މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ އިން އަމިއްލަ ގެ ހަދަން ޚަރަދުކޮށްފައިވާ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތައް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މިއަދު ދޮގު ކުރައްވައިފިއެވެ.

ޝަމީމަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށާއި އެ ފައިސާ ޝަމީމްގެ ގެ އިމާރާތްކުރަން ޚަރަދު ކުރި ކަމަށް ތުހުމަތުކޮށް އާންމު ފަރާތަކުން މޯލްޑިވްސް ބާކައުންސިލްއަށް ހުށަހެޅި މައްސަލަ މިހާރު ވަނީ ބަލައިގަނެފައެވެ.

އެ މައްސަލައާ ގުޅިގެން ޝަމީމް "ވަގުތަށް" ވިދާޅުވީ ބާ ކައުންސިލުން މައްސަލަ ބަލާފައި ގޮތެއް ނިންމާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު އޭނާ އަށް އެމްއެމްޕީއާރުސީގެ އެއްވެސް ފައިސާއެއް ލިބިވަޑައިގަންނަވާފައި ނުވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

" އަޅުގަނޑު ޕީޖީ ކަމާ ހަވާލުވި ދުވަހު ޒިޔަތުގެ މައްސަލަތަކާއި އެހެނިހެން މައްސަލަތަކުގައި ދިފާއީ ވަކީލެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވި މައްސަލަތައް ވާނީ ލިޔުމުން އަންގާފައި. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާ މައްސަލަ. އަޅުގަނޑު ނުހުންނާނެ އެސްއޯއެފްގެ ވެސް އަދި އެހެންތަނެއްގެ ވެސް ތި ބުނާ ކަހަލަ ފައިސާއެއްގައި އަތް ލާފައެއް،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އެގޮތަށް ވާއިރު ބާ ކައުންސިލަށް އާންމު ފަރާތަކުން ހުށަހެޅި މައްސަލައިގައި ވަނީ ޝަމީމް ވަކީލުންގެ ސުލޫކާއި ހިލާފު ވެފައިވާ ކަމަށާއި އެމްއެމްޕީއާރުސީ މައްސަލާގައި ތުހުމަތު ކުރެވޭ އެކި ފަރާތްތަކަށް ހުސެއިން ޝަމީމު ވަކީލުކަންކޮށްދިނުމަށް މިލިޔަނުން ފައިސާ ނެންގެވިކަމަށް ތުހުމަތުކޮށްފައެވެ.

އެެގޮތުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި އެ މައްސަލާގައި ދެން ތުހުމަތު ކުރެވުނު އެކި ފަރާތްތަކުން ޝަމީމު ވަނީ އެތައް މިލިއަން ރުފިޔާ ނަގާފައި ކަމަށް އެ މައްސަލަ ހުށަހެޅި ފަރާތުން ތުހުމަތުކުރެއެވެ.

މީގެ އިތުރުން ވަކީލު ފީގެ ގޮތުގައި ނެގި ފައިސާގެ އަސްލު އޮޅުވާލުމަށް އޭރު ޝަމީމު މަސައްކަތް ކުރެއްވި ލޯފާމަށް އޭގެން އެއްބައި ނަގުދު ފައިސާއިން ވެއްދުމުގެ އިތުރުން، އެ ލޯފާމްގެ އޭރުގެ ޕާޓްނަރުން ކަމުގައިވާ ވަކީލް ހަސަން ލަތީފު އަދި ފައްޔާޒު އިސްމާއިލްއަށް ވެސް ސީދާ އަދަދު އޮޅުވާލާފައިވާ ކަމަށް އެ މައްސަލަ ހުށަހެޅި ފަރާތުން ވަނީ ތުހުމަތުކޮށްފައެވެ.

މައްސަލަ ހުށަހެޅި ފަރާތުން އިޝާރާތް ކުރަނީ މިހާރުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަށް ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ސާލިމ

    އެކަމް ކަލޭނުބުނަންތަ އެމްއެމްޕީއާރްސީ ގެ މައްސަލަ އަށް ތުހުމަތުކުރެވޭ އެއްވެސް މީހެއްގެ ދިފާއީ ވަކީލުކަން ތިމަންނަ ނުކުރަމޭ؟ ދެން ކަލޭ ދައްކާ ވާހަކަ ކާލު ގަބޫލު ކުރާނީ؟ ކަލޭ މަގާމާއި ހަވާލުވަންދެން އުޅުނީ ހަމަ އެފައިސާފައި ރަނގަޅަށް ހޭކިފައި.. ދެން ކަލޭ އަމިއްލަޔަށް ގެ އަޅަން ހަރަދުކުރި ފައިސާ ހޯދިގޮތް ކިޔައިދޭންވީނުން.. ވަގު..

    27
    2
  2. މޯދީ

    ބަސްޱު ވީނު އެފައިސާއިން ގެ ނުހަދައި އެހެން ކަމެއް އެ ފައިސާ އަށް ކުރިކަން. ހިޔާނާތުގެ އެކެއް ހައްޔަރުކުރޭ.

