިޔަކަމުގެ މޭސްތިރި. މަޤާމުގެ ދަހިވެތިކަމުގައި ތަން ހިންގަން ބޭނުންވަނީ އަމިއްލަ ގޭގެ ބަދިގެ ހިންގާ ގޮތަށް.

    24
    4
    • ކަލޯ

      ތިޔަބުނީ ފިސާރި ތެދެއް. ޢޭނާ ތަންހިންގަނީ ގެއުން. ފިރިމީހާވެސް މިކަމުގައި އަމަލީ ގޮތުން ބައިވެރިވެ ތަނުގެ މައްސަލަތަކުގެ ތެރެއަށް ގޮތްކިޔާ އަތްބާނާ. މެންބަރުންނަށް ނުފޫޒުވެސް ފޯރުވާ. މިކަން އެނގޭނެ މެމްބަރުންނަށް

      24
      4
    • ޖޭ

      ހާދަ ހާ ވާ މަގާމަށް ދަހިވައްޗޭ ދޯ. ކިރިއާ އަބުރެއް އޮތަސް ހިގައްޖައީސް މިހާރު. ހަމްދީ ދަ ގްރޭޓް ސްމެލަރ

  3. ނާސިރު

    ވަޒީފާ ގެއްލިގެން ހައްޤުހޯދުމަށް ދާންޖެހޭ ތަނެއްގަ ރައީސް ލައްވަވާ މެންބަރުން ތިބޭގޮތަށް ޤަވާއިދު ހަދާފަ އޮންނަހާ ދުވަހަކު އެއްވެސް ރައްޔިތަކަށް ގެއްލޭ ހައްޤެއް ލިބޭނެ ކަމަށް ދުވަހަކުވެސް ޤަބޫލެއްނުކުރަން. މިސަރުކާރުންވެސް ރަށުމީހުނާ ތިމާގެ މީހުން ތިޔަތަނަށް ލީދުވަހުވެސް އެނގޭ ޕްރޮފެޝަނަލްކޮށް ތިޔަތަނެއްގަ އެއްވެސް ކަމެއް ނުހިނގާނެކަން.

    21
    1
  4. ހައްވާމަނިކެ

    ތި އަމްޖަދުގެ މައްޗަށް ޖިންސީ ފުރައްސާރަ ކުރުމުގެ ދައުވާ ކުރެވޭނެ.. އިލެކްޝަން ނައިބް ރައީސް ކަމުގައި ހުރި އިރު ހިޔަންޏެއް ފެނިގެން ކަމަށް ބުނެ އަންހެން މުބައްޒަފެއް އޮތް ކޮޓަރިއަކަށް މީނާ ވަންނަށް އުޅެފަވޭ..

    10
    11
  5. ހިކުމާ

    މިތަނުގެ ނާއިބު ރައީސާ އަޅިގަނޑަށް މަޖުބޫރުކުރުބައި އޮފީހުގެ ޑިރެކްޓަރުގެ މައްސަލައެއް ފައިލް ކުރުވި. ޢަޅުގނޑު އެކަންކުރީ ނުކޮށްފިނަަމަ ވަޒީފާއިން ވަކި ކުރާނޭ ކަމުގެ އިންޒާރު ދިނީމަ. ކިހާ ދެރަ، މީނާގެ އުނދަގުލާއިހުރެ އަޅުގަނޑުގެވެސް އަގުވެއްޓިއްޖެ މިހާރު

    18
    3
    • އަންހެން ކުދިންނާ ބެހޭ ހަމްދީ

      އަމިއްލަ ނަމުގަ ކޮމެންޓް ކުރަން ނުކެެެރެނީތަ ހަމްދީއަށް. ހަހަހަ ހީހީ ހަލާކު މަގާމު ގެއްލިގެން މޮޔަވަނީ

  6. ޝާހިމް

    ތެދެއް، އެއޮފީހުގެ ނާއިބު ރައީސާ މުޅި އޮފީހަށް އަތް ގަދަކޮށް އަންނަ ކޮންމެ ރައީސެއް ބޭރުކޮށްލާ. މުވައްޒަފުން ވެއްދުމުގައި މަގާމުގެ ބާރުގެ ބޭނުންކުރޭ. މިކަން ސާފުވާނެ އިންޓވިއު ޕެނަލިގައި ތިއްބަވާ މެމްބަރުން ގާތު އެހުމުން. ﷲދެކެ ބިރު ގަންނަ މީހެއް ދޮގު ނުހަދާނެ. މީ ހަމަ ތެދެއް. މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަނުން ނާއިބު ރައީސާގެ މައްސަލައެއް ބަލަމުން އެބަގެންދޭ.

