ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގެ މަސްއޫލިއްޔަތުތަކާ ހަވާލުވުމުގެ ކުރިން އެސްއޯއެފްގެ ހަރަދުގައި އިނގިރޭސި ވިލާތަށް ދިޔަ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

އަމިއްލަ ފަރާތަކުން މޯލްޑިވްސް ބާ ކައުންސިލަށް ހުށަހަޅާފައިވާ މައްސަލައެއްގައި ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ގ.އޮއިވާލި މުހައްމަދު ހުސައިން (އޮއިއްޓެ)ގެ ވަކީލެއްގެ ގޮތުގައި ޝަމީމް މަސައްކަތް ކުރައްވާފައިވާ ކަން ފާހަގަކޮށްފައެވެ. އަދި މުހައްމަދު ހުސެއިންގެ އަތުން ފައިސާ ނަގާފައިވާ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވިޔަސް، ޝަމީމް އެކަން ވެސް ދޮގު ކުރައްވައެވެ.

އަދި 2019 ވަނަ އަހަރުގެ މާޗު މަހު ފުލުހުންނާއެކު ދެކެވުނު ވާހަކަތަކަށް ފަހު މުހައްމަދު ހުސެއިން މައްޗަށް ދައުވާ ނުކުރަން ޝަރުތުކޮށް، ޕްލީ ބާގެއިން އެއްބަސްވުމެއް ހަދާފައިވާ ކަމަށް އެ މައްސަލަ ހުށަހެޅި ފަރާތުން ވަނީ ބުނެފައެވެ.

އެގޮތުން ތައްޔާރުކުރި އެއްބަސްވުމާއި އެއްކޮތަށް ހެކިބަސް ދިނުމުގެ ގޮތުން މުހައްމަދު ހުސެއިން ބަޔާނެއް ދީފައިވާ ކަމަށާއި އެ ބަޔާނުގައި އޭނާގެ ވަކީލެއްގެ ގޮތުން ސޮއިކޮށްފައިވަނީ ވެސް ހުސެއިން ޝަމީމް ކަމަށް އެ މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވެއެވެ.

އަދި އެ ބަޔާން ނެގުމަށް، އިނގިރޭސިވިލާތަށް ދަތުރު ކުރަން ޝަމީމުގެ ޓިކެޓުގެ ޚަރަދާއި، ލަންޑަނުގެ ފަސް ތަރީގެ ހޮޓަލެއްގެ ހުރުމާއި، ލަންޑަނުގެ ސައިޓް ސީންއިން ހަރަދު ވެސް ދިނީ އޮއިއްޓެ ކަމަށް ވަނީ ބުނެފައެވެ. އަދި އިތުރުން މަސައްކަތުގެ އަގުގެ ގޮތުގައި 20،000 ޕައުންޑު ހުސެއިން ޝަމީމް ނަގާފައިވާ ކަމަށް ވެސް އެ މައްސަލަ ހުށަހެޅި ފަރާތުން ވަނީ ތުހުމަތުކޮށްފައެވެ.

މި މައްސަލައާ ގުޅޭގޮތުން ޝަމީމް "ވަގުތަށް" ވިދާޅުވީ އޭނާ ޕީޖީކަމަށް ވަޑައިގެންނެވުމުގެ ނުވަ މަސް ކުރިން އިނގިރޭސި ވިލާތަށް ވަޑައިގެންފައި ނުވާނެ ކަމަށެވެ. އެކަމަކު، މުހައްމަދު ހުސެއިންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކަމަށް ޝަމީމް ވިދާޅުވިއެވެ.

" މުހައްމަދު ހުސެއިންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރިން. އެ އެއްބަސްވުމަށް އަޅުގަނޑު ނެގޯޝިއޭޓްވެސް ކުރިން. ސޮއިވެސް ކުރިން. އެކަމަކު ޔޫކޭ އަށް އަޅުގަނޑު 2016 ގެ ފަހަކުން ނުދަން. އަދި އޮއިއްޓެ އަތަކުން ފައިސާ އެއް ނުނަގަން އެއްއިރަކުވެސް. ސަރުކާރުން ދިޔަ ޔޫކޭ އަށް ޓީމެއް. އެސްއޯއެފްއަކުން ނޫން ޚަރަދު ކުރީކީ ސަރުކާރުން ކުރީ. އެކަމަކު އަޅުގަނޑު ނުދަން." ޝަހީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އޭނާ ވަކީލެއްގެ ހައިސިއްޔަތުން މަަސައްކަތްކުރެއްވި ކޭސްތަކުގެ ވާހަކަ ލިޔުމުން ހުށަހަޅާފައިވާނެ ކަމަށާއި އެކަންކަން ޕީޖީ އޮފީހުގެ ރެކޯޑުން ފެންނަން ހުންނާނެ ކަމަށެވެ. އަދި އޭނާ ދިފާއީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވި ކޭސްތަކުގެ މަސައްކަތް ކުރިއަށް ދާނީ ޑެޕިއުޓީ ޕީޖީގެ ބެއްލެވުމުގެ ދަށުން ކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މަދިހާ

