ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށްފަހު އިންތިހާބުގައި ވާދަކުރާނެ "އޭ ގްރޭޑް" ކެނޑިޑޭޓެއް ޕީޕީއެމްގައި ނެތް ކަމަށާއި ޕީޕީއެމް ވެރިކަމަށް ގެނެސްދެވޭނެ ވަރުގެ މީހަކަށް ހުރީ އުމަރު ނަސީރު ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

"އަވަސް" ނޫހުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، ޕީޕީއެމްގެ ދޮރު އޭނާއަށް ބަންދުކޮށްފައި ވަނީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ރައީސް ޔާމީނަށް ހުރެވެން އޮތީ އެހެން ހަދައިގެން ކަމަށް ވާތީ ކަމަށާއި އެކަމާއި މެދު އެއްވެސް ޝަކުވާއެއް ނުކުރާނެ ކަމަށެެވެ. ޕީޕީއެމް އަދި ޕީއެންސީ އިންވެސް ވަނީ އުމަރަށް އިތުރަށް ފުރުސަތެއް ނެތް ކަން ހާމަކޮށްފައެވެ.

ރިޔާސީ ޓިކެޓު އުމަރަށް ނުދޭނެ ކަަމަށާއި އެންމެ ކުޑަމިނުން އެދެޕާޓީގެ މެންބަރޝިޕް ވެސް އުމަރަށް ނުދޭނެ ކަމަށް އެދެޕާޓީއިންވެސް ވަނީ ހާމަކޮށްފައެވެ.

އުމަރު ވިދާޅުވީ 2023 ގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށާއި ވަކި ޕާޓީއަކުން ފުރުސަތު ނުލިބުމަކީ ކުރިއަށްދާން އޮތް މަގު ބަންދުވުންކަމަށް ދެކެވަަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަކީ ވަކި މީހަކު ދޮރެއް ހުޅުވައިގެން ނޫނީ ކުރިއަށް ނުދެވޭނެ ކަމަށް ގަބޫލުުރާ މީހެއް ނޫން. މިދިޔަ 15 އަހަރު އަޅުގަނޑު ހިނގީ އަމިއްލަ ފައިމަތީގައި. އެއްވެސް ލީޑަރެއްގެ ބުރަކަށިމަތީގައެއް ނޫން އަޅުގަނޑު ހިނގީ" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، އަމިއްލައަށް މަގު ހޯއްދަވާނެ ކަމަށާއި، އެއްވެސް ޕާޓީއެއްގެ ދޮރު އޭނާ އަށް ނުހުޅުވައި ހަމަ ބަންދުކުރަން ވީކަމަށެވެ. އުމަރަކީ ޕީޕީއެމް ފިކުރުގެ ބޭފުޅެއް ކަމަށާއި، ޕީޕީއެމް އުފެއްދެވުމުގައި އިސްކޮށް ތިއްބެވި ތިން ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނޭނެ ކަމަށް އުމަރު ވިދާޅުވިއެވެ. އެކަން ރައްޔިތުންނަށް އޮޅުވައި ނުލެވޭނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

އުމަރު ވިދާޅުވީ ޕީޕީއެމް މީހުން ވެރިކަން ބޭނުންވާ ކަމަށާއި، އެހެން ނަމަވެސް ވެރިކަން ލިބޭނެ އެއްކަމެއް އެމީހުންގެ އަތުގައި މަދު ކަމަށެވެ. އެގޮތުން ވެރިކަން ހޯދާ ނަމަ "އޭ ގްރޭޑް ކެނޑިޑޭޓެއް" ބޭނުންވާނެ ކަމަށާއި، އެހެން ނަމަވެސް އެފަދަ ކެނޑިޑޭޓެއް ރައީސް ޔާމީން ފިޔަވާ ޕީޕީއެމްގައި ނެތް ކަމަށް އުމަރު ވިދާޅުވިއެވެ.

