ހުސްވެފައިވާ ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިކަން ތައާރަފު ކުރުވުމުގައި އިސްކޮށް އުޅުއްވި އަހުމަދު ނަސީމް (ކެރެފާ ނަސީމް) ގެނައުމަށް ގިނަ ބަޔަކު ތާއީދުކޮށް ސޯޝަލް މީޑިއާގައި ކެމްޕެއިން އެއް ފަށައިފިއެވެ.

ނަސީމް މިވަގުތު ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައެވެ. ނަސީމަކީ ރާއްޖޭގެ ފަތުރުވެރިކަން ފުރަތަމަ ފަށައިގެންއިރު ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި އިސް ރޯލެއް އަދާ ކުރެއްވި ބޭފުޅެކެވެ. އަދިވެސް އެމަނިކުފާނު އަންނަނީ ފަތުރުވެރިކަމާއި ގުޅުންހުރި ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ.

އެމްޑީޕީގެ ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ޓްވީޓާގައި އަންނަނީ ނަސީމް ޓޫރިޒަމް މިނިސްޓަރަކަށް ގެނައުމަށް ބޮޑު ކެމްޕެއިނެއް ކުރަމުންނެވެ. އެގޮތުން އެ ކެމްޕެއިން ކުރާ މީހުން ބުނާ ގޮތުގައި މިވަގުތު ރާއްޖެ އޮތް ހާލަތުން ރާއްޖޭގެ ފަތުރުވެރިކަން ނަގާ ކޮޅެއް ޖެހޭނެ ބޭފުޅަކީ ނަސީމްއެވެ. އަދި ނަސީމަށް އެ މަގާމު ހަވާލު ކުރެއްވުމުން ރާއްޖޭގެ ފަތުރުވެރިކަން މުޅިން އެހެން މިސްރާބަކަށް ގެންދާނެ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ނަސީމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. އޭނާ އަކީ ފޮރިން ދާއިރާގައި ވެސް ތަޖުރިބާކާރު ބޭފުޅަކަށް ވާތީ ގިނަ ބަޔަކު އެކަން ވެސް އަންނަނީ ފާހަގަކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ނަސީމް ގެނައުމަށް ގިނަ ބަޔަކު ކެމްޕެއިން ކުރި ނަމަވެސް އެކަމާއި ގުޅިގެން ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަކަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. މިވަގުތު ޓޫރިޒަމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގަވަމުން ގެންދަވޏި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި އެންމެ ފުރަތަމަ ހުންނެވީ އަލީ ވަހީދެވެ. މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި ވަނީ މަގާމުން ވަކި ކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީ އަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެކެވެ. އެހެންކަމުން އެ މިނިސްޓްރީ އެމްޑީޕީ އަށް ދީފި ނަމަ ކޯލިޝަންގެ ތެރޭގައި މައްސަލަތަކެއް އުފެދުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ބޯހަލާކު

    ސުބުހާނަﷲ އެނެއްކޮރަޕްޓް ..ހާޑިންގްހަމް ޓީމުގެމެމްބަރެއް..!؟ އެމްޑީއެންގެ ނޫސިން ވަހީދު ގެބޮޑުބޭބެދޯ...ވަރައްވާހަކަ...

    53
    1
  2. ޑެލްބޯއި

    އެއްވެސް ޝައްކެއް ނެތް ގޮތުގައި ނަސީމަކީ ތި މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅާ. ހުރިހާ އެންމެނާ ގުޅިގެން އުޅުއްވާ އަދި އަބަދު ވެސް ޕޮޒިޓިވް ވިސްނުން ފުޅެއް ގެންގުޅުއްވާ ތަޖްރިބާ ހުރި ބޭފުޅެއް. މީގެ އެތަށް އަހަރެއް ކުރިން ނަސީމު ވިދާޅުވެފައި ހުރި ވަރަށް ގިނަ ކަންތައްތައް މިރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ އިން ފެނިގެން އެބަދޭ.