    ޝަމީމުކަލޭވެސް ބޯހަލާކު

    33
  2. މަބޭ އަލީ

    ސަމީމު އަދޫބެއވެސް ނުދަނޭ އޮއިއްތޭވެސް ނުދަނޭ މައްސަލަނިމިނީ ސަދޫމްގެ ހުކުމް

    35
  3. ސަނާ

    މަނިކުފާނު އަދީބު އަތުން ނެގި ފައިސާ އަކީ އެމްއެމްޕީއާރސީ ގެ ފައިސާ އެއް ނޫންކަން ކިހިނެއް އިނގެނީ.

    38
    • އޮޅިގެން

      ޔާމީނަށް އެކަންޏޯ އެނގުނީ އެކައުންޓަށް ޖަމާކުރިއިރު އެއީ ކޮން ފައިސާއެއްކަން. ޔާމީން އެކަންޏޯ އެފައިސާގަ އެނގިހުރެ ޖެހުނީ. ޔާމީން އެކައުންޓަށް ވަންނަ ފައިސާ ޔާމީން އެވަރަށް ބަލަޔޯ ކިހިނެތް ވަތް ފައިސާއެއްތޯ. ޕީޖީ ކަހަލަ އިންޓެލިޖެންޓް ކުދިން ނުބަލަމޯ ކިހިނެތް އަދީބު ހޯދާ ފައިސާއެއްތޯ. ތިމަންނަ ކައިރީ އެއީ ކޮންފައިސާއެއްތޯ ނުބުނެ ތިމަންނަ އެކައުންޓަށް ލީމަ އެއީ ކޮންކަހަލަ ފައިސާއެއްކަން ތިމަންނައަށް ނޭގޭކަމަށްނޫންތަވާނީ؟

  4. ވަރައްވާހަކަ

    ވަގުންނަކައް ވަގުން ނުހިފޭނެ މީވަރައްވާހަކަ

    36
    1
  5. ސައިމާ

    ޕީޖީ ވަކީލުން އެވިދާޅުވާ މާހައުލު ނެތުމަކީ މީ ދެއްތޯ؟

    36
  6. ޭސުލޭ

    ކަލޭ ނަގާނެ ،ތީ ދުނިޔެއާއި އެއްޗެއްސަ މޮޔަވާ މީހުންނެއްމުން، މި އޮތީވާ ކަމެއް!

    34
  7. އަސްލުމީހުން

    ވަގަކަށް ގޮވޭނީ ވަގަށޭ މިކަން ނުއެނގެނީހޭ!
    ތެދުވެރި ބަހެކޭމިބުނީ ކަނުލާ. ޢަހާށޭ!
    ލައް ލަލައް ލަލައް ލާ ލާ ލާ ލާ...
    ކާކަށް އިއްވަންހޭ... ކާކަށް އިއްވަންހޭ..
    މަށެއް ނުސިހެ ބިރަކުން ބަލޭލާންވެސް
    ނައުދެޔޭ.