މިވަގުތު ތިއްބެވީ ހުސް ސީ ކެޓަގަރީގެ ކެނޑިޑޭޓުން ކަމަށާއި، ޕީޕީއެމް އިން އަދިވެސް ފުރުސަތެއް ލިބުން ކައިރި ކަމަށް ގަބޫލުުކުރައްވާ ކަމަށް އުމަރު ވިދާޅުވިއެވެ. އެ ފުރުސަތު ޔާމީންވެސް ފަހިކޮށްދެއްވަފާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ރައްޔިތުން

    އުމަރާ ކިހެނެއް ތިކަންވާނީ ތިއުޅެނީ މިހާރުވެސް އަމިއްލަ ސިޔާސީ ޕްލެޓް ފޯމެއް ހެދުމުގެ ބަދަލުގައި މަތިން ބައިން ޖެހިގެން

    47
    3
  2. ބަބުރު

    އަދުރޭއަކީ މީހުންނާ ދިމާލަށް އަވަގުރާނަ ގޮވުމުން އޭ ސްޓަރ ލިބިފައި ހުރި ޕީއެންސީގެ ކެންޑިޑޭޓެއް.

    24
    47
    • އަބްސީ

      އަންނިއަކީ މީގެ އަނެއްކޮޅު ދޯ ؟

      18
      1
  3. ހައްޤުބަސް

    100ގެ ވާހަކައެއް

    14
    44
  4. ދީދީ

    އުމަރަކީ ޕީޕީއެމް ފުކުރުގެ މީހެއްކަމަށް ވަނީނަމަ ދެންކީއްވެ ޕާޓީ ދޫކޮށް އެހެން ފިކުރަކަށް ދިޔައީ، އުމަރަކަސް ކާސިމަކަސް ހަމަ އަމިއްލަ އެދުން ފިޔަވައި އެނޫން އެއްވެސްކަމެއް ނެތް، ތިމީހުންގެ ރައްޔިތުން ބޮލަށް ޗިޕް ޖަހަން ކިތަންމެ ފޮނިވާހަކަ ދެއްކިޔަސް ތިވާހަކަ އަޑު އަހާނެ ބަޔަކު މިހާރަކު ނުތިބޭނެ

    67
    3
  5. ބޯގޯސް

    ރައިސް ނަސީދު އަކީވެސް ދޮގުހެދުމާ އޮޅުވާލުމާ ވައްކަން ކު ރުމާ ދީނައް ފު ރައްސާ ރަކު ރުމާ އަވަގު ރާނަ ގޮވަން ޑޮކްޓަ ރ ގެ ލަގަބުލިބިފަ ހު ރި ދެބަންދިޔާ ރެއް

    62
    7
  6. މާމީ

    އުމަަރައް އަހަރުމެން ސަޕޯޓެއްނުކުރަން

    31
    13
  7. އަލްޖިބްރާ

    ތިމާ އަމިއްލައަށް ތިމާއަކީ " އޭ " ގްރޭޑް މީހެކޭ ބުނާނީ ތިމާއަށް ތިމާގެ ހިޔަނި ފެނިފާ ތިބޭ މީހުން ! އެފަދަމީހުންނަކީ އެއްވެސް ކަމެއް ކާމިޔާބު ކުރެވޭނެ ބައެއް ނޫން !