    3
    73
    • ނަކް

      އެކަމުވެސް އިބޫ ނުދޭނެ.. އައްނި ބޭނުންހާ ހުރިހާ ގޮތަކަށް އިބޫ އެއްބަސްނުވާތީ ޕާޓީކުދިން ލައްވާ ޕުރެޝަރުޖައްސުވަނީ

  3. މާމީ

    އިޒުރޭލު ގެސްޓުން ވަރައްގިނަވާނެ.

    52
  4. Mahujanu

    ޕާޓީތަ ކަށް ބަހަންއޮތް ބޯ ކިބާ މަ ކުނު ރިޔާސަރުގަ އިނދެ ބެހިގޮތަށް ބަހާނަމަ ކޯޅޭޝަން ރޫޅި އަޖަލު ޖެހިދާނެ.

    39
    1
  5. މޫނު

    ކޮބާ ހީވޭތަ ކަމެއްހެން....އަލީ ވަހީދު ގެ އިސްތިއުފާގެ އަސްލު ސަބަބު ތިހިރަ ފެންނަންފެށީ.....ދެން އަތްޖަހާ ބާރައް އަތްޖަހާ ކޯލއގެޓް އިސްތިހާރު ކުޅެމުން....މި ކިބޫ ސަރުކާރު އިސްތިެުފާ....

    47
    1
  6. އަހްމަދު

    ތިއައްވުރެ ކަރަޕްޓް މީހަކުސޯލިހްއައްނުފެނުނީބާ ތިޔައްވުރެ ތިޔަމަގާމުބަފާބެއައްދިނަސްމާރަނގަޅުވާނެ ތިޔަމަގާމުކަމައްގާބިލްމީހަކަށްދޭންބޭނުންނަމަ ސިންގަޕޫރުއެންބަސީގައެހުރިމީހާގެނެސް ހަވާލުކުރޭ

    35
    1
  7. ބާާރި

    ބަލާލަން ވަގެއް ހެން ހީވަނީ

    40
    1
  8. ގޮން

    ކޮން ގިނަ ބައެއް؟ އެމްޑީޕީ ބައިގަނޑުގެ ވާހަކަ؟ ނަސީމެއް ނޫން ހަކީމެއް އެރުވިއަސް ރާއްޖޭން ކޮވިޑް ނާރާނެކަމުގެ ގެރެންޓީދީގެން ފަތުރުވެރިން ބޯކޮށް ގެނެވޭނެ ވަރުގެ އެކަކުވެސް ނުހުންނާނެ.

    40
  9. ވަޒީރު

    ޕްލީޒް ނޯ ނޯ... ޚާއްސަކޮށް ކެރެފާ އާއިލާ އަށް ނޯ...

    46
    1
  10. ޓ

    މައޫމޫން ސަރުކާރުގާރާއްޖޭގެ ފޮރިން އިންވެސްޓް މެންޓެއް ނުގެނެވުނު
    ބޮޑު ވަގެއް ތީ...އަޑިޕާކު 2ޢަހަރުން ނުނިމުނު
    މީ އަދީބައް ވުރެ ބޮޑު ވަގެއް
    ތީ އަންނިގެ ރޭވުން...ހެޔޮ ނުވާނެ އޭނާ އާއި ހަވާލު ކުރަން
    ޢަމިއްލަ ގެ ވެސް ވިއްކާލާ ބަނގުރޫޓު ވެފައި ހުރި މީހެއް

    41
    1
  11. މ

    ޓޫރިޒަމުން އޭނާ އަށް ކުރެވުނު ކަމެއް ދައްކަބްލަ
    ޢަފީފު...ކޮލި މޮހޮދޭ...މެންބަލާ ބަލަ
    ޥިޔަފާރި އެއް ކޮއްފިއްޔާ ދަރަނިވެރިވެ ބަނގުރޫޓުވީ
    ޢެމް ޑީ ޕީ މީހުން މީ މޮޔަބައެއް ދޯ