    24
  3. މާމީ

    އަދިވެސް ޝާހީރޭޕުކޭސް ކަހަލަ ކަންތައް ނުބަލާ ފައިސާފޮއްޗެއް ލިބޭތޯބަލާ،،،،،، ހެހެ

    21
    1
  4. ދުންތަރި

    ޝަމީމު ޝަމީމު ބައިިކޮޅަށް މާ ގިނަ ގޯލުވަންނަން ފެށީމާ ތި އޮތީ ޑިފެންސަށް ނުކުންނަން ޖެހިފަ އެންމެ ފަހުން އޮބި ނޯވެގެން މެޗުންވާނީ ބަލި ކަންނޭނގެ އަޑެއްކިއްޔާ ރެނދެއްލާނެކަމަށް މީހުން ބުނެ އުޅޭ ދެންވެސް މެޗުން ހަޑި ގޮތަކަށް ބަލިނުވެ ތީމުން ފޭބުން ބުއްދިވެރިވާނީ ކޯޗު ދަނޑުން ބޭލުމަކީ ހުތުކަމެއް އަމިއްލަޔަށް އިސްތިއުފާ ދީފަ ދަނޑުން ފޭބީމާ ތަންކޮޅެއް ތާހިރުވާނެ

    28
    1
  5. ބީރުމީހާ

    އެ ފައިސާގައި ނުޖެހޭކަމައް ސާބިތު ހެކި ދައްކާ މަނިކުފާނަކީ އަދީބުގެ ވަކީލު ނޫނީ މަނިކުފާނުގެ ވަކީލުކަމަށް ޚަރަދުކުރެއްވީ އަދީބު ފަންޏެއްގޮތައް ފޮނުވި ފަރާތްތޯ އެ ފައިސާގެ ޖެހުނުކަމަށްވާނެ އެކަންކުރި މީހުންނާއެކު އުޅުމުން ވެސް ދޮންކަލޯ ހަރުބަހެއްގައިވޭ ކަނބުރު ގެޔަކަށް ވަނިއްޔާ އަޅިބުރާނޭ

    28
  6. ސަލީމް

    ނުބުނާނެ ތެދެއް ވަގުފައިސާ ކާއިގެން ގެދޮރުހަދާ ޔޫރަޕައްގޮސް މީނާ މީއެސްއޯއެފުން ގިނަ އަދަދަކަށް ވަގުފައިސާ ލިބުނު މީހެއް މީނާ ހައްޔަރުކުރޭ ލަދުހަޔާތް ކޮބާ

    26
  7. އަޒާ

    އެމްއެމްޕީއާރސީ ކިޔާ ތަނެއް ކަލޭ ދަންނަންތަ..؟؟

  8. ސުޖާއު

    އަދީބުއަށް އެހިތެރިވި ހުރިހާމީހުންނަށް ފައިސާ ލިބުނުގޮތް ބަލަންޖެހޭ.

  9. Anonymous

    ފިލާ އޮތް ބޮޑު ވަގެއް.

  10. ކެޔޮޅު

    ވަގުފައިސާ ބޭނުންކޮށްފަ އާނއެކޭ ބުނާނީ ކާކުތޯ ހަމަޔަގީނުންވެސް މީނާ މިވަނީ ކުއްވެރި ވެފައެވެ މަށްސަލަބެލުން މުހިއްމު.....

  11. މުރާދު

    އެމްއެމް ޕީއާރުސީގެ ފައިސާއެއް ނުހޯދާ. އެކަމަކު ޒިޔަތާއި އަދީބުގެ ވަކީލުކަން ކޮށްދީގެން ކޮންސަލްޓެންސީ ދީގެން ފައިސާ ލިބުނުދޯ. އެއީ ކޮންފައިސާއެއްކަމެއްނޭގޭ ދޯ. ޔާމީނުވެސް ބުނި ގޯއްޗަށް ވަންނަ ފައިސަ އަކީ ހަލާލުތޯ ހަރާންތޯ ނުބަލަމޭ. ހަމައެގޮތަށް މިބޭޅާ ވެސް އެންމެ ފަހުން ބުނާނީ ތިމާ ކުރިމަސައްކަތަށް އަދީބާއި ޒިޔަތު ދިން ފައިސާ އަކީ ހަލާލުތޯ ހަރާންތޯ ބަލާނީ ކިހިނެއްތޯ. ކަލޯ ތިއޮތްގެން ގޯނިން ބޭރުވަނީ.

  12. މިއަދު

    ޝަމީމު ބޭނުންނުކުރަމޭބުނީމަ އެނުކުރީ އެކަމު ޔާމީނު ނުކުރަމޭބުނީމަ އެކުރީ ތިދުވަސްވެސް ހިނގައިދާނެ

  13. މުހައްމަދު

    ހެޔޮހިތުން ގެ އެޅުމަކީ މައްސަލައެއްނޫނޯ.

  14. ޢާސީ

    ޢައްޗީޑި މަހީވެސް ނުކުކުރަން ތި ކަހަލަ މީހެއް ކަމަށް މަ ކުރިން ވަރައް ގަދަރުކު ކުރި މީހެއްތީ ހަލާލު ފައިސާގައި ނޫނީ ނުޖެހޭތި ...ސާބަސް

  15. އަސްލު

    ބަލަ ވަކީލުކަން ކުރާއިރު ފިއެއް ނަގާނެ. ކަލޭމެން ބަލަތަ ރިސޯޓުން މުސާރަ ދޭއިރު އެއީ ރާވިއްކައިގެން ގެސްޓުން ޒިނޭކޮރަން މަގުފަހިކޮށްދިގެން ލިބޭ ލާރިތޯ. އެފައިސާ ހަލާލު. ޝަމިމުމެން ވަކިލުކަން ކޮށް ދީގެން އުޖޫރަ ނެގީމަ އެވަނީ ހަރާމް. ހާދަ ހެއްވާ ބައެކޭ މީ.