    32
    5
  8. ހޮނޑާފުށީ ބޮޑުހުސޭނު

    މިނިކާ ބާޒުތައް

    26
    3
  9. ވިސްނާލުމަށް އެދެމޭ

    ޕީޕީއެމުން ވޯޓުދޭންތިބީ އާއްމު މެމްބަ ރުން...އާއްމު މެމްބަ ރުންނަ އުމަ ރު ވިއްކަނީ ކޯންޗެ..އަމިއްލަ ނަފްސު..ތިއީ ސިޔާސީލީޑަ ރެއްނަމަ ހުންނަންޖެހޭ ލާޒިމު ސިފަތަކެވޭ..ދުލުގެ އިތުބާ ރާއެކު އަމަލުން ސާބިތުކޮއްދޭންޖެހޭ..ގައުމެ ފަސާދަވާނެ އެއްމެމައްޗަށް މިގައުމު މިއޮތީ ފަސާދަވެފަ..އެކަމަކު މިވަގުތުވެސް އުމަ ރުގެ ކިބައިން ފެންނަނީ އަމިއްލަ ނަފްސް ޕް ރޮމޯޓުކު ރުން...ޕޕމގެ އާއްމު މެމްބަ ރުންގެ ތާއީދާ ލޯބި ރޔާމީނަށް ލިބުނީ ހަދިޔާދީގެނެނޫން..އަދި އެއްދުވަހުގެ ހުވަފެނެ ދައްކައިގެނެނޫން..މިއަދު ރޔާމީނަށް ޕޕމ ފިދާވަނީ އެދިއެދިގޮވަނީ އެމަނިކުފާނުގެ ސާބިތުކަން..ތެދުވެ ރިކަން..އިޙުލާސްތެ ރިކަން..އުމަ ރަކަށް އާއްމު މެމްބަ ރުންގެ ތާއިދުނެތްއި ރު އިންތިހާބެ ކާމިޔާބުކު ރަން ރައްޔިތުންގެ ތާއިދުކިހިނެތް ހޯދާނީ..ޕޕމށް ފެށުނީއްސު ރެ ދެގޮތެނުވެތިބި ލީޑަ ރުން އެތިބީ..އިންޑިޔާ ސިފައިން މިގައުމަށް އިތު ރުވެ ބިދޭސީން ރައްވެހިވެ އަދުލު އިންސާފު ކެނެ ރީގެއަށް ބަދަލުވެ އިގްތިސޯދު އިންޑިޔާގެ ސޫތުކުޅީގަ ވަޅުލެވުނުއި ރު އުމަ ރުގެ ގޭގަ ވިއްދި ހަ ރުގަޑުގަ އަޅައިގެންފަތިހު ރީ...ސޮ ރީ ތާއިދެނެތް..ބޭނުމެނޫން އުމަ ރެއް..

    21
    1
  10. Happy

    ތިބޮޑު ފިނޑި ސީޔާސީފެއިލިއަރ އެއް!!

    23
    3
  11. އަހުމަދު

    ތިޔަ ގޮތަކީވެސް ގޯސ ގޮތެއްނޫން

    14
    3
  12. އެމަންޖެ

    އަންނިމެންހެން ކަލޭވެސް ޑޮލަރައް ވިކޭނެ.

    20
    5
  13. މާކުންބެ

    އުމަރު ކޮންމެވެސް އެހެން ކަމަކާ އުޅެން ވީނު ،ތީ އެއްވެސް ކަމެއްވާ މީހެއްނޫން

    17
    5
  14. ގޮއިދޫ

    ޔާމީން ވަ ރުގެ ކުޅަދާނަ ރައީސްއަކު ހަޔާތުގަވެސް ނުދެކެން ވީ ވޯންޓް ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު ޔޫ ބެކް.

    33
    6
  15. ވަތަނީ

    ޕޕމ އަށް ކާމިޔާލިބުމަކީ އުމަ ރަށްވެސް ލިބިވަޑައިގަނަވާ
    ކާމިޔާބީ އެކެވރެ. މިދަނޑިވަޅަކީ ވަތަނީ ހު ރ ރިހާބޭފުޅުން
    އަތުގުޅާއި ގައުމު ސަލާމަތްކު ރުމަށް ނިކުންނަންވީ ވަގުތެވެ
    ބަލަބަލާތިއްބާ ގައުމު ވީ ރާނާވެދަނީއެވެ ސަ ރުކާރ ރު އޮތީ
    ފޭލްވެ ގޮތް ހުސްވެފައެވެ ރައްޔިތުން ނިކަމެތިވެ ހާލުގައި
    ޖެހިއްޖެއެވެ. މިހާރުން މިހާ ރަށް ސަ ރުކާ ރު އިސްތިއުފާދީ
    އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލަމެވެ

    27
    3
  16. ލަކީ

    ހެހެ މޮޔަގޮވަން ފެށީ ހެހެ އުމަރަށް ވާނެ ކަމަކީ ޓެގް
    ޢެޅުވުން ދެން ރައްޔިތުން ނިކުމެ ވޯޓްލާއިގެން ކިހިނެ ކާމިޔާބު ކުރާނީ

    17
    4
  17. ރިހި ރާންބާގަސް

    ތިމާއަށް ތިމާވަރުގެ މީހަކުނެތްކަމަށް އަމިއްލައަށް ފެނުމަކީ ތިމާގެހަލާކު! މިދާއިރާއަށް އުމަރު ކުފޫ ހަމަެއްނުވޭ! މޮޔަގޮވުން ހުއްޓާލާފަ މަޑުން ހުރެވޭތޯބެލުން ވަރަށް ތަނގަޅު!