    35
    1
  12. މ

    ތުޅާދޫ މިނިވަން ޖައްވު މީހުން ބުނެބަލަ
    މީ ނާކުރި ކޮންމެ ވިޔަފާރިއެއް ވީ ބަނގުރޫޓް
    މީނާ އާއި ހަވާލު ކޮއްފިއްޔާ މި ގައުމު ބަނގުރޫޓް ވާނީ

    38
    1
  13. ޠ

    ގާބިލް ވެގެން އޭނާކުރި ކަމެއް ދައްކަބަލަ
    ޢަމިއްލަ ވިޔަފާރިވެސް ވީ ބަނގުރޫޓު

    37
  14. ސިފާ

    ޢަންނިގެ ސަޕޯޓަރުން ތިޔަ ކަމެއް ތިޔަ ކުރަނީ އެހެންނާފަހެ ތަޖުރި ބާއޭ ކިޔާފަ ކިޔަވައިގެން ތިބި ޒުވާނުންނަށް ފުރުސަތު ނުދީ އަދިވެސް އާޢިލާމީހުނަށް މަގާމް ތައް ދެވޭތޯ ބަލާ ، ތިޔަފަދަ މީހުން ބައިތިއްބަންވީ ޒުވާނުން ނަށް ލަފާ ދޭން މަގާމް ދޭންވީ ޒުވާނުންނަށް މިބުނީ25 އަހަރުގެ ކުއްޖަ ކަށް ދޭށެ ކޭ ނޫން

    33
  15. އަހްމަދު

    ވަރަށް ގޯސްކަމެއް! ތީ ޓޫރިޒަމްގެ ޙަލާކަކަށްވާނެ މީހެއް!

    39
  16. ޢިންސާފު

    ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވި މީހަކަށް
    ޓުރިޒަމް މިނިސްޓަރުކަން
    މީތޯ އެމްޑީޕީ މީހުންގެ އިންސާފު

    44
  17. Mahujanu

    ރާއްޖޭގަ ކިޔަވައިގެންތިބި ޒުވާނުން ނެތީތޯ؟ ހިރަފުސްއަރާ ފަންގަސްޖެ ހީމަ އިރެއްގަ ކަމެއް ކުރެވުނަސް މިޒަމާނުގެ އިލްމާ ޓެކްނޮލޮޖީއާ ބީރައްޓެ ހިންނަކަށް ކަންކަމެއް ނުވާނެ. މީ ހުން ވެރިކަން ކުރާތީ ތިމަންނައަށްވެސް ކުރެވޭނެއޭ ކިޔާފަ ވެރިކަމަށް އައިމީ ހާއަށްވެސް ދެއަހަރަށް އެޅިއިރު ކުރެވުނު އެއްކަމެއްނެތް، ވެރިއަކު އަޅާނިންމާފަ ހަވާލުކުރަންދިން ފުލެޓްކޮޅުވެސް ހަވާލުނުކުރެވިގެން އަދިވެސް އެނބުރެނީ.

    14
  18. އމރ މނކ

    އަދި އަހަރުމެން ހަނދާނެއް ނުނެތޭ، މި ކަލޭގެ ދުނިޔޭގެ މުހިންމު ޓޫރިޒަމް ފެއަރ ތަކަޙް ގޮސް، ރާއްޖެއައް ޓޫރިސްޓުން ނައުމަށް ގޮވާލިކަން،،، މީ ލަދެއް ހަޔާތެއް ނެތް، މި ގައުމުގެ ބޮޑު ޚާއިނެއް

    15
    1
  19. އަޙްމަދު

    ޓޫރިޒަމްގެ ދުވަސް ދުއްވާލަން ބޭނުންކަމަށް ވަންޏާ ވަރަށް ރަނގަޅު މީހެއް! ތީނާއަށް ވުރެ ރަނގަޅުވާނެ އިންޑިޔާގެ ބީޖޭޕީ މީހަކާ ޙަވާލު ކުރިޔަސް!!!

