ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި 50 މޭލައި 55 މޭލާއި ދެމެދުގެ ބާރުނިމުގައި ވައި ޖެހޭނެ ކަމަށް ދެކުނުގެ އަތޮޅުތަކަށްވެސް ރީނދޫ ސަމާލު ނެެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މީގެ ކުރިން ވަނީ ހއ.އަތޮޅާއި ލ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައެވެ. އެ ސަމާލުގެ މުއްދަތު ހަމަވާނީ މިއަދު ހަވީރު 16:00 އަށެވެ.

އެ ސަމާލުގެ މުއްދަތު ހަމަވުމުގެ ކުރިން ދެންމެ މެޓް އޮފީހުން ނެރުނު ރީނދޫ ސަމާލުގައި ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ އާ ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ.

އެހެންކަމުން މިހާރު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މި ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން މާދަމާ ހެނދުނުގެ ނިޔަލަށް މޫސުން ކުރިއަށް ލަފާކޮށް ވިދާޅުވެފައި ވަނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެން ވާކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އަދި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް ވިދާޅުވެފައި ވެެއެވެ.

"ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވޭ. ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ދަންނަވަން.". މެޓް އޮފީހުން ވިދާޅުވުވެފައި ވެއެވެ.

މޫސުން ގޯސްވެ ކަނޑުމަތީގައި ގިނަ ހާދިސާތަކެއް އިއްޔެ ވަނީ ހިނގާފައެވެ.