    23
    3
  18. ދެރަ

    ކަލޭ ތިހުރީ މިހާރު ހޮވިފަ އަވަހަށް ބޮނޑިބަތް ކަށްކަން އުދާ

    16
    4
  19. އަހްމަދު

    ޢުމަރާ ޕީޕީއެމްއާ އަޅައިގަނެގެން ނެއްޓެއްނޭގިގެންތިއުޅެނީކީއްވެގެންތަ ޢުމަރައްވުރެމާގާބިލް ބޭފުޅުން ޕީޕީއެމްގައެބަތިބި ރައްޔިތުންވޯޓުދޭނީ ރައްޔިތުންދަންނަ ރައްޔިތުންނާ އަޅާލާ އޯތެރިކަމާއެކުއެހީތެރިވާމީހުންނައް ޢުމަރަކީރައްޔިތުންދަންނަމީހެއްނޫން ތިޔަވެރިކަންކުރުމުގެޚިޔާލުދޫކޮށްލާފަ އެހެންކޮންމެވެސްކަމަކާއުޅުއްވާ

    17
    2
  20. ޚަބަރުދާރު ޕޕއެމް އާއި ނުކުޅޭތި

    އުމަރާ ބުނަންތޯ ރަނގަޅުވާހަކައެއް ޕޕއެމް އިން ރައީސް ކަމަށް ރައީސްޔާމީން އަށް ކުރިމަތި ނުލެވޭ ހާލަތެެއް މެދުވެރިވެއްޖެނަމަ ޣައްސާން ފިޔަވައި މަގޭ ވޯޓު ދޭނެއިތުރު މީހަނުހުންނާނެ މަށަށް ހެޔޮ އުމަރު ކޮންމެ ކުޅިޔެއް ކުޅުނަސް ޕޕއެމް އާއި ނު ކުޅޭތި މަށަ ކީ ރައީސްޔާމީންގެ ފަހަތްޕުޅުގައި އެންމެފަހުމީހާގެ ގޮތުގައި ހުންނާނެމީހާ ޚަބަރުދާރު ދެންތިހެންނުބުނާތި ސަލާމް ރީ

    4
    2
  21. Anonymous

    އުމަރު ދެކޮޅެއް ނޫން މިހާރު ރައްވެހި ކަމުގެ ގާނޫނަށް ހުށައަޅައިގެން އުޅޭ އިސްލާހަކާ އެވާހަކަ އަދިއެއް ނުދައްކާ އުމަރު ނަސީރު

    4
    1
  22. ޖުމުހޫރީ މައިދާނުން

    އުމަރަށް ޕީޕީއެމުން ފުރުޞަތު ދޭންޖެހޭ. އުމަރަށް އެމްޑީޕީ ބަލިކުރެވޭނީ.

    4
    5
  23. ފުރުސަތު

    އުމަރައްވެސް ޕީޕީއެމުން ފުރުސަތުއެބޮތް އެއީއެކަމަކު ޕާޓީއައް މެމްބަރުން އިތުރުކުރުމުގެ ގޮތުން ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތަކުންނޫން އެފުރުސަތު ބޭނުންކަމައް ވަންޏާ އަވަހައް ޕާޓީއާގުޅެންވީ

    6
    1
  24. ދަތްދޮޅި އާދަނު

    ވެރިކަމައް ބޫތުގަނަސް މީބޮޑުވަރުދޯ، މީނައަަށް ވެރިކަމުގެ ގޮނޑިކަންނެ ފެންނާނީ ފާހާނާމަތީ އިނަސް، ސަޅިބައިސާ ކަނޑާމީހެއްތީ، ރައީސް ޔާމީނަށް ބައިވަރު ތުހުމަތުކޮށްފަ އެންމެފަހުން އެހުރިހާކަމެއްވީ ޖަމަލު ފޮޑިޔައް، އެއީ މީނަ ވަޒީރުކަން ބޭނުންވެގެން

    5
    2
  25. އަޒާ

    މާތްކަލާކޮއްޓަކާ ކަލޭ ޕީޕީއެމަށް އަންނާނެކަމެއްނެތް، ތީ ބޮޑުވެގެންވާ ކަތުރު ފަންޏެއް. ދިޔަ ކޮންމެތަނެއް ހަލާކު ކުރަމުން ދުވާ ދެމީހުން ކަލެޔާ ޖަމީލުއާ ދެމީހުންނަކީވެސް،