    14
  20. ޝަރުމީލާ

    ގާބިލު މީހަކު ހުއްޓަސް އެނޫން މީހަކަށް ނުދޭނެ.އޭނަޔަށް ދޭންވެގެން އަންނި އަޑީގަހުރެގެން ޖައްސާ ކެމްޕެއިން.މީހަމަ އަންނިގެ ރޭވުން.

    13
  21. ޙހހހ

    ތީ ވަގުތުނޫހުން ބުންޏަސް ދޮގުވާހަކައެއް ، ކެރެންޏާ ވޯޓަކަށް ދާންވީންނު ، ކުރީގެ ކެރަފާއެއްނޫން ތީ ، ކޮރަޕްޓް ، މި ޚަބރުގެ ކޮމެންޓްތަކުންވެސް ތާއަިދު ފެންނާނެ

  22. ޢެޑްމުންޑޯ

    މަޑުމަޑުން ޕްލޭންކުރެވިގެން ކޯލިޝަންގެ މަގާމްތައް އެމްޑީޕީއަށް ހަމަޖައްސަނީ ، ދެން ގާސިމަށް ލޮނުބޮވިފައި ހުންނާނީ

    12
  23. ރަބަރޭ

    ޖިނޭ ގެނައުމަކަށް މަމެންނަކަށް ރުހުމެއްނުދެވޭނެ 88 ނޮވެންބަރ 3 ގާއި ޝަހީދުވި ބަތަލުން ނާއި އިސްލާމް ދީނަށްޓަކާއި
    ބޮޑުވަރު

    10
  24. ނ

    ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވީމާ މިނިސްޓަރުކަން
    ދީނަށް ހަޖޫ ޖެހީމާ...އިސްލާމިކު މިނިސްޓަރުކަން
    ދަނޑުވެރިކަން..މަސްވެރިކަމާއި.. ހަލާކު ކުރީމާ
    ޢެކަމާބެހޭ ވަޒީރުކަން

    10
  25. ޚެ

    ތިޔަށްވުރެ ގައުމަށް ގައްދާރު ވި މީހަކު ނުހުންނާނެ
    ޢިންޑިޔާ ސިފައިން ރާއްޖެ އަރަން ގޮވާލި
    ޓޫރިޒަމް ބޮއިކޮޓް ކުރަން ތަކުރާރުކޮށް ގޮވި
    މީހާ ނުލަފާވި ވަރެއް އެމްޑީޕީ މެންބަރުންނަށް ކަމުދަނީ
    ޢަދީބަށް ވުރެ ނުބައި ނުލަފާވާނެ
    ޢެންތިހާއަށް ކަރަޕްޓް މީހެއް
    1980 ގައި ކުލީސިފައިން ހަތިޔާރާއެކި ގެނައި ތަނުން ފަޅާއެރި....

    12
  26. މ

    ޢަޑިޕާކުގައި ހަދާޕާކުގެ މަސައްކަތުގާ ުުުުުުުުުުުުުުުުުުުުުުުުުުުުުުުުު
    ޢުޅޭ މީހުންނަށް ވެސް ހުތުރު ބަހުން ބަވަނީ
    ޢޭނާ ހީކުރަނީ އެއީ އަޅުން ކަމަށް
    މިއީ ދޮގެއްތޯ....އެތާ މީހެއް ކިރެން އަހާލަ ބަލަ
    20 މިލިއަން ރުފިޔާ ޚަރަދު ކޮއްފި...އިންތިހާއަށް ކޮރޮޕްޝަން އެބަހިންގާ

    12
  27. ކެރަފާ ބެއްޔާ

    ހޫނނނ!! ކެރަފާ ބެއްޔާ ވެސް ލާފަ ބަހައްޓާ!! ތިތިބީ ގައުމާއިގެން ހަނާވާ މީހުން.. ޓޫރިޒަމް މިނިސްޓްރީ ހަވާލުކުރަންވީ ޖާހިލުންގެ އައްޕައަށް!! ބިޑި ސުއްޓާގެ އާއުސްމިން ތަކަކަށް ރާއްޖެ ގެންގޮސްދޭނެ ހަމަޔަގީނުންވެސް!