    12
    7
    • ޢައިޝާ

      ތިތަނުގެ ނާއިބު ރައީސާ އަހަރެން ދަންނަން. ވަރަށް ކެރޭ މަސައްކަތަށް ގާބިލު ބޭކަބަލެއް. މުވައްޒފުންނާ އެހާ ކައިރިން މަސައްކަތް ކުރާ ހީވާގި ކަބަލެއް. އތަނުގައި އުޅޭ ހުރިހާ މެންބަރުންވެސް އެއީ ކޮރަޕްޝަނާ ދުރު ބައެއް. އެހެންވެ އެތަނުގެ ރައީސް އަދި ޖިންސީ ފުރައްސާރަކުރި ހަމްދީ އަށް ހަޖަމު ނުވީ. ހަމްދީ ވަނީ މީގެ ކުރިންވެސް އެފަދަ ހަޑި އަމަލު ކުރާ މީހެއް.

      2
      1
    • ޥަގު ކަލޭގެ

      ޙަމްދީ އަގީލް ކޮއްފައި ހުރި ތެޔޮ ޑީލްތައް އެންޓިކޮރަޕްޝަން ކޮމިޝަނުން ބަލަމުން އެބަދޭ. ދެން ވަރަށް ސަލާމް

  7. ހިނގާހިނގާ

    އައްޔަން ކުރިތާ ހަތަރު މަސް ފަހުން ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާ ދެއްވައިފި ނަމަ އެއީ މަމެން ހިތާމަ ކުރާ ކަމެކޭ

    4
    3
  8. މުހައްމަދު އަލީ

    އަސްލު ނައިބު ރައީސާ އަކީ ވަރަށްރަނގަޅު ތެދުވެރި ޤާބިލު ބޭފުޅެއް ކޮރަޕްޝަނާއި ވަރަށްދުރު ނަޒާހަތްތެރި ބޭކަނބަލެއް ތި އަމްޖަދަކީ ގޮތެއް ފޮތެއް ހުންނަ މީހެއްނޫން އަންހެނުންކަންތައް އެހާބޮޑު މީހެއް.އިލެކްޝަން ގޮތެއްނުވާނެ ހުރިހާ ތަނެއް

    13
    11
    • ކަލޯ

      އައްޔައަށް ކިހާވަރެއްތަދިނީ، ނަޒާހަތްތެރިވުމަކީ ގެއުން އޮފީސް ހިންގާ މަގާމުގެ ނުފޫޒު ބޭނުންކުރުންދޯ. ހުރިހާ މެމްބަރުންނަށް މީނައާ ހެދި އުނދަގޫވޭ. އެކަމަކު ރައީސް އޮފީހުގެ ޗީގް އޮފް ސްޓާފް އަލީ ޒާހިޖުގެ ބާރު ބޭނުންކޮށް ކޮންމެ ފަހަރަކު އަންނަ ރައީސަށް އިންޒާރުދީ ބިރުދައްކައި ވަޒީފާއިން ވަކިކުރަނީ މުއައްސަސާގެ މައްޗައް އަތްގަދަކުރަން. މީ ހަގީގަތް

      • މުހައްމަދު އަލީ

        ހަމްދީމެންނަށް ހީވާނީ ތިމާމެން އުޅޭހެންނޭ އެންމެންވެސް އުޅޭނި. އޭނަ މޮޅު ވާހަކަ އާއި ރަގަޅު ވާހަކަ ދައްކާ އަޑުވެސް އެހިން ތި އަގައިން . މަގާމު ދާތީ އެންމެން ވެސް ނުބައިވަނީ ދޯ. ހަހަ. ސީރިއަސްލީ

  9. އަލީސައީދު

    އަމްޖަދު ބޭނުންވާ ގޮތަކަށް އެހެން މެމްބަރުން މައްސަލަތައް ހިންގަން ނުޖެހޭނެ. މިއީ އިލެކްޝަން ކަމިޝަނެއް ނޫން. މިތާ ބަލަނީ ޤާނޫނީ މައްސަލަ އެމައްސަލަތައް ހައިކޯޓް / ސުޕްރީމްކޯޓުގައި އިސްތިއުނާފް ކުރެވޭ. އަޑުއިވޭ ގޮތުގައި އަމްޖަދަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އެތައް މައްސަލައެއް އޭސީސީ ގައި އެބަބަލާ، އަދި ސެކްޝުއަލް ހެރަސްމަންޓް މައްސަލައެެއްވެސް ރައީސް އޮފީހުގައި ބަލަމުންދާކަމަށްވޭ.

  10. ޔުނުސު މޫސާ

    އަފްޣާނިސްތާނަށް އިލެކްޝަން ކޮމިޝަން މީހުން ކުރި ދަތުރުގައި އަންހެން މުވައްޒަފެއްގެ ކޮޓަރިއަށް އަމްޖަދު ވަދެ ކުރި ކަންތައް އަމްޖަދާއި ސުވާލުކުރުން މިދަނޑިވަޅު މުހިއްމު

  11. ޏަން

    ސެކްސުއަލް ހެރެސްމަންޓް އަށް ފިލަން އިސްތިއުފާ ދިން ރައީސް