  8. އަޝްރަފް

    ޑެޕިއުޓީ ޕީޖީ އަށް މަސައްކަތް ކުރެވޭނީ ޕީޖީ އަންގާ ގޮތަކަށްދޯ ނޫނީ އެއީ މިނިވަން ބޭފުޅެއްތޯ؟

    10
  9. Anonymous

    އަދި 2019 ވަނަ އަހަރުގެ މާޗު މަހު ފުލުހުންނާއެކު ދެކެވުނު ވާހަކަތަކަށް ފަހު މުހައްމަދު ހުސެއިން މައްޗަށް ދައުވާ ނުކުރަން ޝަރުތުކޮށް، ޕްލީ ބާގެއިން އެއްބަސްވުމެއް ހަދާފައިވާ ކަމަށް އެ މައްސަލަ ހުށަހެޅި ފަރާތުން ވަނީ ބުނެފައެވެ
    މިޑީލް ކުރިއަށް ގެންގޮސްފައި މިއޮތީ ޔާމީނު ވެރިކަމަށްފަހު ކަމަށްވާތީ އެއްބަސްވުން އެގޮތަށް ހެދުމަށް ޝަމީމުގެ އަތެއް އޮތުން ވަރަށްގާތް. އަދި މީ ވަކި ބަޔަކަށް ދަޢުވާކުރުމަށް ކުރިކަމެކޭ ބުނެވިދާނެ

    13
  10. ޙަސަން އަލީ

    ކަލޭ ފައިސާވެސް ނެގި، ޔޫކޭ އަށްވެސް ދިޔަ. މީޓުވެސް ކުރި. ހެކި ބޭނުންތަ؟

    13
    • ބަލަ

      އޭނަ ތެދު ބުނެފިނަމަ އެއީ ވަކީލަކަށްނުވާނެނު

  11. މުރާދު

    މިއީ ވަރަށް ސާފު ކަމެއް. ތިޔަބުނާ އޮއިއްޓެ އާއި ދެންޖެހުނުމީހަކާއި އަދީބާއި ޒިޔަތާއި ހުސެންވަހީދާއި ދެންވެސް އެގްރޫޕުގައި ހިމެނޭ މީހުން އެތިބީ މިނިވަންކަންމަތީގައި އަރާމު ކަންމަތީގައި އާއިލާއާއިއެކު ރައްޔިތުންގެ ފައިސާކައިގެން ބޮއެގެން. މިއޮތީ ދައުލަތެއް އެކަމަކު އެމީހުންނާއި ދޭތެރޭ ކުރެވޭ ހަމަ އެއްކަމެއްވެސް. އެހެންވީމައި މިހިސާބުން ދެން ޖަވާބު ލިބުނީނޫންތޯ. ޔާމީނު ޖަލަށް ލީމައި މިސަރުކާރުން ބަލަން އައިހައި ކޮރަޕްޝަންގެ މައްސަލަ ބަލާނިމުނީ. ދެން ޔާމީނުގެ ގެއާއި ބޭންކްގައި ހުރި އެއްޗެއް ދައުލަތަށް ނެގީމައި އެއޮތީ ގެއްލުނުފައިސާ ރިކަވާ ވެފައި. ލަންޑަނާއި މާލޭގައި ތިބި މައްސަލާއާއި ގުޅޭ ވަގުން ތިބީ މިސަރުކާރުގެ ތެެރެއަށް ފައިސައަޅައި ފުރާލާފައި. ފުރިބާރުވެފައި ހުރިއެއްވެއް ގުޑުގުޑު އަޅާނެތޯ؟ ނާޅާނެ. ހުސް ތިބެގެން ޗަރުކޭސް ދައްކަނީ މިއެއްޗެހިންވެސް އެއެއްޗެހިންވެސް މިއުޅެނީ ބައިތުލްމާލު ކޮޅާލައިގެން.

    11
  12. މުހައްމަދު

    ހެޔޮހިތުން ފައިސާހޯދާ އަދި ހެޔޮހިތުުން ދަތުރު ދިއުން މަައްސަލައެއް ނޫނޯ..

    10
  13. ހުސެން

    ދެން އޮއިއްޓެ މެން އައްލާމާމެންނަށް ދަޢުވާ ނުކުރަނީ ކީއްވެޔޯ؟ ބޮޑު ފަނި ތަހުޤީގަށް ނުގެންގޮސް ތިއުޅެނީ ކީއްވެޔޯ؟

  14. ގލ

    ނުވަ މަމަސް ކުރިން ވަޑައި ނުގަތަސް އެއްވެސް އިރެއްގައި ވަޑައިގެން ފައިސާ ހިއްޕެވިކަ މަށްވާނަ މަ އެކަ މެއް ރައްޔިތުނާ ހިއްސާކުރައްވާ ށެވެ މާބޮޑު މައްސަލައަކަށް ނުވާނެއެވެ މަޖިލީހުން ލުއި ގޮތެއް ހަ މަޖައްސަވައި ދެއްވާނެއެވެ