  28. ހަސަދު

    ކުރަން ހެޔޮވާވަރުގެ ކަމެއްނޫން. 1982 ވަނަ އަހަރު ޓެރަރިސްޓު ބަޔަކު ގޮވައިގެން ރާއްޖެ ހިފަން އުޅުނު މީހެއް. މިރެކޯޑް އޮއްވައި ވަޒީރަކަށް ގެނައުން އެއީ ރަނގަޅު ދިވެހިންނަށް ކުރެވޭ މަލާމާތެއް.

  29. ސުުލްތާން

    ޒުލްފާ ނުގެންނާތި އެއީ މަކަރާއި ޙީލަތް ހަދާ މީހެއް.

  30. މޫސަ

    ބާ ރަޖާގަނޑެއް އެތަނަށް ލާންވީ ކީއްކުރަން.

  31. މައުސް

    ކެރަފާ ނަސީމަށް ރާއްޖެއަށް ޓުވަރިޒަމް ތައާރަފު ކުރުމުގެ ބާނީއެެއްގެ ލަގަބު ބަޔަކު ބަޔަކު ދިނީމާ ވަަރަށް ހައިރާންވޭ. ކެރަފާ ނަސީމް އޭރު ކުރިކަމަކީ އިޓަލީ މާފިޔާ ގްރޫޕެއް ރާއްޖެ ގެނެސްގެން އެމީހުންނަށް ބަގުރަލާއި ކެނެބިސް މަރުޖުވާނާ ތަކެތި ރާއްޖެ ގެނެވޭނެ ގޮތް އަދި ރާއްޖޭގައި އެބޭނުން ކުރެވޭނެ ގޮތްތައް އެމީހުންނަށް ފަހިކޮށްދެމުން ދިޔައީ ޅިޔަނު ނާސިރު ރާއްޖޭގެ ވެރިކަމުގައި ހުރުމުން އޭގެ އެޓްވާންޓޭޖް ނަގަމުން. ނާސިރު ރާއްޖެއަށް ފަތުރުވެރިކަން ގެންނަން މަސައްކަތް ނުކުރެއެކޭ ނޫން މިބުނަނީ. ކެރަފާ ނަސީމް އަދާކުރީ އަދީބު ބްރޯ އާތަރބްރަދަރސް ރާއްޖެ ގެނެސްގެން ގެންގުޅުނު އިރު އަދާކުރި ދައުރު. ރާއްޖެއަށް ޓްވަރިޒަމް ގެ ކުރު ތާރީހުގައި ނަސީމް ކޮންކަމެއްތޯ ކުރީ. މިދާއިރާގެ އެހާ ފުންނާބު އުސް ކަމަށް ބުނާއިރު އާއްމުދަނީ ލިބޭ ކަހަލަ ކަމެއް ކުރެވުންތޯ ރާއްޖޭގައި ވެސް ލަންކާގައި ވެސް މޮރިސަސްގައި ވެސް މިމީހުންނަށްވީ ކޮންކަމެއްތޯ

  32. ާއަބޫ

    ޓޫރިޒަމް ތައާރަފު ކުރި މީހާއަށް ވިޔަސް މިހާރުގެ ޓޫރިޒަމެއް ނުހިންގޭނެ. މިއަދުގެ ޓޫރިޒަމް ނޭނގޭނެ. ނުވާނެ !

  33. ހަޔަސިންތް

    ލާޝިގުދަށް ކުރެވުނު ކަމެއްބުނެބަލަ ބައްޕަ ހޯދި ގޯއްޗާ ހަރުގެއާ ވިއްކުންފިޔަވާ